22 މާޗް 2019 - 21:57
ރ. އުނގޫފާރުގައި މިއަދު 500،000ރ. ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު މެންދުރު ވައްކަން ކޮށްފައި ވަނީ، އުނގޫފާރު ވެސްޓް ބީޗް ރެސްޓޯރެންޓް ހިންގާ މީހާގެ ގޭގައި ހުރި ތިޖޫރިއަކުން ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިއަދު 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެކަމަކު ވަގަށް ނެގި ފައިސާ ފެނުނު ކަން ނުވަތަ ނޫން ކަމެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢެޑްމުންޑޯ
23 March 2019
ގޭގެހުރި ތިޖޫރިން ވައްކަން ކުރާ ހިސާބަށް ދިޔައީމާ މިގައުގެ ވެރިންގެ އިސްތިއުފާ އަށް ނުގޮވާ ނުހުރެވޭނެ ،
ޖަމަލު
23 March 2019
އަނެއްކާ ތިތިޖޫރި ފަޅާލަނިކޮށް ވަގު ސޮރަށް އަނިޔާއެއް ނުވޭބާ؟ ފުލުހުން ވަރަށް ފޯރި ހުންނާނެ ތިތަނުގެ ވެރިޔާ އާއި ހިފައިގަންނަން
އަސޭލާ
23 March 2019
ވަގުނ ގިނަ ދޯ