މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ހޯދި ކާމިޔާބީގެ އުފާފާޅުކުރަނީ: އިންތިޚާބުގެ ޕްރައިމަރީއާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު އެ ޕާޓީއާ ގުޅުނު. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
21 މެއި 2019 - 00:02
އިލެކްޝަންސް ކޮމިޝަން (އީސީީ) އަށް ހުށަހެޅި ފޯމުތައް ޗެކްކޮށް ނިމުނުއިރު މެމްބަރުން އެންމެ ގިނަ ޕާޓީގެ ރެކޯޑާ އެކު، އެމްޑީޕީގައި ތިބި މީހުންގެ އަދަދު ބައިލައްކަ އަށް އަރައިފި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އާއްމު އިންތިޚާބުގެ ގާނޫނަށް ހިޔާލު ހުށަހެޅުމަށް ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު މިރޭ ބޭއްވި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، 10،000 މެމްބަރުން ކުރިން ތިބީ އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި އެމްޑީއޭގައި ކަމަށެވެ. ނަމަވެސް މިހާރު އެ އަދަދު ދޭކަށް ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެމްޑީޕީ އާއި އިދިކޮޅު ޕާޓީ ޕީޕީއެމެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުން ދައުލަތުން ދޭ ފައިސާ ލިބޭނީ މެމްބަރުންގެ އަދަދު 10،000 އަށް އެރުމުންނެވެ.
- އެމްޑީޕީ: 54،302
- ޕީޕީއެމް: 38،020
- ޖޭޕީ: 9،335
- އެމްޑީއޭ: 8،712
- އަދާލަތު ޕާޓީ: 6،253
- އެމްޓީޑީ: 3،575
- ޕީއެންސީ: 3،084
- ޑީއާރުޕީ: 2،870
- ލޭބާ ޕާޓީ: 2،766
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުން ޖުލައި، 31، 2018 އާ ހަމައަށް މެމްބަރުން އެންމެ ގިނައީ ޕީޕީއެމްގަ އެވެ. އެއީ އެ ޕާޓީ ވެރިކަމުގައި އޮތް ދުވަސްވަރު ކަމަށް ވާއިރު އޭރު ޕީޕީއެމްގެ މެމްބަރުންގެ އަދަދަކީ 48،129 އެވެ. އޭރުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ މަގާމުގައި އޮތް އެމްޑީޕީގައި ސައްހަ މެމްބަރުންގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައި ވަނީ 29،008 މީހުންނެވެ. ނަމަވެސް މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އަކަށް ވުމުގެ ޝަރަފާ އެކު، އެންމެ މެމްބަރުން ގިނަ ޕާޓީ އަކީ އެމްޑީޕީ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ޝަރީފް (މ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެމްޑީޕީގައި މިހާރު 54،302 މެމްބަރުން ތިބިއިރު ދެ ވަނަ އަށް އެންމެ މީހުން ގިނައީ ޕީޕީއެމްގަ އެވެ. އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މިހާރު ހަރަކާތްތެރިވާ ޕީޕީއެމްގައި ތިބީ 38،020 މެމްބަރުންނެވެ. ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ އަދަދަކީ 9،335 އެވެ. ޖުމްހޫރީ ޕާޓީ އަށް ފަހު ދެން އެންމެ މެމްބަރުން ގިނައީ އެމްޑީއޭގަ އެވެ. އެ ޕާޓީގައި 8،712 މެމްބަރުން އެބަތިއްބެވެ. ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގައި ތިބީ 6،253 މެމްބަރުންނެވެ. އެމްޓީޑީގައި 3،575 މެމްބަރުން، ޕީއެންސީގައި 3،084 މެމްބަރުން، ޑީއާރުޕީގައި 2،870 މެމްބަރުން އަދި ލޭބަ ޕާޓީގައި 2،766 މީހުން ރަޖިސްޓަރީ ކޮށްފައި ވެ އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދިނުމަށް ފިނޭންސް މިނިސްޓްރީގައި މިހާރު ވާނީ އެދިފަ އެވެ. އެ ފައިސާ ދޭނީ، ދައުލަތުގެ މި އަހަރުގެ ބަޖެޓު ފާސްކުރި ދުވަހުގެ ނިޔަލަށް 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓު ފާސްކުރީ ނޮވެމްބަރު 28، 2018 ގަ އެވެ. އޭރު 10،000 މެމްބަރުން ހަމަވެފައިވަނީ އެމްޑީޕީ އާއި ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭގަ އެވެ. އެ ޕާޓީތަކަށް މި އަހަރުގެ ބަޖެޓުން 26.2 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫސް ބަލާމީހާ
21 May 2019
ދައުލަތުގެ ބަޖެޓުން ޕާޓީ ހިންގަން މަގޭ ޓެކްސް ފައިސާ ޚަރަދު ކުރުމަކަށް މަށެއް ނުރުހެން. ތިޔައީ ފަސާދަ ކުރުމެއް. ކީއްވެތަ ތިފައިސާ ހުސް އެކަނި ދެމީހަކަށް.... ދޭނެޖަމެއްނެތް.
އަހުމަދު1
21 May 2019
10000 ހަމަނުވާ ޕާޓީތައް އުވާލަން ފެނޭ އަވަހައް. ޕާޓީހދައިގެން ގަޑުބޮޑު ކުރަނީ!
