ސުޕްރީމް ކޯޓުގެ 10 ވަނަ އަހަރީ ދުވަހުގެ ކޭކު، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އިސްވެ ފަޅުއްވާއިރު، އެ ކޯޓުގެ އެހެން ފަނޑިޔާރުން އެމަނިކުފާނުގެ އަރިހުގައި.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
30 އެޕްރީލް 2019 - 20:48
ޝަރުއީ ދާއިރާއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި އެ ދާއިރާގެ މިނިވަންކަން ކަށަވަރު ކުރުމުގެ މަގު ޗާޓެއް ސުޕްރީމް ކޯޓުން އެކުލަވާލައި، މާދަމާ އިއުލާން ކުރަން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުން މިއަހަރު ވަނީ ޖުޑިޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް ކޮންފަރެންސެއް ބާއްވައި، ޝަރުއީ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުން އެކި ފަރާތްތަކުގެ ޚިޔާލު ހޯދައިފަ އެވެ. އެގޮތުން ފަނޑިޔާރުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ބަންޑާރަ ނައިބުގެ އޮފީހުގެ އިތުރުން ވަކީލުންގެ ޚިޔާލު ވެސް އެ ކޮންފަރެންސްގައި ހޯދި އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނިގޮތުގައި ޖުޑިޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް ރޯޑް މެޕް އިއުލާން ކުރާނީ މާދަމާ ރޭ ބާއްވާ ރަސްމިއްޔާތެއްގަ އެވެ.
ޝަރުއީ ދާއިރާއަށް ގެންނަންޖެހޭ އިސްލާހުތަކުގެ ރޯޑް މެޕެއް އިއުލާން ކުރާއިރު، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް އެމްޑީޕީން ނެރުނު އެޖެންޑާ 19 ގައި ވެސް ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިއިންދަ
01 May 2019
ކޮންކަމެއް ގޯސް ވެގެން ރަނގަޅުކުރަން ތަ! ހީ ހީ ހަލަާކު !
ޢަލީ ދިއްދޫ
01 May 2019
މަޖިލިހުން ނޫންގޮތަކަށް ޖުޑިޝަރީ އިސްލާހެއް ނުވާނެ ތިބޭފުޅުން ތިއުޅުއްވަނީ އެކަން ކުރަން ހުރަސް އެޅުއްވުމަށް
ޖުހާ
01 May 2019
މިހުރިހާދުވަހެއް ވީއިރު ނުކުރެވުނު ކަމެއް ކުރުވަން ތިއުޅުއްވަނީ ކިހިނެއް ވީތޯ. މަޑުމަޑުން ގޭގަތިއްބަވާ. ރައްޔިތުންގެ މަންދޫބުން ތިކަމާ އުޅުއްވާނެ.
ގޮބޮޅިއަލީ
01 May 2019
ދިވެހިރާއްޖޭގެ ކޯޓުތަކުގައި މިހާރުތިބި ފަނޑިޔާރުން ބައިތިއްބައިގެން ކޯޓުތަކުގެ އެއްވެސްކަމެއް އިސްލާހުވެދާނެކަމަށް ގަބޫލެއް ނުކުރަން
ޕުރާގް
01 May 2019
މިހާރު ތިކަންކުރަން ވަގުތު ފާއިތުވެއްޖެ އެޖެންޑާ 19 ގަޑަގަޑަ އަރާހަމަކުރަނީ
ނާޑުވާ
01 May 2019
ހޯހޯ ކަލޭމެން ދެން ތިކަމާ އުޅޭނެކަމެއް ނެތް. ތިކަން ކުރަން ބަޔަކު މަޖިލީހަށް ހޮވައިފިން. އެމީހުން ތިކަން ކޮއްލާނެ. މަޤާމުގެ ދަހިވެތިކަމުގަ ތެޅިގަނެގެން ތިޔަހެން އުޅުނަސް ރައްޔިތުން މިހާރު އިތުބާރުކުރާ ބައެއް ނޫން ތިތާގަ ތިބީކީ.
ކޮމިތީ
01 May 2019
ކޮމިތީއެއް ހަދާ އވަހަށް
ޔާމީނު
01 May 2019
ކަލޭމެން ފަސް ފަނޑިޔާރުންނަށް ދިވެހިން އިތުބާރު ކުރަންޖެހޭ ސަބަބެއް ބުނެބަލަ
މަހަށްދަގަ.
01 May 2019
ތިޔަ ތަނުން ފެއްސިގެން ގެއަށް ނިކުމެގެންދާނެ މަގު އަންގައިދޭ ޗާޓުކަމަށް ބަލާ ތިޔަ ކުރެހީ.. މަގު ޗާޓު ހަދައިގެން ބަގުޑި ބައްދައިގެން ތިބިޔަކަ ނުދޭނަން..
އެޑަމް
01 May 2019
ބަލަ އަނެއްކާ މަގުޗާޓު ހައްދަވަނީވެސްތބޭފުޅުންތޯ? ތިބޭފުޅުން ކާލާމަންނަޔައް ބުނަމުންއައި ހުކުމްތައް ކަމުނުދާތީ ރައްޔިތުންބޭނުނުވަނީ ތިބޭފުޅުން އިސްލާހުކޮއް ތިބޭފުޅުން ތަރުބިއްޔަތުކޮއްގެން ގެންގުލޭކައްނޫނޭ!! ރައްޔިތުންބޭނުންވަނީ ޤާނޫނުގާ އަމިއްލަޔައް އެބައެއްގެބާރު އެބަޔަކައްހޯދޭގޮތައްހުރިމާއްދާތައްއުވާލާ އަމިއްލަޔައް މުސާރަޔާ އިނާޔަތް ތަކާ މަޤާމުގެ މުއްދަތު ކަޑައެޅުންހުއްޓުވާ އެބަޔަކުބޭނުންވާބާރުތަކެއް އެބަޔަކުއަމިއްލަޔައްމުށުތެރެއައްލެވޭ އުސޫލުނައްތާލަން