ހޯރަފުށި: މި ރޯދަ މަހު އެ ރަށުގެ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަނީ ވަގަށް ނަގާފައި
28 މެއި 2019 - 21:21
ހއ. ހޯރަފުށީ ގެއަކުން މި ރޯދަ މަސް ތެރޭގައި އެކި ފަހަރު މަތިން އެއް ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށް ބައެއް ފައިސާ ހޯދައިފި އެވެ.
ފުލުހުން ވަނީ އެ ވައްކަމުގެ ތުހުމަތުގައި އެ ރަށުން ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ.
ފުލުސް އޮފީހުން މިރޭ ބުނިގޮތުގައި ވައްކަމުގެ މައްސަލަ ރޭ ފުލުހުންނަށް ހުށަހެޅުމާއެކު 35 އަހަރުގެ ދެ މީހަކު ވަނީ ރޭ ހައްޔަރުކޮށްފަ އެވެ. އަދި މިއަދުގެ ވަގުތެއްގައި 33 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުންޏެވެ.
އޭގެ ތެރެއިން އެކަކަށް 15 ދުވަހުގެ ބަންދު ކޯޓުން ދީފައި ވާއިރު އަނެއް ތިން މީހުންނަށް ވަނީ ހަތް ދުވަސް ދީފަ އެވެ.
ވަގަށް ނެގި ފައިސާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުގައި މިހާތަނަށް 10،000 އަށް ވުރެ ގިނަ ރުފިޔާ ވަނީ ހޯދައިފަ އެވެ.
މި ރޯދަ މަހު ބޮޑެތި ގިނަ ވައްކަންތަކެއް ވަނީ ހިނގާފަ އެވެ. އެގޮތުން މިދިޔަ ހަފުތާގައި ކ. ދިއްފުށީ ފިހާރައެއް ފަޅާލައި 80،000 އަށް ވުރެ ގިނަ ރުފިޔާ ވަނީ ވަގަށް ނަގައިފަ އެވެ. އަދި ވަގުން ހޯދުމަށް ރަށުގެ ރައްޔިތުން ނިކުތުމުން ހިނގި ހަމަނުޖެހުމެއްގައި ތިން މީހަކަށް ވަނީ އަނިޔާވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
29 May 2019
ތީގެން މީހަކު ޖަލުގަ ގެންގުޅެން މަހަކު ކިހާވަރެއް ހަރަވޭތަ
ކޮރަލް
29 May 2019
ގިނައީ ތަކުރާރު ކޮށް ކުއްކުރާ މީހުނެވެ. ގިނަ ކުއްވެރީން ދޫކޮށްލެވުނީ ކަމަށް ބެލެވެއެވެ.