ފުލުހުންތަކެއް ވެހިކަލަކަށް އަރަނީ. މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި ހަތަރު މީހަކު ގުޅިގެން އަންހެނަކު ރޭޕް ކުރި މައްސަލައެއްގައި ދެ މީހަކު ފިލި ނަމަވެސް، އެކަކު ވަނީ ހޯދާފައި. --- ފޮޓޯ: މިހާރު
13 އެޕްރީލް 2019 - 20:51
މާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގައި ހަތަރު މީހަކު ގުޅިގެން އަންހެނަކު ރޭޕް ކުރަން އުޅުނު މައްސަލައިގައި ފިލި ދެ މީހުންގެ ތެރެއިން އެކަކު ކޯޓު އަމުރެއްގެ ދަށުން ހޯދާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުން ބުނީ އަންހެނަކު ރޭޕް ކުރަން އުޅުނު މައްސަލައާ ގުޅިގެން ފިލި ދެ މީހުންގެ ތެރެއިން ހައްޔަރު ކުރީ އުމުރުން 33 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ހޯދީ މާލެ އިން ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ފިލި ދެވަނަ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހަތަރު މީހަކު ގުޅިގެން އަންހެނަކު ރޭޕް ކުރަން އުޅުނު މައްސަލައެއްގައި ކުރިން ދެ މީހަކު ހައްޔަރު ކުރިޔަސް، އޭގެ ތެރެއިން އެކަކު ކްރިމިނަލް ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ. އެ ކޯޓުން މިނިވަން ކުރީ އުމުރުން 32 އަހަރުގެ ފިރިހެނެކެވެ. އެކަމަކު، އެ މައްސަލައިގައި ދެން ހައްޔަރު ކުރި އުމުރުން 33 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ ޖަހައިފަ އެވެ.
މާފަންނުގައި ހުންނަ އެ ގެސްޓް ހައުސް އަށް ފުލުހުން ވަނީ އެތަނުން އަންހެނަކު ހަޅޭއްލަވާ އަޑު، އެ ވަގުތު މަގުމަތި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް އިވިގެންނެވެ.
ފުލުހުން ވަނުމާ އެކު އޭގެ ތެރެއިން ދެ މީހަކު ފިލި ކަމަށާއި އެކަމަކު ގެސްޓް ހައުސްގެ ތެރެއިން އެކަކު އަތުލައިގަތް ކަމަށް ފުލުހުން ބުންޏެވެ. އަނެއް މީހާ ހައްޔަރު ކުރީ ފިލަން ވެގެން ދުވަނިކޮށް މަގުމަތިންނެވެ.
ފުލުސް އޮފީހުން ބުނި ގޮތުގައި އެ މީހުން ތިބި ކޮޓަރި ފާސްކުރި އިރު، ބަނގުރާ ހުރި ތަށިތަކަކާއި ފުޅިއެއް ވަނީ ފެނިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭގަމް
14 April 2019
ފުލުހުން އެތަނަށްވަނީ ކާކުގެއްދަ ހޯދައިގެން؟ފުލުހުން އެމީހާ ހައްޔަރުކުރީ ކޮން ކޯޓެއްގެ އަމުރަކަށް؟؟ ދެން..؟؟
ސަނީީ
16 April 2019
ކުށުގެ ވެހިން ހައްޔަރުކުރެވޭނެ. މީހަކު މަރާތަން ފެނުނަސް ކޯޓު އަމުރެއް ހޯދައިގެންތަ ހައްޔަރުކުރެވެން އޮންނަނީ؟ ތިކަހަލަ ކުށްވެރިން ހިމާޔަތްކުރާ އެޖެންޑާ19 ވާހަކަ ނުދައްކާ!
ނާޅި
14 April 2019
މަ ހަނދާން އެބަހަރި ކުޅުދުއްފުށީ 18 އަހަރު ފިރިހެނެއް އުމުރުން 17 އަހަރުގެ (18 ނުފުރޭ ކުޑަކުއްޖެއް) ލޯބިވެރިޔާއާ އެކު ބަދު އަޚްލާޤީ އަމަލު ހިންގައިގެން އެބަހީ ކުޑަކުއްޖަކާ އެ އަމަލު ހިންގައިގެން ހައްޔަރު ކޮށް އެ 18 އަހަރުގެ ފިރިހެން މީހާގެ ފޮޓޯ ވެސް މި ނޫހުގާ ޖަހާފަ އޮތް ހަބަރެއް.
