ޚަބަރު / ސުޕްރީމް ކޯޓް

ޔާމީނާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި މައްސަލައެއް އިސްތިއުނާފްކޮށްފި

ކުރީގެ ރައީސް ޔާމީން: އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި ވަނީ މައްސަލައެއް އިސްތިއުނާފް ކޮށްފައި --ފޮޓޯ/މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި މައްސަލައެއް އިސްތިއުނާފު ކޮށްފި އެވެ.

ޔާމީންގެ ބޭންކް އެކައުންޓްތައް ކޯޓު އަމުރެއްގެ ދަށުން ފްރީޒް ކުރުމުގެ އިތުރުން އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދު ކުރަން ވެސް ކްރިމިނަލް ކޯޓުން ކުރިން އަމުރުކުރި އެވެ. އެކަމަކު، ހައި ކޯޓުން ފަހުން ވަނީ އެކައުންޓް ފްރީޒްކުރި އަމުރާއި އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު ވެސް ބާތިލްކޮށްފަ އެވެ.

ޔާމީނާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފަށް ހުށަހެޅީ އޭގެ ތެރެއިން ކޮން މައްސަލައެއް ކަމެއް އަދި ސާފެއް ނުވެ އެވެ. އެކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.

އެ މައްސަލައިގެ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހު ބާއްވަން ސުޕްރީމް ކޯޓުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ.

ޔާމީނާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި މައްސަލައެއް އިސްތިއުނާފް ކުރިއިރު، އެމަނިކުފާނުގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާ ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

34 ކޮމެންޓް, 66 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 5%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްޑޫ

14 May 2019

ރައީސް ޔާމީންގެ ސަޕޯޓަރުން ގިނަވާތަން އެބަފެނޭ ހަޖަމުކުރެވޭނެތަ

The name is already taken The name is available. Register?

8978

14 May 2019

ދިވެހިން ވައްކަމަށް "ނޯ"، ފޭރުމަށް "ޔެސް"

The name is already taken The name is available. Register?

ސައްޔާހު

14 May 2019

ތިމައްސަލަތަކެއް ނުހިގާނެ. ތިޔަގޮތަށް ދަމަދަމާ ތިއްބެފައި ދެން އިވޭނީ ސާބިތުނުވާ މައްސަލައަކަށް ހަދައި ނިންމާތަން. ބަލަންހުރޭ މީ ދޮގެއްތޯ. މިހާރު މިއޮތީ ހަޅަޖަހާ މަޑުވެފައި. ދެން ބޮޑު ޚިޔާނާތުގެ އަޑު ކުރިއަށްވުރެ މަޑުވާނެ. ރައްޔިތުންގެ ފައިސާއިން ޚިޔާނާތްތެރިވުމަކީ މިހާރު ފެޝަނަކަށް ވެއްޖެ. އިޚްލާސްތެރިކަމެއްނެތް. ކުރާ ހުވަޔަކީވެސް ހަމަ ތާކުންތާކު ނުޖެހޭ އެއްޗަކަށް ވެއްޖެ.

The name is already taken The name is available. Register?

ކާޖާ

13 May 2019

ޖަލު ނޫން ތަނެއް ޔާމީނަށް ހައްގެއް ނޫނެވެ. ހިންގާފައިވާ ކޮރަޕްޝަންތަކާއި ޖަރީމާތައް މާ ބޮޑުވެފައި ގިނައީއެވެ. ބަލާލި ކޮންމެ ދިމާލަކުން އެނޫން ކަމެއް ނުފެނެއެވެ.

The name is already taken The name is available. Register?

55555

14 May 2019

ކޮން ކުށެއް ޘާބިތުވެގެންބާ؟

The name is already taken The name is available. Register?

ވާލުސޮރު

13 May 2019

ޖަލުގަ ހުންނަން ޖެހޭ މީހެއް އަދިވެސް ގޭގަ

The name is already taken The name is available. Register?

