ރިޕޯޓް / އެޑިއުކޭޝަން މިނިސްޓްރީ

ކުދިންގެ އަހުލާގު ގޯހުން ގޯހަށް، ހައްލެއް ބޭނުން

ދަރިވަރުންނަށް ނާސްތާ ދިނުން ފެށުމުގެ ގޮތުން ސްކޫލެއް ތައްޔާރުކޮށްފައި: މިފަދަ ރަނގަޅު ޚިދުމަތްތަކުގެ އިތުރުން ކުދިންގެ އަޚުލާގު ރަނގަޅުކުރަން ވެސް ގިނަ ކަންކަން ވަނީ ކުރަން ޖެހިފައި

ބޮޑެތި މާރާމާރީތަކާއި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެކަންކަމުގެ ތެރެއިން ނުރައްކަލުގެ ވަރުގަދަ ރަނގަޅަބީލު ޖެހެމުން އަންނަތާ ކިތައްމެ ދުވަހެކެވެ. ކުށްކުރާ ކުދިންގެ ތެރޭގައި ސްކޫލްތަކުގެ ދަރިވަރުންގެ އަދަދު ވަނީ އިތުރުވަމުންނެވެ. ބައެއް މީހުންގެ ނަޒަރުގައި ދަރިވަރުންގެ އަހުލާގު ވަރަށް ދަށެވެ. ޓީޗަރުންނަށް އިހުތިރާމްނުކުރުން ފަދަ ކަންތައްތަކުން ފެށިގެން ބޮޑެތި މާރާމާރީތަކުގައި ދަނީ ބައިވެރިވަމުންނެވެ. ބައެއް މީހުން ސިފަކުރާ ގޮތުގައި ކުށްކުރާ ކުދިންގެ އަދަދު އިތުރުވުމަކީ ޖީލެއް ހަލާކުވުމެވެ. އެހެންވެ ގައުމީ ފެންވަރުގައި މަޝްވަރާކޮށް ހައްލުތަކެއް ހޯދަން މި އޮތީ ޖެހިފަ އެވެ.

ކުޑަކުދިންނާ ގުޅޭ ކަންތައް ބަލަމުން އަންނަ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) ގެ އެގްޒެކެޓިވް ޑިރެކްޓަރު ހާމިދު ޔޫސުފް ވިދާޅުވީ ކުށްކުރާ ކުދިންގެ އަދަދު ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުން ދާ ކަމަށެވެ. އެގޮތުން ތަފާތު އެކި މައްސަލަތަކުގައި 18 އަހަރުން ދަށުގެ 400 އަށްވުރެ ގިނަ ކުދިން ހައްޔަރުކޮށްފައިވާ ކަމަށް އެތަނުގެ ރިކޯޑުތަކުން ދައްކަ އެވެ. އެހެންކަމުން އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މައްސަލަ ހައްލުކުރަން އާއިލާ، މުޖުތަމައު އަދި ތައުލީމީ ނިޒާމުން ވެސް އެހީތެރިކަން ލިބެން ޖެހެ އެވެ.

ކުށްކުރާ ކުދިންގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުން ހުރި ކުދިންނެވެ. އެހެންކަމުން ހާމިދު ވިދާޅުވީ އެ ކުދިންނަށް ދެވެން އޮތް އެންމެ ރަނގަޅު ފަރުވާއަކީ ރިހިބެލިޓޭޝަން ޕްރޮގްރާމް ކަމަށެވެ. އެކަމަކު ކުޑަކުދިންނަށް ހާއްސަ އެފަދަ ޕްރޮގްރާމެއް ނުހިންގާތީ ގޮންޖެހުންތަކެއް ދިމާވާކަން ފާހަަގަކުރެއްވި އެވެ.

