އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ މިއަދު ރާއްޖެ ވަޑައިގަތުމުން ފޮރިން މިނިސްޓަރު ޝާހިދު، އެކަމަނާ އަށް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ފޮރިން މިނިސްޓްރީ
17 މާޗް 2019 - 14:05
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ކަމަނާ އަށް އިސްވެ މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ރާއްޖޭން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާއިޝަތު މުހައްމަދު ދީދީ އާއި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދިރު ވެސް އެއާޕޯޓުން ސުޝްމާ އަށް މަރުހަބާ ދެންނެވި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ މިއަދު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީވީއައިޕީ ލައުންޖުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދާ އެކު.---ފޮޓޯ: ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރު ޝާހިދުގެ ދައުވަތަކަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެ އަށް ކުރައްވާ މި ދަތުރުގައި، ދެ ގައުމުގެ ދެމެދުގައި ސޮއިކުރާނެ އާ އެއްބަސްވުންތަކާ ގުޅޭގޮތުން މަޝްވަރާ ކުުރައްވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ކުރިން ބުނެފައި ވެ އެވެ. އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސުޝްމާގެ މި ދަތުރުގައި، މިހާރު އެކުލަވާލާފައިވާ އެއްބަސްވުންތަކާއި ކުރިއަށް އޮތްތަނުގައި ގާއިމް ކުރާނެ އެއްބަސްވުންތަކާ ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރައްވާނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ސުޝްމާ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުގައި ރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި ސަރުކާރުގެ އެހެން ވަޒީރުންނާ ވެސް ބައްދަލުކުރައްވާނެ އެވެ. އެ ބައްދަލުވުންތަކުގައި ތަފާތު ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަތައް ދައްކަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރާއްޖޭގެ މިނިސްޓަރުން ވަނީ ގިނަ ދަތުރުތަކެއް އިންޑިއާ އަށް ކުރައްވައިފަ އެވެ. ބައެއް މިނިސްޓަރުން ވަނީ އެއް ފަހަރަށް ވުރެ ގިނައިން ވެސް އެ ގައުމަށް ރަސްމީ ދަތުރުތައް ކުރައްވައިފަ އެވެ.
އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފި
— MFA Maldives (@MDVForeign) March 17, 2019
ޕްރެސް ރިލީޒްhttps://t.co/XqHawOmqgk pic.twitter.com/EA67DACma2
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެ ވަޑައިގެންނެވިއިރު، ރާއްޖޭގައި ދުއްވާ އިންޑިއާގެ ދެ ހެލިކޮޕްޓަރާ ގުޅޭ ކަންކަމަށް ތިބޭ އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމަށް ގޮވާލައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ހަރަކާތްތަކެއް ފައްޓަވައިފަ އެވެ. އެކަމަކު، އެ ހަރަކާތްތައް މިނިވަންކަމާ އެކު ކުރިއަށް ގެންދަން ސަރުކާރުން ފުރުސަތެއް ނުދޭއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވީ ގައުމުތަކާ ފިތުނަ އުފައްދަން ޖާގަ ނުދެއްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހޫ
17 March 2019
ރައީސެއްގެ ނަން ވަހީދަކީ
ާަްަްަްސިމާ
17 March 2019
މިރާއްޖެ "ަހިފައިގެން" އިންޑިއާއަށްވާނެ މާބައިވަރު ފައިދާތަކެއްނެތް. ހިފަނީއޭ، އަޅުވެތިކުރަނީޔޭ ކިޔައިގެން ވާހަކަ ފަތުރަނީ ކުރިންވެސް ބަޣާވަތް ކުރި މީހުން. ދިވެހިންނެތް މިފަހަރަކު ނުހެއްލޭނެ! އެފަހަރު ހެއްލުނީމަ ލިބުނީ ޔާމީނުއާއި އަދީބު - އެކަމުން ގައުމަށް ލިބުނު ގެއްލުމާއި ހިތާމަޔައާއި ދަރަނިން ސަލާމަތް ވާނެ ދުވަހެއްވެސް ނޭނގެ!
ވަތަން އިސްކުރަންޖެހޭ
17 March 2019
ދެން އެމްޑީޕީއަ ވެރިކަން ދީގެން ނުވާނެ. މީ ގޮތްނޭގޭ ބައިގަޑެ.
