ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރި ދުވަހު ފުލުހުންގެ ވެހިކަލަށް އަރާވަޑައިގަންނަވަނީ. ފައިލް ފޮޓޯ
13 މާޗް 2019 - 23:24
ކުރީގެ ރައީސް އަބްދުﷲ ޔާމީން ދާދިދެންމެއަކު މާފުށީ ޖަލުން ގެއަށް ބަދަލުކޮށްފި އެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި، ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރީ މިދިޔަ މަހުގެ 18ގަ އެވެ. ގެއަށް ބަދަލު ކުރި އިރު އެމަނިފާނު ގެންދެވީ އާލާސްކަންފުޅަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުންނެވެ.
ކަރެކްޝަންސް އިން ނެރުނު ބަޔާނުގައި ބުނީ ޑޮކްޓަރު ދެއްވާފައިވާ ލަފައާ އެއްގޮތަށް ޔާމީން ވަގުތީގޮތުން ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެމަނިކުފާނު ގޭބަންދަށް ބަދަލުކުރީ، ގޭބަންދުގައި ހުންނަވާއިރު އަމަލުކުރަންޖެހޭ ޝަރުތުތަކެއް ކަނޑައަޅައި އެ ކަންކަމަށް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ކުރީގެ ފަސްޓްލޭޑީ ފާތިމަތު އިބްރާހިމް އެއްބަސްވެވަޑައިގަތުމުން ކަމަށް ވިދާޅުވި އެވެ.
ރިމާންޑު ޖަލެއްގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރި ނަަމަވެސް އެމަނިކުފާނު ގިނަ ދުވަސް ހޭދަކުރައްވާފައި ވަނީ ހޮސްޕިޓަލުގަ އެވެ. މީގެ ކުރިން ތިން ފަހަރެއްގެ މަތިން އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާ ދީފައި ވެ އެވެ.
އެމަނިކުފާނަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް، އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާކުރައްވާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސެން
14 March 2019
އިންސާނުންނަކީ ބަލިކަށި ބައެއް.
ފޮނިޓައްޕުހަސަން
14 March 2019
ޔާމީން އެއްގޮތަކަށްވެސް ޖަލުގައި ބާއްވައިގެން ނުވާނެ.
އިދްރީސް
14 March 2019
ހުކުމެއް ނުކޮށް ޖަލުގައި ބޭއްވުމަކީ ރަނގަޅު ގޮތެއްނޫން.
އަޖައިބެއް
14 March 2019
ސިޔާސީ ކޮންމެ މީހެއްގެ ހާލަތުމީ. ޖަލަށްލާއިރަށް ބަލިވާނެ، ނުހިގޭނެ، ރާއްޖޭގައި ނުހެދޭވަރުގެ ޓެސްޓުތަކެއް ހަދަން ޑޮކްޓަރުން ބުނާނެ. ސިލްސިލާ ޑްރާމާއެކޭ އެއްވަރު. ހާދަ ވަރެއްގެ ބައެކޭދޯ މީ. ގައިމު އާންމުންގެ ރައްޔިތެއް މިހެން ބަލިވެގެން ނުގެނޭ.
އަބިމީހާގެ ފިރިމީހާ
14 March 2019
ސޭޓުގެ ކިބައިން ސަލާމަތް ވާން ޖެހެނީ މިހެން ވެގެން.
ފަޅުވެރިން
14 March 2019
ރައީސް ޔާމީން ޖަލަށް ލުމަކީ ވަރަށް ބޮޑު އަނިޔާއެއް! ތަސްބީޙައެއް ކަމުގައި ހަދައިގެން "އަނިޔާ، އަނިޔާ" އޭ ކިޔާ ބަޔަކު މިފަދަ ކަމެއް ކުރި ކަމީ ޤައުމީ ޙަޔާތުގެ ކަންކަން ރަނގަޅުކޮށް، ތަރުތީބު މަގަކަށް ސީދާ ކުރުމަށް އެޅުނު ވަރަށް ބޮޑު ހުރަހެއް! ރައީސް ޔާމީން ގެއަށް ބަދަލުކުރަންވީ އެކަންޏެއް ނޫން، މުޅީން މިނިވަން ކުރަންވީ! ސަބަބަކީ ރައީސް ޔާމީން ހައްޔަރު ކުރުމަށް ޤާނޫނީ އެއްވެސް ޙުއްޖަތެއް ނެތީމާ!!
ހަބީބާ
14 March 2019
ހުއްޖަތުގެ މާނަ އިނގޭތޯ؟
ތުއްތު ބޭގެ ނަސޭހަތް
14 March 2019
ގޭގައި އުޅޭ އިރު ގިނަ ގިނަ އިން ފެން ބޯތި! މީހާ ވަރަށް ހިކި
ޑޮކްޓާރ. ބަނާނާ
14 March 2019
ތިޑްރާމާތަކާއި ޑީލްތައް ހިންދީފިލްމުން ފެނޭ! ޑްރާމާފެށޭއިރު މީހާގެ އަތުގައި ލޯލާރިއެއްވެސް ނޯންނާނެ! ޑްރާމާނިމިގެންދާއިރު ބައިތުލްމާލުހުސްކޮށްފަ ހުންނާނީ ކޮންމެވެސްކަރައެއްގަ!މުދާ އަދި ފައިސާ ހުންނާނީ ޔޫރަޕް ބޭންކްތަކުގައި. ދެންސަރުކާރު ބަދަލުވީމަލަދުގެކަންފުޅެއްވެސްނެތި އެބުރި ރާއްޖެއައިސް ހުންނާނީ އަނެއްކާވެސް ބޮޑް މަގާމެއްގަ.މިހާރު ޑްރާމާ ނިމުނުއިރު މިހުރިހާ އެންމެން ބައިވެރިވެގެންގައުމު ވިއްކާހުސްކޮށް ރައްޔިތުން މަގުމަތިކޮށްފަމިތިބީ! ވިސްނާ!
ސަތާރަ
14 March 2019
މިހާ ބަލިމީހަކު ރައީސްކަމުގައި މިހުރިހާ ދުވަހު ބަހައްޓައިގެން މިއުޅެނީ. އެވެސް އަދި ހިތުގެ ބަލި. އެކަމަކުވެސް ކުރިއަށްއޮތްތަނުގައިވެސް ވެރިކަންކުރަން ފޫގަޅާފައި އުޅުނު. ހިތުގެ ބައްޔެއްނޫން ސިކުނޑީގައި ބައްޔަކަސް ޖަލުގައި ބާއްވައިގެން ފަރުވާދީ. ބުރޯވެސް އެ އޮތީ ޖަލުގައި. ދެން މި ޒުވާން ފުއްލާ ނެރެންވީ ކީއްކުރަން.
ކޮބާ..ކޮބާ
14 March 2019
ކޯޓުގެ ހުކުމް އޮތްތާ އޮތީ.. ޑޮކްޓަރ ގެ އަމުރު ގަދަވީ..ޔާމީން ޖަލުން ނުކުތީ.. އެކައުންޓް ތައް ވެސް ދޫކޮށްލަން ޖެހެނީ..ފައިސާގެ ގަދަކަން ހުކުމަށް އެނގެނީ...ހީވަނީ ވަރަށް އަވަހަށް ބޭރަށް ފުރާފާނެހެން..
ވަހީދު
14 March 2019
ރޯލަރޯލާ ހުރޭ ދެން. ޔާމީން ޖަލަކު ނޯންނާނެ. ޖަލަށް ލާން ޖެހޭނީ ކުށެއް ކުރިކަން ސާބިތު ކޮށްދީފައި.