ކުށްކުރާ ކުދިންގެ މައިގަނޑު އުމުރަކީ 16-17 އަހަރެވެ. ހާމިދު ވިދާޅުވި ގޮތުގައި ކުށްކުރާ ކުދިން އެ ކުށަށް ގިނައިން އަރައިގަންނަނީ، ބޮޑެތި ކުށްތަކުގައި އުޅޭ ބޮޑެތި މީހުން ގަސްދުގައި އެ ކުދިން ބޭނުންކޮށްގެންނެވެ. އެހެންވެ އެންމެ ފުރަތަމަ ގޭތެރެއިން ދަރިވަރުންނަށް ކަންތައްތައް ދަސްކޮށްދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ހުރިހާ އެންމެންގެ އެއްބާރުލުން އޮވެގެން [މިކަންތައް ހައްލު] ވާނީ. އޭގެ ކުރިން އާއިލާގެ، މައިންބަފައިންގެ ޒިންމާ ބޮޑު،" ހާމިދު ވިދާޅުވި އެވެ.

ކުޑަކުދިން އަދުލުގެ ނިޒާމުގެ ދަށުން ބައެއް ކަހަލަ މައްސަލަތަކުގައި ދައުވާ ނުކޮށް ޝަރުތުތަކަކާ އެކު ފުރުސަތުތައް ދެ އެވެ. އަދި ބައެއް ފަހަރު އެ ފުރުސަތުތައް ބޭނުންކުރެ އެވެ.

"ސިނގިރޭޓް ބުއިން ފަދަ ކަންކަމުން ފަށައިގެން މަސްތުވާތަކެތި ބޭނުންކޮށް އެ ވިއްކުން ފަދަ ކަންތަކާ ހަމައަށް ދާނީ. އެހެންވީމަ އެކަން ކުރާކަން ފުރަތަމަ އެނގޭ ހިސާބުން އެ ކުއްޖާއަށް އެބަ ޖެހޭ ކިޔައިދޭން. އޭރު އެހީތެރިކަން ނުދެންޏާ ކުށްކުރާ ކުދިން އިތުރުވާނެ،" ހާމިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުށަށް އަރައިގަންނަ ކުދިންގެ ތެރޭގައި، މައްސަލަތައް ބޮޑު އަދި ތަނަވަސްކަން ނެތް އާއިލާތަކަށް ނިސްބަތްވާ ކުދިންނާއި މައިންބަފައިން ވަކިވެފައި ތިބި ކުދިން ހިމެނޭ ކަމަށެވެ.

ޕޮލިސް ރިފޯމްކުރުމުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާނާއި ޕްރޮސެކިއުޓާ ޖެނެރަލް ބިޝާމް އަދި ފުލުހުންގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ: ކުށްކުރާ ކުދިންގެ އަދަދު ދަނީ އިތުރުވަމުން.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

"ދަރިވަރުންގެ އަހުލާގު ދަށުން ދަށަށް"

ކިޔަވައިދިނުމުގައި ވިއްސަަކަށް އަހަރު ހޭދަކޮށްފައިވާ ޓީޗަރަކު، ނަން ހާމަނުކުރަން އެދި ވާހަކަދައްކަމުން، ބުނީ ރާއްޖޭގައި ސިޔާސީ ހަމަނުޖެހުންތައް އުފެދެން ފެށުމާ އެކު ސްކޫލުތަކުގެ މާހައުލަށް ވެސް ބަދަލުތަކެއް އަންނަން ފެށި ކަމަށެވެ. އެގޮތުން ދަރިވަރުންގެ އަހުލާގު އެއް ދުވަހުން އަނެއް ދުވަހަށް ދަށަށް ގޮސް ކަންބޮޑުވާ ދަރަޖައަކަށް ވެއްޓުނު ކަމަށް އޭނާ ބުންޏެވެ. އެކަމުގެ ޒިންމާ މައިންބަފައިންނާއި ތައުލީމީ ނިޒާމް ނަގަން ޖެހޭ ކަމަށް އޭނާ ދެކެ އެވެ.

