ޚަބަރު / ފުލުހުން

ހަތަރު މީހަކު ގުޅިގެން އަންހެނަކު ރޭޕްކުރަން އުޅެނިކޮށް ހުއްޓުވައިފި

ފުލުހުންތަކެއް މަގުމަތީގައި: އަންހެނަކު ރޭޕް ކުރަން އުޅެނިކޮށް ފުލުހުން ވަނީ ހުއްޓުވާފައި

މާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގައި ހަތަރު މީހަކު ގުޅިގެން އަންހެނަކު ރޭޕް ކުރަން އުޅެނިކޮށް އެ މީހުން ހުއްޓުވައި އޭގެ ތެރެއިން ދެ މީހަކު ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ.

ފުލުސް އޮފީހުން ބުނީ، މާފަންނުގައި ހުންނަ އެ ގެސްޓް ހައުސް އަށް ފުލުހުން ވަނީ އެތަނުން އަންހެނަކު ހަޅޭއްލަވާ އަޑު، އެ ވަގުތު މަގުމަތި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް އިވިގެން ކަމަށެވެ. އަދި ފުލުހުން ވަނުމާ އެކު އޭގެ ތެރެއިން ދެ މީހަކު ފިލި ކަމަށާއި އެކަމަކު ގެސްޓް ހައުސް ތެރެއިން އެކަކު އަތުލައިގަތް ކަމަށް ފުލުހުން ބުންޏެވެ. އަނެއް މީހާ ހައްޔަރު ކުރީ ފިލަން ވެގެން ދުވަނިކޮށް މަގުމަތިންނެވެ.

ހައްޔަރުކޮށްފައިވަނީ އުމުރުން 32 އާއި 33 އަހަރުގެ ދެ ފިރިހެނުންނެވެ.

ފުލުސް އޮފީހުން ބުނިގޮތުގައި އެ މީހުން ތިބި ކޮޓަރި ފާސްކުރި އިރު، ބަނގުރާ ހުރި ތަށިތަކަކާއި ފުޅިއެއް ވަނީ ފެނިފަ އެވެ.

މި މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

39 ކޮމެންޓް, 166 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 13%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަންނޭނގޭ

14 April 2019

ރޭޕްކުރަން އުޅުނުކަމަށް ދަޢުވާކޮށް ޤާނޫނުލްޢުޤޫބާތުގައިވާ އަދަބު ދޭންޖެހޭ އެހެން ނޫނީ މިފަދަ ފާހިޝް ޖަރީމާތައް ނުހުއްޓުވޭނެ މިކަހަލަ ކަންކަން ތަކުރާރުވަމުން ދާތީ އަންހެނުންނަށް ރާއްޖޭގައި އެއްވެސް ރައްކާތެރިކަމެއް ނެތް އެންމެން ތިބޭނީ ބިރުވެރިކަމެއް ތެރޭ.

The name is already taken The name is available. Register?

ވަހީދު

14 April 2019

އެ ހަތަރު ކުދިން އިންޑިއާއިން ރައްވެހިކަން ހޯދައިދީފައި އެކޮޅަށް ފުނުވާލެވޭތޯ އުޅެބަލަ އިބްރާހިމްބެ.

The name is already taken The name is available. Register?

ރީތި މޫސަ

13 April 2019

ގެސްޓް ހައުސްތަކުގެ ހުއްދަ މިފަދަ ކަންކަމާއި ގުޅިގެން ބާތިލުކުރަންފަށަނިކޮން ހުއްޓުވިދާނެ އޭރުން އެމީހުންވެސް ބަލާނެ

The name is already taken The name is available. Register?

ބޮންދު

13 April 2019

އަދިވެސް އިންޑިޔާމީހުންނަށް ބަވާ.

The name is already taken The name is available. Register?

ނީމާ

12 April 2019

މިކަމަށް ވަޢުދެއް ނެއްތަ؟

The name is already taken The name is available. Register?

