ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. ---ފޮޓޯ: މިހާރު
26 މާޗް 2019 - 14:59
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ނަގުދު ފައިސާ ލިބުނު 80 މީހެއްގެ މައުލޫމާތު ހާމަކުރަން އުޅޭ ކަމަށް ކޮންގްރެސް ޕާޓީގެ ވަގުތީ ލީޑަރު، މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ތުހުމަތު ކުރައްވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ބޮޑު ހިޔާނާތުގެ ފައިސާގެ ތެރެއިން ބައެއް 155 މީހެއްގެ އެކައުންޓަށް އެސްއޯއެފުން އެތައް މިލިއަން ޑޮލަރެއް ޖަމާކޮށްފައިވާ ކަން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން އާންމުކުރި ތަހުގީގީ ރިޕޯޓުން ވަނީ ހާމަވެފަ އެވެ. އެކަމަކު، އެ ނަގުދު ފައިސާ ލިބުނު މީހުންގެ ނަމެއް އެ ރިޕޯޓުގައި ނެތެވެ.
ޕީޕީއެމް/ކޮންގްރެސް ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ އޭސީސީގެ ލިސްޓްގައި، އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ މާ ގިނަ ބަޔަކު ނުހިމެނޭ ކަމަށެވެ.
އެކަމަކު، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ރައްޔިތުންނަށް އޮޅުވައިލުމުގެ ބޭނުމުގައި، އެމްއެމްޕީއާރުސީގެ ނަގުދު ފައިސާ ލިބުނު މީހުންގެ ލިސްޓު އާންމުކުރަން ތައްޔާރުވަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި ވަރަށް ބޮޑު ޖަރީމާއެއް މި ހިންގަނީ،" އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މިހާރު ވެސް އޭނާ ތަމްސީލް ކުރައްވާ ފޮނަދޫ ދާއިރާ އަށް ވާދަކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެއީ 'އެޖެންޑާ 19' އެމްޑީޕީ އަށް ކާމިޔާބު ކުރުމުގެ ބޭނުމުގަ އާއި އިދިކޮޅަށް މަޖިލިހުގެ އަޣުލަބިއްޔަތު ލިބިދާނެތީ ނެރެން އުޅޭ ލިސްޓެކެވެ.
އެގޮތުން، ލިސްޓުގައި ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމާއި މަޖިލިހުގެ އިންތިޚާބަށް ކުރިމަތިލެއްވި އިދިކޮޅު ކެންޑިޑޭޓުންގެ ނަންތައް ހިމެނޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޖަރީމާ ހިންގި މީހުން ހެކިންނަށް ބަދަލުކޮށް، އެމީހުންނަށް ހިމާޔަތް ލިބޭ ގޮތަށް ލިސްޓް އާންމު ކުރުމަކީ އިންތިޚާބަށް ނުފޫޒު ފޯރުވަން ކުރާ ކަމެކެވެ.
ރާއްޖޭގައި މިވަގުތު ހުންނެވި ހަމައެކަނި އިދިކޮޅު ލީޑަރު ބަންދުގައި ބަހައްޓައިގެން ބާއްވާ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބަކަށް ނުވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އެހެންވެ، ޔާމީން މިނިވަންކޮށްދީ، ސިޔާސީ މަސައްކަތް ކުރެއްވޭނެ މަގު ފަހިކޮށްދެއްވުމަށް އަބްދުއްރަހީމް ގޮވާލެއްވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް އެކަށީގެންވާ ކެމްޕެއިނެއް ނުކުރެވެނީ ދައުލަތުން ލިބެން ޖެހޭ ފައިސާ ނުދިނުމާއި ޔާމީން ހައްޔަރުކޮށްފައި ހުރުމުން ކަމަށެވެ.
އޭސީސީން ކުރި ތަހުގީގަށް ފަހު އެކުލަވާލި 779 ސޮފްހާގެ ރިޕޯޓުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ 1.3 ބިލިއަން ރުފިޔާ، ދީފައިވާ މީހުންނާއި ކުންފުނިތަކުގެ އެކައުންޓް ހާމަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންނާއި ވިޔަފާރި ވެރިންނާއި ބައެއް މެމްބަރުންގެ އާއިލާތަކުގެ ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮއްޕާ
28 March 2019
އަބުދުއްރަހީމުގެ ނަން އޮންނާނެ ކަންޔަގީނެއްނު ލިބުނުލެއްމަދުކަމުން ޕާޓީގަ ވެސް އިހްލާސްތެރިމީހަކު ހުއްޓަނުދީ ބޭރުކުރީނު މިއަދު ތިތިބީ މަގުމަތިވެފަ ހީކުރީވެރިކަން ބީނުވާނެކަމައް މަސްވަރާއެއްނުކޮއް ޕާޓީގެ ގޮފިތައްނުހިންގާ މެޑަމާ ރަހީމުއާ ތެޅިބޭލި މައުމޫނުއާޖައްސާލީ އަމަށަކުވަރަކައްތަ އެމްޑީޕީ ކުދިންނައް ފުލެޓްދީ މަތީމަގާމުދީ ހެދީ ހިތުން އެމީހުން ވޯޓުދޭނެކަމައް ދޯ...އެހެންވީމަ ނަން އޮންނާނެ ނުވެސް ހޮވޭނެ ފަހަތައް ޖެހިފަ ބަދަލުކުރޭ ....