އާ މަންހަޖަށް ކިޔަވައިދޭން ފެށިކަމަށް ވިއަސް ކުދިންގެ ކިބައިގައި ހުންނަން ޖެހޭ ރަނގަޅު ސިފަތައް އަށަގަންނުވަން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވެ އެވެ. ތަޖުރިބާކާރު ޓީޗަރަކު މިސާލެއްގެ ގޮތުން ބުނީ ނަމާދުގައި ކިޔާ އެއްޗެހި އެނގޭތޯ ބަލާ ކަމަށާއި އެކަމަކު ދަރިވަރުން ބަރާބަރަށް ނަމާދުކުރަން ގިނަ ސްކޫލުތަކުން ބާރުނާޅާ ކަމަށެވެ. އެގޮތުން ބައެއް ފަހަރު، އިތުރު ހަރަކާތް ނަމާދު ގަޑީގައި ވެސް ކުރިއަށް ގެންދާ ކަމަށް އޭނާ ބުންޏެވެ.

"ސްކޫލު ނިޒާމު އޮތީ ޕްރިންސިޕަލުންނާއި ޓީޗަރުންގެ އަތުން ފުރޮޅާލާފައި. ކުދިން ކުރާ ކުށްތަކަށް އެ ކުދިން ޒިންމާ ނުކުރެވެންޏާ، ޒންމާވާކަށް ނޭނގޭނެ. ހައްގުގެ ވާހަކަ ދައްކަންޏާ ހައްގާ އެކީގައި ޒިންމާތަކެއް ވެސް އަންނަކަން ކިޔައިދޭން އެބަ ޖެހޭ،" ދަރިވަރުންގެ އަހުލާގާ މެދު ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކަމުން ޓީޗަރަކު ބުންޏެވެ.

އޭނާ ބުނީ ތައުލީމީ ނިޒާމަކީ ދަރިވަރުން ދިރިއުޅެން ތައްޔާރުކުރާ ބަޔަކަށް ހަދަން ޖެހޭ ކަމަށެވެ. އެއީ ހަމައެކަނި ފޮތުން ކިޔަވައިދޭ އެއްޗެއްގެ ބަދަލުގައި ރިވެތި އަހުލާގު ވެސް ހިމަނައި، ކުދިންނަށް ދަސްކޮށްދޭން ޖެހޭ ކަމަށް ބުންޏެވެ.

ބައެއް ޓީޗަރުން ދެކޭ ގޮތުގައި ބެލެނިވެރިންނާއި ސްކޫލުން އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ޒިންމާތައް އެޅުވުމުގެ ބަދަލުގައި، މައްސަލަ ދިމާވާ ސަބަބު ދެނެގަނެ ހައްލަކަށް އެކުގައި ނުކުންނަން ޖެހެ އެވެ.

"ތައުލީމީ ނިޒާމު މި އޮތީ [އަހުލާގީ މައްސަލަތައް ހައްލުކުރުމުގައި] ބޮއްސުންލާފައި. ޓީޗަރުން ހައްގު ބަސް ބުނަން އެބަ ޖެހޭ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި ޓީޗަރަކު ބުންޏެވެ.

"ދަރިވަރުންގެ އަހުލާގު މިހެން އޮންނަ ނަމަ ޖީލެއް ހަލާކުވެގެން ދާނީ. ގައުމީ ލެވެލްގައި އެބަ ޖެހޭ އެ ވާހަކަ ދައްކަން."

ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި އިސް މީހަކު ބުނީ ދަރިވަރުންގެ އަހުލާގު ރަނގަޅުކޮށް އެކަންކަން ބެލެހެއްޓޭނެ އުސޫލުތަކެއް މިނިސްޓްރީން ކަނޑައަޅާފައި ހުންނަ ކަމަށެވެ. އެ އުސޫލުތައް ރަނގަޅަށް ތަންފީޒުވާ ނަމަ، މިހާރު މި ދިމާވާ މައްސަލަތައް ހައްލުވާނެ ކަމަށް އޭނާ ބުންޏެވެ.