މިލިޓަރީ
17 March 2019
މިފަހަރު ގިނަމީހުން ވޯޓުލާނީ އެމްޑީޕީއާ އިދިކަޅަ. ޖުމްހޫރީ ޕާޓީ ޕީޕީއެމް މިހަހަރު މަޖުލިސް ކަމިޔަބު ކުރާނެ އިންޝާﷲ. މި ޤައުމު ސަލަމައްކުރަން އެބަޖެހޭ.
ވަތަން އިސްކުރަންޖެހޭ
17 March 2019
މިހާރު މުޅި ދުނިޔޭގަވެސް އޮތީ އިންޑިޔާ އެކަނި މިސަރުކާރަ. މި ޤައުމު ވިއްކާ ނުލާޝޭ.
2122
17 March 2019
އެއަރޕޯޓް ގަންނަން އުތަ؟
ފޯކާސްޓް
17 March 2019
ގިނަގިނައިން އަންނާނެތާ. އައްޑޫގައި މިހާރުވެސް ޕޮލިސް އެކަޑަމީއެކޭ ކިޔާފައި އެއްކިލޯމީޓަރުގެ ސަރަހައްދެއްގައި އެ ތައްޔާރު ކުރަނީ އެތަނަށް ދިވެހި ފުލުހުން ޓްރެއިންކުރުމުގެ ނަމުގައި އަންނަ އިންޑިޔާ މީހުންނާ އެމީހުންގެ އާއިލާތައްވެސް ތިބެވޭ ގޮތަށް. ދުވަސްކޮޅަކުން އައްޑޫމީހުންނަށް ސަހަރޯއޭ ހީވާނެ. މިހާރު ތިބޭ އަތްޖަހާލަ ޖަހާލަ. މިއަށްވުރެ މޮޔަބަޔަކު މިދުނިޔޭގައި އުޅޭނެބާ
ވިލްސް
17 March 2019
ބުނާނެ ވަކި ގައުމަކާއި ހާއްސަ ގުޅުމެއް ނުބާއްވާނަމޭ. މިތަނަށް އަންނަނީ ހުސް އިންޑިޔާ ވަޒީރުން. މި އޭޝިއާގައި އޮތީ އިންޑިޔާ އެކަނިތަ. މަ ދަންނަ ގޮތުން ހަމައެކަނި ސާކް ގައިވެސް އޮވޭ 7 ގައުމު. އެއިން ގައުމެއްގެ ބަޔަކުވެސް ނާދޭ. ކިހިނެތް މިވަނީ؟ ކިތައްމެ ސިއްރުކުރަން އުޅުނަސް ކޮންމެ އެއްޗަކުންވެސް ބޭރުވާނީ އޭގެ އެތެރޭގަ ހުރި އެއްޗެއް.
ސައްހަ ކަރެޕްޝަން
17 March 2019
ޢިންޑިއާ ބޭނުންވަނީ ސާކުގެ ހުރިހާ ގައުމުތައް އަޅުވެތިކުރަން މިހާތަނަށް ނޭޕާލް، ބޫޓާން، ބަންގަލަދޭސް ވަނީ އަޅުވެތިކޮށްފައި ބޭނުން ގޮތެއް އަދި ނުހެދެނީ ޕާކިސްތާން ދިވެހިރާއްޖެ ސްރީލަންކާއަށް އަފްގާނިސްތާން ދެބަދޭތެރޭގައި
މުޙަންމަދު
17 March 2019
މި އިންޑިއާ މީހުން މުސްލިމުންދެކެ އަންނަ ރުޅި އެނގޭނެ ނިއުޒިލެންޑް ގެ މިސްކިތަށް ދިން ޙަމަލާއަށް އުފާ ހުރީ ހަމަ އެކަނި ޤައުމު އެއީ! އެވަރު ބަޔަކު މިތަނަށް އައިސްގެން މިއުޅެނީ މިޤައުމަށް ހެޔޮ އެދިގެންނެއްނޫން! މިތަން އަޅުވެތިކުރަން، އެމް.ޑީ.ޕީ އަށް މަޖްލިސް ދީފިނަމަ ދިވެހިން ހިތާމަ ކުރަންޖެހޭނެ ޔަޤީން...