ހައިވޭގައި ދުއްވި ކާރު އެކްސިޑެންޓުވެފައި
21 މާޗް 2019 - 20:38
މިދިޔަ މަހު ސިނަމާލޭ ބްރިޖް ހައިވޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް އެކްސިޑެންޓުންވެ، ފުނޑުފުނޑުވި މައްސަލަ ފުލުހުން ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓް އޮތޯރިޓީ އަށް ފޮނުވައިފި އެވެ.
ޔޫތު މިނިސްޓްރީގެ ޕީއޭ، އަހުމަދު އަޒްމޫން ދުއްވި އެ ކާރު އެކްސިޑެންޓްވެ، ފުނޑުފުނޑުވީ ނަމަވެސް، އޭނާ އަށް އަދި އެ ކާރުގައި ދެން އިން މީހާ އަށް ވެސް އެއްވެސް އަނިޔާއެއް ނުވެ އެވެ.
ފުލުހުން މިއަދު ބުނިގޮތުގައި މި މައްސަލައިގައި ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓް އޮތޯރިޓީ އަށް ފޮނުވީ މިދިޔަ މަހު 21ގަ އެވެ.
މެންދަމު ތިނެއް ޖަހާކަންހާއިރު، ޕްރައިވެޓް މި ކާރު އެކްސިޑެންޓުވެފައި އޮތީ ހައިވޭގެ އިރުމަތީ ފަރާތުގަ އެވެ. ކާރު ކޮންޓްރޯލް ނުވެ ގޮސް ޖެހުނު ބާރުމިނުގައި، މަގުމަތީގައި ހުރި ހޮޅިދަނޑިއެއް ވެސް ވެއްޓި، ހައިވޭގެ ދަގަނޑު ފެންސް ވެސް އޮތީ ބިނދިފަ އެވެ. ކާރު އޮތީ ފެންސުގެ އެތެރެއިން ޕޭވްމަންޓް މައްޗަށްވާ ގޮތަށެވެ.
ހުޅުމާލެއިން މާލެއަށް ދަނިކޮށް އެކްސިޑެންޓުވި ކާރު ގޮސް ބޭރު ތޮށިގަނޑުގައި ޖެހި، ހުއްޓިފައި އޮތީ ޕޭވްމަންޓްމައްޗަށްވާ ގޮތަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒާ
22 March 2019
މި ޚަބަރަކުން ނޭނގުނު ފިޔަވަޅުއަޅަނީ ކޮން ފަރާތަކަށް ކަމެއް.. ކާރު ދުއްވި މީހާއަށްކަމެއް، ކާރު އުފެއްދި ކުންފުންޏަށް ކަމެއް، ހައިވޭއަށް ކަމެއް، މުއިއްޒުއަށްކަމެއް..؟؟؟ އާއްމު އުސޫލަކުން ބުނާނަމަ ކުއްވެރިވަނީ "މަގު" ނޫނީ އެ މަގު ހެދި އިރު އޮތް ސަރުކާރެއް...
އަމީނާ
22 March 2019
ހެލްމެޓް އެޅިފަހުން ހައިވޭގައި މީހަކު މަރުނުވޭ. ހެލްމެޓަކީ ރަނގަޅު ފަރުވާއެއްކަމަށް އަމީއަށް ފެނޭ.
މަރޭމިތުރު
22 March 2019
ހަލިމަގުގައި މެކުހައް ނުޖަހާށޭ! ހަލިމަގުގައި ވިސްނައިގެން ދުއްވާށޭ!........... ހައިވޭގައި މާބަރައްނުދުއްވާށެވެ. ތިމާގެ ފުރާނަ ދިއާމަ ރޮއި،ދެރަވާނެ ބަޔަކު ތިބިކަން އަބަދުވެސް ހަނދާނުގަ ބަހައްޓަވާށެވެ!
ނަސީދު
21 March 2019
ޙަލާކު ވެފައިހުރި ފެންސުޖަހަން އަގެއްނަގަން ފެނޭ އެއި އެހެންމީހުންނައް ފިލާވަޅުނަގައިދިނުމައަޓަކައި
ޢަބްދުﷲނާފިޒް
21 March 2019
ދެފަހަރެއްގެ މަތިން ޑިވައިޑަރުތައް ފުނޑާލި މައްސަލައާ ދަގަނޑު ފެންސް ފުނޑާލި މައްސަލަ ކިހާހިސާބެއްގަބާ!