ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ދަރުމަވަންތަ ހޮސްޕިޓަލުގެ އާ ޚިޔާނާތްތަކެއް، ރައީސް ކޯފާވެފައި!

ހިސާންގެ ކެމްޕޭން ޖަލްސާގައި ރައީސް ރޭ ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިތާ ހުރެ ވާހަކަ ދައްކާ އިރު ދުރުން ފެންނަން ހުންނާނެ އުސް އިމާރާތެއް، ވައްކަމާއި ކޮރަޕްޝަން ދާއިމަށް ފެންނާނެ ގޮތަށް ބިނާކޮށްފައި ހުރި އިމާރާތެއް."

މިއީ، ތުޅާދޫ ދާއިރާ އަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ހިސާން ހުސެއިންގެ ކެމްޕޭން ހަފުލާގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ޚިޔާނާތުން ރައްޔިތުންނާއި ދައުލަތަށް ގެއްލުންވި މިންވަރު އެންމެ ތިލަކޮށް ސާފުކޮށްދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިސާލު ނެންގެވި ގޮތެވެ. ތޮއްޖެހިފައިވާ އިމާރާތްތަކުގެ ތެރޭގައި ހުރި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ހުރި ދިމާއަށް އިޝާރާތް ކުރައްވައި، ދެއްކެވި އެ މިސާލާ އެކު ރައީސްގެ ފަރާތްޕުޅުން ފެނުނީ، މިހާތަނަށް އެއްވެސް ޕޯޑިއަމެއްގައި ވާހަކަފުޅު ދައްކަވާފައި ނުވާ ގޮތަށް ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެން ހުންނަވައި ވާހަކަފުޅު ދެއްކެވި މަންޒަރެވެ.

ވަރަށް ހަރުކަށި ރާގަކަށް ވާހަކަފުޅު ދައްކަވައި ރައީސް ވިދާޅުވީ ޚިޔާނާތް ހިންގާފައި ވަނީ އެތަން އިމާރާތް ކުރަން ހަވާލުކުރުމުގައި އެކަންޏެއް ނޫނެވެ. އެތަނަށް ސާމާނު ހޯދުމުގައި ވެސް ހިންގާފައި އޮތީ "ބޮޑު ވައްކަމެއް" ކަަމަށް ވިދާޅުވެ ތަފްސީލު ދެއްވި އެވެ.

އެ އިމާރާތަކީ 54 މިލިއަން ޑޮލަަރަށް އެޅޭ އިމާރަތަކަށް ވި ނަމަވެސް އޭގެ އެތައް ގުނައެއް އިތުރަށް 144 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަން ރައީސް ރޭ ވެސް ފާހަގަކުރެއްވި އެވެ.

"އެ ހިސާބުން އެކަން ނިމުނީކީއެއް ނޫނޭ. އަދި އެތަނަށް ބޭނުންވާ ފަރުނީޗަރާއި އިކުއިޕްމެންޓް ގަތުމަށްޓަކައި އިތުރު 80 މިލިއަން ޑޮލަރު ބަޖެޓުން ނަގައިފި. މުޅި އެކު 220 މިލިއަން ޑޮލަރު އެތަނަށް ޚަރަދުކޮށްފި،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ހޭދަކޮށްގެން މިހާތަނަށް ރާއްޖޭގައި ހެދި އެންމެ އަގު ބޮޑު އިމާރާތް، 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށް ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަންއާ ހަވާލުކުރީ ބިޑްކުރުމެއް ނެތި އެެވެ. އެ އަގަކީ، ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި، އެފަދަ އިމާރާތަކާ ބަލާއިރު ތިން ގުނަ ބޮޑު އަދަދެކެވެ.

