ޅައިމަގު: އެ ރަށު "ކުރިމަގު 1" ބޯޓުގައި އުޅުނު ލުތުފަރުގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ފުލުހުން މިއަދު ވަނީ ހޯދާފައި.
06 މެއި 2019 - 14:40
ށ. ޅައިމަގުން ގެއްލުނު ބަންގްލަދޭޝްގެ ލުތުފަރުގެ ހަށިގަނޑު ކަމަށް ބެލެވޭ، އިންސާނެއްގެ ބައިތަކެއް ކަނޑު އަޑިން ހޯދާފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
ފުލުހުން ބުނީ، ލުތުފަރުގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނުނީ އޭނާ އޮތް ކަމަށް ބެލެވޭ ކަނޑުގެ ސަރަހައްދަށް ފުލުހުން ކުރި ޑައިވްގެ ތެރޭގައި ކަމަށެވެ. އެކަމަކު، އޭގެ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެެއް ނުކުރެ އެވެ.
ޅައިމަގު ކައުންސިލްގެ ރައީސް އަބްދުލް ޣަނީ އިބްރާހީމް މިއަދު ވިދާޅުވީ ލުތުފަރުގެ ހަށިގނޑު ކަމަށް ބެލެވޭ އިންސާނެއްގެ ބައިތައް ނެގުމުގެ މަސައްކަތް ފުލުހުން މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ހަށިގަނޑުގެ ބައިތައް ފެނިފައި ވަނީ ޅައިމަގު ބަނދަރުގެ ބޭރު ތޮށި ކައިރިން އުރަފަށުންނެވެ.
ޅައިމަގުގައި ދުއްވާ މާލެ ދަތުރުކުރާ "ކުރިމަގު 1" ބޯޓުގައި މަސައްކަތްކުރާ ލުތުފަރު ގެއްލުނީ އެ ބޯޓުގެ ކައްޕި އަލީ ޝަރީފު ބުނެފައިވާ ގޮތުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. ލުތުފަރު ގެއްލުނުކަން އެނގުނީ ބޯޓު މާލެ ފުރަން ބެލި އިރު އޭނާ އެ ބޯޓުގައި ނެތުމުން ކަމަށް ކައްޕި ބުނެފައި ވެ އެވެ.
ލުތުފަރު ގެއްލުނު މައްސަލައިގައި ބަންގްލަދޭޝްގެ ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އެކަމަކު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި ބޯޓުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ އެންމެން ވެސް ފަހުން ވަނީ ހައްޔަރުކޮށްފަ އެވެ. ލުތުފަރުގެ އިތުރުން ބޯޓުގައި ބަންގްލަދޭޝްގެ ހަތަރު މީހަކު މަސައްކަތްކުރާ ކަމަށް ވެ އެވެ.
އެނގިފައިވާ ގޮތުގައި އެ މީހުން ބަންދުކޮށްފައި ތިބީ ށ. ފުނަދޫ ޕޮލިސް ސްޓޭޝަންގަ އެވެ.
މީގެ މަހެއްހާ ދުވަސް ކުރިން މާލެއިން ކުރިމަގު ބޯޓަށް އެރި ލުތުފަރު ކައިބޮއި އަދި ނިދައި ހަދަނީ ވެސް އެ ބޯޓުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޅޒޒ
07 May 2019
މަގޭ ސުވާލެއް. ތިނޫހުންމިސުވާލުގެޖަވާބުހޯދައިފިއްޔާއެވާނެކޭހެއްގެ ހުރިހާ ފަރާތެއް ބަލާ ފުރިހަމަ ޖާނަލިޒަމްއަށް. ތިބޯޓުގަމަސައްކަތްކުރާ ބިދޭސީންނަކީ ކުރިމަގުބޯއްޓުގެ ކޯޓާގައި ވާކްޕާމިޓް ހައްދައިގެން ބަރާބަރަށް ވިސާހަދައިގެންއުޅޭމީހުންހޭ؟ކާކުކަންބެލީ ކޮން ޑޮކިޔުމަންޓަކުންހޭ؟ކުރިމަގު ބޯޓުގެވެރިން ގާނޫނީކުށްވެރިވޭހޭ؟މިކަހަލަފަޅުވެރިންނާއެކީމީހުންގެ ޅަދީންނަށް ދަންދެން ރޭގަނޑު ނިދާގަޑީގައި ކާށިދޫ ކަނޑުކަހަލަ ކަނޑުތައް ހުރަސް ކުރަން ހަމަ އޯކޭހޭ؟
ދެރަ
06 May 2019
މާލެއިން ބޯޓަށް އެރީ ކިހިނެތް ؟ ބޯޓުގެ މީހުން ބޭރުން ގެނައިމީހެއްތަ ؟ ބޯޓުގެ މީހުން ޒިންމާވާން ނުޖެހޭތަ ހުއްދަ ނެތްނަމަ؟ ހުއްދަ ނެތި ކުރާކަންކަމުގެ ސަބަބުން ޤާނޫނުތަށް ތަންފީޒުނުވެ ދިއުމުގެ ހިތ އަދު ދިވެހިން މިދަނީ ދެކެމުން! ކިހާދެރަ!
