ޚަބަރު / ޓްރެފިކް އޮޕަރޭޝަން

އެކްސިޑެންޓަށް އަހަރެއް؛ އެންމެންގެ ސަލާމަތަށް އޮއްތޮ މަގުމައްޗަށް!

ލޮނުޒިޔާރަތްކޮޅުގައި ބެހެއްޓި ޕޯސްޓަރު ކައިރީގައި އޮއްތޮ ދަރިފުޅު އުރާލައިގެން: އޮއްތޮ މިއަދު ނުކުތީ އާއްމުން ހޭލުންތެރި ކުރަން. --ފޮޓޯ: ނިޝާން އަލީ/މިހާރު

ފުރޮޅުލީ ގޮނޑިއެއްގައި މިއަދު ހަވީރު ދުއްވާފައި ގެންގޮސް އުމަރު ސަލީމް (އޮއްތޮ) 33، ބޭންދީ މާލޭކޮޅުން ސިނަމާލެ ބްރިޖަށް އަރާ ހިސާބު (ޕޮލިސް ޕޯސްޓު ކައިރި) ދުވާރު މަތީގަ އެވެ. އޭނާގެ ފުރަގަހުގައި ބޮޑު ޕޯސްޓަރެއް ހަރުކޮށްފައި ހުއްޓެވެ. ވެހިކަލްތަކުގައި ދުން ޖަހާފައި ބްރިޖަށް އަރާ މީހުންނާއި ފައިބާ މީހުންނަށް އެ ޕޯސްޓަރު ފެންނާނެ އެވެ. ދުއްވާފައި ދާއިރު އެއްލާ ކަޅިއަކުން އެ ޕޯސްޓަރު ފެނުނަސް ހިތުގައި ޖެހި ދުވެލި މަޑުކުރެވޭނެ އެވެ.

ޕޯސްޓަރުގައި ހުރި ފޮޓޯތަކާއި ލިޔުންތަކުގައި ވަނީ މިދިޔަ އަހަރުގެ މި ދުވަހު އޮއްތޮގެ ދިރިއުޅުން ފުނޑުފުނޑުވި އެކްސިޑެންޓެވެ. ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން އޮއްތޮގެ ސައިކަލުގައި ޖެއްސުމުން އޭނާގެ ދިރިއުޅުން ހަލާކުވި ގޮތެވެ. އެއް ފޮޓޯ އިން ފެންނަނީ އަންހެނުންނާއި ތުއްތު ދަރިފުޅާ އެކު އުޅުނު އުފާވެރި ދިރިއުޅުމެވެ. އަނެއް ފޮޓޯގައި ވަނީ އެކްސިޑެންޓާ އެކު އޭނާ ކުރިމަތިވެފައިވާ ނުކުޅެދުންތެރި ހާލަތެވެ.

އެ ހިތާމަވެރި އެކްސިޑެންޓަށް އެއް އަހަރު ފުރުމާ ދިމާކޮށް، އޮއްތޮގެ އާއިލާ އާއި "މިހާރު" ން ގުޅިގެން ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި އެ ޕޯސްޓަރު ބެހެއްޓީ އާއްމުން ހޭލުންތެރި ކުރުމަށެވެ.

ޕޯސްޓަރާ ހަމައަށް ފުރޮޅުލީ ގޮނޑިއެއްގައި އޮއްތޮ ގެންދަނީ: އެކްސިޑެންޓާ އެކު އޭނާ އަށް އަމިއްލަ އަށް ހިނގާބިނގާވެ ނޫޅެވޭ. ވާހަކަ ދެއްކެނީ ވެސް ވަރަށް އުނދަގުލުން. --ފޮޓޯ: ނިޝާން އަލީ/މިހާރު

އެއްވެސް ބަޔަކު އަޅައެއް ނުލާ، މާބޮޑު ކަމަކަށް ވެސް ނުހަދާ. އޮއްތޮ ޕޯސްޓަރު ކައިރީގައި މިއަދު އިން އިރު ވެސް ފެނުނު ދުއްވަން އޮންނަ ސްޕީޑަށް ވުރެން މާ ބާރަށް، އެއްވެސް ބެލުމެއް ނެތި ދުއްވާފައި ދިޔަ ތަން. އޮއްތޮ އަށް ލިބުނު ފަދަ އަނިޔާއެއް އެހެން މީހަކަށް ލިބުމުގެ ބިރުވެރިކަން އަދިވެސް އެބައޮތް. -- ނައުފާ

