މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

"ކަލަންކް" ގެ ލަވަ "ފަސްޓް ކްލާސް" ގެ މަންޒަރެއްގައި ވަރުން އާއި ކިއާރާ.

އަންނަ މަހު ރިލީޒްކުރާ ފިލްމު "ކަލަންކް" ގެ ދެވަނަ ލަވަ ބެލުންތެރިންނަށް ދައްކާލައިފި އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ފިލްމުގެ ފުރަތަމަ ލަވަ "ގަރް މޯރޭ ޕަރުދޭސީ" ދައްކައިލުމަށް ފަހު، ހުކުރު ދޫކޮށްލީ "ފަސްޓް ކުލާސް" އެވެ. ޕްރިތަމް މިއުޒިކް ތައްޔާރުކޮށް ދީފައިވާ ލަވަ ކިޔާފައި ވަނީ އަރިޖިތު ސިންގް އާއި ނީތީ މޯހަން އެވެ. އަދި ލަވައިގެ ޅެން ހަދާފައި ވަނީ އަމީތާބް ބަޗަރިއާ އެވެ.

"ފަސްޓް ކުލާސް" ލަވައިން ވަރުން ދަވަން ފެނިގެންދާ އިރު، ބޮޑު ކާސްޓެއް ހިމެނޭ "ކަލަންކް" ގެ ހާއްސަ ފެނިލުމަކުން ފެންނަ ޒުވާން ބަތަލާ ކިއާރާ އަދުވާނީގެ ނެށުންތަކެއް ވެސް ވަރުންއާ އެކު ފެނިގެން ދެ އެވެ. އަދި މި ލަވައިގެ ތެރެއިން އާލިއާ ބަޓާއި އަދިތިޔާ ރޯއި ކަޕީރްގެ ކައިވެނީގެ ހަފުލާގެ މަންޒަރުތަކެއް ވެސް ފެނިގެންދާ އިރު، މަދޫރީ ވެސް ލަވައިގެ ތެރެއިން ދައްކައިލަ އެވެ.

އަންނަ މަހުގެ 17 ގައި ރިލީޒް ކުރާ މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ސަންޖޭ ދަތާއި ސޮނާކްޝީ ސިންހާ ވެސް ހިމެނެ އެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، 1940 ގެ އަހަރުތަކުގެ ލޯބީގެ އަސަރު ގަދަ ހާދިސާއެއް ފެނިގެންދާ "ކަލަންކް" އަކީ އަބީޝެކް ވަރުމަން ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

"ދޭ ދޭ ޕިޔާރު ދޭ" ގެ ޕޯސްޓަރު ދައްކާލައިިފި

އަޖޭ ދޭވްގަންގެ އާބަން ރޮމޭންޓިކް ކޮމެޑީ "ދޭ ދޭ ޕިޔާރު ދޭ" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.

އޭގައި ފެންނަނީ ދެ ފަރާތުގައި އޮންނަ ދެ ކާރެއްގެ މައްޗަށް އަޖޭ ދެ އި ދަމާލައި ސްޓަންޓަނެއް ހަދައިގެން އިންދަ އެވެ. އޭގެ ތެރެއިން އެއް ކާރުގެ މަތީގައި ތައްބޫ އިށީނދެގެން އިންނަ އިރު، އަނެއް ކާރުގެ މަތީގައި އިށީނދެގެން އިންނަނީ ޒުވާން ބަތަލާ ރަކުލް ޕްރީތު ސިންގެވެ.

ޕޯސްޓަރު ޓްވީޓާގައި ހިއްސާ ކުރަމުން އަޖޭ ވަނީ އޭނާގެ އެ ސްޓަންޓް ގޭގައި ނަހަދާށޭ ބުނެފަ އެވެ. އޭނާ މި ސްޓަންޓް ފުރަތަމަ ހަދާފައި ވަނީ އަލަތު ފިލްމު "ޕޫލް އޯރް ކާންޓޭ" ގަ އެވެ. އެކަމަކު އެ ފަހަރު އެއީ ދެ ސައިކަލްގެ މަތީގަ އެވެ. މިއީ އޭނާގެ ސިގްނޭޗާ ސްޓަންޓެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ސްޓަންޓެކެވެ.

"ދޭ ދޭ ޕިޔާރް ދޭ" އަކީ ޓީ ސީރީޒާއި ލަވް ރަންޖަން ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

އަންނަ މެއި މަހުގެ 17 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ފިލްމުގެ ޑައިރެކްޓަރަކި އާކިވް އަލީ އެވެ.

"ދޭ ދޭ ޕިޔާރު ދޭ" ޓްރެއިލާ އަންނަ މަހުގެ 2 ގައި ފާހަގަ ކުރާ އަޖޭގެ 50 ވަނަ އުފަން ދުވަހު ބެލުންތެރިންނަށް ދޫކޮށްލަން ވެސް ވަނީ ނިންމައިފަ އެވެ.

