ހައިވޭގައި މިއަދު ހިނގި އެކްސިޑެންޓުގައި ޑިވައިޑަރުން ބައެއް ހަލާކުވެފައި: މިއީ އެތަނަށް ގެއްލުނު ލިބުނު ތިން ފަހަރު -- ފޮޓޯ: ޕޮލިސް
09 މެއި 2019 - 13:18
ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭގައި ޖަހާފައިވާ ޑިވައިޑަރުން ބައެއް، ވޭނަކުން ޖެހި މިއަދު ފުނޑުފުނޑުވެއްޖެ އެވެ.
މިއީ ހައިވޭގެ ދެ ފަޅި ވަކިކުރަން ވަކި ހިސާބެއްގައި ޖަހާފައި ހުރި ޑިވައިޑާއަށް ގެއްލުން ލިބުނު ތިން ވަނަ ފަހަރެވެ. މީގެ ކުރިން ހިނގި ދެ އެކްސިޑެންޓްގައި ދެ ސަރަހައްދަކުން ޑިވައިޑާތައް ފުނޑުވި އެވެ. އެތަންތަނުގައި އަލުން ޑިވައިޑާ ހަރުކުރެވޭ ވަރެއް އަދި ނުވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު އެކްސިޑެންޓް ވީ މާލެ އިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލް ނުވެގެން ކަމަށެވެ. އެކްސިޑެންޓުގައި އެ ވޭނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކްސިޑެންޓުގައި މިއަދު ހަލާކުވި ވޭން -- ފޮޓޯ: ޕޮލިސް
ފުނޑުވެފައި ވަނީ ހުޅުމާލޭ ކޮޅުން ޑިވައިޑާ ފެށޭ ބަ އެވެ. ބެލެވޭ ގޮތުގައި ވޭން ކޮންޓްރޯލް ނުވީ އެ ހިސާބުގައި އޮންނަ ބެންޑުން މާ ބާރަށް ދާން ހަދައިގެންނެވެ.
މީގެ އިތުރުން ޑިވައިޑަރު ފުނޑިގެން ދިޔަ ވަގުތު، ބުރައިގެން ދިޔަ އެތިކޮޅުތަކުން އެހެން ކާރެއްގައި ޖެހި އެ ކާރަށް ގެއްލުންތަކެއް ލިބުނެވެ. އެ ކާރު ދިޔައީ ހުޅުމާލެއިން މާލެއަށް ދާށެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏިޒާމު
10 May 2019
ޚކޮބާތަ ނަހުލާ ހާދަ ލޮނުމަޑުވެއްޖޭ އަނެއްކާ ކިހިނެއްވީބާ
ސާލިހު
10 May 2019
މޭޑް އިން ޗައިނާ
ބޮޑުއިއްސޭ
10 May 2019
ކޮބައިތަ ޓްރާންސްޕޯރޓް މިނިސްޓަރު؟ ވަޒީފާ ލިބުނުތާ ކައިރީގައި ކޮންމެދުވަހަކު ޓީވީއަށްއަރާ ޕްރެސް ކޮންފަރަންސް ބާއްވައިފައި ވަރަށް ބާރުބާރަށް އުޅުނު.. ރައިއްޔަތުންވެސް ފިސާރި ހެވިފައި އެދުވަސްކޮޅު ތިބި.. މިހާރު ހިލަމެއްވެސް ނުވޭ.. މަގުމަތީގެ ނުރައްކާ ހައްދުން ފަހަނަޅައި މިއޮއްދަނީ! މިކަންތައް ރަނގަޅަށް ދިރާސަކޮށް ހައްލު ކުރަން ވަރުގަދައަށް ގަވާއިދުތައް ހަދާ ތަންފީޒް ނުކުރެވެންޏާ މިނިސްޓްރީތަކާއި މުއައްސަސާތަކުގެ ބޭނުމެއް ނެތެއްނު؟ ބޯ ހަލާކު!!
މަގުފުޅާޓިނު
09 May 2019
ދުނިޔޭގަ އެހެން ގައުމުތަކުގަ ތިހެން ޖަހާފަ ހުންނަ ޑިވައިޑަރުތަކާ ފެންސް ތަކުގަ ވެހި ކަލެއް ޖެހިއްޖެއްޔާ އެވެހިކަލެއް ސަލާމަތަކުން ނުދާނެ، ފެންސް ނުވަތަ ޑިވައިޑަރަށް ލިބޭ ގެއްލުން ކުޑަވާނެ، ވެހިކަލު ހަމަ ހަފުސްވާނެ، އެހާވެސް ވަރުގަދަކޮށް ފެންސް ޖަހާފަ ހުންނަނީ، އެމްބޯޑަކުން ނޫން، މިތާ މިވަނީ އޭގެ އިދިކޮޅު.
އަލާއުއްދީންގެ ވޮއްގަނޑު
09 May 2019
ސުޕީޑު ލިމިޓް އަދިވެސް ދަސްކުރަން ވީ...
މެސީ
09 May 2019
ގަވައިދާ ހިލާފުވާ ފަރާތްތައް ލައިސަންސް ބާތިލުކުރަން ފެނޭ
ބްރޯ
09 May 2019
އާންމުކޮށް ވޭންދުއްވަނީ ބިދޭސީން މާލޭމަގުތަކުން ދުއްވާއިރުވެސް ހީވަނީ އެމީހުންރަށުގަ ހައިވޭއިންދާހެން
ކައުންސެލަރު
09 May 2019
އަބަދުވެސް ތަހުގީގު ތަހުގީގު.... ބައްޔެއްނު؟ ތިޔަ ޑިވައިޑާއެއް ހަދާބަލަ ގާދޫކޮލަށް ފެއްތިވަރުގެ ފަންސަތިރީސް ތަނބުޖަހައިގެން. ތިޔާ ކަމެއް ނެތެންނުދެން ހޮރުއްޕާކަށް؟!
އިބްރާހިމް
09 May 2019
އާއްމު މަސްލަހަތު ހިމެނޭ ގަވާއިދުތަށް ފުރިހަމައަށް ތަންފީޒުނުކުރެވި ފުލުހުންވެސް ހިތަށްއެރިގޮތަކަށް ތަމްރީނަކާނުލާ އުޅޭތަން ފެނޭ. ހިތަށްއަރާ މިގައުމުގެ ކުރިމަގު މިދަނީ ހާދަ ނާތަހުޒީބުކޮށޭ. ކިޔަވައިގެންތިބި ވަރަށް މާތް ޚުލްގުވެރި އެތަށްބަޔަކު ދިރިއުޅޭ ގައުމެއް މިއީވެސް.
ދޮމްބޭބެ
09 May 2019
ހައިވޭ އެކޭ ކިޔަސް މީ ވަރަށް ކުޑަ ތަނކޮޅެއް. މިތަނުގަ ދުއްވާ އެއްޗެހީގެ ސްޕީޑް ބެލެންޖެހޭނެ. ސްޕިޑް ކެމެރާ ހަރުކުރޭ. ބްރިޖުގަ 2 ފޫޓުން ސްޕީޑް ބްރޭކަރު ހަރުކުރުމަކީ ބޮޑު ތަކުލީފެއް ، ވެހިކަލްތަށް އަވަހަށް ހަލާކުވާނެކަމެއް. ސްޕީޑް ލިމިޓަށް ފިލޭނެ ދޮރު ބަންދުކުރީމަ ނިމުނީ