28 މާޗް 2019 - 20:24
ރައްޔިތުންގެ މަޖިލިހަށް މެމްބަރުން އިންތިޚާބު ކުރަނީ އެއްވެސް ހާލެއްގައި މެމްބަރުންގެ ވިޔަފާރި ފުޅާ ކުރަން ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ އާންމު އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ނ. ކެނދިކުޅުދޫ ދާއިރާ އަށް ވާދަކުރައްވާ، އެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަގެ ކެމްޕެއިނަށް ނ. މާޅެންދު އަށް ވަޑައިގެން ނައިބު ރައީސް ވިދާޅުވީ ގައުމު ތަރައްގީކޮށް، ދިވެހިންނަކީ ފުދުންތެރި ބަޔަކަށް ހަދައި ކައުންސިލްތައް ބާރުވެރި ކުރުވުމަށް މަޖިލިހަށް ހޮވަންވީ ގައުމީ ލޯބި އޮތް، ނަޒާހަތްތެރި ބައެއް ކަމަށެވެ.
"ރައްޔިތުންނަށް ރައްކާތެރިކަން ހޯދައި ދިނުމަށް ދިވެހި ސަރުކާރަށް، ރައީސަށް މަޖިލިހުގެ މެޖޯރިޓީ ހޯދައި ދޭން ޖެހޭ. ރައްޔިތުން ބޭނުމެއް ނުވޭ ސަކަރާތް ޖަހާކަށް،" ނައިބު ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަރުކާރަކީ އިސްލާހަށް މަސައްކަތް ކުރާ މީހަކަށް، ހެޔޮ ބަހެއް ބުނާ މީހަކަށް، ދީނީ ނަސޭހަތް ދޭ މީހަކަށް، ގަދަ އަޅައި މަސައްކަތް ކުރާ މީހަކަށް، ވިޔަފާރިވެރިންނަށް ގޯނާކުރާނެ، ޖަލަށް ލާނެ ސަރުކާރެއް ނޫން،" --- ނައިބު ރައީސް
ނައިބު ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރަކީ ރައްޔިތުން ހޮވާ މެމްބަރުންނަށާއި މަޖިލިހުގެ މަސައްކަތަށް ހުރަސް އަޅައި، މެމްބަރުން ފާރުމަތިން ބޭރަށް އުކާލާނެ ސަރުކާރެއް ނޫނެވެ.
"އަޅުގަނޑުމެން ސަރުކާރަކީ އިސްލާހަށް މަސައްކަތް ކުރާ މީހަކަށް، ހެޔޮ ބަހެއް ބުނާ މީހަކަށް، ދީނީ ނަސޭހަތް ދޭ މީހަކަށް، ގަދަ އަޅައި މަސައްކަތް ކުރާ މީހަކަށް، ވިޔަފާރިވެރިންނަށް ގޯނާކުރާނެ، ޖަލަށް ލާނެ ސަރުކާރެއް ނޫން،" ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ފައިސަލް ވިދާޅުވި އެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ރައްޔިތުން ބަދަލެއް ގެނައުމަށް އެތައް ގުރުބާނީތަކެއްވި ކަން ފާހަގަކުރައްވައި ނައިބު ރައީސް ފައިސަލް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި އަނިޔާވެރިކަން ދުވަހަކު ވެސް ތަހައްމަލު ނުކުރާ މިންވަރަށް ރައްޔިތުން އެކަން ތަހައްމަލު ކުރަން ޖެހުނު ކަމަށެވެ.
ކޮރަޕްޝަން އިންތިހާ އަށް ގޮސް، ދައުލަތުގެ ކުންފުނިތަކުގެ އެތައް މިލިއަން ބިލިއަން ރުފިޔާއެއް ވީނުވީއެއް ނޭނގި ގެއްލި، އެ ހޯދަން ޖެހިފައިވާ ކަމަށް ވިދާޅުވެ، ނައިބު ރައީސް މިސާލު ނެންގެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރުސީން ގެއްލުނު 1.3 ބިލިއަން ރުފިޔާ އަށެވެ.