"ޗިޗޯރް" ގައި އާމިރުގެ ހާއްސަ ފެނިލުމެއް

އާމިރު ހާންގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ 2016 ގެ "ޑަންގަލް" ގެނެސް ދިން ޑައިރެކްޓަރު ނިތޭޝް ތިވާރީ މި އަހަރު ގެނެސްދޭ ފިލްމު "ޗިޗޯރް" ގެ ހާއްސަ ފެނިލުމަކުން އާމިރު ހާން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މުމްބާއީން މިރާ އިން ބުނި ގޮތުގައި ސުޝާންތު ސިންގް ރާޖްޕޫތާއި ޝްރަދާ ކަޕޫރް ލީޑް ރޯލް ކުޅޭ ފިލްމުގެ ހާއްސަ ފެނިލުމެއް އާމިރަށް ހުށަހެޅުމުން އޭނާ ވަނީ ވަގުތު އެކަން ގަބޫލުކޮށްފަ އެވެ. އަދި އާމިރު ފެނިގެންދާ މަންޒަރުގެ ޝޫޓިން ވެސް ވަރަށް އަވަހަށް ފަށާނެ އެވެ.

މި އަހަރުގެ އޮގަސްޓް މަހުގެ 30 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ޗިޗޯރް" އަކީ އިންޖިއަނިއަރިން ކޮލެޖެއްގައި ކިޔަވާ ދަރިވަރުންތަކެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެގޮތުން މީގެ ތަރިން ދެ ޖެނެރޭޝަނެއް ފިލްމުގައި ދައްކުވައި ދޭނެ އެވެ. ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް ދައްކައިލީ ކޮންމެ ކެރެކްޓާއެއް ވެސް ދެ ދައުރުގައި ފެންނާނެ ލުކްގަ އެވެ.

ޝްރަދާ އާއި ސުޝާންތުގެ އިތުރުން "ޗިޗޯރް" ގެ ކާސްޓުންގެ ތެރޭގައި ޕްރަތީކް ބައްބަރު، ވަރުން ޝަރުމާ، ތާހިރު ރާޖް ބާސިން އަދި ތުޝާރު ޕާންޑޭ ފަދަ އެކްޓަރުން ހިމެނެ އެވެ.

އާމިރުގެ ފިލްމެއް މި އަހަރު ރިލީޒްވާން ނެތް އިރު، އޭނާގެ ކުރިއަށް އޮތް ފިލްމަކީ ހޮލީވުޑްގެ ފިލްމު "ފޮރެސްޓް ގަމްޕް" ހިންދީ އެޑަޕްޓޭޝަން "ލާލް ސިންގް ޗައްޑާ" އެވެ.

"ނޯޓްބުކް" އަކީ ސަލްމާނަށް ކުޅެން ލިބުނު ފިލްމެއް

މި މަހުގެ 29 ސަލްމާން ހާން ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމު "ނޯޓްބުކް" އަކީ އޭނާ އަށް ކުރިން ކުޅެން ލިބުނު ފިލްމެއް ކަމަށް ސަލްމާން ބުނެފި އެވެ.

އެ ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސަލްމާން ބުނީ މީގެ އަހަރުތަކެއް ކުރިން "ނޯޓްބުކް" އޭނާ އަށް ހުށަހެޅި ނަމަވެސް، އެކިއެކި ސަބަބުތަކާ ހެދި ފިލްމު ކުޅެވޭ ގޮތް ނުވެފައި އޮތީ ކަމަށެވެ.

ނަމަވެސް ފިލްމުގެ ވާހަކަ ވަރަށް ކަމުދިޔަ އެއްޗްކަށްވާތީ އެ ފިލްމު ޕްރޮޑިއުސްކޮށްގެން އާ ތަރިންތަކެއް ނެރެން ނިންމީ ކަމަށް ބުންޏެވެ. "ނޯޓްބުކް" ގައި ކިޔައި ދޭނީ ކަޝްމީރުގެ ޒުވާން އަންހެން ޓީޗަރަކާއި ޒުވާނެއްގެ ލޯބީގެ ވާހަކަ އެވެ.

ނިތިން ކައްކަރު ޑައިރެކްޓްކޮށްފައިވާ ފިލްމުން ތައާރަފު ކުރާ ދެ ތަރިންނަކީ ސަލްމާނާ އެކު ފިލްމުތަކެއް ކުޅެފައިވާ އެކްޓަރު މޯނިޝް ބޭލްގެ އަންހެން ދަރިފުޅު ޕްރަނޫޓާން އާއި ސަލްމާންގެ ޒަމާންވީ އެކުވެރިއެއްގެ ދަރިއެއް ކަމަށްވާ ޒަހީރު އިގްބާލެވެ.

"ނޯޓްބުކް" ގެ ލަވައެއް ވެސް ސަލްމާންގެ އަޑުން ވަނީ ރިކޯޑްކޮށްފަ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުޑަކަމަނަ

24 March 2019

ނޯޓްބުކް އަކީ ތައި ފިލްމް "ދަ ޓީޗަރސް ޑައިރީ" ގެ ރިމޭކްއެއް ކަން ޚަބަރުގައި ފާހަގަކޮށްލިނަމަ ފުރިހަމަވީސް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454