އަދީބު: އެމަނިކުފާނަށް އިއްވި ހުރިހާ ހުކުމްތަކުން މިއަދު ވަނީ ސަލާމަތްވެވަޑައިގެންފައި.
30 މެއި 2019 - 15:04
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގެ އިހުސާސްތައް، ހުރިހާ ހުކުމަކުން އެމަނިކުފާނު މިއަދު ސަލާމަތްވެވަޑައިގަތުމާ އެކު ޓުވީޓަކުން މިއަދު ހާމަކުރައްވައިފި އެވެ.
ޚިޔާނާތުގެ ކުށުގައި، އަދީބަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ވެސް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ. އެއާ އެކު އަދީބަށް ކުރި ހުރިހާ ހުކުމަކުން އޭނާ ވަނީ ސަލާމަތްވެ ވަޑައިގެންފަ އެވެ.
އަދީބަށް ހިޔާނާތުގެ ހުކުމް 2016 ގައި އިއްވީ ޅ. މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވިކަން ސާބިތުވުމުންނެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މޭތިސްރިއަކީ އަދީބު ކަމަށް ތުހުމަތުކުރެ އެވެ. އެމްއެމްޕީއާރުސީން ދައުލަތަށް ވަންނަން ޖެހޭ އެ ފައިސާ ޖަމާކޮށްފައި ވަނީ އޭސީސީގެ ތަހުގީގު ރިޕޯޓުގައިވާ ގޮތުން އެމަނިކުފާނުގެ އެކުވެރިންގެ ކުންފުންޏެއް ކަމަށްވާ އެސްއޯއެފަށެވެ.
އަދީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ، އެމަނިކުފާނު ގޮޅީގައި އޮންނެވި ހާލަތު ވިދާޅުވެ ދެއްވައިފަ އެވެ. އެކަނިމާއެކަނި ބަލި ހާލުގައި އޮންނެވީ އަނދިރި ކުޑަކޮޅިއެއްގައި ކަމަށް ވިދާޅުވި އެވެ. އެ ހާލަތުގައި އެންމެ ގިނައިން ކުރެއްވި ދުއާ އިޖާބަކޮށްދެއްވައި އިންސާފު ލިބިފައިވާތީ މާތް ﷲ އަށް ހަމްދާއި ޝުކުރު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
Eh kuda golheega ekani andhireega, bali haaluga, ethah aharuthkeh vandhen emme ginain mi alhaa kuri dua ijaaba kohdhevaa, insaafu hoadhaa dhehvaa mi alhaa salaamaiy kohdhevi Maiy Allah SWT ah Hamdhaa Shukuru kuran, Alhamdhulilaahi. pic.twitter.com/DEnbWD51sh
— Ahmed Adeeb (@Ahmed_Adeeb) May 30, 2019
ހުކުމްތަކުން ސަލާމަތްވުމުން އަދީބު ކުރެއްވި ޓުވީޓް.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމަނިކުފާނާ އެންމެ އަރިސް އަދި އޭރު ސަރުކާރުގެ އެންމެ ބާރާއި ނުފޫޒު ގަދަ އަދީބު ޖަލަށް ލީ، ޔާމީން ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލައި އެމަނިކުފާނު އަވަހާރަކޮށްލަން އުޅުއްވި ކަމުގެ ތުހުމަތުގަ އެވެ. އެމްއެމްޕީއާރުސީގެ 1.3 މިލިއަން ރުފިޔާގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލީ އެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނިކޮށެވެ. އެ ނޫން ވެސް އެކި ކުށްތަކުގައި އެމަނިކުފާނަށް 33 އަހަރުގެ ޖަލު ހުކުމް އިއްވި އެވެ.
އޭގެ ތެރޭގައި ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އެމަނިކުފާނަށް އިއްވި 10 އަހަރުގެ ޖަލު ހުކުމާއި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބަށް އިއްވި 15 އަހަރުގެ ޖަލު ހުކުމް ވެސް ހިމެނެ އެވެ.
ލޯންޗް މައްސަލާގައި އަދީބުގެ ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން ދަށު ކޯޓަށް މިދިޔަ ހަފުތާގައި އެންގިއިރު އެ މައްސަލައާ ގުޅިގެން އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން ވެސް ހައި ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. އަދި އެ މުއްދަތު ހަމަވުމުގެ ކުރިން އަދީބު ދަށު ކޯޓަށް ހާޒިރުކޮށް، އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން ވެސް އެ ހުކުމުގައި އޮތީ އަންގައިފަ އެވެ. މީގެ އިތުރު ފިސްތޯލައެއް ގެންގުޅުއްވި ކަމުގެ މައްސަލަ ސުޕްރީމް ކޯޓުން ވަނީ މިދިޔަ ހޯމަ ދުވަހު ބާތިލް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުކުމް
06 June 2019
މިކަންމީ ރަތްޔެތުން ހޭލާތިބެންޖެހޭ ވަރުގެ ކަމެއް ދަންނާތި!
ކަލް
01 June 2019
ކުދިންނޭ ތިޔަކަހަލަ ހުރިހާ މައްސަލައެއްގެ ބެންޗު އެކުލެވިފަ ހުރިގޮތް ބަލާލަބަލަ. މޭޒުތަންދޮށުން ހައިކޯޓަށް ވަން މީހުންނަށް އަޣުލަބިއްޔަތު ލިބޭގޮތަށް ހުންނާނީ. އަދި ތަފާތުވި ރައުޔު އަޣުލަބިއްޔަތަކީވެސް މިދެންނެވި ފަނޑިޔާރުން. ހުރިހާ ހުތުރެއް މުޅި ޖުޑިޝަރީއަށް. މިއީ ޔާމީނުގެ ޖުޑިޝަރީ. މިއީ ޔާމީނު މިގައުމަށް ގެނައި ތަރައްގީގެ ބައެއް.