ދަރިވަރުންގެ އަހުލާގު ރަނގަޅުކޮށް ނުބައި އާދަތަކުން ދުރުކުރުމަށް މިނިސްޓްރީން ވަނީ މިދިޔަ އަހަރު އުސޫލެއް ހަދައިފަ އެވެ. އެ އުސޫލުގައި ޕްރިންސިޕަލުންނާއި ޓީޗަރުންނަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި، ދަރިވަރުންގެ ކިބައިން ފެންނަ ނޭދެވޭ އަމަލުތަކަށް އަވަހަށް ފިޔަވަޅު އެޅުން ހިމެނެ އެވެ. އަދި މައްސަލަތައް ބޮޑުވުމުގެ ކުރިން ބެލެނިވެރިޔާ ބައިވެރިކޮށްގެން މަޝްވަރާކުރުން ވެސް ހިމެނެ އެވެ.

އެ އުސޫލުގައި ވާ ގޮތުން ދަރިވަރުންނަށް އިސްލާހީ ފިޔަވަޅު އަޅާއިރު، އެކަމެއް ހިނގި ގޮތް ސާފުކޮށް މައުލޫމާތު އެއްކުރަން ޖެހެ އެވެ. އެކަމަކު ދަރިވަރުގެ ކިޔެވުން ގެއްލޭނެ ފަދަ ފިޔަވަޅެއް ނޭޅޭނެ އެވެ. މިސާލަކަށް ސަސްޕެންޑްކުރުން ނުވަތަ ފިލާވަޅު ގެއްލޭ ގޮތަށް ކްލާހުން ބޭރަށްލުން ފަދަ ކަމެއް ނުކުރެވެ އެވެ.

އަނިޔާނުކޮށް ހައްލުކުރެވޭނެ

ބައެއް ސްކޫލުތަކުގައި މަސައްކަތް ކޮށްފައިވާ ސައިކޮލޮޖިސްޓެއް ކަމަށްވާ ފާތިމަތު ސައުދާ ވިދާޅުވި ގޮތުގައި ގޯސް ކަމެއް ކުރާ ނަމަ އެ ދަރިވަރަކަށް އެއީ ގޯސް ކަމެއްކަން އަވަހަށް ބުނެދޭން ޖެހެ އެވެ. އެކަމަކު ރަނގަޅާއި ނުބައި ކިޔައިދޭނެ މީހެއް ނެތް ނަމަ ކަންތައްތައް އިތުރަށް ގޯސްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދާ ދެކެވަޑައިގަންނަވާ ގޮތުގައި އަހުލާގީ ގޮތުން ދަށް ދަރިވަރުން މިހާރު ފެންނަނީ ޖިނާއީ މައްސަލަތަކަށް އަރައިގަންނާތީ އެވެ. އެހެންކަމުން ތަރުބިއްޔަތަކީ އެެންމެ މުހިންމު ބައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ އެއްޗަކީ ވެސް ތަރުބިއްޔަތު. ތަރުބިއްޔަތުގެ ބައި ރަނގަޅުކުރަން ޖެހޭ. ރަނގަޅާއި ނުބައި ގޮތަކީ ކޮބައިކަން ކިޔައިދޭން ޖެހޭ. ވަރަށް ކަންބޮޑުވާ ދަރަޖައެއްގައި އެ ހާލަތު މިއޮތީ،" މަސްޓާސް އިން އެފްލައިޑް ސައިކޮލޮޖީ (ކްލިނިކަލް އެންޑް ކައުންސެލިން) ހަދާފައިވާ ސައުދާ ވިދާޅުވި އެވެ.

ދަރިވަރުންގެ އަހުލާގު ގޯސް ނަމަ ހަރުކަށި އަދަބުދިނުން ރަނގަޅު ނޫން ކަމަށް އޭނާ ވެސް އެއްބަސްވެވަޑައިގަނެ އެވެ. ސަބަބަކީ ނަފްސާނީ ގޮތުން އެކަން ރަނގަޅުނުވުމެވެ. ތަޅާ އަނިޔާކޮށްގެން ކަންކަން ހައްލެއް ނުވާނެ ކަމަށާއި އެކަމަކު އެޅޭނެ ފިޔަވަޅުތައް ހުރި ކަމަށް ވިދާޅުވި އެވެ.

