ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްއާ އެކު އަމީން (ކ). ޖުމްހޫރީ ޕާޓީ ދެމިއޮތީ ސަރުކާރު ކޯލިޝަންގައިތޯ ސުވާލު އުފެއްދުމުގެ ޖާގައެއް ނެތް ކަމަށް އަމީން ވިދާޅުވި.
01 އެޕްރީލް 2019 - 11:32
ޖުމްހޫރީ ޕާޓީ (ޖޭޕީ) އޮތީ ސަރުކާރު ކޯލިޝަންގައި ކަމަށާއި އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެހެން ގޮތެއް ހޯދީ މަޖުބޫރުވެގެން ކަަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ގުޅިގެން ވާދަކުރަން ވި އެއްބަސްވުމަށް އެމްޑީޕީން އަމަލު ނުކުރުމުން އުފެދުނު ހިތްހަމަނުޖެހުންތަކާ ހެދި ޖޭޕީން ވަނީ އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީއާ އެކު މަޖިލީސް އިންތިޚާބަށް މަސައްކަތް ކުރަން ނިންމައިފަ އެވެ. ރަސްމީ އެއްބަސްވުމެއް ނެތަސް ބައެއް ދާއިރާތަކުގައި އެއް ބަޔަކު އަނެއް ބައެއްގެ ކެންޑިޑޭޓަށް ތާއީދު ކުރާނެ ކަން ވަނީ އިއުލާންކޮށްފަ އެވެ.
މި ނިންމުމާ ގުޅިގެން ޖޭޕީ އަށް އެމްޑީޕީގެ އިސް ބޭފުޅުންގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އެ ޕާޓީ އޮތީ ސަރުކާރު ކޯލިޝަންގައިތޯ ނުވަތަ އިދިކޮޅު ޕާޓީތަކާ އެކުގައިތޯ ސާފުކޮށްދޭން ވެސް އަންނަނީ ގޮވާލަމުންނެވެ.
HEP @ibusolih vevadaigannavaa vaudhakee coalition sarukaaruge vaudhu. Majlis inthikhaabaa gulhigen vaki partyakun vaa vaudheh noon. E vaudhuthah fudhdhumah coalitionge leaderun dhemithibbavaane. Veema, vaudhu fudhdhaakah coalitionge vaki partyegge candidatun hovaakah nujehe!1/3
— Ameen Ibrahim (@ameenmaldives) April 1, 2019
މި ވާހަކަތަކަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައި އަމީން ވިދާޅުވީ، ސުވާލު އުފެއްދިޔަސް ކުރިއަށް އޮތް ތަނުގައި ވެސް ޖޭޕީ އޮންނާނީ ސަރުކާރުގެ ކޯލިޝަން ދެމެހެއްޓުމުގައި ކަމަށެވެ. މަޖިލިސް އިންތިޚާބާ ގުޅިގެން ޖޭޕީން އަމަލުކުރަމުންދާ ގޮތާ ގުޅޭ ގޮތުން އުފައްދަނީ ޖަވާބު ނޭނގޭ ސުވާލެއްތޯ އަމީން އެއްސެވި އެވެ.
އަމީން ވިދާޅުވީ އެމްޑީޕީގެ އެންމެ އިސް ލީޑަރު ސޮއި ކުރެއްވި ކޯލިޝަން އެއްބަސްވުން އެ ޕާޓީން ދޫކޮށްލުމުން މަޖިލިސް އިންތިޚާބުގައި ޖޭޕީން އެހެން ގޮތެއް ހޯދަން މަޖުބޫރުވީ ކަމަށެވެ. އޭގެ އަސަރު ފޮނި ނުވެދާނެ ކަން ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުން ވެސް ގަބޫލުކުރެއްވި ކަމަށް އަމީން ވިދާޅުވި އެވެ.
"މީގެ ސަބަބުން ގޯހެއް ވި ނަމަ ޒިންމާ ނަންގަވަން ޖެހޭނީ ކޮން ބޭފުޅަކަށްތޯ،" އޭނާ ސުވާލު އުފެއްދެވި އެވެ.