އެކްސިޑެންޓާ އެކު، އޮއްތޮ ވަނީ އަމިއްލަ އަށް ހިނގައިބިނގާވެ އުޅުމާއި ވާހަކަ ދެއްކުމުން ވެސް މަހްރޫމްވެފަ އެވެ. އެ ހިތްދަތި ކަން އެހެން މީހަކަށް ލިބޭކަށް އޭނާ ނޭދެ އެވެ. މަގުމަތީގެ ގަވާއިދުތަކަށް ބެލުމެއް ނެތި ބާރު ސްޕީޑުގައި ދުއްވުމާ ދެކޮޅަށް އޭނާ މަގުމައްޗަށް މިއަދު ނުކުތީ އާއްމުންގެ ސަލާމަތަށްޓަކަ އެވެ.

ޕޯސްޓަރު ކައިރީގައި އޮއްތޮ މަޑުކޮށްލައިގެން. --ފޮޓޯ: ނިޝާން އަލީ/މިހާރު

އެކްސިޑެންޓްވި ދުވަހު ވެސް އޮއްތޮ ދުއްވާފައި ދިޔައީ ގަވާއިދު ފަޅިން، މަޑު ދުވެއްޔެއްގަ އެވެ. ކޮންޓްރޯލެއް ނެތި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން ޖެއްސުމާ އެކު އޮއްތޮ ވެއްޓުނީ އެވެ. ބޮޑެތި ޒަހަމްތަކެއް ލިބި ސިކުނޑި އަށް ލޭ އެޅުނު އޮއްތޮގެ ފުރާނަ ސަލާމަތްވީ ކިރިޔާ އެވެ. އާއިލާ އިން ބުނިގޮތުގައި، ޑޮކްޓަރުން އުއްމީދު ވެސް ކަނޑާލި އެވެ. އޭނާ ރަނގަޅުވާން ފެށީ ޓްރީ ޓޮޕުން ބޮޑު އޮޕަރޭޝަނެއްކޮށް، ދިން ފަރުވާއިންނެވެ. ތިން ހަފުތާ ވަންދެން ކޯމާގައި ވެސް އޮންނަން ޖެހުނެވެ.

އަމިއްލަ އަށް ކިޔައި ނުދެވޭ ވާހަކަތައް ޕޯސްޓަރުގައި ލިޔެގެން ނަމަވެސް އޮއްތޮ ބޭނުންވީ އެންމެންނަށް މެސެޖު ފޯރުކޮށްދޭށެވެ. އޭނާ އެދެނީ ދުއްވުމުގައި ފަރުވާތެރި ވުމަށެވެ. ތިމާ އަށް އަދި އެހެން މީހުންނަށް ވެސް އަނިޔާއެއް ނުލިބޭ ގޮތަށް ގަވާއިދާ އެއްގޮތަށް މަޑުން ދުއްވުމަށެވެ.

ސައިކަލުން ޖެއްސި މީހާ ޒިންމާ ނުކުރުވައި ދޫކޮށްލާފައި ހުރުން ބަލައެއް ނުގަނެވޭ.

ކުޅިވަރުގެ ދާއިރާ އިން ޚިދުމަތްތެރި ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ)ގެ ދަރިފުޅު އޮއްތޮއާ އެކު އޭނާގެ އާއިލާގެ ގިނަ ބަޔަކު ވެސް މިއަދު ލޮނުޒިޔާރަތްކޮޅަށް ޖަމާވި އެވެ. އެ ޕޯސްޓަރު ފެނިގެން ބައެއް މީހުން ގޮސް އޮއްތޮއާ ވާހަކަ ދައްކައި ހިތްވަރު ދީ ހެދި އެވެ.

