ފުލުހުންތަކެއް ހަރަކާތްތެރިވަނީ: މާލޭގައި ވައްކަމާއި ފޭރުން ވަނީ އިތުރުވެފައި--ނިޝާން އަލީ/މިހާރު
03 މާޗް 2019 - 15:36
މަޝްހޫރު ފޮތި ފިހާރަ، ޖަލްޕަރީއަށް އިއްޔެ ރޭ ވަގުން ވަދެ ވައްކަންކޮށްފި އެވެ. އެކަމަކު އެ މީހުންނަށް އަތުޖެހުނީ، ފިހާރައިގެ ވަތްގަނޑުގައި ހުރި ވަކި ލާރިކޮޅު އެކަންޏެވެ.
ޖަލްޕަރީ ފިހާރަ ހިންގުމާ ހަވާލުވެ ހުންނެވި ހުސެން އާދަމް މިއަދު ވިދާޅުވީ ފިހާރައިގެ ދޮރު މަތާލައިގެން ވަދެ ވައްކަން ކޮށްފައިވަނީ އިއްޔެ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. ފިހާރައިގެ ވަތްގަނޑުގައި އެ ވަގުތު ހުންނާނީ، ވަކި ލާރީގެ ގޮތުގައި ބަހައްޓާފައި ހުރި 270 ރުފިޔާ ކަމަށާއި ވަގުން އެ ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަކި ލާރީގެ އިތުރުން އެހެން އެއްވެސް ފައިސާއެއް ވަތްގަނޑުގައެއް ނުހުންނާނެ. އަދި ފިހާރައަކުން އިތުރު އެއްޗެއް ވެސް ވަގަށް ނަގާފައެއް ނެތް،" ހުސެން ވިދާޅުވި އެވެ.
"ވަކި ލާރިކޮޅެއް ގެންދިޔައިމަ އަޅުގަނޑުމެންނަށް ވެސް ވަރަށް މަޖާ ކަމަކަށް ވީ."
އޭނާ ވިދާޅުވީ ފިހާރަ ހުރި ސަރަހައްދުގައި ސީސީޓީވީ ހަރުކޮށްފައި ހުރުމާ އެކު، އެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މާލޭގައި ފަހަކަށް އައިސް ފޭރުމާއި ވައްކަން ވަނީ އިތުރުވެފަ އެވެ. އެގޮތުން ބިދޭސީން އުޅޭ ގެއަކަށް ވަޅި ހިފައިގެން ބަޔަކު ވަދެ، ރޭ ދަންވަރު 6،000 އަށް ވުރެ ގިނަ ރުފިޔާ އާއި ފޯނުތަކެއް ފޭރިގެންފައިވާއިރު ވަޅިން ބިރު ދައްކައި، ބައި މިލިޔަނެއްހާ ރުފިޔާ މިދިޔަ ހަފުތާ ތެރޭގައި ވަނީ ފޭރިގަނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކީމް
03 March 2019
"ވަކި ލާރިކޮޅެއް ގެންދިޔައިމަ އަޅުގަނޑުމެންނަށް ވެސް ވަރަށް މަޖާ ކަމަކަށް ވީ." އެއްވެސް މަޖަލެއް ނޫން ... މިއީ މާލޭ ގައި އުޅޭ މީހުންނަށް ވަރަށް ބިރުހުރި ކަމެއް. މާލޭގެ މަގުތަކަށް އަމާން ކަން ގެނެސް ، ރައްކާތެރި ތަނަކަށް ހަދަން ވައުދު ވެ އައި ސަރުކާރު މިކަމުގައި ވަނީ ބޮޑުތަނުން ފެއިލް ވެފައި.
ގައުމަށްޓަކައި
03 March 2019
މިއޮތީ މޫސުމެއްގެ ކޮޅުމަތި ލައިގެންފައި. ވޯޓު ލިބޭނީ މިހާރު ހިފައި ހައްޔަރުކުރާ ވަގުން ކުށްވެރިން ދޫކޮށްލީމާ ކަމަށް އާއިލާއިން ބުނާނެ. ސިޔާސީ މީހާ ވޯޓު ހޯދަންވެގެން އާއިލާ ރުއްސަންވެގެން ވަގުން ކުށްވެރިން ދޫކުރާނެ. މިކަން ހުރިހާ ވަގުންނާއި ކުށްވެރިން ދަނޭ. އެވެރިންވެސް މި މޫސުމުގެ ފައިދާ އެވެރިންނަށް ފައިދާހުރި ހެޔޮގޮތުގައި ލިބިގަންނަނީ. އާޚިރުގައި ކޮޅުކެހި ލިބިފައި ތިބޭނީ މުދަލުގެ ވެރިން.