އެމްއެމްޕީއާރުސީން ގެއްލުނު ފައިސާއަކީ ރައްޔިތުންގެ އަސާސީ ހިދުމަތްތައް ފުރިހަމަ ކުރަން ބޭނުން ކުރެވެން ހުރި ފައިސާތަކެއް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުން ނުކުތީ އިންސާފު ހޯދައި، ރައްޔިތުންނަށް ހައްގު މިންވަރު ކަށަވަރުކުރުމަށެވެ. ދިވެހިންގެ ތެރޭގައި އޮތް ތަފާތު ކުރުންތައް ނައްތާލައި، ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދުމަށް ގެނައި ބަދަލުގެ ޝުކުރު ހައްގު ވަނީ ރައްޔިތުންނަށް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި އަނިޔާ ތަހައްމަލު ނުކުރާ އެއްވެސް އާއިލާއެއް ނެތް އިރު، އަނިޔާވެރިކަމާއި ކޮރަޕްޝަން އިއާދަވާން ރައްޔިތުން ބޭނުން ނުވާނެ ކަމަށެވެ.
ރައްޔިތުންގެ ފައިސާ އިން ސަރުކާރުން ކުރާނެ ކަމަކީ ރާއްޖެ ތަރައްގީ ކުރުން ކަމަށާއި "ވާނުވާއެއް" ނޭނގި ފައިސާތައް ގެއްލިގެން އެ މައްސަލަތައް ބަލަން ޖެހޭ ހިސާބަށް ނުދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި ސަރުކާރުގައި ތިއްބެވީ ވައުދުވެ، ވައުދު ފުއްދަވާނެ ބޭފުޅުންނެވެ. އަދި ހުރިހާ ކަމެއް ކުރިއަށް ދާނީ ދެ ފުށް ފެންނަ ގޮތަށް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާރާ
01 April 2019
އަމިއްލަ އެދުމަައިގެން ދަންޖެހޭ ވައްތަރު ހުރި މިހާރުވެސް މަސައްކަތް ކުރަނީ މަގާމް ގެއލިދާނެތީ އަހުން ބުނީތީވެސް ތިޔަ ނަސީމަކު ހަދާނުގަ ބަހައްޓާތި އަންނި މެމްބަރުކަމަށް ހޮވިއްޖެއްޔާ ތިޔަކަލޭގެ ވަރަށް އަވަހަށް މަގާމުން ބޭރު ކުރާނެ ދުޅާގޮތެއް ފެންނަނީ އަހުން ހީކުރީ ފުރަތަމަ މީނަގެ ފޮޓޯ ފެނުނީމަ އަނެއްކާ ........ .
ފަސީ
30 March 2019
މަޖިލީހަށްދާންވީ މެޖޯރިޓީ ފުޅާކުރާކަށްވެސް ނޫން. މަހީކުރީ މިއަށްކިޔަނީ ރައްޔިތުންގެ މަޖްލިސްކަމަށް. އެހެންވިއްޔާ މިތާކުރާނީ ރައްޔިތުންގެ މަސައްކަތްދޯ. މެޖޯރިޓީގެ މަސައްކަތެއްނޫންދޯ
ސަންދާނު މޮޔަމީހާ
29 March 2019
ފައިސަލްވެސް ބޭނުންވަނީ ވިޔަފާރި ފުޅާކުރަން ގާސިމްވެސް ހަމައެކަމާ ހުރިހާމީހުންވެސް އެކަމާ ތަފާތަކީ ރައީސް ޔާމީން ކާފަވެސް ބަޔަކުދަށުނުވެ ވަރައްގިނަ ކަންތަށް ކޮއްދީފި އެކަމާ ހަޖަނުވެގެން މައުމޫން ނަށީދު ފާރިށް އެއުޅެނީ މިފަސްއަހަރު ދާނީތޮޅިޔައް ނުކޮއްދެވޭނެ އެށްކަމެއްވެސް ކުރެވޭނެ ކަމަކީ ހުޅުމާލެއިން ހިއްކާފަ އޮތްބިން ހިތުހުރިގޮތަކައް ބަހާލުން
ކަންއޮތްގޮތް
29 March 2019
މަޖިލީހަށް ހޮވުމުގެވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ! ކުރިމަތިލާ ގިނަމީހުގެ ދުލަކީ ދެކަފިވެފައޮންނައެއްޗެއް. ދެއިރު ދެދަޅައަށް ދެދުލުންކިޔާނީ ދޭއްޗެއް. ތިތަނަށް ކުރިމަތިލުމަކީ ލަދުވެތިކަމަކަށްވެއްޖެ. ރައްޔިތުންގެ މާލިއްޔަތުން ނާޖާއިޒުފައިދާނަގާ ބައެއް!