އީމަން
21 May 2019
ކެރެންޔާ ގ.ކެނެރީގެ ނަޝީދު ޕާޓީގެ ރައީސް މަގާމުން އިސްތިއުފާދީ އާންމު މެންބަރެއް ގޮތުގާ ހުރެބަލަ، މިޔަދާ ހަމަޔަށް ނަޝީދުއަށް މިހިޔާލު ނާދެއެވެ. ސާބިތުވަނީ ނަޝީދުގެ ހުދުމުހުތާރު ކަމެވެ.
ރައްޔިތުމީހާ
21 May 2019
ތިކަންވެސް ކުރަން ކެރޭނީ ނަޝީދަށް. ޔާމީނަކަށް ގައިމު ނުކެރޭނެ. ޕީޕީއެމް ރައީސް ކަމުން ވަކިވާން ޖެހިއްޖެނަމަ އާޕާޓީއެއް ހަދައިގެންވިޔަސް ބޭނުންވާނީ ރައީސްކަން.
ހަސަންބެ.
21 May 2019
ވެރިކަމުގައި އޮންނަޕާޓީގައި އަބަދުވެސްމީހުންގިނަވާނެ. ތީކީމާބޮޑު ހަބަރެއްނޫން. ދައުލަތުގެބަޖެޓުންދޭ ފައިސާއާއި އަދިނުސީދާކޮށް ދައުލަތުން އެތަށް ހަރަދެއްތިޔަޕާޓީއަށްމިފަސްއަހަރުހަރަދުކުރާނެ. ގޭދޮށުގައި ޕިކަޕްދުއްވަން އުޅުނު ސޮރަކު ވެސް ފެންނަނީ ހުދުގަމީސްލާ ރީދޫޓައިއަޅައިގެން ކޮންމެވެސް ބޯޑެެއްގެވަޒީފާއަށްދާމަންޒަރު. ފަސްއަހަރު ނިމުނީމާ އަނެއްކާވެސްޕިކަޕް. ނޫނީކޮރަޕްރަޝަންުންމިފަސްއަހަރުމުސްސަދިވާނެ.
އާދަމް
21 May 2019
ޕީ.ޕީ.އެމް ގެ ތެރެއިން އަދިވެސް އިތުރު ޕާޓީއެއް އުފައްދަންފެނޭ
ލޯކަ!
21 May 2019
ގުނބޯ ހެދިގެން އުޅޭ މީހުންނަކީ ފެންއޮތްތަނަށް މަސްދުވާ ބީދައިގަައި އެއްޕާޓީން އަނެއްޕާޓީ އަށް ދުވާބައެއް! މިހާރުމީ އެމްޑީޕީގެ "ވަނީ"ގައި ފެންގިނަ ދުވަސްވަރެވެ. މިހާރު މުސްލިމުންގެ ތެރޭގައިވެސް އޮތީ މިކަހަލަ މީހުންނެވެ އެމީހުން އަބަދުވެސް ތިބޭނީ ގަދަވާ ކޮޅަކަށް އަރައެވެ.
ކަދުރުފާޔިމަ
21 May 2019
އަދިވެސް ގޮންގްރެސްޕާރޓީ ހަދާތި ލަދުން ބޯހަލާކު
ސިދުގީ
21 May 2019
ހަދާނަމޭ، ކާމިޔާބުވެސް ކުރާނަމޭ.މައްސަލައެކީ ވޯޓްވަގުންނައް ގައުމައް އަދިވެސް ކަމެއްނުކޮއްދެވިގެން އުޅޭތީއޭ
ސަރީފް ސަރ
21 May 2019
އެމްޑީޕީއަށް މެންބަރުން ގިނަވީ އިލެކްޝަނުން އެކަން ކޮށްދިނީމަ... އެހެން ޕާޓީތަކަުން ފޮނުވާ ފޯމްތައް ޕްރޮސެސް ނުކޮށް އެމްޑީޕީން ފޮނުވާ ފޯމްތައް ޕްރޮސެސްކޮށް .. ފޮނު ކޮންމެފޯމެއް ޕްރޮސެސް ކޮށްދީގެން އަދި އެމްޑީޕީ ޕްރައިމަރީއަށް މީހުންލައްވާ ފުރިފޯމްތައްވެސް ހިމަނާގެން .. މީ ކަންފެފައޮތްގޮތަކީ
ކާކު
21 May 2019
އެމް.ޑީ.ޕީ ޕްރައިމަރީ ގައި 80000 މީހުން ވޯޓް ލި ކަމަށް އެޕާޓީ އިން ބުނޭ. އެހެންވިޔާ ކޮބައިބާ އެހުރިހާމީހުން. އެ ޕްރައިމަރީ ސައްޚަތޯ ސުވާލު އުފެދޭ..
2019
21 May 2019
ތީ އިލެކްޝަނުން ކުޅިޖަހައި ކުޅިހަމަ ކުރަމުން ގެންދާ ކަމެއް! ޝަރީފުގެ ހުރިހައި ފޮއްޓެއް ފުރިގެން އިސްތިއުފާ ދޭން ތައްޔާރުވެއްޖެ!
ލީލާ ފާރޫގު
21 May 2019
ކަލޯތީ ވަގުތީ ކަމެއް. ހަމަ ވެރިކަން ބަދަލުވީ މީހުންތައް ބަދަލުވެ އަދަދު މަދުވާނެ.