ހޫނުގަދަ ދުވަހެއްގައި މާރުކޭޓު ސަރަހައްދުގައި މީހަކު މަސައްކަތެއް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
14 އެޕްރީލް 2019 - 13:25
ހޫނު ގަދަ ދުވަަސްކޮޅަކަށް ފަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރައިގެ އަސަރުކުރަން ފަށައިފި ކަމަށް، މޫސުމާ ބެހޭ ގައުމީ މަރުކަޒު، މެޓުން މިއަދު ބުނެފި އެވެ.
މެޓްގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ މި ދުވަސްވަރު ރާއްޖެއަށް ދިމާވެފައިވާ ހޫނު ގަދަވުމުގެ މައްސަލަ އަންނަ އަންގާރަދުވަހުން ފެށިގެން ރަނގަޅުވާން ފަށާނެ ކަމަށް، ލަފާކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިދިޔަ މާޗު މަހަކީ މި ފަހުން މުޅި ދުނިޔޭގައި ވެސް ދެ ވަނައަށް އެންމެ ހޫނު ގަދަވި މަހެވެ. އަދި މި މަހު ރާއްޖެއަށް ހޫނުގެ އަސަރު ބޮޑުވީ މިދިއަ މަސް އެހާ ހޫނު ވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެޓުން ބުނި ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކެރީގެ އަސަރުކުރަން ވަނީ ފަށައިފަ އެވެ. އެހެންކަމުން މިހާރަށް ވުރެ ހޫނުމިން ދަށްވާން ފަށާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ރާއްޖޭގެ އެކި ހިސާބުތަކަށް މަޑުމަޑުން ވިއްސާރަކުރަން ފަށައިފި. ދެކުނުގެ ހިސާބުތަކަށް މިރޭ ވިއްސާރަވާނެ ކަމަށް ދައްކަނީ. ރޭގައި ވެސް ގާފަރު ހިސާބަށް ކެރީގެ އަސަރުކޮށްފައިވޭ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވައި ވެސް އަންނަނީ ހުޅަނގަށް ބަދަލުވަމުންނެވެ.
މިހާރު ހިނގަމުން މި ދަނީ ހުޅަނގު މޫސުމުގެ ފުރަތަމަ ނަަކަތް ކަމަށް ވާ އައްސިދަ އެވެ. އައްސިދަ ނަކަތް ދެމިގެންދާނީ އޭޕްރީލް 9 އިން 21 އަށެވެ.
އައްސިދަ ނަކަތުގައި އާންމުކޮށް ރާއްޖޭގެ ދެކުނާއި މެދު ރާއްޖެތެރެއަށް ބޯކޮށް ވާރޭވެހެ އެވެ.
މި ދުވަސްވަރު މާލެ ސަރަހައްދުގެ ފިނިހޫނުމިންގެ އެވްރެޖްކޮށް އުޅެނީ 32-33 ޑިގްރީގަ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، މިއަދު މެންދުރުފަހު ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރާނެ އެވެ. އަދި އޭގެ ތެރެއިން ބައެއް ރަށްތަކަށް ގުގުރުމާ އެކު ވިއްސާރަކުރުން ވެސް އެކަށީގެންވެ އެވެ. އެހެން ހިސާބުތަކަށް މެންދުރުފަހު ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
Juhaa
15 April 2019
އައްސިދަ ފެށެނީ އެޕްރީލް 9 އަކު ނޫން. އެޕްރީލް 8 ގައި. ރަނގަޅަށް ކަލަންޑަރު ބަލާބަލަ.
