ފުވައްމުލައް: އިއްޔެ އެ ސިޓީގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރީ 22 އަހަރުގެ ދެ ފިރިހެނުން
25 މާޗް 2019 - 10:27
ފުވައްމުލަކުގައި އިއްޔެ ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ތޫނު އެއްޗަކުން ހަމަލާދީ 17 އަހަރުގެ ކުއްޖަކު ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
މާރާމާރީގައި ކުއްޖާގެ ބޮލަށާއި އަތަށް އަނިޔާތަކެއް ލިބިފައިވެ އެވެ. އެކަމަކު ހޮސްޕިޓަލުން ބުނީ ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި އެކަމަކު އަދިވެސް އޮތީ ހޮސްޕިޓަލުގައި ކަމަށެވެ.
މި މާރާމާރީ ހިންގީ އިއްޔެ ފަތިހު 5:50 ގައި، ފުވައްމުލަކު މަދާދު ގެސްޓްހައުސް ކުރިމަތިންނެވެ.
މި ދުވަސްވަރު ބޮޑެތި ކުށްތައް ރާއްޖޭގައި ވަނީ އާންމުވެފަ އެވެ. މާރާމާރީގެ އިތުރުން ތޫނު އެއްޗިހިން ބިރު ދައްކައިގެން ބޮޑެތި އަދަދުތަކުގެ ފައިސާތައް ފޭރިގަތުމުގެ އިތުރުން، ވައްކަން ވެސް ވަނީ އާންމުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާރ1
25 March 2019
މަދާދު ގެސްޓް ހައުސް ކިޔާ ގެސްޓް ހައުސް އެއް ނުހުރޭ. ރަނގަޅު ގޮތަކީ މާދަނޑު އަވަށުގައި ހުންނަ ޓައިގަރ ޝާކް ރެސިޑެންސް.
އެހެންތޯ
25 March 2019
ނާ ހަމަ ތެދެއްތަ! ހައްޔަރުކުރީތަ؟ އަނެއްކާ ސުރުޚީގައި މިއޮތީ ރަނގަޅަށްތަ؟ ރަނގަޅަށް އޮތްނަމަ ރަނގަޅަށް ޗެކުކޮށް ބައްލަވާފައި މާދަމާ އަނެއް ސުރުޚީގައި ލިޔުއްވައިދެއްވާށެވެ. މާދަމާގެ ސުރުޚީގައި އޮންނަންވާނީ ފުވައްމުލަކު މާރާމާރީއާ ގުޅިގެން ހައްޔަރު ދެމީހަކު ދޫކޮށްލައިފި. މިހެން އިނގޭ. އަހަރެމެން ރައްޔިތުން ދެ ސުރުޚީވެސް ކިޔާލާފައި ކޮމެންޓްކުރަން ތިބޭނަން. އޯކޭނު.
ހަނަފީ
25 March 2019
އަސްލުގައިވެސް ގާނޫނު ތަންފީޒް ނުކުރެވޭތީ މިކަން މިހެން ވާންޖެހެނީ... ފުލުހުންނަށް ބާރުދީގެން ގޭންގު މައިތިރި ކުރެވެނީ.. ސަރުކާރުން ދޫ ދޭތީވެ އެހެން ގުރުޕްތަކަށް އެ އުޅެވެނީ.. އެކަން ހުއްޓުވަން އެބަޖެހޭ.. މީހުން މެރުމަކީ މާ ސަޅިކަމެއް ނޫން..ނުހައްގުން އިންސާނެއްގެ ފުރާނަ ދުއްވާލި މީހަކަށް އެކަން ދެދުނިޔެއިން ވެސް ފެންނާނެ..
މަރޭމިތުރު
25 March 2019
މާރާމޭރީ ވަޅިހެރުމާއި ގިނަވެއްޖޭ! މީ ރާއްޖޭގައި ބޮޑުކަމަކަށް ވެއްޖޭ!.............. ކުއްކުރުމަށް ފުރުސަތުލިބިފައި އޮންނަނީ ޝަރީއަތްތައް ރަނގަޅައް ނުހިގާތީ! ކުއްވެރިންނަށް ދޭނެ އަދަބެއް ނޯންނާތީ، ހުކުމެއް ތަންފީޒުވެސް ނުކުރެވޭތީ! އަސްލަކީ ޝަރީއަތްކުރަންތިބި ބައެއްގެ ދޯހަޅިކަން.