ރައީސް ނޮޅިވަރަމުގައި ވާހަކަ ދައްކަވަނީ: އެމަނިކުފާން ވަނީ ސަރުކާރަށް އެއްބާރުލުން ދޭނެ މެމްބަރުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައި-- ފޮޓޯ: އެމްޑީޕީ
01 އެޕްރީލް 2019 - 12:24
ރަށްތައް ތަރައްގީ ކުރުމަށް ޓަކައި ސަރުކާރަށް އެއްބާރުލުން ދެއްވާ މަޖިލިސް މެމްބަރުން އެ ދާއިރާތަކަށް އިންތިޚާބުކުރުން މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ޓަކައި ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ހދ. ނޮޅިވަރަންފަރު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ޓަކައި މަޖިލިސް މެމްބަރުންގެ ތާއީދު ބޭނުންފުޅުވާ ކަމަށެވެ. އެހެންކަމުން ރައީސް ވަނީ އެމްޑީޕީގެ މެމްބަރުންނަށް ރައްޔިތުން ވޯޓު ދިނުމަށް އެދިވަޑައިގެންފަ އެވެ.
"ދާއިރާގެ ތަރައްގީއަށްޓަކައި ކުރަން ޖެހޭ ކަންތައްތަކުގައި އަޅުގަނޑުމެންގެ ކެންޑިޑޭޓުގެ އެއްބާރުލުން އަޅުގަނޑުމެންނަށް ލިބޭ ކަމުގައި ވަންޏާ އަދި ތިބޭފުޅުންނާ ކައިރިން މަސައްކަތް ކުރުމުގެ ފުރުސަތު އެ ބޭފުޅާއަށް އޮތުމާ އެކީގައި އަޅުގަނޑުމެންނާ ހިސާބަށް ހައްލު ހޯދުމަށްޓަކައި މައްސަލަތައް ހިފައިގެން އަންނަން ފަސޭހަ ވެގެންދާނެ،" އެ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު އަލީ އަށް ވޯޓް ދެއްވުމަށް އެދިވަޑައިގެން ރައީސް ވިދާޅުވި އެވެ.
ރައީސް ނޮޅިވަރަމުގައި ވާހަކަ ދައްކަވަނީ: އެމަނިކުފާން ވަނީ ސަރުކާރަށް އެއްބާރުލުން ދޭނެ މެމްބަރުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައި-- ފޮޓޯ: އެމްޑީޕީ
ނޮޅިވަރަންފަރުގެ މަގުތައް ހެދުމާއި ސްކޫލު ތަރައްގީ ކުރުމުގެ އިތުރުން ނޮޅިވަރަމާއި ނޮޅިވަރަމްފަރުގައި ޓޫރިޒަމްގެ ހާއްސަ މަޝްރޫތަކެއް ހިންގާނެކަން ވެސް ރައީސް އިއުލާން ކުރެއްވި އެވެ. އެއީ ޓޫރިޒަމަށް ހާއްސަ ސަރަހައްދެއް ކަނޑައެޅުމާއި ގެސްޓް ހައުސް އެޅުމަށް އެސްއެމްއީ ބެންކުން ލޯނު ދިނުމެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނޮޅިވަރަންފަރުގައި ޓޫރިޒަމަށް ދަރިވަރުން ޓްރެއިން ކުރާ ހޮޓަލެއް އެޅުމަށް ނިންމި އެވެ. ނަމަވެސް އެ ވެރިކަން ބަދަލުވުމާ އެކު އެކަން އޮތީ ނުވެ އެވެ.
ރައީސް ވިދާޅުވީ ތަރައްގީއަށްޓަކައި ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ވަރަށް ގިނަ ކަމަށެވެ. ތަނެއް ތަރައްގީ ކުރެވެން އޮތީ ފުރަތަމަ އަސާސީ ހިދުމަތްތައް އެތަނެއްގައި ގާއިމްކޮށްގެން ކަމަށާއި ސަރުކާރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި އަހަރުގެ ބަޖެޓުގައި ފެނާއި ނަރުދަމާގެ 120 މަޝްރޫއަކަށް 1.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ކަނޑައަޅާފައިވެ އެވެ.
