ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

މާލެ ކައިރިން ދަތުރުދާނެ ރަށެއް ވަރަށް އަވަހަށް ހަމަޖައްސާނަން: ރައީސް

މާލެ ސަރަހައްދުގައި ދަތުރު ދިއުމަށް ކުރިން ހާއްސަކޮށްފައި އޮތް ފޭދޫ ފިނޮޅު-- ފޮޓޯ: މިހާރު

މީހުން ދަތުރު ދިއުމަށް މާލެ ކައިރިން ވަރަށް އަވަހަށް ރަށެއް ހަމަޖައްސަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ގިނަ ކަންތައްތަކެއް ވަރަށް އަވަހަށް ކުރައްވާނެ ކަމަށެވެ. އެގޮތުން ރަނގަޅު ހިދުމަތްތަކާ އެކު މާލެ ސަރަހައްދުން ދަތުރު ދިއުމަށް ވަރަށް އަވަހަށް ރަށެއް ހަމަޖައްސަވާނެ ކަމަށް ވިދާޅުވި އެވެ.

އެކަމަކު، އެއީ ކޮން ރަށެއް ކަމެއް ސަރުކާރުން އަދި އިއުލާނެއް ނުކުރެ އެވެ.

މާލެ ސަރަހައްދުގައި ދިވެހިން ދަތުރު ދާން ބޭނުންކުރި ހުރިހާ ރަށެއް ޓޫރިސްޓް ރިސޯޓަށް ވަނީ ހަދައިފަ އެވެ. އޭގެ ތެރޭގައި ކުޑަބަނޑޮހާއި މާދޫފިނޮޅާއި ފޭދޫ ފިނޮޅު ހިމެނެ އެވެ. އެހެންވެ، ޕިކްނިކް ދިއުމަށް ހާއްސަ ރަށްތަކެއް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

މިރޭގެ ކެމްޕެއިން ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ: ވަރަށް އަވަހަށް ދަތުރުދާނެ ރަށެއް މާލެ ސަރަހައްދުގައި ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވި-- ފޮޓޯ: އެމްޑީޕީ

އާ ސަރުކާރުގެ 100 ދުވަހު ކުރުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި މާލޭގެ ރައްޔިތުން ހަފުތާ ބަންދުގައި އާއިލާއާ އެކު ދަތުރު ދިޔުމަށް މާލެއާ ކައިރިން ރަށެއް ހާއްސަ ކުރުމަށް ވަނީ ނިންމައިފަ އެވެ.

މާލޭގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން ނުލިބިވާ މީހުންނަށް ހިޔާވަހިކަން ހޯދައިދިނުމަށް ވަރަށް އަވަހަށް ހައުސިންގެ ބޮޑު މަޝްރޫއެއް އިއުލާން ކުރައްވާނެ ކަމަށް ވެސް ރައީސް މިރޭ ވަނީ ވިދާޅުވެފަ އެވެ. އަދި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް މާލެއަކީ ނޭވާލާން ފަސޭހަ ތަނަކަށް ހަދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

Boahiyaavahikamuge bodu Mashrooeh Male' gai fashanee

Boahiyaavahikamuge bodu Mashrooeh Male' gai fashanee

The most trusted news source in the Maldives

Mihaaru

ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ފައްޓަވާނެ ކަން އިއުލާން ކުރެއްވުން--

މިސަރުކާރު އައީ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވުމަށްފަހުގައި ކަމަށްވާއިރު އެކަން ކުރުމަށް މަޖިލީހުގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާ ކަމަށް މިރޭ ވެސް ރައީސް ވިދާޅުވި އެވެ. އެމްޑީޕީގެ މަޖިލިސް ކެންޑިޑޭޓުން ތިއްބެވީ އެކަން ކޮށްދޭ ކަމަށް ރައީސް ވިދާޅުވި އެވެ.

އީވާ އަކީ އިސްލާހީ މަސައްކަތުގައި ބުރަކޮށް އުޅުއްވާފައިވާ ބޭކަނބަލެއް ކަމަށް ވިދާޅުވެ ރައީސް ވަނީ އޭނާ މަޖިލީހަށް އިންތިޚާބު ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

19 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަދުރުބޭ

19 March 2019

މާލެކައިރީ އޮތް ކުޑަބަނޑޮހަށް ހެދީކިހިނެއްތޯ ފުރަތަމަ ބަލަން އެބަޖެހޭ. ކުއްލިއަކަށް ރިސޯޓަކަށްވީ ކިހިނެތްތޯ. މިހާރު އިއުލާން ކުރަން އުޅޭރަށް މަދަމާ ކޮންމެވެސްމީހަކު ކޮންމެވެސްގޮތަކުން ރިސޯޓުހުޅުވާނެ ދެން ހައްލަކީކޮބައިބާ

The name is already taken The name is available. Register?