ހާމަ333

12 April 2019

ރަލަކީ ހުރިހައި ނުބައި ކަމެއްގެ ފެށުމޭބުނަނީ އެހެންވެ ..އިސްލާމް ދީނަކީ ދިރިއުޅުމުގެ ހައްލު....އެގޮތަށް އުޅެވޭނަމަ ތިފަދަ ކަންކަން ނުފެންނާނެ

The name is already taken The name is available. Register?

އެދުރުމާފަތްތަކުރު

12 April 2019

ކުރިން ހަދާފައި އޮތީ އަވަށު ފުލުހާއި ތަންގަނޑު ފުލުހާއި ތިމާވެށީ ފުލުހާއި ގޭދޮށު ފުލުސް އެތައް ނަމެއްގައި ފުލުހުން. ފުހުން އުފައްދާނެ އާ ދާއިރާއަކަށް ދެން އެންމެ ކަމުދާނީ ގެސްޓުހައުސް ޕޮލިސް.

The name is already taken The name is available. Register?

ސަމާލު

12 April 2019

މާލޭގައި ހިންގާ ގިނަ ގެސްޓް ހައުސްތަކަކީ ސީދާ ބަންގާޅީން ހިންގާ ތަންތަން، ދެން ހުންނަނީ އޯނަރަކަށް ދިވެއްސެއް ހުރެމެ އަޅާނުލާ ސީދާ ބަންގާޅީއެއްގެ ބެލުމުގެ ދަށުން ހިންގާ ތަންތަން، ފުލުހުން އެބަ ޖެހޭ މިކަންކަން ބަލާ ހަރުކަށި ފިޔަވަޅު އަޅަން.

The name is already taken The name is available. Register?

މަރޭމިތުރު

12 April 2019

އަންހެނުންނަށް ރާއްޖޭގަ ލިބޭ ލަނޑެއް މިބުނަނީ! ކޮންމެވެސް ފިރިހެންކުއްޖަކާއެކު ގޮސްދާނެ ކޮޓަރިއަކަށް. ކޮޓަރިއަށް ދާއިރު އެފިރިހެންކުއްޖާ ހުންނާނީ ރާވާފަ އިތުރުބަޔަކު ޝެއާކުރަން. ދެން އަންހެން މީހާ އައުރަ ކަޝްފުވާހިސާބުން އެއްކަލަ އޭނާގެ ރައްޓެހިން މިއަންނަނީ ބައެއް އަންހެނުން ގަބޫލުވެދާނެ، އަނެއްބައި އަންހެނުން ނުގަބޫލުވާނެ އިތުރުބަޔަކާއެކު. ދެން އަންހެންމީހާއަށް ނޯވޭ ބުނެވޭނެ އެއްޗެއް. މިކަހަލަގޮތަކައް ރާއްޖޭގެ ކަންކަންހުރީ!

The name is already taken The name is available. Register?

ޚުކހް

13 April 2019

ކަލޭގެ ތަޖްރިބާ އެބަހުރި މިކަހަލަ ކަން ކަމުގައި.

The name is already taken The name is available. Register?

ބަބުރަންޖީ ހާޖީ

12 April 2019

ދެން ޖަހާނީ 15 ދުވަސް. ދެން އެއަށް ފަހު.......

The name is already taken The name is available. Register?

އެނގޭސިއްރު

12 April 2019

ގެސްޓު ހައުސް ތަކަކީ ތިކަން ކުރާ ޖަގަހަތަކެެއް... ސުކޫލު ކުދިންވެސް ވަދެއުޅޭކަން ފާހަގަކޮށްލަން... އެކަމުގައި ވިޔަފާރި ހިންގާ ތަންތަންވެސް ހުރިކަން ހަނދުމަކޮށްލަދެން... %90 އަކީ ބޭރުމީހުންގެ ބެލެހެއްޓުމުގެ ދަށުން ކުރިޔަށް ދާތަންތަން... 2 އަހަރުގެ ސާވޭގެ މައުލޫމާތު...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454