މި އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތަކުގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ ތެރެއިން އަލަށް ފަށާ މަޝްރޫއުތަކުގެ ގޮތުގައި 315 މަޝްރޫއު އާއި ހިނގަމުންދާ 229 މަޝްރޫއު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙަންމަދު
02 April 2019
އެހެންވެ ދޯ އައްޑޫ ތަރައްޤީވެ އަތް ނުފޯރާ ފަށުގަ އެއޮތީ؟
ދާލު
02 April 2019
ނުޖެހޭ ސަރުކާރު ބޭނުންހާ ގޮތަކަށް ހުރިހާ ކަމަކަށް ބޯ ޖަހާކަށް. މިއީ އެޒަމާނެއް ނޫން. އާދެ ލައްބަ. މަ ސާހިބު. އަހަރެމެން ހޮވާފައި ހުރި ރައީސު އަހަރެމެން ބޭނުން މެމްބަރުން ހޮވީމާ އަހަރެމެންގެ އަޑު އިއްވީމާ އަހަރެމެންނަށް ދަތިކޮށް އަހަރެމެނަށް މަޝްރޫޢު ނުހިންގޭނެ ކަމަށް ބުނަންޏާ ދެން އަންނަ އިންތިހާބަކަށް އިންތިޒާރުކޮށްލައްވާ! ތިޔައީ ކޯލިޝަނަކުން ހޮވާފައި ހުރި ރައީސެއް. ކެނެރީގޭ ނަޝީދުގެ ޕަޕެޓަކަށް ވެގެން އުޅޭނެ ކަމެއް ނެތް.
ރާއީ
02 April 2019
ވަރަށް ޑިމޮކްރަޓިކް ދެއްތޯ. އެމްޑީޕީ ވެރިކަމުގައި ސްޕްރީމްކޯޓުގައި ތަޅުލީ، ސިވިލްސަރވިސް މުވައްޒަފުންގެ ކެނޑި މުސާރަ ނުދިނީ. ގާޒީ ހައްޔަރު ކުރީ. މަގޭ ޕާޓީމީހަކު ކަމަކު ބުނީމަ ވަރަށް ފަސޭހައިން ވާނޭ. އެހެންޕާޓީއެއްގެ މީހަކު ބުނެފިއްޔާ މަގޭ ހުރި ނުލަފާކަން ދައްކާނަމޭ. އިބޫ ރައްޔިތުން ހަނދާން އެބަހުރި އިނގޭތޯ
ތުއްތޮންބެ
02 April 2019
މަނިކުފާނުގެ ރައިސްކަމުގެ ހައިސިއްޔަތުން ތިދެއްކެވީ ވަރައް ބަލައިގަންނަން ދަތިވާހަކައެއް ސަރުކާރު މެމްބަރުން ވިޔަސް އަދި ސަރުކާރުނޫން މެމްބަރުން ވިޔަސް އެއީ ހަމަ ދިވެހި ރަތްޔިތުން އެބަޔަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގެ ސަބަބުން ތަފާތު ކުރެވިގެންނުވާނެ.
ނައިބުތުއްތު
02 April 2019
މަނިކުފާނުގެ ތިވާހަކަފުޅާދޭތެރޭ ކަންބޮޑުވޭ. ސަބަބަކީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ބަސް މަނިކުފާނަށް ސަރުކާރަށް އިއްވާދިނުމަށް ހޮވާމެމްބަރުންތިބޭތަނެއް. އެމީހުން ބުނާނީ ރައްޔިތުންގެބަސް، އެމީހުން އިއްވާނީ ރައްޔިތުންގެ އަޑު، އެހެންވީމާ މަނިކުފާނު ކުރައްވަންޖެހިވަޑައިގަންނަވާނީ އެއަޑުތައް އައްސަވާ ރައްޔިތުންނަށް ޚިދުމަތްކުރައްވަން. ހުވާގެމަތިން ހަދުމަފުޅު ނައްތާނުލުމަށް ނަސޭހަތްތެރިވަން.
