24 އެޕްރީލް 2019 - 14:57
ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު ފައިދާ އޭގެ ކުރީ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު 12 ޕަސެންޓް ދަށްވެފައިވާ ކަމަށް ކުންފުނިތަކުގެ ހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު ޖުމުލަ ފައިދާ އަކީ 1.1 ބިލިއަން ރުފިޔާ އެވެ. ކުރީ އަހަރުގެ ފަހު ކުއާޓާގައި ލިބުނީ 1.3 ބިލިއަން ރުފިޔާ އެވެ. މިއީ 159.6 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެންމެ ބޮޑު ގެއްލުމެއް ވީ ފެނަކަ ކޯޕަރޭޝަނަށެވެ. އެ ކުންފުންޏަށް 18 މިލިއަން ރުފިޔާގެ ގެއްލުން ވެފައި ވާއިރު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އަށް 15 މިލިއަން ރުފިޔާގެ ގެއްލުމެއްވި އެވެ. އޭއައިއޭއަށް އެހާ ބޮޑު ގެއްލުމެއް ވީ އިދާރީ ހަރަދުތައް ބޮޑުވުމުގެ ސަބަބުންނެވެ.
މި މުއްދަތުގައި ހައުސިން ޑިވެޕޮލްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވިސް ޓޫރިޒަމް ޑިވެޕޮލްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާއި ސްޓޭޓް ސްޓޭޓް އޮގަނައިޒޭޝަން (އެސްޓީއޯ) އާއި ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެންކޯ) އިން ލިބުނު ފައިދާ ވަނީ އިތުރުވެފަ އެވެ.
- އެމްއޭސީއެލް: 360 މިލިއަން ރުފިޔާ
- ބީއެމްއެލް: 276 މިލިއަން ރުފިޔާ
- ދިރާގު: 234 މިލިއަން ރުފިޔާ
- އެމްޑަބްލިއުއެސްސީ: 176 މިލިއަން ރުފިޔާ
މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ލިބުނު ފައިދާ އެންމެ ބޮޑަށް ދަށަށް ދިޔަ ކުންފުނިތަކުގެ ތެރޭގައި އެމްޓީސީސީ ހިމެނެ އެވެ. އެގޮތުން އޭގެ ކުރީ އަހަރާ އަޅާބަލާ އިރު އެމްޓީސީސީގެ ފައިދާ ވަނީ 94 މިލިއަން ރުފިޔާ ދަށަށް ގޮސްފަ އެވެ.
ކުންފުނިތަކަށް ލިބުނު ޖުމުލަ ފައިދާ 12 ޕަސެންޓު ދަށްވި ނަމަވެސް ލިބުނު އާމްދަނީ 15 ޕަސެންޓު އިތުރުވެފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން 7.55 ބިލިއަންގެ އާމްދަނީ ވަނީ ލިބިފަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެސްޓީއޯއަށެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރާ ހަމަޔަށް އެ ކުންފުންޏަށް 2.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ދެ ވަނަ އަށް އެންމެ ބޮޑު އާމްދަނީ ލިބުނު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އަށް ލިބިފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ. އެމްއޭސީލަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ތެޔޮ ވިއްކައިގެންނެވެ.
މީގެ އިތުރުން ބީއެމްއެލާއި ދިރާގާއި އައިލެންޑް އޭވިއޭޝަނާއި ސްޓެލްކޯ އާއި އެމްޑައިބްލިއުއެސްސީ އާއި އެމްޓީޓީސީގެ އިތުރުން ފެނަކަ ފަދަ ކުންފުނިތަކުން ވަނީ 200 މިލިއަން ރުފިޔާގެ އާމްދަނީއެއް ހަތަރު ވަނަ ކުއާޓަރުގައި ހޯދައިފަ އެވެ.
މި ކުންފުނިތަކުގެ ތެރެއިން ބީއެމްއެލާއި އެމްޓީސީސީންގެ އާމްދަނީ ވަނީ ހަތަރު ވަނަ ކުއާޓަރުގައި ދަށަށް ގޮސްފަ އެވެ. އެގޮތުން 2017 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރާ އަޅާބަލާ އިރު އެމްޓީސީސީގެ އާމްދަނީ ފަސް ޕަސެންޓު ދަށަށް ދިޔަ އިރު މީގެ އެންމެ ބޮޑު ސަބަބކީ ދަތުރުފަތުރުންނާއި ކޮންޓްރެކްޓް މަސައްކަތްތަކުން އެ ކުންފުންޏަށް ލިބުނު އާމްދަނީ ދަށަށްވުމެވެ.