އަސްލުތަ؟
28 March 2019
އަވަސް ކުރޭ މިހާރުވެސް މާބޮޑުތަން ލަސްވެސްވެއްޖެ. ވޯޓް ލިއުމުގެ ކުރިން ތިކަން ރައްޔިރުންނަށް ސާފުވާންޖެހޭ.
ޖޮއްބެ
28 March 2019
ކޮންމެ ކަމެއް ކޮންމެގޮތަކަށް ކުރިޔަސް ރީނދޫ ފިކުރުގެ މީހުންނަށް ހަމަ އެމްޑީޕީ ރަގަޅުވާނެ. އެހެންނޫންނަމަ އެޖެންޑާ19 ކިހިލިޖަހައިގެން އެބައިގަނޑު ނުދުވީހެއްނު؟
އަޙުމަދު.
28 March 2019
އެމްއެމް.ޕީ އާރުސީގެ ފައިސާއާއިބެހޭ ވާހަކައެއް އަޑުއިވޭ އިރަށް އަދުރޭ ތިޔަ ތެޅިގަންނަނީ ކީއްވެތޯއެވެ، ؟ އެލިސްޓަށް އަދުރޭގެ ނަން އަރާފެނެތީ ތޯއެވެ، ؟ ނުވަތަ މިސްކިތް ހުޅުޖެހި މީހާއަށް ވަނީތޯއެވެ، ދިވެހި ދައުލަތަށް ލިބެންޖެހޭ އެތަށް ބިލިޔަން ރުފިޔާއެއް ވަގަށްކާލައިގެން ތިބި ބައެއްގެ ވާހަކަ އަޑު އިވޭ އިރަށް އަދުރޭ ފުންމައިގެން ދާކަށް ނުޖެހެއެވެ. ދައުލަތުގެ ބާ ޓިނުގަނޑަކުންވެސް ވައްކަން ކޮށްފިއްޔާ އެކަން ބަލާ ފިޔަވަޅު އަޅަންޖެހޭ.
ަހަންކަޅުބެ
28 March 2019
ބަލަ އަދުރޭ. ބަޔަކު ލިސްޓެއް ޢާންމު ކުރިޔަސް އަދުރޭމެން ޔާމީނުމެން ފާތުމަމެން މޭކަރާކަސް ނުޖެހޭ. ޢާންމުކޮށްކޮށް ތިބެދާނެނެނު. އަދުރޭމެންގެ ތިޔަ ޓީމަކީ ސިދާސާފު ހުކު ބޯކިރުކަހަލަ އެއްވެސް ލަކެއްޖެހިފަ ތިބިބައެއްނޫން. ތިޔަ ޓީމުގަ ތިތިބީ ހަމަ ސީދާތެދަށްތިބި އަލިފު ތަކެއް. އެއްވެސް ކަހަލަ މަކަރެއް ޚިޔާނާތެއް އޮޅުވާލުމެއް ފޭރުމެއް މީހުންމެރުމެއް އަދި ތިޔަބުާ ނަގުދު ފައިސާގެ އެންމެ ރުފިޔާއެއްވެސްލިބުނުމީހުންނެއްނޫން. ދެން ކޮން ތެޅުމެއްތިތެޅެނީ
ރުމާލު10
27 March 2019
ކޮބައިތޯ ރޮލެކްސް ގަޑިއާ ކާރާ ޓިނާ ލިބުނު މީހުން؟!
އަފޫބިލާ
27 March 2019
ނަން އެބައޮތްތަ
ނެގުނުކަތީބު
27 March 2019
އަވަސްކުރަހަރޭ
ތުނޑު ހަސަނު
27 March 2019
ހާމަކުރުމުގެ މާކުރިންވެސް ލިސްޓް ނެރެވޭނެކަމާއި އޭގައި އޮންނާނީ ކޮން ނަންތަކެއްކަން އެކަމުގައި ޝާމިލްވާ މީހުންނަށް އެނގޭނެތާއެވެ. ކުރުކޮށް ބުނާނަމަ ބުނެވޭނީ ތިއުޅެނީ މިސްކިތުހުޅުޖެހި މީހާ ހެދިގެންނެވެ.
ސޭޓްގެ ދަރި
27 March 2019
ރާއްޖޭގައި މިވަގުތު ހުންނެވި ހަމައެކަނި އިދިކޮޅު ލީޑަރު ބަންދުގައި ބަހައްޓައިގެން ބާއްވާ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބަކަށް ނުވާނެ ކަމަށް އަބްދުއްރަހީމް ބުނިއިރު މިދިއަ ރިޔާސީ އިންތިޚާބުގައި އެއިރުގެ އިދިކޮޅު ލީޑަރުންތިބީ ކޮންތަނެއްގައި؟ އިދިކޮޅަށް އެއްޗެއްބުނީ ބުޅާލަކަށްވިއަސް އޮތީ ޖަލުގަ ބަންދުކޮށްފައި، ކަލޭމެންކުރީމަ ރަނގަޅު، އެހެންމީހުންކުރީމަ ގޯސް، އެހެންނޫނަސް ތިބުނާ ނަމެއްގެ އިދިކޮޅުލީޑަރ އޭތިކިއާ ކަލޭގެ އަދިހުރީވެސް ގޭގައިނުންތަ؟