ކުރީގެ ރައީސް މުހައްމަދު ނަޝީދު ގއ.ކޮލަމާފުށްޓަށް ވަޑައިގެންނެވުމުން ސަޕޯޓަރުން އެމަނިކުފާނަށް މަރުހަބާ ކިޔަނީ. ފޮޓޯ: އެމްޑީޕީ
27 މާޗް 2019 - 14:14
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެމްޑީޕީން މަސައްކަތް ކުރަން ވިޔަސް ނުވަތަ ނުކުރަން ވިޔަސް އެކަން ނިންމަވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވިލިނގިލި ދާއިރާ އަށް ވާދަކުރައްވާ ހާރޫނު ރަޝީދަށް ކެމްޕޭން ކުރަން ކޮލަމާފުށީގައި މިއަދު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ނިޒާމު ބަދަލުކުރުމުގެ ނިންމުމާ ދިމާލަށް ޕާޓީ ގެންދިއުމުގެ ހުރިހާ އިޚުތިޔާރެއް ރައީސަށް ދޫކޮށްލައިފައިވާ ކަމަށެވެ. އެކަމުގައި އެހެން ބަޔަކަށް ގޮތެއް ނުނިންމޭނެ ކަމަށާއި އެމްޑީޕީ އޮންނާނީ ބަދަހިކޮށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނެތޯ، އެކަން ވެސް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާ. އެހެން ބައެއް ނޫން. ރައީސުލް ޖުމްހޫރިއްޔާ އަށް ފެނިވަޑައިގެން ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އެހެން ގޮތަކަށް އަމަލުކުރަން ފެނިވަޑައިގަންނަވާ ނަމަ އެކަން ވެސް ނިންމުމުގެ ބާރު، ނިންމުމުގެ އިޚްތިޔާރު، ނުވަތަ އެ ނިންމުމާ ދިމާލަށް ޕާޓީ ގެންދިއުމުގެ އިޚްތިޔާރު، ހުރިހާ ކަމެއް އަޅުގަނޑުމެން ދޫކޮށްފައި ވާނީ ރައީސުލްޖުމްހޫރިއްޔާ އަށް،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން އެމްޑީޕީން އުޅެނީ ރާއްޖޭގެ ތަރައްގީ އަށް މަސައްކަތް ކުރަން ކަމަށާއި އެހެން މަގުސަދެއް ނެތް ކަމަށެވެ. ފާއިތުވި 15 އަހަރު ވެސް އެމްޑީޕީން މަސައްކަތްކޮށްފައި ވާނީ އެގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެހެން މަގުސަދެއް، މިދިޔަ 15 އަހަރު ވެސް އަޅުގަނޑުމެނެއް ނުދައްކަން، ނުބުނަން، ނެތް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނަޝީދު ވާދަކުރައްވަނީ މައްޗަންގޮޅި މެދު ދާއިރާއަށެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވަން ނަޝީދު އުޅުއްވާ ކަމަށް ވާހަކަ ދެކެވެން ފެށީ މަޖިލީހުގެ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވާނެކަން އިއުލާނު ކުރެއްވި ހިސާބުންނެވެ.
ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން 2007 ވަނަ އަހަރު ނެގި ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީން ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ. އެ ވޯޓުގައި އޮޅުވާލުންތަކެއް ހުރި ކަމަށް އެމްޑީޕީން އޭރު ތުހުމަތު ކުރި އެވެ. ޓީވީއެމުން ރޭ ބޭއްވި ބަހުސްގައި ނަޝީދު އެ ތުހުމަތު ތަކުރާރު ކުރެއްވި އެވެ.
ބަހުސްގައި އެމަނިކުފާނު ވިދާޅުވީ ވެރިކަމުގެ ނިޒާމުގެ ކަންތަކުގައި ކުރިއަށް އޮތްތަނުގައި ވެސް އެމަނިކުފާނު ގަބޫލު ކުރައްވާނީ ރައްޔިތުން ނިންމާ ނިންމުމެއް ކަމަށެެވެ.
"ޖެހޭނީ ރައްޔިތުންގެ ވޯޓަކަށް ދާން. ދިވެހިރާއްޖޭގެ ރައްޔިތުން ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ކަނޑައަޅައިފި ނަމަ އެގޮތަށް އަމަލު ކުރަން އަޅުގަނޑު މިހިރީ ވަރަށް ބޮޑަށް ތައްޔާރަށް. އަދި އެހެން ގޮތަކަށް ރައްޔިތުން ނިންމިޔަސް އަޅުގަނޑު މިހުރީ ވަރަށް ބޮޑަށް ތައްޔާރަށް،" ނަޝީދު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭކާރު
27 March 2019
ރައީސްއެއްނޫން ނިންމާނީ - ރައްޔިތުން ނިންމާނީ!