ސޯކާބެ
29 March 2019
ކުއްލިޔަކަށް ނައިބުރައީސްކަން ލިބުނީމަ ވާނެ ތިހެން ބަލަ ޔާމީނަށްވެސް ގޯސްހަދަން ފުރުސަތު ލިބުނީ ތިކަހަލަމީހުން މަޖިލީހުގަ ތިބެގެން އޫނާޔައް ބާރުތައްދިގެންނޭ މިއަދު މަގާމްގެ ދަހިވެތި ކަމުގައި ކެންޕޭނުކުރަމުން ތިދުވަނީ މާތްﷲ ގަންދީ އިހައްދުވަހު ހުވާކުރީ ރަށްޔަތުންނަށް ޙިދުމައްކުރަން ވަކިޕާޓީ އަކަށް ކެންޕޭނު ކުރާކައް ނޫން ކޮބާތޯ އެހުވާ ﷲގެ ހަޒުރަތުގައި ޖަވާބް ދާރީވާންޖެހޭނެ ތިޔަ އެޖެންޓް 19 އެއްގައި ޖެހިގެން މީހާހަލާކްތިވަނީ މާތްﷲ އައް ބިރުވެތިވޭ
ހުސޭނުބޭ
29 March 2019
ގާސިމް ކައިރީ ބުނަންކެރޭނެތަ؟
ނއބރއސގެ އަނބިމީހާގެ ފިރިމީހާ
29 March 2019
ތެދެއް. އެހެން މީހުން ވިޔަފާރި ފުޅާ ކުރާނެ ކަމެއް ނެތް. މަމިހިރީ ރަނގަޅަށް އަންބޮނޑި ބަނދެގެން.
4567
29 March 2019
ބޮޑުހަރަދުކޮއްގެން ބިޑުކޮއްގެން ފަށާވިޔަފާރިއެއް މެމްބަރުކަމަކީ މިލިޔަނުން ކުރާހަރަދު ހޯދަނީކިހިނެއް ފަސްއަހަރުނިމޭއިރު ވިޔަފާރި ވެރިއަކައް ވަނީކިހިެއް
މަރޭމިތުރު
29 March 2019
މިދުވަސްކޮޅަކީފައިސާވެރިން އިންތިހާއަށް ރިޝްވަތުގެ އަމަލު ހިނގަފާނެކަމަށް ބެލެވޭ ވަގުތެއް! އަޅުގަނޑު ހިތުން އެކި ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާންޖެހޭ އެންމެ މުނާސަބު ވަގުތަކީ މިއީ! ރާއްޖޭގެ ރައީސައް ދަންނަވަން މިހާރުން މިހާރައް ރިޝަވަތުގެ ކަމެއް އެއްވެސް ރަށެއްގައި ނުވަތަ މާލޭ ސަރަހައްދެއްގައި ހިނގާތޯ ބެއްލެވުމަށް!
ރިޝްވަތަށް ނޯ!
29 March 2019
ވަރަށް ރަގަޅު ވާހަކައެއް. ފެނިއްޖިއްޔާ ވީޑިޔޯކޮށް ރިޕޯޓްކުރާނަން.
ވިޔަފާރި
29 March 2019
އީސައަށް ތި ކެމްޕޭންކުރަނީ އޭނަ މަޖްލިސް އަށް ދަނީ ކީއްކުރަންކަން އެގޭތަ. ޢެމްޑީޕީ ވެރިކަމުގަ ނަހަމަގޮތެއްގަ މާލޭ ފްލެޓް އިމާރާތެއްގެ ތިރި އަތުލާތް ކުރީ ވިޔަފާރި. މިހާރުވެސް އޭނާ މަޖްލިސް އަށްގޮއްސަ ކުރާނީ ވިޔަފާރި.