އަމީން ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެ ވަޑައިގަންނަވާ ވައުދަކީ ސަރުކާރު ކޯލިޝަންގެ ވައުދެވެ. މަޖިލީސް އިންތިޚާބާ ގުޅުވައިގެން ވަކި ޕާޓީއަކުން ވާ ވައުދެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ވައުދުތައް ފުއްދުމަށް ކޯލިޝަންގެ ލީޑަރުން ދެމިތިއްބަވާނެ. ވީމާ، ވައުދު ފުއްދާކަށް ކޯލިޝަންގެ ވަކި ޕާޓީއެއްގެ ކެންޑިޑޭޓުން ހޮވާކަށް ނުޖެހޭ،" އަމީން ވިދާޅުވި އެވެ.
ކޯލިޝަންގެ ތެރޭގައި ބައިބައިވުން އުފެދުނީ މަޖިލިސް އިންތިޚާބަށް ގުޅިގެން މަސައްކަތް ކުރުމަށް ވި އެއްބަސްވުމާ އެމްޑީޕީން ޚިލާފު ހުރިހާ ގޮނޑި އަކަށް ވާދަކުރަން އެމްޑީޕީން ފާސްކުރުމުން ކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފަ އެވެ. މި މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވަނީ އެމްޑީޕީ އަށް އަދި ޚާއްސަކޮށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ގިނަ ފަހަރު ބަހުގެ ހަމަލާތައް ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯނާ
02 April 2019
ކޯލިޝަންގައި އޮތަސް ސޭޓު ބޭނުންހާ ކުޅިއެއް ނުކުޅެވޭނެ. ކިޔަވައިގެން ތިބި މީހުން ތިއްބަ ނުކިޔަވާތިބި ބާންދީންނަށް ދަންދެން ސްޓޭޓް މިނިސްޓަރުކަން ދީ ކިހާ ބޮޑަލެއްހާކައިފީމުތަ. ބާރެއް ލިބުނަކަސް ހަމަޔަކާ އިންސާފެއް އޮންނަންޖެހެ. މަޖިލީހުގަތިކުޅޭކުޅި ރައްޔަތުންނަށް އެގެ. އަމިއްލައެދުންބޮޑުވިޔަސް މިވަރެއްނުދެކެން. މުޅި ސަރުކާރެއްގެ ދުވަސްދުއްވާލައިގެންވެސް އަމިއްލަ ފައިދާއަށް. ކޯޓުތަކަށް އަތްބައިނައިގެން ދަމައިގަތްއެތިވަރު އަދިވެސް މަދީތަ. ލަދުކޮބާ.
ތުއްތޮންބެ
01 April 2019
ތެދުފުޅެއް ވެރިކަމުގެ ހުވާކުރެއްވި ހިސާބުން ތިންލީޑަޜުންގެ ބޭނުންކެނޑި އައްނިގެ ގޮނޑިކޮއްކޮ ސަރުކާރަކައް ބަދަލުވެ މުޅި ކޭކުގައި ގޮއްރީނދޫކުލަ ޖައްސައިފި މިހާރު ސަރުކާރު ހިންގަވަނީކާކަންއޮޅި އޭރުކިޔުއްވި ހުރިހާ ޅެމެއް ފަރިއްސަވެ ނިމިއްޖެ. އަދުމިދުނިޔޭގެ އޮއިވަރު ބަދަލުވެއްޖެޔޭ ގަދަރު އަހުދު މަހިތުން ފަނާވެއްޖެޔޭ.
ދަތްނެތްކުއްޖާ
01 April 2019
ތިވާހަކަ ދައްކަން ތަމެންގެ ހަޔާތް ކޮބާ! ސޭޓުމީހާ ބޭނުންވީ މުލި ޤައުމު މުށުދަށުލާން. ރައްޔިތުން ބުނަމުން ދަނީ މޮޔައެއްގެ އަތައް ކަނޑި އެއް ދީފިނަމަ ސޭޓުމީހާ ދާނީ ރައްޔިތުންގެ ކަނދުރާ އިން ބޯތައް ބުރިކުރަމުންކަމަށް. މިހެންކަމުން ސޭޓިމީހާއަށް ބައިތު ހިފަން ރައްޔިތުން ބޭނުމެއް ނުވެއެވެ.
ޝޮކްތެރަޕީ
01 April 2019
މި ޤައުމުގެ މިނިވަންކަމަ ލޯބިކުރާމީހުންގެ ކުރިމަތީގަ ޤާސިމްގެ އަގު މިވަނީ ގެއްލިފަ.
ހުއްބުލް ގަލަން
01 April 2019
ގޮތެއް ހޯދިއިރު ހޯދީ ވަގުންގެގޮތް، ގޮތެއް ހޯދިއިރު ހޯދީ އަނިޔާވެރިންގެގޮތް. މީވެސް ގޮތެއްތޯ.