57 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 18%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލިފުތާ

26 March 2019

ބެލެނިވެރިން އަދި ސްކޫލްތަކުގައި ތަރުބިއްޔަތު ދިނަސް ގޭންގުތަކާއި ނުބައިނުލަފާ މީހުން ގިނަ މުޖުތަމައުއެއްގައި ކުދިންގެ އަހުލާގު ރަގަޅެއްނުވާނެ... ފުރަތަމަ ކުރަންޖެހޭކަމަކީ ގޭންގުތަކާއި ޑްރަގުގެ ވަބާއިން ގައުމު ސަލާމަތްކުރުން... ގާނޫނު އަދި ގަވާއިދު ތަންފިޒު ނުކުރެވޭތަނެއްގައި ޅައުމުރުގައިވެސް ބޭނުން ގޮތަކަށް އުޅެވޭތީ ނުރައްކާތެރި އިންސާނުންތަކެއް ގިނަވަމުންދަނީ... މުއްސަސާތަކުގައިވެސް މިހާރު ތިބީ ބޮޑެތި ކުރިމިނަލުން.

The name is already taken The name is available. Register?

މަސޭދާން

26 March 2019

ސްކޫލު ކުދިންގެ އުޅުމާއި އަޚްލާގު ފެންނާނެ ހަވީރު ނޫނީ ރޭގަނޑު ގަލޮޅު ރަސްމީ ދަނޑުން. ދުންފަތުގެ އިސްތިއުމާލު ކުރުމާއި ހަޑިހުތުރު އެއްޗެހި ގޮވުމާއި މިހެން ގޮސް ކިޔާނެކަމެއްނެތް. ނަމާދުވަގުތު ވެސް އެމީހުނަށް ކުޅުން ހުއްޓުމެއް ނޯވޭ. ދަނޑުގައި ކުޅޭ ޓީމަށް ތަރުހީބުދޭއިރު ވެސް ، ޚާއްޞަކޮށް އަންހެންކުދިން، ހީވަނީ އުޑުބޮލަށް ވެއްޓޭތީވެ ހަޅޭއްލަވާހެން. ކޮންމެ ކަމަކަށް ވެސް ހައްދެއް މިނެއް ގޮތެއް ފޮތެއް އޮވޭ. މިކަންކަން އިސްލާހުކޮށް ޒިންމާ ނަގާނީކާކު؟

The name is already taken The name is available. Register?

ރާވެރިބެ

26 March 2019

ޅައިރުއްސުރެ ކުދިންނަށް ދަސްކޮށްދެނީ މިނިނިވަންވެ އަމިއްލައަށް އުޅެން. ބޮޑުވާއިރު ހުންނަނީ ތިމާވަރެއް ނެތި ފެނިފަ. ފެންނަނީ ސުޕަހީރޯ ވިލަން ފިލްމުތަށް. ލިބެނީ ޑްރަގް.

The name is already taken The name is available. Register?

ބުއްދިބޯ

26 March 2019

ކުދީން ތަރުބިއްޔަތު ނުވަނީ އެންމެ ޅައިރުން ފެށިގެން ނާތަހުޒީބު އަރަބިންގެ ނޭއްގާނި ސަގާފަތް އެކުދިންގެ ބޮލަށް ވައްދައި ޅަ ސިކުނޑިތައް ޚަރާބުކޮށްލާތީ.

The name is already taken The name is available. Register?

ރާވެރިބެ

26 March 2019

މިކަލޭގެ ސިކުނޑި ހުޅަނގުގެ ކުލަޖެހި ޚަރާބުވެފައި

The name is already taken The name is available. Register?

ބޭކާރު

26 March 2019

ބުއްދިބޯ މިއީ މި އާޓިކަލްގައި ބުނާކަހަލަ މީހެއް!

The name is already taken The name is available. Register?