ދީމާހު

19 March 2019

ވަރަށް ރަނގަޅު ނިންމުމެއް. ތިޔަކަން އަވަސްކުރަންވީ

The name is already taken The name is available. Register?

ފައިސަލް 2928

19 March 2019

ކަލޭދާން އެއޮތީނުން އާރަށް...ދެން އަހަރުންނަށް ކީއްކުރަން ކޮންމެހެން ރަށެއް ދެނީ....

The name is already taken The name is available. Register?

ދޮންފުތު ކޮއި

19 March 2019

އާރަށަށް ދަތުރުދާ ގޮތަށް ހަމަޖެހޭނެ. ވަރަށް ރީތިވާނެ. މޫދަށް އެރި މަޖާކޮއްލުމަށްފަހު ފެންވަރައި މީރުކެއުންވެސް ހަމަޖައްސައިލެވޭނެ.

The name is already taken The name is available. Register?

އަރޫރު

19 March 2019

މާލޭ މީހުން ދަތުރު ދަނީ ރާއްޖޭން ބޭރަށް، މިހާރު އިންޑިޔާ ލަންކާ ދޫކޮށް އާސިއާން އާ ޔޫރަޕަށް. ކަނޑުކޮސް ރަށްފުށު މީހުން ބޮލަށް ޗިޕު ޖަހައިގެން މާލެ ގެނުވާ ކުލި ދައްކުވާފަ، މާލޭން ފޭކު މުދާ ރަށުގަ ވިއްކުވާފަ ރަށުގަ ތިބި ޕާޓޭންކޮޅު މާލެއަށް ގެނެއްސަ، އެކަމުން ކަންމަތީ ކުލަބު ތަކަށް ފައިދާ ހޯދާދީފަ ހުރިހާ މޮޅެއް މާލޭ މީހުންނަށް. އެމީހުންނަށް ދަތުރުދަން ރަށެއް އޮންނާކަށް ނުޖެހޭ

The name is already taken The name is available. Register?

އަހްމަދު 55

19 March 2019

އަދި ތަރަށްގީގެ އެއްވެސް ކަމެއް ނުކުރޭ. ތަންތަނުގެ ނަން ބަދަލު ކުރުމާ މަގުތަކުގަ ހުރި ކުލަ ބަދަލުކުރުމާ ކުނިކެހުމާ މިކަހަލަ ކަންކަން ކުރަނީ. ދެން އަސްލު ވަރަށް ތާކުންތާކު ނުޖެހޭ. ދެބާރު ލިބުނީމައޭ ފިޔަވަޅެއްވެސް އެޅެން އަންނަނީ ބުންޏަސް މީހުން މިއެއް ބަލައެއް ނުގަންނާނެ!

The name is already taken The name is available. Register?

ޓާކިޒާ

19 March 2019

ހެހެހެ ޖޭ ބޮކި

The name is already taken The name is available. Register?

ގައުމީ ލޯބީގާ

19 March 2019

އާސަރުކާރަށް 100 ދުވަސް ނުވަނީތަ؟ ވައުދެއް ނުފުއްދުނެއްނުން ރައިސަކަށް ނުވާނެ އެއްކަމެއްވެސް ގޮނޑިއަށް ވައުދު .ރިޔާސީ އިންތިހާބަށް ވީ ވައުދު ވެސް ފުއްދުނީކީ ނުން ކުރާނެކަމަށްވީ ވައުދު ތަކަށް ރައިސަށް ބުނާބަޔަކަށް ވޯޓުދޭނެނަމަ ވައުދަށް ވޯޓްދޭންޖެހޭނެ ސަބަބެއްނެތް .ރައިސްފޭލިވީ 100 ދުވަސް ތެރޭ .ގެއަށް ކަޑާލާ .

The name is already taken The name is available. Register?

ގަބޫލުވެސް ނުކުރެވޭ

19 March 2019

އިންތިޚާބު ބޯމަތި ވެއްޖެނުން! ދެން އިވޭނީ ހުސް މިކަހަލަ ވާހަކަ!

The name is already taken The name is available. Register?

އަތްމަހާޖައްރާފު

19 March 2019

ޣުޅީފަޅުން ތަންކޮޅެއް ހިތްކަދީ ބަލަ ދަތުރުދާން

The name is already taken The name is available. Register?

ސުދާ

19 March 2019

ދައުލަތުގެ ލާރި އާއިލީ މީހުންނަށް ނުދޭނެ ގޮތެއް ވަރަށް އަވަހަށް ހަމަ ޖައްސާނެ ނަމަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454