ސްރީ ލަންކާގެ އިސް ބޭފުޅުންތަކަކާ އެކު ބޭއްވި ބައްދަލުވުމެއްގައި ދުންޔާ އެކު ޝައިނީ ބައިވެރިވެވަޑައިގަންނަވަނީ. ރައްޔިތުން އެދޭ ހެޔޮބަދަލުތައް ގެންނަން ޖެހޭނެ ކަމަށް ދުންޔާ ވިދާޅުވުމުން ޝައިނީ ވަނީ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާފައި. --ފޮޓޯ: ފޮރިން މިނިސްޓްރީ
01 ސެޕްޓެމްބަރ 2016 - 10:34
ފޮރިން މިނިސްޓަރުގެ މަގާމުން ދުންޔާ މައުމޫން އިސްތިއުފާ ދެއްވީ ރައީސް އަބްދުﷲ ޔާމީން ހަވާލުކުރެއްވި ޒިންމާ އަދާނުކުރެއްވި ފޭލްވެވަޑައިގަތުމުން ކަމަށް ވިދާޅުވެ، އޭނާ އަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރޭ ފާޑުވިދާޅުވެއްޖެ އެވެ.
މި ސަރުކާރަށް އަމާޒުކުރާ ފާޑުކިޔުންތަކަށް ރައްދު ދެއްވާ ޝައިނީ ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކެބިނެޓުން އިސްތިއުފާ ދެއްވައި ދުންޔާ މިހާރު ހުންނެވީ ފޭލްވެފައި އޮތް ފަޅީގައި ކަމަށެވެ. ދުންޔާ އިސްތިއުފާ ދެއްވީ ވެސް އޭނާ ފޭލްވެގެން ކަމަށް ސިފަކުރައްވައި، ޝައިނީ ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީ އަށް ޖާގަ ދޭން ޖެހޭ ކަމަށެވެ.
"[ދުންޔާ އަށް] އަޅުގަނޑުމެންނާ އެކު މަސައްކަތްކޮށްލައްވާކަށް ނުކުރެނު. އިސްތިއުފާ ދީފައި ދިޔައީ، އެ ވާނީ ފެއިލިއާއެއް ކަމަށް،" ޝައިނީ ވިދާޅުވި އެވެ.
އޭގެ ފަހުން މިއަދު ކުރެއްވި ޓުވީޓެއްގައި ވެސް ޝައިނީ ވަނީ ދުންޔާ އަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ އާ އުސްމިންތަކާއި ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމަށް ރައީސް އަބްދުﷲ ޔާމީނަށް ޖާގަ ދެއްވަން ޖެހޭ ކަމަށެވެ.
Wathan edhey, aa usminthakah dhiumah Raees Yameen asha misarukarah, rayyithun edhey tharaggee genaumah jaaga dhevva. #amazeyyageen.
— Mohamed Shainee (@mshainee) September 1, 2016
ދުންޔާ އަށް ފާޑުވިދާޅުވެ ޝައިނީ ކުރެއްވި ޓުވީޓް.
އޭނާގެ ފާޑުވިދާޅުވުން ދުންޔާ އަށް މި އަމާޒުކުރެއްވީ އާ އުސްމިންތަކަކަށް ދިއުމަށް އަދި ބާއްޖަވެރި މުސްތަގުބަލަކަށް ވާސިލްވާން، ވަތަން އެދޭ އަދި ރައްޔިތުން އެދޭ ބަދަލު އައުން މުހިއްމު ކަމަށް ވިދާޅުވެ ދުންޔާ ކުރެއްވި ޓުވީޓާ ގުޅިގެންނެވެ.
Aa usmin thakah dhiumah, adhi baajja veri musthaqbalakah waasil vumah,
— Dunya Maumoon (@dunyamaumoon) August 30, 2016
wathan edhey adhi rayyithun edhey heyo badhalu thah aun muhimmu
ދުންޔާގެ ޓުވީޓް.