ފަރީދުއްދީން
14 April 2019
ގެސްޓުހައުސްތަކުން ކޮޓަރި ތަކަށް ވަންނަ މީހުން ފާސްކުރަންވެއްޖެނު. އަދި ގެސްޓުހައުސް އަށް ޤަވާޢިދެއްވެސް ހަދަންވެއްޖެނު. އަންހެނަކާ ފިރިހެނަކު ކޮޓަރިއަކަށް ވަންނަންޏާ ކައިވެނީގެ ސެޓްފިކެޓް ދެއްކުމުން ނޫނީ ނުވަދެވޭގޮތް ހަދަންވެއްޖެނޫންތޯ؟ މީ މުސްލިމު ޤައުމެއް. ގެސްޓުހައުސްތަކުގެ ނަމުގައި ފައިސާ ހޯދަން މީހުން ކުރާ ވިޔަފާރިއެއްތީ. ސަރުކާރުން އެބަޖެހޭ މިކަމަށް ކޮންމެސެ ގޮތްތަކެއް ހަދަން. އަދި ގެސްޓުހައުސްގެ ނަމުގައި މިހިންގަނީ އެހެންތަނެއް.
ބޭހޮއްކޮ
14 April 2019
ފިލިމީހާ ހޯދާފަ.. އެތާހުރިމީހާ ވަނީ ދޫކޮށްލާފަދޯ...
ހަސަނު
14 April 2019
ކްރައިމް ސީނުން އަތުލައިގެން ދެމީހުން ކުރެ އެކަކު ދޫކޮށްލާފާ އަނެކަކަށް ދިނީ އެންމެ 5ދުވަސް.. ސިޔާސި ކަމެއްގާ ގެންދާ ކޮންމެ މީހަކު އަހަރެއްހާ ދުވަހު ޖަލުގާ ބެހެއްޓީވެސް ހަމަ އެކޯޓުން ހަމަ އެ ފަނޑިޔާރުން... ރާއްޖޭޣެ މުޅި ޖުޑޘަރީ ރަނގަޅު ކުރާންޖެހޭ ކަމުގެ ހެއްކެއްމީވެސް...
ޖެމް
14 April 2019
އެ އަންހެން މީހާގެ ހިއްވަރުން އޭނާ ސަލާމަތްވީ. ބެލްކަންޏައް ނުކުމެ ވަރައް ބާރަށް ހަޅޭލަވާ މުޅި މަގު އެލާޓައް ގެނައި. ސަލާމަތް ކޮއްދޭން އެދި ގޮވި. އެގަޑީގަ ޕޮލިހާ އެކު ރައްޔިތުން އެތަނައް ވަތް.
އެޑްމުންޑޯ
14 April 2019
ބޭކާރުކަމެއް ، މުއްދަތު ޖަހަން ހަމަ ގެންދާ ތަނުން ދޫކޮއްލާނެ.
ކުޑަތުއްތުމަނިކެ
14 April 2019
ބަނގުރާތަ؟ ނުވަތަ ބަނގުރާކަމަށް ޝައްކުރެވޭ އެއްޗެއްތަ؟
ވަޅު
14 April 2019
އަދިވެސް ކޮން ބައެއްކަމެއް ނޭގޭތަ؟
އާރީ
13 April 2019
ފުލުހުން ހައްޔަރުކުރިޔަސް ކޯޓްތަކުން ދޫކުރަށްޏާ ނިމްމެއް ނެތެއްނު. ފަޑިޔާރުގެ އިސްލާހު ނުކޮށް މިގައުމުގަ އެއްވެސް ކަމެއް ހައްލެއް ނުވާނެ
މުލޭ
14 April 2019
ކަމުގެ ދެކޮޅަށް ވިސްނާ. ފުލުހުންނަށްވެސް ހެކިނެތީސް މީހަކު ހައްޔަރެއް ނުކުރެވޭނެ. ހެކި ނުދެއްކެންޏާ ހައްޔަރުކޮށްފަ ނެހެއްޓުމުގެ ބާރެއް ކޯޓަށްވެސް ނެތް. އިސްލާޙްކުރަންޖެހެނީ ސިސްޓަމް. އޭރުން މައްސަލަތައް ޙައްލުވާނެ.
މާލެ މީހާ
14 April 2019
މުލޭ، ވާވަރަށް ހަމަ ހެކި ލިބޭ. މިކަމުގައި މިއޮތީ ކުށުގެ ވެށިން މިމީހުން ހައްޔަރު ކޮށްފަވެސް. މައްސަލަ އަކީ ޤާނޫނު ހަދާގޭގައި އެންމެ އާދައިގެ ހެކިވެސް ޤަބޫލު ކުރެވޭގޮތަށް ޤާނޫނު ނުހަދަ އޮންނާތީވެ. ވިޑީއޯ ހެއްކަކަށް ޤަބޫލު ކުރާކަށް އެެއްބަހެއް ނުވޭ. މައްސަލައަކީ ޤާނޫނު ތަކާއި ފަނޑިޔާރުންގެ ސިސްޓަމް