އެސްބީއައި ކައިރީގައި ފުލުހުންގެ ބަޔަކު ހަރަކާތްތެރިވަނީ: އެސްބީއައި އަށް ޖަމާކުރަން ގެންދިޔަ 2.3 މިލިއަން ރުފިޔާ ބަޔަކު ވަނީ ފޭރިގެންފައި. -- ފޮޓޯ: މިހާރު
19 މާޗް 2019 - 12:58
ހެލްމެޓް އަޅައިގެން ތިބި ބަޔަކު، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ދިޔަ މީހަކަށް ވަޅިން ހަމަލާދީ ފޭރިގަތް 2.3 މިލިއަން ރުފިޔާ އަދިވެސް ނުފެންނަ ކަމަށާއި މައްސަލައިގެ ތުހުމަތުގައި ހަ މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މި މަހުގެ 10 ވަނަ ދުވަހު އެސްބީއައި ކައިރިން ފޭރިގަތީ ބީއެޗްއެމް ޓްރޭޑާސް އިން އެސްބީއައި އަށް ޖަމާކުރަން ގެންދިޔަ ފައިސާތަކެކެވެ. ފުލުހުން އޭރު ބުނި ގޮތުގައި އެ ފައިސާތައް ފޭރުނީ ހެލްމެޓު އަޅައިގެން ދެ ސައިކަލެއްގައި ތިބި ހަތަރު މީހެކެވެ.
ފުލުހުން ބުނީ ފޭރުމުގެ ހާދިސާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަ ތިން ކުއްޖަކު ހިމެނޭ ކަމަށެވެ. އަނެއް ތިން މީހުންގެ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު، އެ މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ މީހަކު ކުރިން ދޫކޮށްލި އެވެ. އެހެންކަމުން ފޭރުމުގެ މައްސަލައިގައި ޖުމްލަ އަށް މީހަކު ހައްޔަރު ކުރި ނަމަވެސް، މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ހަ މީހެކެވެ.
ހެލްމެޓް އަޅައިގެން ތިބެ ހިންގި ފޭރުމުގެ އެ ހާދިސާއަކީ ބްރިޖާއި ހުޅުމާލެ އާއި ހުޅުލެއާ ދެމެދު އޮންނަ ހައިވޭގައި ދުއްވާއިރު ހެލްމެޓް އަޅަންޖެހޭ ގޮތަށް ހަމަޖެއްސި ފަހުން ހިނގި މިފަދަ ފުރަތަމަ ހާދިސާ އެވެ. މިއީ، ފަހުގެ ތާރީހެއްގައި އެހާ ގިނަ ފައިސާތައް ފޭރުނު ފުރަތަމަ ފަހަރެވެ.
ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި ފޭރުން ވަރަށް ބޮޑަށް އާންމުވެފައިވާއިރު، ފޭރޭ މީހުންގެ އަމާޒަކީ ބޮޑެތި އަދަދުތަކުން ފައިސާ ހިފައިގެން ދާ މީހުންކަން ހިނގާފައިވާ ގިނަ ހާދިސާތަކުން އެނގެ އެވެ.
ފުލުހުން ވަނީ ގިނަ އަދަދެއްގެ ފައިސާ އާއި ޗެކް ހިފައިގެންދާ ނަމަ، ފުލުހުންގެ ސެކިއުރިޓީއާ އެކު ނޫނީ ނުދިއުމަށް އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ihaaru.
18 April 2019
ސިފައިންގެ ޤަދީމީ މުޑުދާރު ސިފަޔައް މުޅިންވެސް މިހާތަނައް އަމަލް ކޮށްފަ ޔޮތީ، އާކަމެއްނޫން
ރިޔޯ
15 April 2019
ތިކަހަލަ މައްސަލައެއް ސާބިތުވެއްޖެ ހާލަތެއްގައި އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބު އެމީހަކަށް ލިބޭނަމަ ލާހިކެއް ނޫން ތިކަހަލަ ޢަމަލުތައް ގިނަވާކަށް
ހަޖަމް
21 March 2019
ތިވާނީ ވޯޓައް ފައިސާކޮޅެއް ހޯދާލަނީކަމަށް، ފައިސާލިބިގެންތާ ވޯޓް ގަނެވޭނީވެސް!
ކިނބޫ ސަރުކާރު
20 March 2019
51 ހާސް ހެލްމެޓްގެ އަގު ދޯ. މަ ގޮލާ ހީހީ . ހީވަނީ އެކްސިޑެންޓް ވަނީ ހެލްމެޓް ނާޅާތީހެން. ބަލަ ހޭބަލިވެގެން ދުއްވާތީނު އެހެންވަނީ .
އެމް ސީ
20 March 2019
އެއި ކޮންބައެއްކަން ނޭނގޭތީ އެކަކުވެސް ހައްޔަރެއް ނުކުރޭ. އާންމުންނައް އޮޅުވާލަންް ކިޔަނީ އެހެން.
ފޫހި
19 March 2019
ނުފެންނާނެ. އިރުކޮޅަކުން އަނެއްކާވެސް ދޫކޮށްލާނެ. އެކަން އެނގޭ މިގައުމުގައިއުޅޭ ބިދޭސީމީހާއަށްވެސް.
ޙުސަންބޭ
19 March 2019
އެސްބީއައި ކައިރިން ދިޔަ މީހެއްގެ އަތަކުން ނޫނޭ ފޭރުނީ. ފޭރުނީ އެސްބީއައި އަށް ޖަމާކުރަން ބީއެޗްއެމް ޓްރޭޑަރސް އިން ފައިސާ ހިފައިގެން ދިޔަ މީހުން ވެހިކަލްގައި ގޮސް އެސްބީއައި ކުރިމަށްޗަށް މަޑުކުރިވަގުތު ހެލްމެޓް އަޅައިގެން ތިބި ބަޔަކު، ފައިސާ ދަބަސް ހިފައިގެން ވެހިކަލްގެތެރޭގައި އިން މީހާގެ އަތުންނެވެ.
ޢަހްމަދު
19 March 2019
ދިވެހިން އަބަދުވެސް މިޖެހެނީ ހޭބޯނާރާ އިންތިހާބު ތަކާ އުޅެން ކީއްކުރާނީ އެވެރިންގެ ކަންތައް ބަލަހައްޓާފަ ސިތުރު ކަމަކާ އުޅެވޭކަށް ނެއް ކީއްކުރާނީ.
ޢެޑްމުންޑޯ
19 March 2019
ދޫކޮއްލި ދެމީހުން އެފައިސާ ނުފެންނާހެން ކުރެވެން އޮތް ހުރިހާ ކަމެއްކުރާނެކަން "ހުކުމޭ" މެންނަށް ނޭގުނަސް އަހަރަމެންނަށް އެގޭ ، ދެން އެފައިސާ ހޯދަން އެހާފަސޭހައެއް ނުވާނެ
ގާލީ
19 March 2019
ކުއްކުރާމީހުންނަ އަދަބުނުލިބޭތީ ތިކަންއާންމު ކަމަކަވީ...ސީދާއެމީހުންގެ ދުލުންވެސް އެބަބުނޭ