އަދި

26 March 2019

އައްޑިހައިގެ ނުވަދިހައިގެ އަހަރުތަކުގައި އެންމެ ގިނަ މީހުން ބަލާ އުޅުނީ ހިންދީ އެއްޗެހި. މިހާރުވެސް ވަރަށް ގިނަ މެދުއުމުރުން މަތީގެ މީހުންގެ ވިސްނުން ހުންނަ ގޮތަށް ބަލައިފިނަމަ ފާހަގަވާނެ ހިންދީ އެއްޗެހީގެ ކުލަވަރު ކިހާވަރަކަށް ކަން އެމީހުންގެ ވިސްނުމަށް އަސަރުކޮށްފަ ހުރީ. އަރަބިންގެ ނޭއްގާނީ ސަގާފަތަށްވުރެ ހިންދީ އެއްޗެހީގަ އެހެރަ ބަވާލާ ބަވާލުން އެއީ ވަރަށް ގިނަ މީހުންނަށް ނޭގި ކޮޕީކުރެވިގެން އެއާ އެއްގޮތަށް އަމަލުކުރެވޭ ކަމެއް.

The name is already taken The name is available. Register?

އޭރުގެ ދަރިވަރު

25 March 2019

ކަލޭތީ ކޮން އުމުރެއްގެ މީހެއްކަނެއްނޭގޭ! 1970 ގެ އަހަރުތަކުން ފެށިގެން އީޕީއެސް އާ އެމްއީއެސް ދެޖިންސް އެއްކޮށް 2000 ގެ ކުރީކޮޅާޖެހެންދެން ވެސް އެގޮތަށް ކިޔަވައިދިނީ. 1979 ގައި އެސްއީސީ ހުޅުވީއްސުރެ ކިޔަވައިދެމުން އަންނަނީ އެގޮތަށް! މިއަދު ގައުމުގެ ކޮންމެ ދާއިރާއެއްގައި އިސްކޮށްތިބީ، ބޭރުން މަތީ ތަޢުލީމު ޙާސިލުކުރިއެއްކަމަކު އެމީހުން! އަޚުލާގު ގޯސްތަ؟ ގައުމު މިފެންވަރަށް ވައްޓާލީ، ސަންދާނު، ދިވެހި އޮބްޒާވާއިން ފައްޓައިގެން ފަހުން އެމްޑީޕީ މީހުން މަގުމަތިން ރ މައުމޫނުގެ ސަރުކާރުގައި ފެއްޓި "ޑިމޮކްރަސީ"

The name is already taken The name is available. Register?

އަނީލު

26 March 2019

ހަމަ ބޭރުން ކިޔަވައިގެން އައިމީހުންނާއި މީޑިއާ އަދި ދިރިއުޅުމުގެ ޙާލަތާއި ދައުލަތުން އެކަންކަމަށް އެޑްރެސް ނުކުރެވުމާއި ތަންފީޒީ އިދާރާތައް ފެއިލްވެފައިވުމާއި މައިން ބަފައިންނާއި ދޮށީ މީހުންގެ ވެލިއުސް ގެއްލުވާލުން.

The name is already taken The name is available. Register?

އޭރުގެ ދަރިވަރު

26 March 2019

"ހަސަންކޮ" ކިޔާ މީހެއްގެ ކޮމެންޓަށް ކުރި ރިޕްލައިއެއް!

The name is already taken The name is available. Register?

ސަމްބަޑީ

25 March 2019

މިޒަމާނުގައި ބެލެނިވެރިންގެ އަތުން ފޯނު ދޫނުވުންވެސް އެއީ ވަރަށް ބޮޑު މައްސަލައެއް. ކުދިންނަށް ދޭންވާ ފުރިހަމަ އެޓެންޝަން ނުދެވޭ ފަހަރު ގިނައީ. ކުއްޖާއާ ވާހަކަ ދައްކަން މަންމަ އާއިބައްޕަ ވަކި ވަގުތެއް ހުސްކޮށް އެކަންކުރާނަމަ ކުއްޖާއާ އޮންނަ ގުޅުން ބަދަހިވާނެ އަދި ކުއްޖާ ކުރަން ބޭނުންވާ ކަންކަމުގެ ރަގަޅު ނުބައި ކިޔައިދެވޭނަމަ ކުއްޖާ އިމޯޝަނަލީ މެޗުއަރވެ އަވަހަށް ކަންކަމަށް ލޯހުޅުވޭނެ. އެންމެ މުހިއްމުކަމަކީ ކުއްޖާއަށް ވިސްނޭ ގޮތަށް ވާހަކަދެއްކުން.