ޗޮމމ
14 April 2019
ގައިމު އެހެން ޚަބަރަކު އޮތް މެޓް އޮފީހުން ބުންޏޭ ވިއްސާރަ ކުރާނީ ތިން ހަފްތާ ފަހުން މެއި މަހު ކަމަށް. ވިލާކޮޅެއް ފެނުނީމާ އެ ވާހަކަ ބަދަލުވީބާ؟
ނޫވިލު
14 April 2019
ސުވާލަކީ ކުރިން ރޭވިކަންތައް ދެން ނުކުރާނެތޯ؟
ހުސްނު
14 April 2019
ނޫނޭ ކުރަން ޖެހޭނެ . އުއްމީދު ކުރަނީ ކުރާނެ ކަމައް. ވިއްސާރަވިލާތައް ބޯމަތިކޮއް ހަތަރުފަރާތް ބައްދާލިއަސް އެވިލާތައް ބޯމަތިކުރުވި އަރަހުށި الله އީ އެވިލާތަކުގާ ފެންނުލައްވަން ކުޅަދާނަ ދުނިޔެ އާ ދުނިޔޭގެ ވާހާ ތެކެތީގެ ވެރި އިލާހެ.
ނާޒިމާ
14 April 2019
ބަލަ އަފުރެމެނަށް ވެސް އެނގޭ އައްސިދަ ވީމާ ވިއްސާރަ ވާން ފަށާނެކަން. އިރުވައިގެ އެންމެ ގަދަ ހޫނުގަނޑު ދިޔާމާ ފަށާނީދެން އިރާދަކުރެއްވިއްޔާ ވިއްސާރަކަން. ދެން ހުރިހާ ކުދިންވެސް ކަނޑުމައްޗަށް އަރާ މޫދަށް ގޮަސް ހަދާއިރު ލައިފް ޖެކެޓު ހިފައިގެންދާތި ފަތަން އެނގުނަސް. ކޮންމެ ފަހަރަކު ވިއްސާރަ މޫސުމާ ދިމާކޮށް ހިތާމަވެރި ހާދިސާތަކުން ރައްކާވެތިބީޔާ ދަތުރު.
ފޮނިޓައްޕު ހަސަނު
14 April 2019
މިފަހަރު ވިއްސާރަވާއިރު ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ. ވީމާ މާލެ ފެންބޮޑުވުމުގެ ކާރިސާ އިން ސަލާމަތް ވުމަށް މަގުމަތީގައި ހުރި ކާނުތައް ސާފުކޮށް އަދި ފެންހިންދާ ޕަމްޕު ތައް މަރާމާތު ކޮށްފައި ބެހެއްޓުން ވަރަށް މުހިއްމު.
މާދުރު ތަރި
14 April 2019
ނުކުރާނެ! މާލޭ މޭޔަރ ސިފާ މެޑަމް އުޅުއްވާނީ ކޮންމެވެސް ނެގެޓިވް ވާހަކައެއް ނޫނީ ކަންކަން ނުވާ ބަހަނާއެއް ދެއްކުމުގަ ޓުވިޓާރގަ! މިނިސްޓަރުން އުޅޭނީ ބޭކާރު ކަންކަމުގަ! ފެން ބޮޑުވީމަ ދެން ހޭލާ ތިބި ތެޅި ގަންނާނީ! ފެން ހިނދި މަދިރި ހެދި ބަލި ގިނަވީމަ ދެން ހެލްތް މިނިސްޓްރީއިން ނޫސް ބަޔާނެއް ނެރޭނީ! ބޮޑު ވަރަކަށް ޓާސްކްފޯހެއް ހަދާލާނެ! އެނިމުނީ! ދިވެހިން ތިބޭނީ ދިވެހިންގެ ގޮތުގައި! ކަންދެއްކުން! ފަރުވާކުޑަކަން! ރޭވުންތެރިކަން ނެތުން! ކަރަޕްޝަން!
ިހިގޮ
14 April 2019
މެޓް އޮފީހުން އެހެން ވިދާޅު ވިޔަސް މާދަމާ އިސްތިސްގާ ނަމާދު ކުރަން ވާނެ އިންޝާﷲ'
ައަހުމަދުއަލޯ
14 April 2019
ދެން ކީއްކުރަން. ވާރޭ ވެހިއްޖެ މިއަދުވެސް!
ޖޯޖް
14 April 2019
މިއަދު މާލެމަތިން ކުޑަކަޮއް ވިލާ ކޮޅެއްފރނުނީމަ އެއްޗެކޭ ބުނެލީދޯ