އޮއްތޮ އާއިލާ އެކު: މިއަދަކީ އޭނާގެ އެކްސިޑެންޓުވީތާ އެއް އަހަރު ފުރުނު ދުވަސް. --ފޮޓޯ: ނިޝާން އަލީ/މިހާރު

އޮއްތޮގެ އަންހެނުން ފާތުމަތު ނައުފާ ބުނިގޮތުގައި، ޕޯސްޓަރެއް ކައިރީގައި ހުއްޓުމަކީ ރަނގަޅަށް ހުރި ނަމަ އޮއްތޮ ކުރާނެ ކަމެއް ނޫނެވެ. އެއަށް ވުރެ އޮއްތޮ އަށް މުހިއްމު ވާނީ ކުޑަ ދަރިފުޅާ އެކު ވަގުތު ހޭދަކޮށް، އޭނާގެ ވޯކްޝޮޕްގެ މަސައްކަތާއި ހުސްވަގުތެއް ލިބިއްޖެ ނަމަ ފުޓުބޯޅަ ކުޅުން ފަދަ ކަންކަމުން ހިތްހަމަޖެހުން ހޯދުމަށެވެ. އެކަމަކު އެ ހުރިހާ ކަމަކުން އޮއްތޮ މަހްރޫމްކޮށްލީ، އެހެން މީހެއްގެ އިހުމާލެވެ.

އާއިލާގެ ކަންބޮޑުވުމަކީ އޮއްތޮ އަށް އެ ހާލު ޖެއްސި މީހާ މިނިވަންކަމާ އެކު އުޅުމުގެ ފުރުސަތު ލިބުމެވެ. އޭނާ ނަގަން ޖެހުނު ޒިންމާއެއް ނެތެވެ. ކަމާބެހޭ އިދާރާތަކުން އޭނާއާ މެދު އެޅި ފިޔަވަޅެއް ނެތެވެ. ޒިންމާނުކޮށް ދޫކޮށްލާފައި ހުރުމަކީ އާއިލާ އިން ދެކޭ ގޮތުގައި، އެހެން މީހަކަށް އެފަދަ އަނިޔާއެއް ދޭން ހިތްވަރު ދިނުމެވެ.

ދުއްވާފައި ދިޔަ މީހަކަށް އޮއްތޮ އަތުން އިޝާރާތް ކުރަނީ: އުފާވެރި ދިރިއުޅުމެއް އައި އޮއްތޮ އަށް މި ހާލު ޖެހުނީ ފަރުވާކުޑަކޮށް ސައިކަލް ދުއްވި މީހެއްގެ އިހުމާލުން. --ފޮޓޯ: ނިޝާން އަލީ/މިހާރު

"އޮއްތޮ އަށް މިހާ ބޮޑު އަނިޔާއެއް ލިބި އަދިވެސް އެ ހިތްދަތިކަމުން އަރައެއް ނުގަނެވޭ. އެކަމަކު ސައިކަލުން ޖެއްސި މީހާ ޒިންމާ ނުކުރުވައި ދޫކޮށްލާފައި ހުރުން ބަލައެއް ނުގަނެވޭ. އެއީ، އިންސާފެއް ކަމަކަށް ވެސް ނުދެކެން،" ނައުފާ ބުންޏެވެ.

އޮއްތޮގެ ގައިގައި ސައިކަލުން ޖެއްސި މީހާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ހުޅުމާލޭ ކޯޓުގައި މާދަމާ އޮންނާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓުވިޓެއްގައި ވަނީ ވިދާޅުވެފަ އެވެ.

އޮއްތޮ އަށް އިންސާފު ނުލިބުނު ތަނުގައި އެ އެކްސިޑެންޓާ ގުޅިގެން އެހެން މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވުމަކީ ވެސް އާއިލާގެ ކަންބޮޑުވުމެވެ.

އޮއްތޮގެ އަންހެނުންގެ ޓުވީޓު

"އެއްވެސް ބަޔަކު އަޅައެއް ނުލާ، މާބޮޑު ކަމަކަށް ވެސް ނުހަދާ. އޮއްތޮ ޕޯސްޓަރު ކައިރީގައި މިއަދު އިން އިރު ވެސް ފެނުނު ދުއްވަން އޮންނަ ސްޕީޑަށް ވުރެން މާ ބާރަށް، އެއްވެސް ބެލުމެއް ނެތި ދުއްވާފައި ދިޔަ ތަން. އޮއްތޮ އަށް ލިބުނު ފަދަ އަނިޔާއެއް އެހެން މީހަކަށް ލިބުމުގެ ބިރުވެރިކަން އަދިވެސް އެބައޮތް،" ނައުފާ ބުންޏެވެ.

