ޚަބަރު / ރާއްޖެ-ލަންކާ

ލަންކާގައި ހައްޔަރުކުރި 4 ދިވެއްސަކު އުޅޭ ގެއިން މަސްތުވާތަކެތި ފެނުނު

ކޮލަމްބޯގެ ސެއިންޓް އެންތަނީސް ފައްޅި ކައިރީ ސިފައިން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

27 އެޕްރީލް 2019 - 13:30

23 comments

ސްރީ ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ހަ ދިވެހިންގެ ތެރެއިން ހަތަރު މީހަކު ދިރިއުޅޭ ގެ ބަލައި ފާސް ކުރި އިރު، މަސްތުވާތަކެތި ވެސް ފެނުނު ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ސްރީ ލަންކާގައި އާދިއްތަ ދުވަހު ބަޔަކު ދިން ބޮމުގެ ހަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު ސަލާމަތީ ބާރުތަކުން އަންނަނީ ގެތައް ފާސް ކުރުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.

އެނގިފައިވާ ގޮތުގައި މަސްތުވާތަކެތި ފެނުނީ ދިވެހި ދަރިވަރުންތަކެއް ދިރިއުޅޭ ގެއަކުންނެވެ. އެގެއިން މަސްތުވާތަކެއްޗާއެކު އެއާ ގަން އެއް ވެސް ވަނީ ފެނިފަ އެވެ. ދިވެހިން އުޅޭ ގެއިން ފެނުނު އެ ތަކެތި އަދިވެސް ހުރީ ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އެނގިފައިވެ އެވެ.

މި މައްސަލައިގައި ފުލުހުން ވަނީ އެ ހަތަރު މީހުންނާ ސުވާލުކޮށް ބަޔާނެއް ވެސް ނަގައިފަ އެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރާނެ އެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި ފޮތެއް ގެއެއްގެ ތެރެއިން ފެނުނު މައްސަލައެއްގައި ދެ ދިވެއްސަކު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެނގިފައިވާ ގޮތުގައި، އެ ދެ މީހުން ހައްޔަރުކުރީ މާލެ އިން ޑޮކްޓަރަށް ދެއްކުމަށް ލަންކާ އަށް ދިޔަތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. މި ދެ މީހުން ވެސް ކޯޓަށް ހާޒިރުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހަ ދިވެއްސަކު ތިބި ކަން ފޮރިން މިނިސްޓްރީން ކަށަވަރުކޮށްދެ އެވެ.

އެކަމަކު، އެމީހުންގެ އިތުރު އެއްވެސް މައުލޫމާތެއް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ. މި ހަ މީހުންނާ ބޮމުގެ ހަމަލާތަކާ ގުޅުން އޮތް ކަމަށް ތުހުމަތު ނުކުރާ ކަމަށްވެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ އާއިލާތަކަށް އެމްބަސީން ގުޅައި ދެވެން އޮތް މައުލޫމާތެއް ނަމަ، ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

23 ކޮމެންޓް, 100 ރިއެކްޝަންސް

icon happy icon happy 49%
icon sad icon sad 34%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަނީ

28 April 2019

"އެގެއިން މަސްތުވާތަކެއްޗާއެކު އެއާ ގަން އެއް ވެސް ވަނީ ފެނިފަ އެވެ. ދިވެހިން އުޅޭ ގެއިން ފެނުނު އެ ތަކެތި އަދިވެސް ހުރީ ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އެނގިފައިވެ އެވެ." - އެ ތަކެތި އެމީހުންނަށް އަނބުރާ ދޭން ޖެހޭނެ ކަމަށްތޯ ދެކެނީ؟؟ ލޮލް. ޓޫ ފަނީ އަ ސްޓޭޓްމަންޓު

The name is already taken The name is available. Register?

ފުންނަ

28 April 2019

ތި ބޮންގޮއްވި ބަޔަކު އެކަން ކުރި އަސްލު މަޤްޞަަދަކީ ކޮބާކަމެއް އަދިވެސް އަލުގަނޑަށް ސާފުނުވާތީ، އެކަން އެގޭބޭފުޅަކު ގެ ޖަވާބެއްލިބިދާނެތޯ. އެކަން ކުރިބަޔަކު އެބޭނުން ވެގެއް އުޅެނީ ކޮއްޗެއްތޯ.

The name is already taken The name is available. Register?

