އައްޑޫ މީދޫގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ނައިބު ރައީސް ފައިސަލް ވާހަކަފުޅު ދައްކަވަނީ. ---
05 އެޕްރީލް 2019 - 11:38
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އޮތީ ވަރަށް ކެރިގެން ކަމަށާއި ބޭނުންހާ ކަމެއް އިދިކޮޅު ފަރާތްތަކަށް ނުކުރެވޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.
މާދަމާ އޮންނަ އާންމު އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި އައްޑޫ މީދޫ ދާއިރާ އަށް ވާދަކުރައްވާ ރޮޒެއިނާ އާދަމްގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ނައިބު ރައީސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ކޮރަޕްޝަންގެ ކަންކަމުގައި ދުނިޔޭގެ ރެކޯޑު ހެދި ސަރުކާރެއް ކަމަށެވެ.
ޔާމީންގެ ނަން ނުގެންނަވައި، ފައިސަލް ވިދާޅުވީ ބޭންކް އެކައުންޓްތަކަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަދެފައި ހުރި ގޮތެއް ހޯދަން ޖެހޭ ކަމަށެވެ. އަދި އެ ފައިސާ ހޯދި ގޮތް މުއައްސަސާތަކުން ބަލާނެ ކަމަށާއި ރައްޔިތުން ސަރުކާރާ އެކީގައި ތިބުމަށް ނައިބު ރައީސް އެދިވަޑައިގެންނެވި އެވެ.
ސަރުކާރުގައި އަޅުގަނޑުމެން ވަރަށް ކެރިގެން ތައްޔާރަށް މިތިބީ. ލާހިކު ކުޅަދާނައެއް ނޫން ބޭނުން ގޮތަކަށް ހަދާކަށް. ނުކުރެވޭނެ އެކަމެއް. އެއީ ހީވާ ގޮތް: ނައިބު ރައީސް
މަގު ހެދުމުގެ މަޝްރޫއަކުން މިސާލު ނަންގަވައި ނައިބު ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުގައި 23 މިލިއަން ރުފިޔާ އިން ހެދެން އޮތް މަގަކަށް 70 މިލިއަން ރުފިޔާ ހަރަދުކުރާ ކަމެވެ.
ފައިސަލް ވިދާޅުވީ ރައީސްގެ ވައުދުތަކާއި ސިޔާސަތުތައް ތަންފީޒުކުރަން ޖެހޭ ކަމަށެވެ. އެހެންވެ އެކަންކަން ކުރުމަށް މަޖިލިހުގެ ތެރެއިން ގާނޫނީ ބާރު ލިބެންޖެހޭ ކަމަށް ވިދާޅުވި އެވެ. ނައިބު ރައީސް ވިދާޅުވީ މި ސަރުކާރަކީ ދުވަހަކުވެސް، ގާނޫނާ ހިލާފަށް ކަމެއް ކުރާނެ ސަރުކާރެއް ނޫން ކަމަށެވެ.
އައްޑޫ މީދޫގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ނައިބު ރައީސް ފައިސަލް ވާހަކަފުޅު ދައްކަވަނީ. ---
އޭގެ ބަދަލުގައި ކުރީގެ ސަރުކާރަކީ ރައްޔިތުންނަށް އަނިޔާވެރިވި ބައެއް ކަމަށާއި އެމީހުންނަށް އިތުރު ފުރުސަތެއް ރައްޔިތުން ދީގެން ނުވާނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މަޖިލިހުގެ މެޖޯރިޓީ ސަރުކާރަށް ހޯދައިދޭން ޖެހޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތްޕުޅު ކުރައްވަނީ ރައްޔިތުންގެ ހިތްހަމަޖެހުމަށާއި ތަނަވަސްކަމަށް އަދި ބާރުވެރިކުރުވުމަށެވެ. ފަހުރުވެރި އާއިލާއެއް ބިނާކުރުމަކީ ސަރުކާރުގެ ވެރިންގެ ޒިންމާއަކަށް ވާއިރު، އެ މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުގެ ބޭނުމަކީ ރައްޔިތުން ބޭނުންވާ ތަރައްގީ ތަފާތު ކުރުމެއް ނެތި ގެނެސްދިނުން ކަމަށާއި ރައްޔިތުން ދެރަ ވާނެ އަދި ނިކަމެތިވާނެ ކަމެއް ނުކުރާނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ޒުވާނުން މަސްތުވާތަކެތީގެ ވަބާ އިން ސަލާމަތްކޮށް، ވަޒީފާ އަދާކުރާ ބަޔަކަށް ހަދަން ބޭނުންވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
"ސަރުކާރުގައި އަޅުގަނޑުމެން ވަރަށް ކެރިގެން ތައްޔާރަށް މިތިބީ. ލާހިކު ކުޅަދާނައެއް ނޫން ބޭނުން ގޮތަކަށް ހަދާކަށް. ނުކުރެވޭނެ އެކަމެއް. އެއީ ހީވާ ގޮތް،" ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް މި މޭރުމުން ވާހަކަ ދެއްކެވި ނަމަވެސް، އެ މަނިކުފާނު ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ގެންދަވަނީ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ދިނުމާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަފްލާ
06 April 2019
މިހާތަނައް މިގައުމުގެ ވެރިކަމައް އައި އންމެ ކިބުރުވެރި ބޮޑާ ކަމުގެ ރައީސާއި ނައިބު ރައީސް ކިތައްމެ ބޮޑަވިޔަސ ް ވެއްޓެން ވީމަ ހަމ ވެއްޓޭނެ ލަހެއްނުވާނެ
ނަން
06 April 2019
ބައެއް އިސްމީހުން ގަދަ ބަސްބުނެ ހުސް އަނގަ ތެޅުމަށް ވުރެއް ލިބުނު މޮޅާއިގެން ހުރިޔާ ރަނގަޅުވާނީ ރަނގަޅަށް ކަންކަންކުރާމީހުން އަމިއްލައަށް ތިމަންނައަކީ ކަންކަންކުރެވޭ މޮޅޫމީހެކޭ އަމިލައަކަށް ނުކިޔާނެ
6ގޮޑި
05 April 2019
ބަލަ ތިއޭކޮކަޑިކޭ މީދަލަކީ. މައުމޫނާ ގާސިމް ގެ ހިޔަނީގަ ވެރިަކަމަށް އާދެވުނީމަ ވެރިކަން ބައްކުރެވޭތޯ ތި އުޅެނީ. ލާހިކެއް ނޫން.