އިމާރާތަށް ހޭދަވާނެ އަގު ދިރާސާކުރި ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެންމެ ބޮޑުވިޔަސް 40 މިލިއަން ޑޮލަރު (620 މިލިއަން ރުފިޔާ) އަށް އެފަދަ އިމާރާތެއް ނިންމޭނެ އެވެ. މި އަގުން ބަލާ ނަމަ، ދަރުމަވަންތަ ހޮސްޕިޓަލަށް ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާ ކަން "މިހާރު" އަށް ލިބުނު ލިއުންތަކެއްގައިވެ އެވެ.

އެތަނަށް ގެނައި އިކުއިޕްމެންޓްތައް މި އުޅެނީ ނުވެއްދިގެން. އެތަކެތި ކޮޓަރިތަކަށް ވެއްދީމާ އެތަނުގެ ދޮރެއް ނުހުޅުވޭ. ދެން އަނެއްކާ މި ޖެހުނީ އިތުރު ޚަރަދުކޮށްގެން ދޮރުތައް

ދައުލަތުގެ ބަޖެޓުން ބޮޑު "ވައްކަމެއް" ކޮށްގެން އިމާރާތް އަޅަން ހަވާލުކުރި ކުންފުނީގެ ބަޔަކާ ބައްދަލުވެވަޑައިގެންނެވި ކަމަށް ވިދާޅުވެ، އެ މީހުންގެ ވާހަކަތައް ވެސް ރައީސް ރޭ ވަނީ އާއްމުންނާ ހިއްސާކުރައްވައިފަ އެވެ. ކުޑަ އަގުތަކެއް ހުށަހެޅި ކުންފުނިތައް ހުއްޓައި އެ ތަން އިމާރާތް ކުރަން ހަވާލުކުރީ ސިންގަޕޫރުގެ ޝެންހުއާ ކުންފުންޏާ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް: އެތަން އިމާރާތް ކުރަން ޝެންހުއާ ކުންފުންޏާ ހަވާލުކުރީ އެފަދަ އިމާރާތް އެޅޭ އަގަށް ވުރެން އެތައް ގުނައެއް ބޮޑުކޮށް..---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ރައީސް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރަން ހުށަހަޅާފައިވާ އަގު ބޮޑު ކަމާއި އެއަށް ވުރެ ހެޔޮ އަގުގައި އެކަން ކުރެވޭނެ ކަމަށް ތައްޔާރުކުރި ލިއުންތައް، ސިންގަޕޫރުން އެމަނިކުފާނާ ބައްދަލުވެވަޑައިގަތް ކޮންސަލްޓަންޓު ދެއްކެވި ކަމަށެވެ. ހޮސްޕިޓަލް އިމާރާތް ކުރަން ޝެންހުއާ އިން ހުށަހެޅި ބިޑް ގޯސްކަމާއި އެ އިމާރާތުގެ އަގަކީ ގާތްގަނޑަކަށް 54 މިލިއަން ޑޮލަރު ކަމަށް ހުށަހެޅި ކަމަށް ކޮންސަލްޓަންޓާ ހަވާލާ ދެއްވައި ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު އަތުގައި އެބަހުރި އެ ހުރިހާ އެއްޗެއް [ލިއުންތައް] ފޯވާޑްކޮށްފައި،" ރައީސް ވިދާޅުވި އެވެ.

މާލޭގައި ރޭ ބޭއްވި ހިސާންގެ ކެމްޕެއިން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭގެ ފަހުން، ޝެންހުއާ ކުންފުނީގެ ބޭފުޅަކާ ބައްދަލުވެވަޑައިގަތުމުން ވެސް ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރި ގޮތާ ގުޅޭ ގޮތުން އެމަނިކުފާނު ޝަކުވާ ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ. އެތަނަށް ހޯދި އަގު ބޮޑެތި ސާމާނު ނުވެއްދިގެން ކަން ވެސް އޭނާގެ ގާތުގައި ވިދާޅުވި ކަމަށް ރައީސް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާތޯ އެތަނަށް ގެނައި އިކުއިޕްމެންޓްތައް މި އުޅެނީ ނުވެއްދިގެން. އެތަކެތި ކޮޓަރިތަކަށް ވެއްދީމާ އެތަނުގެ ދޮރެއް ނުހުޅުވޭ. ދެން އަނެއްކާ މި ޖެހުނީ އިތުރު ޚަރަދުކޮށްގެން ދޮރުތައް ސްލައިޑިން ދޮރަށް ބަދަލުކޮށް އިތުރު ޚަރަދުކުރަން. އަޅުގަނޑު ބުނިން ކިހިނެއް ހަދާފަ ހުރި ތަނެއްހޭ އެއީ،" ރައީސް ވިދާޅުވި އެވެ.