ފފފފ
02 April 2019
ބުނާ އަޑު އިވޭ، ލާމަރުކަޒީގަ ރައްޔިތުންނަށް މައިސަރުކާރަށް ކަންކަމުގަ ކިޔާކަށް ނުޖެހޭނެއޭ. އެރަށަކުން ހުރިހާ ކަމެއް ފުދި ނިމޭނެއޭ. ދެން މިހާރު ކޮން ބިރެއްމިދައްކަން ފެށީ. މިއީ ކޮރަޕްޝަނަކަށް ނުވޭތަ؟ ދައްޖާލުގެ ގޮވެލިފަތި ކަމުގައިވާ، "ފައިސާ، ފައިސާ" ނޫން އެއްޗެއް އެއީ ކޮރަޕްޝަނަކަށް ނުވޭތަ؟
ފާލު
01 April 2019
ފާއިތުވި 4ވެރިކަމުގެ ސިޔާސަތުވެސް ރައްޔިރުންނަށް ކަމުނުގޮސްގެން ރައްޔިތުން މަނިކުފާނު ރާއްޖޭވެރިކަމަށް އިންތިހާބުކުރީ. މަނިކުފާނަށް ވޯޓްދެއްވީ ވަކިޕާޓީއަކަށް ބަލާފަކާއެއްނޫން. ހުރިހާ ދިމާލަކުންވެސް މަނިކުފާނަށް ވޯޓްވަނީ ލިބިވަޑައިގެންފަ. ޢެއީ އާންމުރައްޔިތުން. ޢެހެންގޮތެއް ބޭނުންވާތީ. ފުލެޓްއަޅައިގެން ބުރިޖުއަޅައިގެން ހުރެވޭނެނަމަ ޔާމީނާއި، ނަޝީދުއާއި، މައުމޫނަށްވެސް ހުރެވޭނެ. ޢެކަމަކު ރައްޔިތުން އެނޫންގޮތެއް ބޭނުންވީ. އެއީ ދިރިއުޅުމަކަށް ނުވާތީ
ޒުވާން
02 April 2019
ދެން ދިރިއުޅުމަކަށްވަނީ ކޯންޗެއް؟ މިޔަންމާގެ ރޮހިންޏާ މީހުން ދިރިއުޅޭގޮތް؟ ނުވަތަ ފަލަސްޠީނާ އިންޑިޔާއާއި، ޔޫރަޕާ، ޗައިނާގެ މުސްލިމުން ދިރިއުޅޭގޮތް؟
ޖަމްޝީދް
01 April 2019
ރަނގަޅު ވާހަކައެއް މީ. ހަޤީޤަތް ގަބޫލު ކުރަންޖެހޭ. އެމެމްބަރުންނަށް ސަރުކާރާ އެންމެ ގާތުން ފަސޭހަކޮށް މަސައްކަތް ކުރެވޭނެތީ. އެއީ ސަބަބަކީ.
ބަބުރުކަލޯ
01 April 2019
ގާތުން އެކަންޏެއްނޫން. ދުރުންވެސް ދޭންޖެހޭ.
ޒާހިރު2
02 April 2019
ވަކިމީހެއްގެ ނުވަތަ ޕާޓީއެއްގެ ރައީސެއްތަ މިހާރު މިހުރީ؟ ޕާޓީ ނޫންވެއްޖެއްޔާ މިގައުމުގައި ދިރިއުޅޭނެ ކަމެއް ނެތް؟ ދިވެހިންގެ ވިސްނުމަކީ އެންމެ ބޯދާ ވިސްނުން. ހަމަހަމަ ކަމާއި، ތެދުވެރިކަމަކީ ދަންނަ ކަންކަމެއްނޫން.
މުއްބަދި
01 April 2019
މީކޮންކަހަލަ ރައީސެއް... ތީހުރިހާ ދިވެހިރައްއިތުންގެ ރައީސް..ހުވާކުރީ އެގޮތަށް އެއްބަސް ވެގެން މަނިކުފާނު ނަޝީދާއެއްކޮށް ދިޔާއެއްޗެއް ބުއީ ތޯ...ތިގޮތަށް ރައީސަކުބުން ވަރަށް ލަދުވެތި..މީވަރަށް ވާހަކަ.
އެޕިސޯޑު2
01 April 2019
މީ ނުލަފާކަން ދެއްކުމުގެ 2 ވަނަ އެޕިސޯޑު. އަޅިގަޑުގެ ޕާޓީ މީހުނަށް ކަންކަން ފަހިވާނެ. އެހެންޕާޓީއެއްގެ މީހަކު އައިސްފިނަމަ އަޅުގަޑުގެ ހުރި ނުބައިކަން ފެނިގެންދާނެ!.
ކަދުރޭ2
01 April 2019
ބަހުރުވަ ތަފާތީ. ހަމައެކައްޗެއް. ކުރީގެ ރައީސުންނަށް ވުރެ ހިޔަޅުކަންމާބޮޑު.
ކޮރަލް
01 April 2019
ސޯލިހްއަކީ ރައްޔިތުން ހޮވި ވެރިއެކެވެ. ވަކި ޕާޓީ އަކުން އެކަނި ހޮވިމީހެއް ނޫނެވެ. ރަނގަޅު ކޮށްލާށެވެ.