މިސްރާބު

14 May 2019

އެލެކްސްގެ ވާހަކަ މީހަކު މިތާ އެބަ ދައްކާތަ؟

The name is already taken The name is available. Register?

ށަކިޓު

13 May 2019

މި ބިސާމުވަރުގެ ސަރުކާރަށް ވައިޖެހުމުގެ މާހިރެއް ނުދެކެން، ކުރީގަ ޔާމިންގެ އެންމެ އަރިސް އެކަކު، މިހާރު މިއުޅެނީ އިބޫއަށް ވައިޖަހާނެ ގޮތެއްނޭގިގެން، އަޅެފަހެ ތިވަރަށް މަޤާމަށް ދަހިވެތިވުން ރަގަޅެއްނޫން...މަތްﷲ ރަގަޅު މަގު ދައްކަވާންދެއެވެ.

The name is already taken The name is available. Register?

؟؟؟؟؟؟؟

13 May 2019

ޔާމީނު ކޮންތާކުން ހޯދި 100 މިލިޔަން ރުފިޔާއެއް ހޭހޭހޭ؟

The name is already taken The name is available. Register?

ދިރުސް

13 May 2019

ނިކަން ބަލާ ތި ދެ ޝަރީއަތް ހައި ކޯޓުން ކުރު ގޮތް.

The name is already taken The name is available. Register?

ފޮނިކަލޯ

13 May 2019

ދަންނަ ވަންތޯ ....! ރައީސް ޔާމީނާ ކުޅެވޭވަރުގެ ޤާބިލުކަން ހުރި މީހަކު މިސަރުކާރަކު ނެތް ، މީ ވަރައް ވާހަކަ.....!

The name is already taken The name is available. Register?

ރައްޔިތުމީހާ

13 May 2019

ރައީސް ޔާމީނާ ސަރުކާރުން ކުޅޭކަށް ނުޖެހޭ. ރައީސް ޔާމީނަށް ލިބެންވާ އަދަބު ޝަރުއީ ނިޒާމުގެ ތެރެއިން ލިބިގެން ދާނެ.

The name is already taken The name is available. Register?

ކެނެޑީ

13 May 2019

“ވަރަށް”ގަ އޮންނާނީ ށަވިޏަނި ސުކުން، އަލިފު ސުކުނެއްނޫން. މިއީ ލައްކަ ވާހަކަ :ޕ

The name is already taken The name is available. Register?

ތތތތ

14 May 2019

ނިޒާމުން އަދަބު ލިބޭތީ ދޯ ހުކުމަކާނުލާ ގެންގޮސް ޖަލުގައި އެބަހައްޓަނީ؟

The name is already taken The name is available. Register?

ހުސޭނު

13 May 2019

ބަޖެޓްގަ ހުރި ލާރިކޮޅު ބަހާލަން ވަގުތުކޮޅެއް ހޯދަން ޔާމީން އާ ބެހެން ފެށީދޯ.. ކުދިންކޮޅު ރުޅި އައިސްފަ ތިބީމަ ހަމަ ޖައްސާލަދޭން ޔާމީން ގަޔަށް އަތްފޯރުވިއަސް ބަޖެޓް ގަ ހުރި ރައްޔިތުންގެ ޓެކްސް ފައިސާ ކޮޅު ރައީސް އާއި އޭނާގެ އައުވާނުންނަށް ނުބަހާ ކަމަކަށް ނުވާނެ.. 6 މަސްތެރޭގަ 600 މިލިއަން ރުފިޔާ. މީ އަދި ލޮލަށް ފެންނަން ހުރި ވަރު..

The name is already taken The name is available. Register?

ފާތުމާ

13 May 2019

ބޭނުނުން ކަމެއް ކުރާނީ.

The name is already taken The name is available. Register?

ޖޖޖޖ

13 May 2019

ބޭނުން ކަމެއް ކުރާނެކަން އެނގިތިބެ ވޯޓު ދިނީ. މިހާރު ދެން ކޮން ހޭރުމެއް. އަޅުވެތި ކޮށްލާފަ ބައިތިއްބާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454