ލަންކާ މީހަކު މޫނު ބުރުގާ އަޅައިގެން: ބުރުގާގެ މައްސަލަ ވަނީ އެ ގައުމުގައި ބޮޑުވެފައި.
30 އެޕްރީލް 2019 - 19:25
ބުރުގާ އެޅުމާ ބެހޭ ގޮތުން ސްރީ ލަންކާގައި އަމަލުކުރަން ފެށި އުސޫލު ގިނަ ބަޔަކަށް އޮޅިފައިވާ ކަމަށާއި އާދައިގެ ބުރުގާ އެޅުން މަނާ ނުވާ ކަމަށް ލަންކާގެ މިނިސްޓަ އޮފް އިކޮނޮމިކް އެންޑް ޑިސްޓްރިބިއުޝަން ހަރްޝާ ޑި ސިލްވާ ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮމުގެ ހަމަލާތަކާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި އަމަލުކުރަން ފެށި އުސޫލުގައި "މުޅި މޫނު" ކަމަށް ބުނެފައިވަނީ ކަންފަތް ވެސް ފޮރުވޭ ގޮތަށް މޫނު ނިވާކުރުމަށް ކަމަށެވެ. އޭނާ ކުރެއްވި ޓްވީޓްތަކުގައި އިޝާރާތް ކުރައްވާފައިވަނީ، މޫނާއި ކަންފަތް ވެސް ފޮރުވޭ ގޮތަށް ބުރުގާ އެޅުން މަނާވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މަނާ ވާނީ މޫނުބުރުގާ (ބުރުގާ އާއި ނިގާބް) ކަމަށާއި "ހިޖާބް" ހުއްދަވާނެ ކަމަށެވެ.
Re the confusion on the #SriLanka ban on clothing concealing the ‘full face’; the definition of ‘full face’ is ‘whole face of a person including the ears’. This means the hijab is not banned. Persons can wear the hijab. What is banned is the burqa and the niqab. pic.twitter.com/r9nLbEV9NI
— Harsha de Silva (@HarshadeSilvaMP) April 30, 2019
އޭނާ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ބުރުގާގެ މައްސަލާގައި މިނިސްޓަ އޮފް މުސްލިމް އެފެއާޒް ހަލީމްއާ ވާހަކަ ދައްކަވާފައިވާ ކަމަށާއި ހިޖާބު ހުއްދަ ކަމަށް އޭނާ ވިދާޅުވި ކަމަށެވެ. އަދި މިކަން ސާފުކޮށްދިނުމަށް ބަޔާނެއް ނެރުމަށް އެދިވަޑައިގެންފައި ވާނެ ކަމަށް ވިދާޅުވި އެވެ.
މޫނު ނިވާކޮށްގެން އާންމު ތަންތަނުގައި އުޅުން މަނާކޮށްފައި މި ވަނީ ފައްޅިތަކާއި ހޮޓާތަކަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހުގަ އެވެ. ހަމަލާތަކުގައި 260 އަށް ވުރެ ގިނަ މީހުން މަރުވި އިރު އެކަމުގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ އުފުލައިފަ އެވެ. އެ ޖަމާއަތާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ އެތައް ބަޔަކު ލަންކާ އިން ވަނީ ހައްޔަރުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިއެސް އައިއެސް
01 May 2019
ބެކްޕެކް އަޅައިގެން ބިން ގޮއްވީމަވެސް މަނާވީ ބުރުގާ އެޅުން ދޯ؟؟؟ ހާދަ ގަމާރު ކަމެކޭ ތިކުރީ. ބުރުގާ އެޅުން ކިތައްމެ ވަރަކަށް މަނާކުރިޔަސް އަހަރުމެންނަށް ހެޔޮ. އަހަރުމެންނަށް މުހިންމީ ބެކްޕެކް،
ކުޑަމަނިކު
01 May 2019
ލަންކާ މީހުން ކަންފަތާއި އަޅައިގަނެގެން މިއުޅެނީ ކީއްވެބާ! އެމީހުން މާ ބަލާހިތްވާ ތަނަކީ ތޯއްޗެ..
އަލީ އަހުމަދު
02 May 2019
ހަމަ ދީނަށް ފުރައްސާރަ ކޮއްލާނެ ގޮތެއް ނުފެނިފައި އެ ހުންނަނީ.
މޯޑުސް
01 May 2019
ބަލަން ހުތުރު މީހުން ތިބެން ޖެހޭނީ މޫނު ނިވާ ކޮއްގެން . އަދި ފަލަ ގެރިހެން ހީވަންޏާ ރަގަޅުވާނެ ލަކުޑި ފޮއްޓަކަށް އެރި އޮއްނަން
މަރީން
01 May 2019
ދެން އަހަރުން މިއަޅަނީ ކޮންދަރަޖައެއްގެ އެއްޗެކޯ..މުޅި މޫނު ނުފޮރުވިޔަސް އަހަރުން އަޅާއެތިން މޭމަތި ފޮރުވޭނެ، ކަންފަތްވެސް. އެހެންވީމަ އެނުފެތެ ތީން އެކައްޗަކަށްވެސް. މަހިތުން މަމިއޮތްހާ ދުވަހު އެޅީ ބުރުގާ.
ރިނީ
01 May 2019
ބުރްގާ އަސްލުކިޔަނީ ލޯވެސް ނުފެންނަގޮތަށް ލާ ހެދުމަށް. އެބަސް މިއޮތީ މިހާރު ރާއްޖޭގަ ބުރުގާޔަށްވެފަ. އަދި ނިސްބަތް ކުރަނީވެސް ދިވެހިން އަޅާގޮތަށް.
އައްޕެ
01 May 2019
ހިޖާބު ނިގާބު ބުރުގާ ގެ ތަާތު ކިޔައިދީބަލަ؟
ޒަވިޔަނި.
01 May 2019
ޓްވީޓް ބަލާލާ!
ކޮތަރު
01 May 2019
ރަގަޅުދެން. ދިވެހިންނަކީ ނިކަން ފާޑަކަށް ބުރުގާ އަޅާބައެއް. (ނަމެއްގަ)
ޝަރަޙަ
30 April 2019
ރަގަޅު ދިވެހިން ބުރުޤާ ކިޔަނީ ފޮޓޯގައި އެވާ “ހިޖާބަށް”، ފޮޓޯގައި އެބުނާ “ބުރްޤާ” އަކީ މުޅި މޫނު ނިވާކުރުން ލޯވެސް ނުފެންނަ ގޮތަށް. ފޮޓޯގައި އެވާ “ނިޤާބް” އަކީ މުޅި މޫނު ނިވާކުރުން އެކަމަކު ލޯ ފެންނަ ގޮތަށް.