ސުއޫދު: އޭނާގެ މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލަން ނިންމާފައި
24 އެޕްރީލް 2019 - 21:53
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބަޔާން ނެގީ، ފަނޑިޔާރުގެ އިސްލާހުކުރަން ވާހަކަ ދައްކާ ފަރާތްތަކަށް ބިރު ދައްކަން ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ.
ސުޕްރީމް ކޯޓަށް މިއަދު ސުއޫދު ހާޒިރުކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ޓީވީ ޕްރޮގްރާމްގައި ސުއޫދު ދެއްކެވީ ފަނޑިޔާރުގެއިން އިންސާފު ނުލިބޭތީ ރާއްޖޭގެ ގިނަ މީހުންނާއި ބޭރުގެ ފަރާތްތަކުން ވެސް ދައްކާ ވާހަކަތައް ކަމަށެވެ. އަދި އެ ވާހަކަތައް އޭނާ ދެއްކެވީ، ފަނޑިޔާރުގޭގައި ހުރި މައްސަލަތަކާއި ސާބިތުވާން ހުރި މައްސަލަތަކުގެ މައްޗަށް ތެދުނިޔަތުގައި ކަމަށް ބުންޏެވެ.
އެހެންވެ. ގާނޫނު އަސާސީގައި ކުށެއް ކަމަށް ބަޔާން ނުވާ ކަންކަމުގައި ސުޕްރީމް ކޯޓަށް ހާޒިރުކޮށް މައްސަލަ ބަލަން ފެށުމަކީ، ފަނޑިޔާރުގެ އިސްލާހު ކުރަން ވާހަކަ ދައްކާ ފަރާތްތަކަށް ބިރު ދެއްކުމަށް ކުރި ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ގެ ޕްރޮގްރާމްގައި ސުއޫދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިތުބާރު ނެތް ކަމަށާއި އެ ހުރިހާ ބޭފުޅުން މަގާމުން ދުރުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީން ބުނިގޮތުގައި ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމާއި ފަނޑިޔާރުގެއާ މެދު ކަންބޮޑުވުން ފާޅުކޮށް، ގިނަ ދިވެހިންނާއި ބޭރުގެ ފަރާތްތަކުން ދަނީ އެތަން އިސްލާހު ކުރުމަށް ގޮވާލަމުންނެވެ. އެގޮތުން ފަނޑިޔާރުންނާއި ވަކީލުންނާ ބެހޭ އދ. ގެ ހާއްސަ މުޝީރު ވެސް ރާއްޖެ ވަޑައިގެން، ވަކީލުން ސަސްޕެންޑް ކުރާ މައްސަލަ އާއި ޝަރުއީ ނިޒާމު އޮތްގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
ސުއޫދު މިއަދު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުން އަންނަ ޑީޖޭއޭ އަށް އޭނާ ހާޒިރުކޮށް، އެ ވާހަކަތައް ދެއްކެވީ ކޮން މަގުސަދެއް ހާސިލް ކުރަންތޯ އެތަނުން އެއްސެވެ. އޭނާއާ ސުވާލު ކުރެއްވީ ޑީޖޭއޭ އާއި ސުޕްރީމް ކޯޓުގެ އިސް ބައެއް ބޭފުޅުން ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ދެންނެވިން މަގުސަދެއް ނެތޭ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމޭ ބޭނުންކުރީ. އެއީ އަޅުގަނޑު އަމިއްލަ ހައިސިއްޔަތުން ދެއްކި ވާހަކައެއް ކަން ފާހަގަކުރީ،" ސުއޫދު ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ޝަރުއީ ދާއިރާގެ އެކި ކަންކަމަށް ފާޑު ވިދާޅުވެގެން ސުއޫދާއި އެހެން ބައެއް ވަކީލުން ސުޕްރީމް ކޯޓުން ވަނީ ސަސްޕެންޑްކޮށް، އެ ވަކީލުންގެ މައްސަލަ ބަލައިފަ އެވެ. އެކަމަކު، ފަހުން، އެ ހުރިހާ ވަކީލުންނަށް ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ފުރުސަތު ސުޕްރީމް ކޯޓުން ވަނީ ދީފަ އެވެ. އެކަމަކު ސުއޫދު އަދިވެސް ހުންނެވީ ސަސްޕެންޝަނުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
25 April 2019
ސޫޢޫދު ވާންވީ އުއްތަމަ ފަނޑިޔާރަށް. އެއިރުން 3 ބާރު އެއްވެ. ނުލިބި އުޅު އިންސާފު ލިބުނީ
ޝޮކްތެރަޕީ
25 April 2019
މީ މިޤައުމުދެކެ ލޯވިނުވާމީހެ. މީނާގެ ވާހަކަތަ ބަލާ.