The name is already taken The name is available. Register?

ހަސަންކޮ

25 March 2019

މީގަ އަޅުގަނޑުދެކޭގޮތުން ހުރިހާ މައްސަލައެއްމިނިކުންނަނީ ދެޖިންސްމަސްހުނިކޮއް ކިޔަވާދޭތީ އެކަންހުއްޓާލަނިކޮއް ކުދިންގެ އަޚުލާޤުވެސް ރަނގަޅުވާނެ

The name is already taken The name is available. Register?

ޖަސްޓް މައި ދެ ލާރި މޭން

25 March 2019

ރާއްޖޭގެ އެއްމެ ބޮޑު މައަސަލައަކީ ރަނގަޅު ރޯލް މޮޑެލުން ނެތުން. ފިރިމީހާ ވަޒީފާގަ މާދުރު ރިސޯޓެއްގަ. ދަރީންނާ އެކު އުޅެވޭނީ އަހަރަކު ގިނަވެގެން 30 ދުވަހު. އަނބިމީހާ ވެސް ވަޒީފާ އެއްގަ. ދަރިންތަރުބިއްޔަތު ކުރުމަށް ދެމަފިރިންގެ ލޯއްބާއި އަޅާލުމުގެ އިތުރުން އެކު ގިނަވަގުތު ހޭދަކުރުން މުހިންމު. ރީތި އަހުލާގުގެ މިސާލު އަމަލުން ދެއްކުން ވެސް މުހިންމު. އެކަމަކު މީ ވާނެ ކަމެއް ނޫން. އަހިވަކާ ޖެހި އަހިވައް ފާވާނެ.

The name is already taken The name is available. Register?

ތައުލީމު

25 March 2019

ސުކޫލު ތަކަކީ ހަމައެކަނި ތަޢުލީމު އުނގަންނައިދޭ ތަނަކަށްވުން މީގަ މައްސަލައަކީ. ޓީޗަރުން ކުލާސް ކޮންޓްރޯލް ކުރަން ފަސޭހައަކަށް އަންހެން ފިރިހެން މަސްހުނިކޮށް ގުރޫޕްތަށް ހަދާފަ ބެހެއްޓުން އަނެއް މައްސަލަ.، މަގޭ ދަރިންނަށް ގޭގަ އިންޓަނެޓްނުދީ އުޅުނަސް އެ ލިބޭ ކުދިންގެފަރާތުން އުމުރާ ނުގުޅޭ އެތަކެއްވާހަކަ އެއް އަައިސް ދެއްކުމުން ހިތް ފަޅައިގެން ދާވަރުވޭ.

The name is already taken The name is available. Register?

ދެން

25 March 2019

އެކުދިންނަށް ވިސްނަދެވިދާނެ އެކި ކުދިން ގެންގުޅޭނީ އެކި އެއްޗެހިކަން. އެއްބައި ކުދިން އަތުގަ ހުންނަ އެއްޗެހި ހުރިހާ ކުދިން އަތުގަ ނުހުންނާނެކަން. އެކި މީހުންގެ ތަނަވަސްކަން ހުންނާނީ އެކި ވަރަށްކަން. އެކުދިން އުމުރާ ނުގުޅޭ ވާހަކަ ދައްކާނަމަ އެކުދިންނަށް އެކަމެއް އޮޅުންފިލުވައި ދިނުން މާ ރަގަޅު ކަންނޭގެ އެކަން އޮއްބާލައި އެވާހަކަ ނުދެއްކުމަށްވުރެ. އެ ކުއްޖެއްގެ އުމުރާ ގުޅޭ ގޮތަށް ވަރަށް ގިނަ ކަންކަން ކިޔައިދޭނަމަ އެކުއްޖާވެސް ހިތްހަމަޖެހޭނެ.

