ގްރީން ބެލް ރެސްޓޯރަންޓުން އާންމުކުރި ވީޑިއޯގެ ސްކްރީންޝޮޓެއް: ފަހުން ވަނީ ވީޑިއޯ ސޯޝަލް މީޑިއާ އިން ނަގާފައި.
19 އެޕްރީލް 2019 - 23:12
ގްރީން ބެލް ރެސްޓޯރަންޓުގެ ކައުންޓަރުގައި ހުރި ފައިސާ ވަތްގަނޑު ބަޔަކު މިއަދު ވަގަށް ގެންގޮސްފި އެވެ.
ފަރީދީ މަގުން އެމްއެޗްއޭ ކުރިމަތީގައި ކަހަލަ ގޮތަކަށް ހުންނަ ރެސްޓޯރަންޓުން ވާހަކަ ދެއްކި މީހަކު މިރޭ ބުނީ، އެތަނުގެ ފައިސާ ވަތްގަނޑު ބަޔަކު ވަގަށް ގެންދިޔައީ ގާތްގަނޑަކަށް 5،000ރ. އާ އެކު ކަމަށެވެ.
ގްރީން ބެލް ރެސްޓޯރަންޓުން ވައްކަން ކުރާ މަންޒަރު ފެންނަ ސީސީ ޓީވީ ފުޓޭޖެއް ވެސް އެ ރެސްޓޯރަންޓްގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ކުރިން އާންމުކުރި އެވެ. އެކަމަކު، ފަހުން ވަނީ އެ ވީޑިއޯތައް ސޯޝަލް މީޑިއާ އިން ނަގައިފަ އެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި ވަތްގަނޑު ވަގަށް ނެގި އިރު ރެސްޓޯރަންޓުގެ އެއްވެސް މުވައްޒަފަކު ކައުންޓަރު ކައިރީގައި ނެތެވެ. އެކަމަކު، އެއީ އެތަން ހުޅުވާފައި ހުރި ވަގުތެއް ކަމަށް ބެލެވެ އެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
މާލޭގައި ފޭރުމާއި ވައްކަން މިދިޔަ ތިން މަހެއްހާ ދުވަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ބޮޑެތި އަދަދުތަކުން ފައިސާ ފޭރިފައިވާއިރު، ފުލުހުން ވަނީ އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ފޭރުނު ފައިސާ ހޯދައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮލޭ
20 April 2019
ދެންއަރާ ކިޔާ ހެންވޭރޭ... ދެން ކިޔާ އަދަދު... ކޮބާ މިކަންހިނގީމަ ތިބުނާ ކެމަރާ ފޫޓެޖް ހޯދައިގެން މީހާ ހޯދަން ކުރި މަސަައްކަތަކީ؟؟
ކޮރަލް
20 April 2019
ބޮޑެތި ކުއްކުރާ ޒުވާން ގިނަ ބަޔަކު ދަންވަރު ޖީއެން ސައިކަލް ގަ ވ ބާރައް ދުއްވާނެއެވެ. ފުލުހުންނަށް ސުވާލެއްވެސް ކޮށްލާ ކަށް ނުކެރޭނެއެވެ. ތަންތަން ކުއްޔަށް ދޭމީހުންވެސް ގޭންގްތަކަށް ނިސްބަތް ވާ ކަމަށް ޝައްކު ވާ މީހުންނަށް ތަންތަން ކުއްޔަށް ނުދިނުން ރަނގަޅު ވާނެއެވެ.
ހަސަން ނުވަވަނަ
20 April 2019
ޖަޒީރާ ރާއްޖެ އެޖެންޑާ 19 ތަފާތުވާނެ
ޖަޒީރާވައުދު
20 April 2019
ޓުވަރިސްޓެއްގެ ގަޑި އެތް ހޯދި ވަތްގަޑު ފެންނާނެބާ.