ޕޯސްޓަރު ކައިރީގައި އޮއްތޮ: އޭނާ ބޭނުންވީ އާއްމުންގެ ސަލާމަތަށް މެސެޖެއް ދޭން. --ފޮޓޯ: ނިޝާން އަލީ/މިހާރު

އޮއްތޮ އެދެނީ ބާރު ސްޕީޑުގައި ދުއްވުން، ކަމާބެހޭ އިދާރާތަކުން ހުއްޓުވައި ދިނުމަށެވެ. އަދި ބާރު ސްޕީޑުގައި ދުއްވުމަކީ ތިމާ އާއި އެހެން މީހުންނަށް ވެސް ހުރި ނުރައްކަލެއްކަން ގަބޫލުކޮށް، އަމިއްލަ ޒިންމާ އަދާކުރުމަށެވެ.

އެންމެ މިނެޓަކުން ވެސް ދިރިއުޅުން ބަރުބާދުވެދާނެ އެވެ؛ އެކަން ގަބޫލުކުރަން ޕޯސްޓަރު ކައިރީގައި އިން އޮއްތޮ ފުދެ އެވެ.

31 ކޮމެންޓް, 416 ރިއެކްޝަންސް

icon happy icon happy 1%
icon sad icon sad 97%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޯގޯސް

16 February 2020

މީދެން ހަމަ މަޝްޙޫރު ވާން ވެގެން ކުރާކަންތައް. ކިތަންމެ ބޮޑު ބިލްބޯޑެއް ޖެހިޔަސް 1 ފޫޓުން ބްރޭކަރު އެޅިޔަސް ކޮންމެ ވެހިކަލެއްގައި ޓްރެފިކް ޕޮލިހެއް ހުއްޓަސް ދިވެހިން މަތައެއް ނުވާނެ. އެމީހުންނަކީ މާ ފޮނިބައެއް. އެމީ ހުންބޮޑުވީމަ ތިމާގެ މައިންބަފައިންނައް ކިޔަމަން ނުވާބަޔަކު ދެންކިހިނެތް ލޯ އަށް ބޯލަބާނީ.

The name is already taken The name is available. Register?

ރިޔޯ

11 June 2019

ސްޕީޑް ކޮންޓުރޯލް ކުރަންށޭ ބުނާއިރު އެންމެ ބާރަށް ދުއްވާނީ ވެސް ފުލުހުންނެވެ.

The name is already taken The name is available. Register?

ހަގީ

31 May 2019

ބާރަށް ދުއްވާ މީހުންނާ ބޯދިގު ކޮށް ކަންފަތުގަ މޔދި އަޅުވައިގެން އުޅޭ ފިރިހެނުން މުޖްތަމައުން ބޭރުކުރަންޖެހޭ. އެމީހުންނާ ދެކޮޅަށް ހައްގުތައް ހަނިކުރެވޭ ގާނޫނެއް ބޭނުންވޭ. އަދި ހަރުކަށި އަދަބު ދެވެންޖެހޭ. އޭރުން މަސްތުވާތަކެތީގެ މައްސަލަތަކައްޥެސ ހައްލެއް ލިބޭނެ.

The name is already taken The name is available. Register?

ބުރަފަތި

30 May 2019

މިހާރު އުޅޭ ޒުވާނުން ދުވާލުދާ ހަތަރު ދަމު ނިދާފަ އިރު އޮއްސޭއިރު ހޭލައިގެން ސައިކަލައް އެރޭ އިރު ހުންނަނީ ވަގުތު ކުޑަތަން ވެފަ ރައްޓެއްސަކައް ގުޅާފަ ބުނާނެ ކައެ ކޮންތާކު؟؟ ކޮފީއެއް ބިންދާލެވޭކައް ނެތްތަ؟؟ނޫނެކޭ ބުނުމާއެކު ސައިކުގެ މުއްގަންޑުވެސް ހުސް ވެފަ އިންނާނާ .ގަވާއިދުން މިހާރުވެސް ދުއްވާފަ ދާއިރު ބާރައް ދުއްވާފަ ނުބައިފަޅިން އަރާމީހުން ވަގުތުން ބިޑި އަޅުވާ ޖަލައް 50 ދުވަހައް ލެވޭ ގޮތައް ގާނޫން އައް ބަދަލު ގެނެސް ތަންފީޒު ކުރުން ލަސް ވެސް..