"ބުނީމަ [ޝެންހުއާ ކުންފުނީގެ މީހާ] ބުނީ އެނގޭހޭ ވީގޮތެއް. ތިމަންނަމެން ޑިޒައިންކުރީ އެތަނަށް ގޯލްޑަން ސްޓޭންޑަޑް އިކުއިޕްމެންޓުގެ ގޮތުގައި ގަންނާށޭ. އެއީ އެންމެ މި ޒަމާނުގެ އެއްޗިއްސޭ، އެ ސާމާނަށް ވާ ބަޖެޓު ނަގާފައި އެތަނަށް ގަނެފައި ހުރީ 23 މިލިއަން ޑޮލަރޭ ޚަރަދުވެފައި ހުރީ،" ރައީސް ވިދާޅުވި އެވެ.

"ވީ ގޮތަކީ މާ ކުރީޒަމާނުގެ ބޮޑެތި ސައިޒުގެ މެޝިންތަކެއް އެތަނަށް ގެނެސް ވެއްދީ. ދެން އެތަނުގެ ދޮރެއް ހުޅުވޭ ގޮތެއް ނުވޭ."

ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިޔާނާތަށް ފަހު ރައީސް ދެން މިސާލު ނެންގެވީ ކުރީ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުންނެވެ. އެ މަޝްރޫއުގައި 7،000 ފްލެޓަށް ހުޅުވާލައި ޝަރުތު ހަމަވި މީހުންގެ ލިސްޓު ކުރީ ލިސްޓުން އިއުލާންކޮށްފައިވީ ނަމަވެސް އެ ފްލެޓްތައް ދީފައި ވަނީ ބޭއިންސާފުން ކަމަށް ތުހުމަތުކޮށް މައްސަލަ ވެސް އަންނަނީ ބަލަމުންނެވެ.

ކިހިނެއްތޯ އެތަނުގައި މީހުން ދިިރިއުޅޭނީ. އިހަށް ދުވަހު އިކޮނޮމިކް ކޮމިޓީގައި އަޅުގަނޑު ބުނިން ހިނގާށޭ އެތަން ތަޅާލަން. --ރައީސް

ހުޅުމާލޭގައި އިމާރާތް ކުރާ ހިޔާ މަޝްރޫއުގެ ފްލެޓަކަށް އެނދެއް ވައްދައިފި ނަމަ، ރައީސް ވިދާޅުވި ގޮތުގައި، އަލަމާރިއެއް ވައްދާނެ ޖާގައެއް ނެތެވެ.

"ކިހިނެއްތޯ އެތަނުގައި މީހުން ދިިރިއުޅޭނީ. އިހަށް ދުވަހު އިކޮނޮމިކް ކޮމިޓީގައި އަޅުގަނޑު ބުނިން ހިނގާށޭ އެތަން ތަޅާލަން. ބޭނުމެއް ކުރެވޭނެ ތަނެއް ނޫނޭ. އެއަށް ވުރެ ރަނގަޅޭ އެތަން ތަޅާލާފައި އެހެން ތަނެއް ހެދިއްޔާ.