ަަައަލިފުޅު
25 April 2019
މީނަ މިއުޅެނީ ، ސުޕަސްޓަރ އަކަށް ވާންދޯ ، އިތުރު ސްޕްރީމް ކޯޓެއް ހަދާފަނަމަވެސް މީނަ އަށް ދޭންވި ނު އުއްތަމަ ފަޑިޔާރުކަން ، ކަމަކާހެދި މޮޔަވިޔަސް މީ ބޮޑުވަރެއް ، މީނަޔަށް އެކަނިތަ ގާނޫނުގަ ހުރި އެއްޗެއް އިގެނީ، މީނަ މީ މީޑިއާ ލަށްވާ އަމިއްލަ ޔަށް މާކެޓުވާން އުޅޭމީހެއް ،
އީދުކަޅުބެ
25 April 2019
ކޮއިފުޅުމެންނޭ ދެން މި 5 އަހަރު ނިމެންދެން މައިތިރިވޭ. އަހަރުމެން ތިބިން 7 އަހަރު ވަންދެން ހޭވި ހަޑި ބަލަން. މިހާރު މިއުޅެނީ އެހުރިހާ ތަންތަން ސާފުކުރަންވެގެން. އޭރުން ދޮންކަލޯމެންވެސް ހެވިފަތިބޭތަން ފެންނާނެއެވެ.
ހުސްނު
25 April 2019
ސުޢޫދުގެވާހަކަ ރަނގަޅު އެއީކުއްނުކުރާމީހާއައްއަދަބުލިބޭ ކުއްކުރިމީހާ އަމިއްލައިޢުތިރާފުންނާއި އަދިއެހެނިހެންގޮތްގޮތުން ސާބިތުވެ ތޭރައަނހަރައްޖަލައްޙުކުމްކުރީމާ އަނެއްދުވަހުއެހުންނަނީ ހުދުފޮތިކޮޅަކައްވެފާ މިއީއިންސާފެުލިބުމެއްނޫން މިކޮމެންޓުޖަހާލަދެއްޗޭ
ޢިސްލާޙްކުރޭ
25 April 2019
ކަލޭމެނޮނަށް ނުފޫޒު ފޯރުވޭ ތަނަކަށް މިހާރުއޮތް ހަމައެކަނި ތަނަކީ ފަޑިޔާރުގެ ކަމަހވާތީ އެތަން އިސްލާޙްކުރާވާހަކަދެްކުމުން ހާދަވަރަކަށް ތިޔަތެޅިފޮޅެނީ.
2019
25 April 2019
ބަރާބަރު! ތީ ސަތޭކައިގެ ވާހަކައެއް!
ކަނބިލި
25 April 2019
މިއޮތީ 3 ވަނަ ބާރު އެއް ޕާޓީ އެއްގެ މުށުތެރެއަށް ލުމުގެ މަސައްކަތް ފެށިފައި. ކެނެރީގޭ ނަޝީދުގެ ޚުދުމުޚުތާރު ވެރިކަން އަށަގެންނެވުމުގެ ހުވަފެން ހަގީގަތަކަށް ވަނީ. ރައްޔިތުން ސަމާލުވޭ!
ނެގުނުކަތީބު
25 April 2019
ހަސަނާ ކޮއިފުޅާ "އަސަރެއް ކުރޭދޯ؟ ދެން މި ފަސް އަހަރު ކެތްކޮއްލާ!" ތިހެން ބުނެ ބޮޑާނުވޭ! މާ ބާރުގަދަ މާ އޯގާވެރި ފަރާތެއްވޭ.
ނެގުނުކަތީބު
25 April 2019
މިއޭ މައްސަލައަކީ! އެމްޑީޕީއަށް މުޅި ގައުމު ހިބަޔަކަށް ނުވާނަމަ އެއްކަމެއްވެސް ރަނގަޅެއް ނުވާނެ! ވަކިބަޔަކު ގާނޫނުގެ މަތީގަ ތިބެވޭގޮތެއް އޮންނަކަމެއް ނޭންގޭ! މިހާރުވާންވީގޮތަކީ ތިން ބާރު ލިޔުމުން އޮންނަންޖެހެނީ ވަކިވެފަ، އެކަމަކު އޮންނަންޖެހެނީ އެކެއްގެ އަތުގަ؟
ޟަރިޔާ
25 April 2019
މީ މައިތިރި ކުރަންޖެހޭ މީހެއް.
ރަސްޓީ
25 April 2019
ޝަރިޔާގެ ކޮމެންޓުން ބޮޑައް ބެލެވެނީ އިންޒާރެއް ކަމަށް.! ނިޡާމުން ގެެއްލުވާ ނުލައްޗޭ!