ޑީޖޭއޭ އިން ބޭޭއްވި ނޫސްވެރިންގެ ބައްދަލުމެއް: ޝަރުއީ ދާއިރާގެ މުވައްޒަފުން ވެސް ވިހެއުމުން ދޭ ޗުއްޓީ އިތުރުކުރަން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
20 މާޗް 2019 - 18:56
ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ވެސް ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަ މަހަށް އިތުރުކުރަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ސިވިލް ސާވިސް މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަ މަހަށް އިތުރުކޮށް އަދި ސިވިލް ސާވިސް ފިރިހެން މުވައްޒަފުންނަށް އަނބިމީހާ ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ އެއް މަހަށް ސަރުކާރުން ވަނީ އިތުރުކޮށްފަ އެވެ. އެ ބަދަލާ ގުޅިގެން ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް ވަނީ އެގޮތަށް ޗުއްޓީ އިތުރުކޮށްފަ އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނީ ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ވެސް ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަ މަހަށް އިތުރުކޮށް، އަދި އަނބިމީހާ ވިހެއުމުން ފިރިހެން މުވައްޒަފުންނަށް ދެމުން އަންނަ ޗުއްޓީ ވެސް އެއް މަހަށް އިތުރު ކުރުމަށްޓަކައި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު އިސްލާހު ކުރަން ސުޕްރީމް ކޯޓުން މިއަދު ނިންމާފައިވާ ކަމަށެވެ.
ސިވިލް ސާވިސް އާއި ސަރުކާރު ކުންފުނިތަކުގެ އިތުރުން ބައެއް މިނިވަން މުއައްސަސާތަކުން ވެސް ވަނީ ވިހެއުމުން ދޭ ޗުއްޓީ ހަ މަހަށް އިތުރުކޮށްފަ އެވެ. ސިވިލް ސާވިސް މުވައްޒަފުން ވިހެއުމުން ދޭ ޗުއްޓީ އިތުރުކޮށް ދިނުމަކީ އާ ސަރުކާރުގެ ވައުދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަންދާނު މޮޔަމީހާ
21 March 2019
ކުޅިވަރެށް ދައްކާލާނަން މީހަކާ މިއިނީ އިހަށްދުވަހު އަހަރު ދެކޮޅު ވިހަން ޖައްސާނަން އަހަންނަކީ އެޖެންޑާ އޮނަވިހި ލިޔެ ތައްޔާރު ކުރިމީހާ އޭގައޮންނާނެ ސާފުބަހުން ކޮންމެ ފިރިހެނަކު އަންހެނުން އަހަރު ދެކޮޅު ބަލިވެ ބައިންދަން ޖެހޭނެކަމައް އަހަންނަކީ އަހަރެން
ގަލޮޅު ސަހަރާ
21 March 2019
ގަލޮޅު ސަހަރާއިންވެސް ހަމަހުގެ ޗުއްޓީ ދޭގޮތައް ނިންމާފިން
އަލި
21 March 2019
އަހަރެންގެވެސް ދަރިން އެބަތިބި. އަދިވެސް ބޭނުން އިންޝާﷲ. ނަމަވެސް ވިހާ ކޮންމެ ފަހަރަކު 6 މަސްދުވަހުގެ ޗުއްޓީ އާއި އަހަރީ ޗުއްޓީއާއި ސަލާމްގެ 30 ދުވަހާއި އާއިލީ ޒިންމާ ނަގާފައި ދެން މަސައްކަތެއް ކުރާނީ ކިތައްދުވަހު.؟.
އާބާދީ
20 March 2019
މިގައުމުގެ އާބާދީ އިތުރުވާނެ ގޮތެއްމީ
ކަންތަކާ ލައިގަތީ
20 March 2019
ދައުލަތުގެ އޮފީސްތަކުގައި ތިންބައިކުޅަ ދެބަޔަށް ތިބީ އަންހެނުން. 6 މަސްދުވަހު ޗުއްޓީއާއި އަހަރީ ޗުއްޓީއާއި ސަލާމުގެ 30 ދުވަހާއި މިހެންގޮސް ހުރިހާ ޗުއްޓީއެއް ނިންމާފައި ނުކުތުމާއެކު އަނެއްކާވެސް ޗުއްޓީ ލިބޭނެ ކަހަލަ ކަމެއް ކުރީމާ ގައުމުގައި ރައްޔިތުންނަށް ޚިދުމަތްދޭން ހުރި މުވައްސަސާތައް ހުންނާނީ ބާރަށް ހިނގާފައި. ޚިދުމަތް ފުރިހަމަވެފައި. ބަރާބަރު.
ކަންތަކާ ލައިނުގަތަސް ހެޔޮ
20 March 2019
އަމިއްލަ މީހާއަށް ދަރިޔަކު ލިބުނީމަ ހިތަށް އަރާނެ ސަހަރޯ އޭ... 6 މަސް ކީއްކުރަން، އެއް އަހަރުން ވެސް ނުފުދެއޭ.. ކޮސް ނުގޮވާ!!