ދުންޔާ ފޭލްވެފައިވާ ކަމަށް ޝައިނީ ވިދާޅުވިއިރު ސަރުކާރުގެ ބައެއް އަމަލުތަކާ ދެކޮޅަށް ބޭރުން ކުރިމަތިކުރުވި ގޮންޖެހުންތަކާ އެކު ވެސް ސަރުކާރު ދިފާއުކުރެއްވުމުގައި ހުންނެވުމަށް ފަހު، ދުންޔާ މަގާމު ދޫކޮށްލެއްވީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރަން އުޅޭ ގޮތާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މަރުގެ އަދަބު ތަންފީޒުކުރަން ފެށުމުގެ ކުރިން ޝަރުއީ ދާއިރާގައި ހުރި މައްސަލަތަކަށް ހައްލު ހޯދަން ޖެހޭ ކަމަށް ދުންޔާ ދެކެވަޑައިގަންނަވަ އެވެ.
ދުންޔާ، މަގާމް ދޫކޮށްލެއްވިއިރު ރައީސް ޔާމީނާއި ކުރީގެ ރައީސް އަދި ދުންޔާގެ ބައްޕާފުޅު މައުމޫންއަބްދުލްގައްޔޫމާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ބޮޑުވެ، ޕާޓީ ތެރޭގައި ވަނީ ދެ ބޭފުޅުންގެ ފެކްޝަން އުފެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅޭ
01 September 2016
މިސަރުކާރާ ހިތްހަމަނުޖެހިގެން މާދަމާވެސް މިސާލަކަށް މުއިއްޒު އިސްތިއުފާދިނިއްޔޯ ހަމަ ވަގުތުން ސައިނީ ބުނާނެ ފެއިލްވެގެންނޭ އެ އިސްތިފާދިނީ، ސައިނީއަކަށް ނޭގޭ ދޯ މިސަރުކާރުގެ ގާތްގަޑަކަށް 20 މިނިސްޓަރުން މިވީ 3 އަހަރުތެރޭ އިސްތިއުފާދިންކަމެއް، ހަގީގަތަކީ މިސަރުކާރު ވެއިލްވެގެން އެ އެންމެވެސް އެ އިސްތިއުފާދެއްވަނީ.........
އަލީ
01 September 2016
ޝައިނީ ހާދަ ޝައިނީއޭ.
ސަމަރު އޮރެންޖް އަހްމަދު މަނިކް
01 September 2016
"އިތުބާރު ކުރައްވާ. އަޅުނގަޑުމެންނަށް [މިނިސްޓަރުންނަށް] ވަރަށް ބޮޑަށް އިތުބާރު ކުރައްވާ. އެހެންވީމަ އަޅުނގަޑުމެން އަޅުނގަޑުމެންގެ މަގާމުގައި ރައީސް ޔާމީން ދިފާއު ކުރުމަށްޓަކައި ލޭ އޮހޮރުވާން ވެސް މިތިބީ ތައްޔާރަށޭ،" ޝައިނީ ވިދާޅުވި އެވެ. https://sun.mv/78958 ޝައިނީ ކާރިން އަހާލަން ބޭނުން ކޮންބައެއްގެ ގައިން ލޭއޮހޮރުވާ ވާހަކައެއް ތޯ ތިޔަ ދައްކަވަނީ!
އައިއެފް
01 September 2016
ވާހަކަ ނުދައްކާ ތިމާމެންވީ ވައުދު ފުއްދަބަލާ. ކޮބާހޭ ތެޔޮވަޅު. ކޮބާހޭ މަސްވެރިންނާއި ދަނޑުވެރިންނަށް ދޭން ވައުދުވި 10،000ރ އާއި 8،000ރުފިޔާ. ޝައިނީ އެހެންބޭފުޅުންގެ ވާހަކަ ނުދައްކާ ތިމާމެން ވައުދުވި މިކަ ންތައް ކުރަންއުޅެބަލަ. ނުކުރެވެންޏާ ހަނުހުންނަވާ.