ދޮންބެއްޔާ

28 April 2019

"އެނގިފައިވާ ގޮތުގައި މަސްތުވާތަކެތި ފެނުނީ ދިވެހި ދަރިވަރުންތަކެއް ދިރިއުޅޭ ގެއަކުންނެވެ" ބެލެނިވެރިންނޭ އަދިވެސް ހޭއަރާކަށް ނުވޭތޯ؟ ދަރިވަރުން ބޭރު ޤައުމުތަކަށް ކިޔަވަން ފޮނުވިޔަކަސް އަދި ނުނިމޭ. ގާތުން ވަރަށް ބޮޑަށް ފާރަވެރި ވާންޖެހޭނެ. ނޫންނަމަ އަތްނުފޯރާ ހިސާބަށް ކަންކަން ހިނގައިދާނެ. ކަންކަން ތިލަވެ މީހުންނާ ހަމަޔަށް އަޑުތައް އަންނާނީ ވާނެ ހަތަރެއްޗެއްވެ ނިމޭފަހުން

The name is already taken The name is available. Register?

ވަާނުވާ

28 April 2019

މީ ދޮގު ހަބަރެއް

The name is already taken The name is available. Register?

ނިޒާމު

28 April 2019

ޟމިމީހުނާއި ހުރެ ލަންކާއައްވެސް އެރެންނެއް ދިވެހިންނޭކިޔައިގެން ކީކޭބުނާނީ ފިސްތޯލައާއި އައިއެސް ފޮތާއި ޑްރަގާއި ކޮޓައރތެރޭން މީ ކިޔާ ކުދިން އުޅޭގޮތްބާ ތިމީހުން ނާ ރަނގަޅައް ސުވާލުކޮށް ތިޔަމީހުންގެ ފޯނާި ލެޕްޓޮޕްފަދަ ތަކެތިވެސް ޗެކްކުރަން ފެނޭ ތިޔަމީހުނާ ހުރެ މުޅި ގައުމައް ހުތުރުނަން އަދިކޮބާތޯ އެތާ ނައްގޮސް ސަލަންޖަހާ ދިވެހިންވެސް އަދި ހަށިވިއްކާ ދިވެވިން އުޅޭވާހަކަވެސް އެހާމެ މަސްސޫރު މިހަމަ ކިޔަވީބާ

The name is already taken The name is available. Register?

ޅަބޭ

27 April 2019

ހެހެހެހެހ.... ތެދެއްމެ. ކަނބުރު ގެއައް ވަނިއްޔާ އަޅިބުރާނެ. މުސްކުޅިން ބުނެއުޅެ ހަރުބަހެއް.

The name is already taken The name is available. Register?

ޙިނި

27 April 2019

ޖިހާދީ ހައްދުފަހަނަ އަޅައިފައިވާ މުސްލިމުންގެ ސަބަބުން ލަންކާވެސް ހަލާކުވީ.

The name is already taken The name is available. Register?

1828

27 April 2019

ދިވެހިންގޮސް މުޅި ލަންކާ ހަލާކުކޮށްފި.

The name is already taken The name is available. Register?

zifleen

27 April 2019

ބްރޯ. މަސްތުވާތަކެއްޗެއް ނުފެނޭ! ކެމަލް ހާޑް ފޮށްޓެއް ފެނުނީ. އެއާ ގަން އެކޭ ބުނާއިރު ޓޯއީ އެއާ ގަން އެއް ފެނުނީ ވެސް. އެމީހުން ތިބީ ހައްޔަރު ކޮށްފައެއް ނޫން. ރިސްކެއްގައި ތިބީމަ ހައި ސެކިއުރިޓީ ތަނެއްގަ ތިބީ ބައިތިއްބާފަ. އެމްބަސީން ހަވާލުވާން އަންނަންދެން. ގެޓް ޔޯ ފެކްޓްސް ރައިޓް!

The name is already taken The name is available. Register?

މިއޫލް

27 April 2019

ކަލޭތީ އޭގެ މީހެއްދޯ!

The name is already taken The name is available. Register?

ބުރޯބުރ

27 April 2019

ލަންކާ ސިފައިންނަކީ ދުވަހަކުވެސް ބަޑިއެއްފެނުނު ބަޔެއްނޫން

The name is already taken The name is available. Register?

ޙުސް

27 April 2019

ތިމީހުންގެ ފޯނާ ކޮންޕިއުޓަރުތައް ޗަކުކުރުން މުހިއްމު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454