The name is already taken The name is available. Register?

ކަނޑުބޭރި

30 May 2019

އަދީބު މިނިވަން ވެއްޖެ އެހެންވީމަ މިސަރުކާރުންވެސް ކުރަން ބޭނުން ކަންކަން ކޮށް ނިންމާ އެބަ. ތިޔައީ ސިޔާސީ މީހެއް ނޫންވީމަ އަޅައެއް ނުލާނެ. ހަމީދު އިންނާނެ ޓުވީޓު ކޮށްލަ ކޮށްލާ.

The name is already taken The name is available. Register?

އެއްކަލަ ގޮލާ

30 May 2019

ޕަބްލިސިޓީ ހޯދުން. ކޮން ކަމެއް.

The name is already taken The name is available. Register?

މިހިރަ ބީތާޔާ

31 May 2019

ލައިކް ޑޫޑް! ރިއަލީ ނައު؟!؟! ޔޫ އޯކޭ ތަ؟

The name is already taken The name is available. Register?

ދޮންބެއްޔާ

30 May 2019

ޤަވާޢިދާ ޚިލާފަށް ދުއްވާ ފަރާތްތަކުގެ, އޭގެތެރެއިންވެސް ޚާއްޞަކޮށް ބޮޑެތި އެކްސިޑެންޓްތަކުގައި އެމީހުންގެ އިހުމާލު ހިމެނޭ ފަރާތްތަކުގެ ލައިސަންސް ވަގުތުން ކެންސަލްކޮށް، އެފަދަ މީހުންގެ އެއްގަމު އުޅަނދުތައް ވެސް ވަގުތުން ސަރުކާރަށް ނަގަންވީ. އެއްަގމު ދުއްވާ އިތުރު އުޅަނދެއް އޭނާގެ ނަންމަތީގައި ރަޖިސްޓްރީ ވެސް ކުރިޔަދީގެންނުވާނެ. އަދި އޭނަ އަމިއްލައަށް އެހެން މީހެއްގެ އުޅަނދެއްވެސް ދުއްވިގެންނުވާނެ. އޭރުން ޙައްލު ލިބިދާނެ ކަމަށް ޤަބޫލުކުރެވޭ

The name is already taken The name is available. Register?

ހާސަރު

30 May 2019

ބާރުސްޕީޑް ގައި ދުއްވާ ވެހިކަލްތްއް ފުރަތަމަ ފަހަރު 1 މަހަށް ދެވަނަ ފަހަރު 6 މަހަށް ތިންވަނަ ފަހަރު އެއްކޮށް އަތުލަން ގަވައިދައް ބަދަލުގެނޭ ކޮންމެވެސް ވަރެއްވާނެއޭރުން.

The name is already taken The name is available. Register?

ހަކީމު

30 May 2019

އޮއްތޮ އާއި އާއިލާ، އަދި ރަށްޓެރިންގެ ހިތްވަރަށް ސާބާސް ދެން. ހަމަ އެކަނި ހޭލުންތެރި ވެގެންނެއް މިކަމެން ނުހުއްޓުވޭނެ. ކޮމެންޓް ތަށް ކިޔާލީމަ އެނގޭނެ ފުލުހުން މިކަމަށް ނުކުޅެދިފައިވާ މިންވަރު.

The name is already taken The name is available. Register?

ޢަހުމަދު ހާޖީ

30 May 2019

މެއި 29 1 އަހަރޭކިޔާފަ ހަމީދު ޓުވީޓު ކުރާނެކަމެއް ނެތް. މިވެރިކަން އައިފަހުން 8 މަސްވީ ކީއްވެ މައްސލަ ނުބަލަންވީ. 23 ސެޕްޓެމްބަރުގަ އިބޫ ހޮވުނުފަހުން ޔާމީން ސަރުކާރު އޮތަސް އޮތީ ފިޔަކޮށާލާފަ އެއްވެސް ކަމެއް ކުރިއަކައް ނުގެންދަން މާރިޔާ އިރުއިރުކޮޅާ ނޫސްކޮންފަރެންސްދީހަދަނީ. ތިމައްސލައައް ގިނަދިވަސްވީ މިސަރުކާރުގަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454