ކެނެޑީ
03 March 2019
ނަމަނަމަ ތިޔަފިހާރަގަ އެއްވެސް ދަންތުރައެއް ނުޖަހާތި. އޭރުން ވަތްގަނޑުވެސް ފިހާރާގެ މުދާވެސް ވަގުކަލޭގެއަށް އޮޓޯކޮށް މިލްކުވެދާނެ މިރާއްޖޭގެ މޮޅެތި “ޤާނޫނު”ތަކާ މޮޅެތި ލޯޔަރުންގެ ސަބަބުން
ފައިސާ ފައިސާ
03 March 2019
ޒިބްރާ ކްރޮސްއަށް އެކަނި ކޮންސަންޓްރޭޓް ކުރީމާ ވާގޮތް.
ގަމާރުން
03 March 2019
270ރ އަށް ވުރެ އަގުހުރި އެއްޗެހި ހުރި ތަނެއް ފާޅާފަ 270ރ ނެގީ. ގަމާރުންތަކެއް. ގަމާރުކަމުން އަމިއްލަ މަސައްކަތުން ލާރި ހޯދާނެ ގޮތެއްވެސް ނޭންގޭ .މަހަށް ގޮސް މަސްކޮަަަޅެއް ބައިނާގެން ވިއްކަން މަސައްކަތް ކޮށްބަލަ. ކިހާ ދެރަކަމެއް!
މަންސޫރު
03 March 2019
20 ރުފިޔާއަށް ސަލާންޖަހާ ބަޔަކަށް ތިޔަ ލިބުނީ ލައްކަ ފައިސާތާ!
ގައުމީ ދޮންދޫނި
03 March 2019
ދޮންދޫނި މޫސުމަކީ އިރުވައިގައި އަންނަ މޫސުމެކެވެ. ދެން އަންނާނީ ގާ ނޫނީ ވަކީލުންގެ މޫސުމެވެ. އިސާހިތަކު ހައްގުތައް ގިނަވެފައި ހަދާފައި ހުރި ވީޑިއޯތައް ގިނަވެފައި ސާބިތުނުވާ ކަންކަން ފެންމަތިވެފައި މުދަލުގެ ވެރިޔާ ހައްގު ގެއްލިގެން ހިނގައިދާނެ. ދެން އިވޭނީ ހުށަހެޅި މައްސަލަތައް ޕީޖީ އަބުރާ ގެންދާ ވާހަކަ. ފިލްމު ނިމުނީ.
މަރޭމިތުރު
03 March 2019
އެދުވަހު ލިބުނު އެއްޗެއް އެދުވަހު ޖަމާކުރަންވީ! އެދުވަހު ވަގުންގެ އެއިރުން ގެއްލުންނުވާނީ!..... ވަރަށް ވިސްނުންތެރި ހުސޭނު. ފައިސާގިނަކޮށްލަން ބެހެއްޓުމަކީ ނުރައްކާކަމެއް. އަނެއްކާ ފައިސާތަކެއް ތަނަކަން ގެންދާނަމަ މަދުވެގެން ތިންމީހުން ތިބެގެން ގެންދަންވީ.
ހަބީބާ
03 March 2019
ސީޒަން ފެށުނީތޯ؟ ބަނގުރަލާ، ޑްރަގާ ތިޔާގިވާހެން ނޫސްތަކުން އެބަހީވޭ.. ދެން އެއާ ގުޅިގެން މިއަންނަނީ ބާރަށް ދުއްވައިގެން އެކްސިޑެންޓްވާ ވާހަކައާއި، ވައްކަމާ ފޭރުމުގެ ވާހަކަ.. މިކަންކަމުގައި ގުޅުމެއް ނެތްތޯ؟