އެމަނިކުފާނު ވިދާޅުވި ގޮތުގަިއ ސަރުކާރު ހަމަ ނޭވޭ ލެވެން އޮތީ އެހާ ބޮޑެތި ޚިޔާނާތާއި ވައްކަން ހިންގި މީހުން ޖަލަށް ލައިގެންނެވެ.

ތުޅާދޫ ދާއިރާ އަށް ވާދަ ކުރައްވާ ހިސާން ހުސެއިންގެ ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ ޔާމީންގެ ވެރިކަން ވޯޓުން ރައްޔިތުން ނިންމީ، އަނިޔާވެރިކަން ހުއްޓުވުމަށެވެ. ބޭއިންސާފާއި ކޮރަޕްޝަނާއި ޚިޔާނާތް އާއްމުކޮށް، އަސާސީ ހައްގުތައް ނިގުޅައިގަތުން ގަބޫލު ނުކުރާތީ ކަމަށް ވެސް ވިދާޅުވި އެވެ.

ރައްޔިތުންނަށް އަނިޔާވެރިވީ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ކޮރަޕްޝަން ނައްތާލާނެ ކަމުގެ ވައުދުވެވަޑައިގަތަސް އެކަން ކުރަން އެމަނިކުފާނަށް ގޮންޖެހުންތަކެއް ކުރިމަތިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބިގެން ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވި އެވެ.

179 ކޮމެންޓް, 350 ރިއެކްޝަންސް

icon happy icon happy 61%
icon sad icon sad 7%
icon angry icon angry 32%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޝީދިޒަމް

04 April 2019

ފްލެޓް އެޅިމީހުންނަށް ވަރުގަދަ އަދަބެއް ދޭންވާނެ. އެހުރިހާ ފްލެޓުތައް ތަޅާލާ. 3 ބާރު ވަކިކޮށް އޮތީމަ މަޖިލިހުން އަބަދުވެސް ވެރިކަންކުރާމީހާއަށް ޖެއްސުންކުރަނީ. މަޖިލީހަކީ ގައުމީ ސަލާމަތައް ހުރި ނުރައްކަލެއް. ގާނޫނުހަދާ ބާރު ރައިސަށްނެތި ވެރިކަމެއްނުކުރެވޭ. މުއްސަތިން އަތުން ނަގާ ޓެކްސް ބޮޑުކުރަންޖެހޭ ދައުލަތް މުއްސަތިކުރުމަށްޓަކާ. އެކަކު އެހާ މުއްސތި ވުމަކީ ގައުމަށްހުރި ނުރައްކަލެއް.

The name is already taken The name is available. Register?

ޢަހްމަ

03 April 2019

މީނާ ޖޭވަނީދޯ، އެވަރުގެ ތަނެއް 100 އަހަރުވަންދެން ވެރިކަންކުރިއަސް ނުހެދޭނެތީ ކޮރަޕްޝަނޭ އަނެކައްޗެކޭ ކިޔަނީ، ދެން ތަޅާލާ އާތަނެއް ހަދަންވީނު، ވޯޓުދެވުނީ ރަނގަޅުމީހަކަށް ނޫންކަން މިހާރު އެނގިއްޖެ.

The name is already taken The name is available. Register?

Mohamed

03 April 2019

އޭގެ ޒާތަށް ބަލާއިރު ޔާމީނު ގޯހެއްވެސް ނޫން. ޔާމީނު ވެރިކަމަށް އައިސް ކުރީގެ ވެރިންކޮށްފައި ހުރި ވައްކަމުގެ ވާހަކަ ނުދައްކާ ޔާމީނަށް ބައިއެޅޭގޮތަށް ނަމަވެސް ބެލީ ކަމެއް ކުރެވޭތޯ. ވައްކަންކޮށްގެންވެސް ބްރިޖް އަޅައިފި، 25 ބުރީގެ ހޮސްޕިޓަލްވެސް އަޅައިފި އިކުއިޕްމަންޓްވެސް ގަނެފި. އައްޑޫ ދަރުބާރުގެވެސް ބަދަލުކޮށްފި ހުޅުމާލޭ ބިންހިއްކައިފި އެތަކެއް އެއަރޕޯޓުހަދައިފި. މިމީހުން މިއުޅެނީ ކަމެއްނުކޮށް ހަމަ ވައްކަމުގެ ވާހަކަދައްކައިގެން ފުއްދާލަން.