ހައިރާން
06 May 2019
ކުރައިމް ޕެޓްރޯލް
ޙިނި
06 May 2019
ލުތުފަރައް ހެދިގޮތައް ތިކަން ކުރިމީހުންވެސް ވީ ކޮށާލާ ބުރި ކޮއްލާން
ޙަބީބު
06 May 2019
ދެފަރު އެއްފަރު އަނެއްފަރާ ނުޖެހޭތި
އިލީގަލްލޭބަރސް
06 May 2019
ޅައިމަގުން ގެއްލުނު ބިދޭސީމީހާ ވަނީ "މަރާލާފައި"، ޝައްކު ކުރެވޭ އިންސާނެއްގެ ބައިތަކެއް ހޯދައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ ރައީސް އިބޫގެ ވެރިކަމުގައި ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު ދަނީ އެކްސެލެރޭޓް ވަމުންނޭ އެމެން ނޫޅެއޭ މިކަން ހައްލު ކުރަން މީ ސީދާ ޓެރެރިޒަމް ގެ ހަމަލާ ތަކެއް ވެސް ރާއްޖެ އަށް އެމެން މެދުވެރިކޮށް އަމާޒު ވެގެން ދާނެ ކަމެކޭ މީ ސަރުކާރުން ވިސްނާ އަވަހަށް ހައްލު ކުރަން ޖެހޭނެ ކަމެކޭ ތިޔާއީ
ފައިސާ
06 May 2019
ބަނގުލަދޭޝް ލޭބަރުންގެ ނުރައްކާ މިގައުމަށް ވަރަށް ބޮޑު. އެންމެ ނުރައްކާތެރި ކުށްކުރާ މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާއި މާލެއިން ކޮޓަރިތައް ނަގައިގެން އެތަނުގައި ދިވެހި އަދި ބިދޭސީ އަންހެނުން ބޭނުންކޮށްގެން ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ މީހުން އެބައުޅޭ. އެކަންކަމުގެ މުގުލުގައި ތިބޭ ބަންގާޅިން އުޅެނީ ދިވެހި ޅަ އަންހެންދިން ގޮވައިގެން. މިއީ ގައުމީ ސަލާމަތަށް ނުރައްކާތެރިކަންކަން.
ހިެރތރ
06 May 2019
(ލުތުފަރުގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ) މި ކިހިނެއް ވާ ކަމެއް
ލައުރާ
06 May 2019
މިތާވާނީ ސައްކު ތުހުމަތު ޔަގީނެއްނުވާނެ މީފިސާރި ފަނޑިޔާރުން ތިބިގައުމެއް ކޮންމެމީހަކު ކޮންމެފަދަ ކަމެއްކުރަންވެސް ޖެހިލުމެއްނުވާނެ މިހެންވީމަ ބަންގާޅިންގެ ހޮރުއްޕާނާހެދި ބޯހަލާކު
ދިވެއްސެއް.
06 May 2019
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
ކަރީމުއްދީން ބާޝާ
06 May 2019
ލިތުފަރަށް އިންސާފު ލިބެންޖެހޭނެ.