ޖެންޑާ މިނިސްޓްރީއާ ގުޅުން ހުރި މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންދާ ގޮތް އޮޅުންފިލުއްވުމަށް މިނިސްޓަރު ޝިދާތާ ފުލުހުންގެ ވެރިންނާ ބައްދަލުކުރައްވަނީ. --- ފޮޓޯ: ޖެންޑާ
19 މެއި 2019 - 17:33
ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ޖެންޑާ މިނިސްޓްރީއާ ގުޅުން ހުރި މައްސަލަތައް އަވަސްކޮށް ދިނުމަށް އެދި ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް، ފުލުހުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ޖެންޑަ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިންގައި އޮތް ބައްދަލުވުމުގައި ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން އެ މިނިސްޓްރީއާ ގުޅުން ހުރި ހައްސާސީ މައްސަލަތަކުގެ ތަހުގީގު އަވަސް ކުރުމާއި ގުޅޭ ގޮތުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުއާ މަޝްވަރާ ކުރެއްވި ކަމަށެވެ.
މި ބައްދަލުވުމުގައި މިނިސްޓްރީއާ ގުޅުން ހުރި ވަކިވަކި މައްސަލަތައް މިނިސްޓަރު، ޕޮލިސް ކޮމިޝަނަރުގެ ސަމާލުކަމަށް ގެންނެވި ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
މީގެއިތުރުން ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ކުރާ މަސައްކަތްތައް ހަރުދަނާކުރުމާ ގުޅޭ ގޮތުން ވެސް ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.
ޖެންޑާ މިނިސްޓްރީއާ ގުޅުންހުރި މައްސަލަތައް އަވަހަށް ނިންމުމަށް ބާރު އެޅުއްވުމަށް ފުލުހުންގެ ވެރިންނާ ޝިދާތާ ބައްދަލު ކުރެއްވި އިރު، ކުޑަކުދިންނާއި އަންހެނުންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ އެކި ގޮތްގޮތުން އަނިޔާ ކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.
އެގޮތުން ނުކުޅެދުންތެރިކަން ހުންނަ އަންހެނަކަށް އަނިޔާ ކުރި މައްސަލައަކާއި 15 އަހަރުގެ އަންހެން ކުއްޖަކު ވިހެއި ދަރިފުޅު މަރުވި މައްސަލައަކާއި ނުވަ އަހަރުގެ އަންހެން ކުއްޖަކަށް 18 އަހަރު ނުވާ ދެ ބޭބެއަކާއި އެ ކުއްޖާގެ މަންމަގެ ލޯބިވެރިޔާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅަބޭ
20 May 2019
އައްޗި! ސަރުކާރުގެ އެއް މުއާސަސާ އަނެއް މުއާސަސާ ފައިބުޑައް ވެއްޓުމަކީ ސަރުކާރައް ގައުމު ނުހިންގޭ ކަމުގެ އެއްމެބޮޑު ދަލީލު. ލަދުން ބޯހަލާކު. ޕޮލިސް ސާވިސް، އިމިގުރޭޝަން ކަހަލަ ތަންތަކީ ނާގާބިލުކަމުން ހައްދު ފަހަނައަޅާފަ ހުރި ތަންތަން.
ޢަލިޔާ
19 May 2019
ތި ދާއިރު ކޯރުކެޑިމަގު ހިގާމީހުންނަށް ދަތިވާ ގޮތަށް ޕޭމަންޓް މަތީގެ އެ ބާއްވާ ހުދު ކުލައިގެ ޓެކްސީގެ ވާހަކަ ވެސް ހަމީދު ކައިރީ ބުނެލައްޗޭ!
ދާދޭ
19 May 2019
ޝިދާތާ ނުޖެހޭނެދޯ ފުލުހުންގެ ގެއަށް މައްސަލަތައް އަވަސް ކުރަން އެދިގެން ދާކަށެއް. ތަހްގީގީ މުއައްސަސާތަކުގެ މައްޗަށް ނުފޫޒު ފޯރުވަން މިނިސްޓަރުންނަކަށް ބައްދަލުކުރަން ދާކަށް ނުޖެހޭނެ. ބޭނުންވާކަމެއް ލިއުމުން ހުށަހަޅަންޖެހޭނީމ
މިފަހަރު
19 May 2019
ފުލުހުން ބާރުވެރިކުރުވަނީ.
ބަބުރުކަލޯ
20 May 2019
ޔަގީންތާ.
ނަބީލާ
19 May 2019
"ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނެ". މިއީ ކުރީގެ މުހާވިރާ އެއް. މިޒަމާނަކަށް މި މުހާވިރާ އެއް ނުފެތޭ. މިޒަމާނުގައި ނަމަ ބުނަންޖެހޭނީ، "ރުޔަސް ނުރުޔަސް އެމީހަކަށް ހައްގުވާ ކިރުސައި އެމީހަކަށް ލިބެން ޖެހޭނެ". މިކަހަލަ މަތީގައިވާ މިޒަމާނަށް ނުފެތޭ މުހާވިރާތަށް މިޒަމާނަށް ފެތޭގޮތަށް ބަދަލު ކުރަން ޖެހޭ އެބަ.
ހިގޮ
19 May 2019
ފަސްފަހަތުން ހިގަން ވެއްޖިއްޔާ ޝިދާތާގެ އެއްވެސް އަގެއްނެތެއްނު..އަނެއްކޮޅުން ތިމާ ވެސް ބައިވެރިވާ ސަރުކާރުގެ ހިންގުންތެރި ކަމެއް ނެތީނުން
އަހުމަދު ޙަލީމް
19 May 2019
މިވަރުން ކިހިނެއް ރިލްވާން ހޯދާނީ.. މިއުޅެނީ އާދައިގެ މައްސަލައެެއް ދީފައިވާ މުއްދަތަށް ނުނިންމިގެން..
ބަބުރަންޖީ ހާޖީ
19 May 2019
ސިދާތާ ޕޮލިހަށް ނުދިޔަސް ހުރިހާ މައްސަލަތައްވެސް އަވަހަށް ބެލެންޖެހޭނެ. އެހެޔޮ ކޮންމެ ބާވަތެއްގެ މައްސަލައެއްކަމަށްވިޔަސް.