ޗޮމމ
05 April 2019
ފައިސަލް ވިދާޅުވެދެއްވާ ސީޖީޓީގެ މައްސަލަ އާއި ބިގް ކުންފުނީގެ މައްސަލައިގައި ވީ ގޮތް. ހަމަ މިސަރުކާރުންވެސް ކެވުނު ވަރަކުން ގާތް މީހުންނަށް ކާންދެނީ. ރައްޔިތުންނަށް ހެޔޮ އެދިގެން އުޅޭ ބަޔަކު އަދި ނާދޭ ވެރިކަމަށް މިވީހާ ދުވަހު.
މުހައްމަދު'
05 April 2019
ބާރުތައް ލިބޭނީ ރައްޔިތުންދިނީމާ. ރައްޔިތުން ދިނީ ގާނޫނު އަސާސީޔާއި ރައްޔިތުންނަށް ޚިދުމަތްދޭން ބޭނުންވާނެ ގާނޫނުތަކާއި މަސައްކަތްކުރަން ބޭނުންވާ ފައިސާ އާއި ވަސީލަތްތައް. ރައްޔިތުން މަގާމު ހަވާލުކުރީ ވެދާނެޔޭ ބުނީމާ. އެހެންވީމާ ރައްޔިތުންދިން ބާރެއް ބޭނުންކޮއްގެން ގަދަކަމުން އިތުރު ބާރު ހޯދަން ނުއުޅެ ރައްޔިތުންނަށް ހަމަހަމަ ކޮށް ޚިދުމަތް ކޮއްދެއްވާ.
ހަސަންކާރި
05 April 2019
ކާކުތަކަމެއްކުރަންއުޅެނީ މިއުޅެނީކަމެއްކުރާކައްނޫން މިއުޅެނީކަލޭމެން ދިވެހިޤައުމު އިންޑިޔާއައްވިއްކަންއުޅޭތީ އެކަންހުއްޓުވަން އިރާދަކުރެއްވިއްޔާހުއްޓުވާނަން އެކަމާބިރުނުގަނޭ
ނިމަ
05 April 2019
ޙެލިކޮޕްޓަރު ދުއްވަން 40 މީހުން، އެއީ ވެސް ތިބާވަތުގެ ކަމެއް
ihaaru.
05 April 2019
ޙެލިކޮޕްޓަރެއް ފެނުނިޔާ އެނގޭނެބާ، އެއިކީސްމާޓްފޯނެއްނުން އިންސާނުންގެ ފުރާނަ އޭގެ ބެލެހެއްޓުމާގުޅުފަވާ އެއްޗެއް!
އަލްޖިބްރާ
05 April 2019
ވެރިކަމުން ބޭރުކޮށްފައިވާ އެއްވެސް މީހަކަށް މިވެރިކަމުގައި މަޖްލީހުންވެސް މަޖްލީހުން ބޭރުންވެސް އެއްވެސް ބާރެއް ލިބިގެން ނުވާނެ ! ދީފިނަމަ " ކޮކަޑިކޭމީދާ ވާރެފެން ބޮއިގެން " ހެދިގޮތް ހަދާނެ !
ފިލޯސަފަރު
05 April 2019
އެހެންވީމަ ތިވާހަކަ ކީއްވެ ނަޝީދު ގާތުގަނުބަނީ. ތިހެންވީމަ ރައްޔިތުން ވޯޓުދިނުމުގެކުރިން އަލްޖިބްރާގެ މިނަސޭހަތަށް އަމަލުކުރަންޖެހޭ. އެހެންވީމަ ބޮޑުތަނުން މިގެންދާ19އަށް ނޫނެކޭ ބުނަންޖެހޭ.
އަސޭލާ
05 April 2019
ގަދަބަސް ނުބުނެ الله وحى ކުރަށްވަނީ ވާށޭ އެކަމެެއް ވާހުއްޓެ اشاء الله
ޙަބީބު
05 April 2019
ގާސިމު ހަނދާންނެތީ ޔާމިނު ޖެއްސިހާލު ގާސިމު ބިރުގަންނަނީ ރައްޔިތުން މުއްސަނދި ވެދާނެތީ ދެތިން ވިޔަފާރި ވެރިން ތިބެންވީ ދައުލަތުގެ މާލިއްޔާގަ ބައްދައި ގަނެގެން