ވެރިން
27 March 2019
ނިޒާމާ ބެހެން ހޯރަޔާ ހަވާލުކުރޭ
ވަންނި
27 March 2019
އޮންނަންވީ ކޮން ކަހަލަ ވެރިކަމެއްކަން ރައްޔިތުން އެވަނީ ވޯޓުން ބުނެދީފަ. ދެން ޖެެހޭތަ ދެއިރު ދެދަޅޔައް ވޯޓްލާން ތިމާ ބޭނުންވާ ގޮތް ވަންދެން؟
އަލީރާޖާ
27 March 2019
މިހާރު މިއޮތީ މާ ތަޅާފޮޅުން ބޮޑު ނިޒާމެއް. ކޯލިޝަނަކީ ރިޔާސީ ނިޒާމުގައި އޮންނަ ކަމެއް ނޫން. އެކަމަކު ގާނޫނު އަސާސީ ހަދާފައިވާ ގޮތުން (އެންމެ ގިނަ ވޯޓުލިބޭ މީހަކު މޮޅުވުމުގެ ބަދަލުގައި %50 އަށް ވުރެ ގިނަ ވޯޓު ހޯދަން މަޖުބޫރުކޮށްފައިވާތީ) ކޯލިޝަނެއް ނުހަދާ އެއްވެސް ބަޔަކަށް ވެރިކަން ލިބޭކަށް ނެތް. ރިޔާސީ ނިޒާމުގެ ކޯލިޝަނަކީ ގައުމަށް ފައިދާ ހުރި އެއްޗެއް ނޫން. ދެމެހެއްޓޭ އެއްޗެއްވެސް ނޫން. ބޮޑު ފިތުނަވެރިކަމެއް.
ހަތަރުހާސް
27 March 2019
ބޭފުޅާ...ހެޔޮނުވާނެ ގައުމެއް މިވަރަށް ހަލަބޮލިކުރަން. ޕާޓީ ސިސްޓަމް ގެނެސްގެން ރައްޔިތުންނަށް ވަމުންމިދާ ގެއްލުން ހަމަ އަންދާޒާނުކުރެވޭތޯ؟ ކޮންމެ ޕާޓީއެއްގެ ވެރިކަމުގައި ކުރީ ޕާޓީން ކުރި ކަންކަން ފުނޑާލައި އާ ކަންކަން ކުރުމަށް ވަމުންދާ ކަންކަން އުވާލުމާ މިކަހަލަ ޖެއްސުމުގެ އަމަލުތައް ކުރާތަން ނުފެންނަނީތޯ؟ ހުރިހާ ގެއްލުމެއް ރައްޔިތުންނަށް. އެންމެންނަށް ހަމަހަމައަށް އަޅާލެވުނު ޕާޓީއެއް ނެތުމުން އެތައް ބޭކާރު ޚަރަދުތަކެއް މިގައުމުގައި އެބަ ހޭދަވޭ.
ކޮއްޕާ
27 March 2019
ބަލަގަ މިހާރުވެސް މިއޮތީ ރައްޔިތުން ގެ ވޯޓަކުން ނިންމާފަ އޮތްނިޒާމެއް ނޫންތޯ ހީވަނީތަ މިޙާރު ނަސީދުބޭނުންވާގޮތައްރައްޔިތުން ބަރުލަމާނީ އައްތާއީދުކޮއްފާނެހެން މިހާރުވެސް މިއުޅެނީ މެމްބަރުންގެ ކަންތަކާހެދިސަލާމަތްނުވެގެން
މުކައްބަ
27 March 2019
މަށަކުވާ ނެތިން ހަމަ އެކައްޗެއް ވެސް ބުނާކަށް. ހެހެހެެ
ހަދާނީކިހިނެތް
27 March 2019
ހުރިހާ ކަމެއްގައި ޚަރަދުބޮޑުވެގެން އުޅޭއިރު އަނެއްކާ ރައްޔިތުންގެ ވޯޓެއް ނަގަން ކިހާ ޚަރަދެއް ހިނގާނެބާ؟ ކުރިންވެސް ނިންމީ ރައްޔިތުން. އެކަމު ނުރުހޭ ވެރިއަކު ހުރެގެން ނެގި ވޯޓެއްވީމަ އެކަން ބަލައިނުގަނެވިގެން ތިއުޅެނީ. އަދިވެސް ވޯޓް ނެގިދާނެ އެކަމު ހަމަ އެގޮތަށް ނިމިއްޖެނަމަ ބޮޑު ބޭކާރު ޚަރަދަކަށްވާނީ. ތިޔަ ކަމަށް ތާއީދުކުރާ އެހެން އެއްވެސް ބަޔަކު ތިބީކީ ނޫން. އެކަމު ނަޝީދަށްޓަކައި އަނެއްކާ ދައުލަތުން އެވަރުގެ ޚަރަދުތަކެއްކުރަންވީ ސަބަބު ކޮބާ؟
ވެރިން
27 March 2019
ހަރަދާ ދޭތެރޭ ހާސްުނުވޭ،ގެރި އިންޑިއާ އޮތީ އެކަން އެގޮތައް ވަންދެން ހަރަދުކުރަން ތައްޔާރައް.
ޙިމާރުލް ވަތަން
27 March 2019
ރައީސް ބޭނުން ނިޒާމެއް ނުބޭއްވޭނެ. ޏިޒާމު ނިންމާނީ ރައްޔަތުން. ޥެރިކަމުގެ ބާރުތަކުގެ ދަހިވެތިކަމުގައި އަންނި މޮޔަގޮވަނީ
ވާހަކަ ދައްކަނީ ބަރުލަމާނީ ކަލޭގެދޯ
27 March 2019
ވޯޓަށް ކައިރިވެފަ އޮތީމަ ރާގު ބަދަލް ކޮށްލީ ކިތަންމެ ވަރަކަށް ދުލި ބަދަލް ކުޅަޔަސް ހަރުފަ ވާނީ ހަމަ ހަރުފަޔަށް