ބިދޭސީންތަކެއް ހުޅުމާލޭގައި: ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ އިންޑިއާ ފިރިހެނަކު މަރާލާފައިވާ ކަމަށް އޭނާގެ އާއިލާ އިން އަންނަނީ ބުނަމުން.-- ފައިލް ފޮޓޯ: ނިއުމަތުﷲ އިދުރީސް
05 ސެޕްޓެމްބަރ 2016 - 13:38
ރާއްޖޭގައި މަސައްކަތް ކުރަން އުޅުނު އިންޑިއާ މީހަކު މަރާލި ކަމަށް ބުނެ އޭނާގެ އާއިލާ އިން އިންޑިއާ ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.
ޓައިމްސް އޮފް އިންޑިއާ އިން ޓެމިލް ނާޑޫގެ ސިޓީއެއް ކަމަށްވާ ޓްރިޗީގައި ނެރޭ އެޑިޝަނުން ބުނި ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރަން އުޅުނު ރާޖާ ނަމަކަށް ކިޔާ އުމުރުން 30 އަހަރުގެ އިންޑިއާ ފިރިހެނަކު މަރާލާފައިވާ ކަމަށް އޭނާގެ އާއިލާ އިން ދަނީ ބުނަމުންނެވެ.
ރާޖާ މަރުވެފައިވާ ކަމަށް ބުނެ އޭނާ ވަޒީފާ އަދާކުރަމުން ދިޔަ ދިވެހި ކުންފުނިން އާއިލާ އަށް އެންގީ، ޓައިމްސް އޮފް އިންޑިއާގައިވާ ގޮތުން، މިދިޔަ މަހުގެ 27 ގަ އެވެ. އެކަމަކު، އޭގެ "ގަޑިއިރުތަކެއް ކުރިން"، ހަމަ އެ ދުވަހު އިންޑިއާގައި ތިބި އަންހެނުންނަށާއި އާއިލާ އަށް ރާޖާ ގުޅައި ފޯނުން ވާހަކަދައްކާފައިވާ ކަމަށް އާއިލާ އިން ބުނާ ކަމަށް އެ ނޫހުގައިވެ އެވެ.
ޓެމިލް ނާޑޫގެ އަރިޔަލާ އަވަށުގެ ސެންތުރާއީ ނަމަކަށް ކިޔާ ހިސާބުގަނޑަށް އުފަން ރާޖާގެ ހަށިގަނޑު އިންޑިއާ އަށް ގެންދިޔައީ، ޓައިމްސް އޮފް އިންޑިއާ އިން ބުނި ގޮތުގައި، މިދިޔަ އަންގާރަ ދުވަހު އެވެ. އެކަމަކު، ރާޖާގެ މަރުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ ހަށިގަނޑާ ހަވާލުވާން އާއިލާ އިން ދެކޮޅު ހަދައި އަރިޔަލާ އަވަށުގެ ފުލުހުންނަށް މައްސަލަ ހުށަހެޅި ކަމަށް އެ ނޫހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ރާޖާގެ ހަށިގަނޑު ވަނީ، ނޫހުން ބުނި ގޮތުގައި، ޕޯސްޓްމޯޓަމް ހަދަން އަރިޔަލާ އަވަށުގެ ސަރުކާރު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި އިތުރު ތަހުލީލުތައް ކުރަމުން އަންނަ ކަމަށް އެ ނޫހުން ބުންޏެވެ.
ރާޖާގެ ފުރިހަމަ ނަމެއް ޓައިމްސް އޮފް އިންޑިއާގެ ޚަބަރަކު ނެތެވެ. އޭނާ މަރުވިއިރު ރާއްޖޭގައި މަސައްކަތް ކުރާތާ 10 މަސްދުވަސް ވެފައިވާ ކަމަށް އެ ނޫހުން ބުންޏަސް، އޭނާ ވަޒީފާ އަދާކުރަމުން ދިޔަ ކުންފުނީގެ ތަފްސީލާއި ކުރަމުން ދިޔަ މަސައްކަތުގެ ބާވަތް އެ ނޫހުން ބުނެފައެއް ނުވެ އެވެ.