The name is already taken The name is available. Register?

ދެބަންދިހާރު

03 April 2019

އަޖައިބެއް ކުރިން ކީއްވެތަ ތިވާހަކަ ނުބުނީ. ހޮވާދިނީމަ މިހާރު އެހެންކަމެއް، ދެން އެހެންކަމެއް ފެން އެހެން ކަމެއް ބޮއި ހަލާކު ކޮއްފިއޭ. މީދިވެހިން

The name is already taken The name is available. Register?

ވައްކަން

03 April 2019

ހޮސްޕިޓަލަށް ބޭނުންވާ އިކުއިޕްމަންޓް ހޯދީ ނުއަގުގައި 57.5 މިލިއަން ޑޮލަރަށް. އެވެސް ޒަމާނީ ފަހުގެ އިކުއިޕްމަންޓް ހޯދުމުގެ ބަދަލުގައި މާކުރީގެ އިކުއިޕްމަންޓްތަކެއް. ބޮޑު އޮޅުވާލުމެއް. ބޮޑު ޚިޔާނާތެއް. މި ވައްކަމުގައި އޭސީސީގެ މެމްބަރު ސަފްވަތު މުހައްމަދު ވެސް ބައިވެރިވެ އިކުއިޕްމަންޓް ހޯދުމުގައި ޝާމިލުވާ ކުންފުނިން ރިޝްވަތުގެ ފައިސާ ނަގާފައިވޭ. އެކަމުގެ ލިޔެކިޔުންތައް ސޯޝަލް މީޑިއާގައި އެހެރަ ދައުރުވަނީ.

The name is already taken The name is available. Register?

ޙަތީމާ

03 April 2019

5 މަސްފަހުން ފެންނާނެ ކަށް ލީކުވީ މައުލޫމާތުގަ ހުރި ކަންތައް 3 މަސް ވީއިރު ފެންނަން ފެށީ

The name is already taken The name is available. Register?

ވަހީދު

03 April 2019

40 މިލިޔަން ޑޮލަރަށް އެވަރުގެ އިމާރާތެއް އެޅެންޏާ އަަޅަންވީނުން. ވެރިކަމުގައި ތިބީ ތިބޭފުޅުން. ހުޅުމާލޭގައި ނޫނީ ރާއްޖޭގެ ޢާބާދީ ބޮޑު ސަރަހައްދެއްގައި އަޅާ ބަލަ. ބޭކާރު ވާހަކަ އިން މަންފާއެއް ނުކުރާނެ.

The name is already taken The name is available. Register?

ޔާމިނު

03 April 2019

އޭރުން ޔާމީނުގެ ފާފަ ފުހެވޭނެތަ

The name is already taken The name is available. Register?

ވަހީދު

03 April 2019

މީގައި މުހިންމީ ޔާމީނެއް ކާމީނެއްނޫން. 40 މިލިޔަން އަށް އެޅެންޏާ އަޅާފައި ދެއްކުން. އަހަރުމެންނަށް އިބްރާހީމު އެދައްކާ ވާހަކަތައް ގަބޫލެއް ނުކުރެވޭ.

The name is already taken The name is available. Register?