ނުރަބޯ
01 June 2019
މަކަރަކުން ވާނެ ލާބައެއް ނެތް.....!!!
ރެކިފުތާ
31 May 2019
ކޯޓުތައް އިސްލާހު ކުރަންޖެހޭކަން މިއޮތީ ހާމަވާން. ކޯޓްތަކުން މިކަހަލަކަންކަން ކުރީމާ އެޅެނީ ސަރުކާރުގެ ބޮލުގައި. ޢަވަހަށް ކޯޓުތަކުގެ ފަޑިޔާރުން ބަދަލުކޮށް ޖުޑިޝަރީ އިސްލާހުކޮށް މިކަހަލަ ބޮޑެތިވަގުންނަށް ހައްގު އަދަބު ދޭންޖެހޭ. ރިހާކުރުފުޅި ވަގަށްނެގި މީހާ ފަސްއަހަރަށް ޖަލަށް. ރައްޔިތުންގެ މުދަލުން އެތައް މިލިއަނެއް ވަގަށްނެގިމީހުން މިނިވަންވެ އުފަލާ އަރާމުގައި.
ހަނުހުންނަ މީހާ
31 May 2019
އަދީބު ދޫވެގެން ދިޔުމަކީ ސަރުކާރުގެ ފެއިލްވުމެއް. ހީނުކުރާތި އަބަދު ސަރުކާރަށް ސަނާކިޔާނެކްމަށް. ޙައްގުބަސް އަބަދުވެސް ބުނާނަން.
ކުޑަމަނިކު
31 May 2019
ދެން ކޮން ސްޓަންޓްއެއް ޖައްސާކަށް؟ އަދީބު ތިޔައީ ދިވެހިން ކުރިމަތީގައި ބޮޑުތަނުން ފެއިލްވެފައި ހުރިމީހެއް!
ނޫސްކިޔަން
31 May 2019
އަދީބު ކޮންމެވާހަކަ އެއް ދެއްކިއަސް ވައްކަން ކުރީ އޭނަ ކަން އެގޭ އެންމެންނަށްވެސް އެއީ އިންތިޚާބަށް ކުރިޚަރަދު ގެ އަގު މާދަމާ އިރާދަކު ރެއްވިއްޔާ ރަތްޔަތުންގެދުވަސް ކުރެވޭނެކަމެއް ނޯންނާނެ .ހަތަރެސް ފައިބަދެވި އަގަބަންދުކުރެވޭނެ .ގުނަވަންތައް ހެކިދޭނެ މާނުބައިވެގެން އުޅޭނެކަމެއްނެތް
ހަސީނާ
31 May 2019
އަދީބު ތީ ވަގެއް އަދި 400،000 މުސްލިމުންގެ މުދަލުން ވައްކަންކޮށްފައި ހުރި މީހެއް. މިކަމެއް ބަދަލެއް ނުވާނެ. ރައްޔިތުންގެ ލާރި އަނބުރާދީ. 500 ރުފިޔާގެ ވައްކަންކުރި ސޮރު 5 އަހަރަށް ޖަލަށްލާފައި އެއޮތީ. 1 ބިލިއަން ރުފިޔާ ވައްކަން ކުރިމީހާ އެހެރީ "އިންސާފު" ލިބި މިނިވަންވެފަ. ސާބަހޭ އެމްޑީޕީ. ސާބަހޭ ރައީސް ނަޝީދު. ތިޔޮއް އަނގަގަދީ ގުރޫޕުތަކުން ބުނެލާނެ އެކައްޗެއްވެސް ނެތްދޯ؟
ޢަދީބާ ހިސާބުން ނުނިމޭނެ
02 June 2019
ހުރިހާކަމެއް ހަމައެކަނި އަދީބާ ހިސާބަކުން ނުނިމޭނެ އެވެ. ކުރިކަމެއް ކުރީ، އަދީބު އެކަނި ނޫންކަމަށް މުޅި ދިވެހި ޤައުމު ހެކިވެއެވެ. އެހުރިހާ ކަމެއްވެސް ބެލިގެން ނޫނީ އަދީބަށް ވެސް ޙައްޤު އަދަބެއް ނުދެވޭނެ އެވެ.
ގަމާރު
03 June 2019
ހަސީނާ މޮޔަފުޅުވީތޯ ރައީސް މުހައްމަދު ނަސީދު ތައެދޫކޮއްލީ އަދީބު ލޮލަށް މިރުސް ފެން އެޅިފަދޯ
ކިޔުންތެރި
31 May 2019
ދޫކޮށްލުމަކީ ވަރަށް ދެރަކަމެއް ބޮޑެތިޖަރީމާ ހިންގާ ސަރުކާރުގެ ލާރިތައް ބޭނުންކޮށްފައިވާމީހުން ތިޔަފަދަގޮތަކަށް މިނިވަންކޮށްގެން ނުވާނެ ދުނިޔޭގެފެންވަރުގެ ގޭންގްސްޓާސް ބްރަދާސްތައް ކޮބާ
ދެބަންދިހާރު
31 May 2019
ބޮޑަށް ވައްތަރީ ޝަރުއީ ދާއިރާ އިސްލާހް ކުރަން އުޅޭވާހަކަޔަށް ރަނގަޅު ހަތިޔާރެއް ދިފާއުގަ ނެގީހެން.