މި މައްސަލަ ދިވެހި ފުލުހުންނަށް ހުށަހެޅި ކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމަލު
06 September 2016
ރާއްޖެއޭ ކިޔައިގެން އަނެއްކާވެސް ގޭސްގަނޑެއް ކައްކަން ފެށީ. މިދެން ރާއްޖެކަހަލަ ކުޑަ ގައުމަކާ ޖައްސާލައިގެން އުޅެން ކޮންފަދަ ބައެއްތަ؟ މިހާރުވެސް ތިޔަބައިމީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭ ބަޔަކީ ދިވެހިން. ދިވެހިންގޮސް ފައިސާތައް އޮއްސާލާތީ. އަނެއްކާ މިފަހަރުވެސް މި އީދުބަންދުގައި ބަޔަކު ހިފަހައްޓާނެ. ދަތުރުވެރިން ހޭއަރާތިބޭތި؟ ނަމަނަމަ އެވެރިން އަތުނުޖެހޭތޯ ބަލާތި. މިފަހަރު އަނެއްކާ ކުޅި ދައްކާލަން އިންޑިޔާއިން ތައްޔާރުވަނީ. ސަމާލުވާތި!
ޝިފާގު
06 September 2016
ދިވެހިން ތިމާމެންނަކީ މާމަތިވެރި ބަޔަކަށް ދުށުން ހުއްޓާލަން ވެއްޖެއެވެ.
haha
06 September 2016
ދިވެހިފުލުހުންނޯ! ޅޮލް. މިމީހުންވެސް ޖެހޭ ދޯ ފުލުސްވެފަ ތިބެން. ކުރެވޭހާވެސް ކަމަކީ ސިޔާސީ މީހުން ޖަލަށްލުން. ޢަހަރުންކަހަލަ ޒުވާނަކަށް ނުކެރޭނެ ގޮތެއް ހަދާލށކަށް
ޖަވާހިރު
05 September 2016
ތިއުޅެނީ ފައުޒިއްޔާމެންގެ ތަހުގީގު ލީކުވުމުން ކޮންމެވެސް ދެބޯގެރިއެއް ދުއްވާން. ތީ ކޮންބައެއް. ރާއްޖޭގައި ޖާސޫސްކުރުންނޫން ކަމެއް އިންޑިޔާމީހުން ނުކުރޭ.
ނާސިޙް
05 September 2016
ކޮންތާކުތަ ތިޔަ ލީކުވި ލިންކް އޮތީ، ވަރަށް ކިޔާ ހިތްވޭ
ޔަހުޔާ
06 September 2016
ތިއޮއްރަސްފަންނުގަ މިހާރު ލީކުވިތަން ބައްދައިފި
އިޑިއައްޕަން
05 September 2016
އިންޑިއާ ފުލުހުންނަށް ތިޔަފަދަ މައްސަލައެއް ހުށަހަޅައިފިނަމަ އަނެއް ހަތަރު ކަންތަކާ ލައިގަތީއެވެ. އެމީހުން ތިޔަ މައްސަލައިގެ ހަގީގަތް ހޯދަން ފުރޮޅާނީ ގާ އެކަޏެއްނޫނެވެ. ކަމާބެހޭ މުއައްސަސާ ތަކުގެ ބޮޑުން ނިދަންތިބޭ އެނދުއަށި ތައްވެސް ފުރޮޅާކަށް ފަހެއްނުޖެހޭނެ އެވެ. ރިލްވާން "ގެއްލުނީމަ" ތަހުގީގު ފެށިގޮތަށް "ދަންމަ ދަންމަ" ކޫލް ވެފަ ތިބޭގޮތަށް ތިބޭކަށް ފުރުސަތެއް ނުދޭނެއެވެ. މީ ދޮގެއްތޯ ނިކަން ބަލަންތިބޭށެވެ.
އަހުމަދު
05 September 2016
ދިވެހި ފުލުހުން ނޭ ބުނީމަ އަންނަނީ ހިނިއެވެ. އެމިހުން ސިޔާސީ މައްސަލަތައް ރާސް ޓަސް ލާފަ ނިންމާލާނެއެވެ.