ވެމްކޯ ވަނީ އެންމެ ބޮޑަށް އާމްދަނީ އިތުރުވި ކުންފުނިތަކުގެ އެންމެ ކުރީގަ އެވެ. އެ ކުންފުނިން ވަނީ 44 ޕަސެންޓުގެ ކުރިއެރުމެއް ހޯދައިފަ އެވެ. މީގެ އިތުރުން އެމްޑަބްލިއުއެސްސީން 43 ޕަސެންޓުގެ ކުރިއެރުމެއް ހޯދި އިރު އޭއައިއޭ އިން ވަނީ 26 ޕަސެންޓުގެ ކުރިއެރުމެއް ހޯދައިފަ އެވެ. ސްޓެލްކޯއިން 12 ޕަސެންޓުގެ ކުރިއެރުމެއް ހޯދި އިރު އެޗްޑީއެފްސީން ވަނީ 13 ޕަސެންޓުގެ ކުރިއެރުމެއް ހޯދައިފަ އެވެ.
އެންމެ ބޮޑަށް އާމްދަނީ ދަށަށް ގޮސްފައިވަނީ މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) އާއި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ އިތުރުން ސްޕޯޓްސް ކޯޕަރޭޝަނުގަ އެވެ.
މި ކުންފުނިތަކުގެ ތެރެއިން އެމްއައިޓީޑީސީގެ އާމްދަނީ 100 ޕަސެންޓް ދަށަށް ދިޔަ އިރު ސްޕޯޓްސް ކޯޕަރޭޝަންގެ އާމްދަނީ ވަނީ 67 ޕަސެންޓު ދަށަށް ގޮސްފަ އެވެ. އެމްއެމްޕީއާރްސީގެ އާމްދަނީ 50 ޕަސެންޓު ދަށްވި އިރު އެމްސީއައިއެފްގެ އާމްދަނީ ވަނީ 35 ޕަސެންޓު ދަށްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާޔާ
25 April 2019
މިދިޔަ އަހަރު ފަހު ކުއާޓާ ގަ ރުފިޔާހީދަން ނޫޅެ ޔާމީނަށް ކެމްޕޭން ކުރަން އުޅުމުގެ ނަތީޖާ.
އައިޝަތު ޖެނިފަރ
24 April 2019
މިއަހަރުގެ ފުރަތަމަ ކުއާރޓަރުގައި އައިލެންޑު އޭވިއޭޝަންގެ ފައިދާ ވަރަށް ދައްވާނެ، ރައިސް އިބޫގެ ވައުދު ފުއްދަން ޓިކެޓު ފެއަރ 20-30 % ކުޑަކޮށްފަ. އެވަރަށް ކުޑަކުރީ ސަބުސިޑީ ދޭނެކަމަށް ސަރުކާރުން ޔަގީންކަން ދިނުމުން . އެހެންނަމަވެސް ސަރުކާރުން އެއްވެސް ސަބުސިޑީއެއް ނުދިން. ތިބޭފުޅުން ނިކަން ވިސްނަވާ ބައްލަވާ ކިހިނެއް އައްޑުއަށް 899 ޓިކެޓު ވިއްކާނީ، ސްޕީޑު ލޯންޗެއް ބަޑޮހަށްވެސް އެއަގުގައި ނުދާނެ. ދެން މިހާރު މަންތާވެސް ފެށީ،ވަރަށް ބިރުން މިހުންނަނީ
ޖެކް
24 April 2019
އަބަދުވެސް އެމް.ޑީ.ޕީ ވެރިކަން ކުރާއިރު ވާގޮތެއް ތޯއްޗެއް!
ސާޔާ
25 April 2019
ޖެކްބުނަންތަ. މިދިޔަ އަހަރުގެ ފަހުކުއާޓާގަ އުޅުނީ ޔަމީނަށް ކެމްޕޭން ކުރަން. ފައިދާހޯދާކަށް ނޫން
ހަމްދަރުދީ
24 April 2019
ވޭތުވެދިޔަސަރުކާރުން ކުންފުނިތައް ވަނީ ކޮޅައްޖާހާދީފަ 2008 ގެ ފަހުން އެމްޓީސީސީ އިދަޖައްސާލި ހަދާންއަދިވެސްއެބަހުރި މިސަރުކާރުން ތިކުންފުނިތަކައް ހަމަޖެއްސި އެމްޑީން ހެދީ ހުސްދޮގުކަން މިރިޕޯޓުންވެސް ހާމަވެއްޖެ ނަސީދުގެ އެޖެންޓު އަދީބު ފަނިނުހެދިނަމަ ދިވެހިގައުމު ވަރައްކުރިއައްޖައްސާލިސް ..އަދީބު ހެދި ފަނި ޖޭޕީ ދުރުކުރުން މައުމޫނު ދުރުކުރުން އެމްއެމްޕީއާރުސީ ދަވާލުން ބިންމިލްކުކުރަން ގާނޫނު ހެދުން ފިނިފެންމާގޮއްވާލުން.
ސަޔާ
25 April 2019
މިދިޔަ އަހަރުގެ ފަހު ކުއާޓާގަ އުޅުނީ ޔާމީނަށް ކެމްޕޭން ކުރަން.
ކކތ
24 April 2019
ދެންވާނީ ބަނގުރޫޓު