The name is already taken The name is available. Register?

ތައުލީމު

26 March 2019

އަހަރެންގެ ކުދިންނަށް އެ ނުދެނީ ނުލިބޭތީއެއްނޫން. ގޭގަ ވައިފައި ހުރޭ. ކޮމްޕިޔުޓަރު، ލެޕްޓޮޕް، ޓެބްލެޓް، ސްމާޓް ފޯންވެސް ހުރޭ. ކުދިންގެ އުމުރާ ގުޅޭ އެއްޗިސް އެކަނި ފެންންގޮތަށް ހުންނާނީ. ކުދިންގެ ލެޕްޓޮޕް، ޓެބްލެޓުން ވައިފައި އަށް ނުވަދެވޭވެ. އެކަމު ގްރޭޑް 4ގަ އުޅޭކުއްޖާ އެބަބުނޭ ކުލާހުގަ އިންނަ މިވެނި ކުއްޖަކު ބުންޏޭ ތިމަންނަ އުޅެނީ ގާލްފްރެންޑާ މެރީކޮށްގެންނޭ. ސެކްސް ކުރަނީ މިވެނި ގޮތަކަށޭ. އުމުރާ ގުޅޭ ގޮތުން ކިހިނެއް ކިޔާދޭނީ...

The name is already taken The name is available. Register?

ދެން

26 March 2019

ޕޭރަންޓްސްއަށް ހިންގާ ވޯކްޝޮޕް އެއްޗިހީގަ ބައިވެރިވެވިދާނެ އަދި ޕޭރެންޓިންގއާ ބެހޭ އާޓިކަލްތައް ކިޔައި ދަރިފުޅަށް ދިމާވާ މިކަހަލަ ކަންކަން ހައްލުކުރާނެ ގޮތުގެ އެހީ ހޯދިދާނެ. މިޒަމާނުގައި ކުދިން ތަރުބިއްޔަތު ކުރަން މާ ބުރަ މަސައްކަތްކުރަންވެފަ އޮންނަނީ ކުދިން އެކްސްޕޯޒްވާކަންކަން ގިނަ ކަމުން. މައިންބަފައިންގެ މައުލޫމާތާ ކެރުންތެރިކަން މާބޮޑުތަން އިތުރުވާންޖެހޭ މިހާރު މަންމައަކަށްވާއިރު. އަތްއުރާލައިގެން ތިބެން ވަގުތު އޮންނަ ޒަމާނެއްނޫން މިއީކީ.

The name is already taken The name is available. Register?

ނީސް

25 March 2019

ހުރިހާ މައްސަލައަކީވެސް އިންޓަރނެޓް. ކުދިންނަށް ނުފެންނަންވާ މަންޒަރާއި އަޑު ފެންނާތީ

The name is already taken The name is available. Register?

ކީސް

25 March 2019

ކުދިންނަށް އެފެންނާނީ ދެއްކީމަނޫންތޯ؟ އިންޓަރނެޓަށް ފައިސާ ޚަރަދުކުރަނީ މައިންބަފައިން ނުވަތަ ބެލެނިވެރިންނޫންތޯ؟ އެ ބޭނުންކުރެވޭނެ ގަޑިތަކެއް ކަނޑައަޅައި ޕޭރަންޓަލް ކޮންޓްރޯލް ލައި ހެދުން އެއީ ބޮޑެތި މީހުންގެ ޒިންމާއެއް. ކުދިން ކޮންޓްރޯލް ކުރަން ބިރުގަނެގެން ތިބޭނަމަ ކުދިން އެ ބޭނުންކުރާވަރު މަދުނުކުރެވޭނެ. ކޮންމެވެސް ވަރަކަށް ހަރުކަށިވެގެން އިންޓަރނެޓާ ދުރުކުރެވޭނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454