ފަޑިމަގު
01 September 2016
ދުންޏާ ގެ ޚިދުމަތް ގައުމުން ފެންނަން އެބަހުރި ދެންް ސައިނީއޯ؟
އޮއިލީ
01 September 2016
ޝައިނީ. ކޮބައިތޯ ހޯއްދެވި ތެޔޮވަޅު؟
ހޭލާ
01 September 2016
ފޭލް ވެގެން އިސްތިއުފާ ދެންޏާ ތިހުރިހާ ވަޒީރުން މިހާރު ތިބެން ޖެހޭނީ ގޭގައެވެ. ދެން އެހެން ނޫނަސް ދުނިޔެ ގަބޫލުކުރާ އާންމު އުސޫލްތަކާއި ބައިނަލް އަގުވާމީ ހަމަތަކާއި ރާއްޖޭ ބައިވެރިވެފައިވާ މުއާހަދާ ތަކާއި ޕްރޮޓޯކޯލް ތަކާ ހިލާފަށް ވެރިކަން ކުރުމުން އެކަންއެކަން ދިފާއި ކުރުމަށް އެންގުމުން އެކަން ނުކުރަން ނިންމުމަކީ ފޭލްވުން ކަމަށް ވާނަމަ، އެކަމަށް ދުންޔާ އަށް ސެލިއުޓް ނަގަން ޖެހެވެ. އެޅިހާ ބަތަކަށް ރިހަކިޔައިގެން ތިމާގެ އަމިއްލަ ޒަމީރު ގަބޫލު ނުކުރާ ކަންކަން ދިފާއުކުރުމަށް މަގާމުގެ ދަހިވެތިކަމުގައި ހުރުމުގެ ބޭނުމެއް ނެތެވެ.
އޯޕަން
01 September 2016
ދުންޔާ އިސްތިއުފާ ދިނުމުން މިސަރުކާރަށް ފޫނުބެދޭ ވަރުގެ ގެއްލުމެއް ދައްކާނެ ކަން މަމެން ޕިންކް ކުދިންނަށް ވެސް އިނގެއެވެ. އެކަމަކު އެމީހުން މިސަރުކާރު ދެކެ ލޯބިން ވަޒީފާ އަދާ ކުރި ނަމަ އެހެން އެކަން ނުވާނެއެވެ. އަމިއްލަ އެދުން އިސްކުރީމާ ވާން ޖެހޭ ގޮތަކީ އަމިއްލަ އަށް އިސްތިއުފާ ދިނުން ނުވަތަ ވަކި ކުރުން މިދެ ގޮތުން ކުރެ ކޮންމެވެސް އެއް ގޮތް އޮންނާނީ. އަދި ވެސް މިވެރިކަމުގެ ދޮރު ހުންނާނީ ދުންޔާ މެންނަށް ހުޅުވިފައެވެ.
ބަކުރުބެ
01 September 2016
ތީ އެކަމަކު ވަރަށް ދަށުދަރަޖައިގެ ކަމެއް. އިހަށްދުވަ ހަވީރުވަންދެން ތިމާޔާއެކު ކެބިނެޓުގަ އިންނެވި ވަޒީރަކާ ދިމާލަށް ތިހެން ބުނިމީހަކު، މަދަމާ ތިމާގެ އަބިމީހާ ނޫނީ މައިންބަފއިންނަށް ތިގޮތަށް އެއްޗެތި ނުކިޔާނެ ކަމަކަށް ގަބޫލު ނުކުރެވޭ. ޝައިނީ މިހާރު ވިވަނީ ސިޔާސީ ގޮތުން އޮއްޓަރު ހުރި މީހަކަށްވުރެ އޮއްޓަރެއް ނެތް މީހަކަށް.
މޭރާ ނާމް ޖޯކަރު
01 September 2016
ދުންޔާ އަށް އިނގޭ ހުސް ޖޯކަރުންނާއެކު އުޅެންޏާ އެކަމަނާވެސް ޖޯކަރަކަށް ވެދާނެކަން. އެހެންވެ އަވަހަށް އިސްތިއުފާދިނީ.