777ހހ

03 April 2019

އިބޫ އިމާރާތް ނޭޅިމަ ޔާމީންގެ ފާފަ ފޮހެވޭ. އިބޫ ވެރިކަމާ ހަވާލުވީ ފާފަ ދޮހެދޭ މީހެއްގެ ގޮތުގަ ކަމަށް ގަބޫލު ކުރަންޏާ ކަލޭ ތިހުރީ އިބޫ ފިރުއައުނަށް ހަދައިގެން. ﷲ ތައާލާ އެދި ވޮޑިގެންފި ނަމަ އިންސާނާގެ ފާފަ ފުއްސަވާނީ.

The name is already taken The name is available. Register?

ހަސަދު

03 April 2019

ވައްކަމެއް ކޯޓަކުން ސާބިތު ނުވާހާ ހިދަކު ރައީސަކަށް ވައްކަމޭ ކީދާނެބާ!!. ރައީސުންނާ ސިޔާސީ އެކުޓިވިސްޓުން ދައްކާ ވާހަކަ ތަފަތުވާން ޖެހޭނެ. އެތަނުގައި ޑިޒައިން މައްސަލަ ތައްވެސް އެގޭނީ ޑިޒައިނަރާ ވާހަކަ ދެކެވިގެން. މެޝިނެއް ކޮޓަރިއަކަށް ނުވެއްދެއޭ ވިދާޅުވުމުން އެބަބަލަން ޖެހޭ އެކޯޓަރި ހެދީ ކޮންބޭނުމަކަށްތޯ. މިސާލު ފާޚާނާ އަކަށް ހަމަޖައްސާފަވާ ތަނަކަށް އެކްސްރޭ މެޝިނެއް ނުވެއްދިދާނެ

The name is already taken The name is available. Register?

ާއަލިބެ

03 April 2019

އަގުހެޔޮކޮށް އިންޑިޔާމީހުން ލައްވާ އެފެންވަރުގެ އެންމެ ޢިމާރާތެއްވެސް އަޅާލަބަލަ. އަނގަގަދަ މިތުރުހެދިގެން ވާހަކަތައް ނުދައްކާ. ނުވާނެ. ނުވެސްކުރެވޭނެ.

The name is already taken The name is available. Register?

ސަރަވަނަ

03 April 2019

އިންސާފުގެ ކުރިމައްޗަށް ގެންނަން މިޖެހެނީ ވަކި ބަޔެއް 2009 ން 2012 އާދޭތެރޭ ކާލި ލާރި ގަނޑު ކޮބައިތޯ ވުޖޫދުގަ ނެތް ކުންފުންޏަކަށް ހަމައެކަނި ހެލްތުންވެސް ކިތައްމިލިއަން ތޯ ދިނީ ދައިސާއަށް ވީގޮތެއް ނޭގުނު ބޭހެއްވެދް ނުލިބޭ މިކަހަލަ ކިތައް ކަންތައްތޯ ހުރީ

The name is already taken The name is available. Register?

ޤައުމު

03 April 2019

ސަރަވަނަ އަށް ހީވޭތަ ތިމުއްދަތުގަ ލާރިގަނޑެެއް ކާލިނަމަ ޔާމިނުގެ ވެރިކަމުގަ އެމީހުންނަށް އަނިޔާވެރި އަދަބަކުން އަދަބު ނުދީ ހުންނާނެހެން. ޔާމިނު ހުރީ އަނިޔާވެރިވެލާނެ ފުރުސަތެއް ނުލިބިފަ. ނިޒާމުގަ ނެތްކަންކަންވެސް އުފައްދައިގެން މީހުން ޖަލަށްްލިކަންވެސް އިނގޭނެ. އެހެންވެ ބުއްދިހަމަނުޖެހޭ ދޮގު ވާހަކަ ނުދައްކާ.

The name is already taken The name is available. Register?

ޖޖޖޖ

03 April 2019

ހީވާކަށް ނުޖެހޭ ކާލިކަން ޔަގީން އޮޑިޓް ރިޕޯޓް ތަކުގަ އެހުރީ. އޮޑީޓް އޮފީސް ވެބްސައިޓުން ހެކި ލިބިވަޑައިގަންނަވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454