މުސާރަ
01 April 2019
ބަޑި ޖައްސާފަ މަޖުބޫރު ކުރުވީދޯ. ހިސާބައްވުގެ ގޮތް ކުޑައީއޭ ބުނަން ނުކެރެނީ ސޭޓު މުސާރަދޭތީދޯ
މުހަންމާދި
01 April 2019
ގާސިމްގެ ތިޔަ ޒާތުގެ ވާހަކައިން ބުނާކަހަލަ. އަހަރުމެން ދެމީހުން ވަރި ނުވަން. އެކަމަކު މަ މިހާރު އުޅެނީ އެހެން މީހަކާ އިނދެގެން.
ވާނުވާ!
01 April 2019
ދީނުގައި ފިރިހެނުންނަށޤ ހަތަރު އަނބިން ހުއްދަކަމެއް ނޭނގޭތަ؟ ސަބަބެއް އޮވެގެން މާތްކަލާންގެ އެކްނ ހުއްދަކުރައްވާފައިވަނީ. މިކަމުގައިވެސް، ކޯލިޝަނުން ވަކިނުވިޔަސް އެހެން ބަޔަކާ އެކީ މަސައްކަތްކުރަން ޖެހުނީ ސަބަބެއް އޮވެގެންދޯ. ގެޓްވެއްޖެތަ.
ޙުސެން
01 April 2019
ގޮނޑިއަކީ ތާއީދުއޮންނަވަރަކުން ހޯދާ އެއްޗެއް. ޢެހެންމީހެއްގެ ނަން ބޭނުންކުރުމުން އޮޅުވާލެވެނީ.
ބޭބެ
01 April 2019
ރައީށްކަން ހޯދަންވީމާ އެއީ ތާއީދު އޮންނަ ވަރަކުން ހޯދަންޖެހޭ އެއްޗެއް ނޫންދޯ. ފާޑުފާޑުގެ ކޯލިޝަން ހަދައިގެން ރައީސްކަން ހޯދަން. އެހެންކަމެއް ވިއްޔާ ތާއީދު އޮންނަވަރަކުން ހޯދަންވީ. ދިމައެއްނުވޭދޯ ބުރޯ.
ރައްދު
02 April 2019
ރައީސް ކަން ، ދެއްތޯ ނުލިބިގެން މިއުޅެނީ
ހަސަނު2019
01 April 2019
އަމީނޫ އެމްޑީޕީއިން ސޭޓް ބުނާ ގޮޑިތަކަށް ވާދަނުކޮށް ފިނަމަ އެގޮޑިތައް ހަމަ ސޭޓަށް ވެދުމަށް ރައްޔިތުން އަރުވާނެތޯ ނޫނީ ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ހަމަ ނުލިބޭނެތޯ.ބަލަ މަޖްލިސް އަށް މީހުން ހޮވަނީ ރައްޔިތުން އަމިއްލަހަަލައުގެން ރައްޔިތުންގެ ތާއީދުނެތް ބައެއް ކީއްކުރަން ކުރިމަތިލަނީ
އަހަންމާބެ
01 April 2019
ރައްޔިތުން ތާއީދު ނެތް ބަޔަކު ކީއްކުރަން ރައީސްކަމަށް ކުރިމަތިލަނީ. އެހެންމީހުން ގުނބޯހައްދައިގެން އެވެނި އެއްޗެއް މިވެނިއެއްޗެއް ދޭނަމޭ ކިޔާފާ. ތީ ބޮޑުވަރު
އެހެންތަ
01 April 2019
އެކި މީހުނަށް މަޖުބޫރު ވާނީ އެކި ކަންކަން. އެމްޑީޕީއަށް މަޖުބޫރީ ހާލަތު އައީ ރިޔާސީ އިންތިޚާބުގައި. އެއީ އެކަނި އިންތިކާބު ކާމިޔާބު ނުކުރެވޭނެތީ. ޖޭޕީއަށް މަޖުބޫރީ ހާލަތު އައީ މިފަހަރު އެއީ އެކަނި މަޖިލިސް ކާމިޔާބު ނުކުރެވޭނެތީ. ކޮބާ ތަފާތަކީ؟ ބައެއް މީހުނަށް މިކަން ހަނދާންނެތިގެން އުޅޭތީ މައްސަލަ ޖެހެނީ.