ޒިލް
20 April 2019
ޖަޒީރާ ރާއްޖޭގައި މާ ފުޅާކޮށް މިފަދަ ކަންކަން ކުރަމުންދާހެން ހީވޭ
ާައާދަމް
20 April 2019
ޢެހެންނޫންތޯ ވާނީ ކުށްކުރާ މީހުންނަށް އިސްލާމް ދީ.ނުގައި ކަނޑައަޅުއްވާފައިވާ ޙައްދުތައް ޤާއިމް ނުކުރަންޏާ. ޙައްލަކީ އިސްލާމީ ޝަރީޢަތް. ﷲ ގެ ފޮތުގައިވާ ޙުކުމުން ޙުކުމް ނުކޮށް އަމިއްލައަށް ހަދާ އުނި ޤާނޫނު ތަކާއި ދީން ޤަބޫލު ނުކުރާ މީހުން ބުނާގޮތަށް ނުވަތަ އިންސާނީ ޙައްޤުތައް ކަމަށްބުނެ، މުޖުރިމުންނާއި ކުއްވެރިން ހިމާޔަތް ކުރަން ހިތްވަރުދޭ ފަރާތްތަކުން ބުނާގޮތަށް ވަޟްޢީ ޤާނޫނުތައް ހަދައިގެން އެއަށް ތަބާވާހާ ހިނދަކު ދާނީ މުޅިތަން ފަސާދައިގެ މަގުން.
ބޮކަރުމާ
20 April 2019
ސްކެންޑެނޭވިޔާގެ ގައުމުތައް އެއީ އެންމެ ކުށްމަދު ދިރިއުޅުމުގެ ފެންވަރު އެންމެ ރަނގަޅު ގައުމުތައް.
ރޔޒ ރށދ
20 April 2019
ކުށް ކުރުން ހުއްޓުވޭނީ ހަރުކަށި އަދަބު ދީގެން ކަމަށް ގަބޫލުކުރުމަކީ ރަނގަޅު ވިސްނުމެއް ނޫން. ތިޔަ ފަދަ ހަރުކަށި ލާއިންސާނީ އަދަބު ނުދީ ކުށްކުރުން މަދުކޮށްފައިވާ ގައުމުތައްވެސް މަދެއް ނޫން.
ގޮބޮޅި
20 April 2019
ބެގް، ބޮރޯ، ސްޓީލް އާފޯނެއް ގަންނަން ބޭނުމިއްޔާ ހަދަންވާގޮތް ގަޓުރައީސް އޮތީ ކިޔައިދީފަ
އަދުގެ ހާލަތު
20 April 2019
ދެން ފަހެ އެތަނުގެ ކައުންޓަރުގައި މީހަކު ނެތުމާއި އެކު އާންމުން ވަދެ ނިކުންނަ ތަނަކަށް ވާތީ ވަތްގަނޑު ނަގާފައި ވައްކަން ކުރުމުގެ ނިޔަތުގައި ނޫންކަމަށް ވުމާއި ޖިނާއީ އިޖުރާތުގައި ބުނާ މިންގަނޑު ތަކުން ބަލާއިރު ވައްކަން ކުރިއޭ ތިޔަ ބުނާ މީހާ އަކީ ހުދު ކާފޫރެކެވެ. ވައްސަލާމް.
ހާލުގާޖައްސައިފިއޭރޮއްވައިފިއޭ
20 April 2019
މީހަކު އަޖައިބެއް ނުވާނެ؟ މި މުޖްތަމަޢުގެ ހާލާމެދު ވިސްނާ ކޮންމެ ފަހަރަކު ލޮލުން ކަރުނަ ހިލިގެންދޭ.
ހަކީމް
20 April 2019
ދިވެހި ފުލުހުންނަކީ މިހާރު ވައްކަމާ ، ފޭރުމާ ކަންކަމުގެ ހިސާބު ކިތާބު ބަލަހައްޓަ ބަޔެއް. މިއަންނަ ހަފްތާގެ ރިޕޯޓުގައި ވަތްގަނޑު އޭގެ ވެރިފާރާތުން ގެންދިޔަ ވާހަކަ ހިމެނިފައި އޮންނާނެ. ޝުކުރިއްޔާ ދިވެހި ފުލުހުން.