ކުރީގެ ރައީސް މުހައްމަދު ނަޝީދު: ލަންކާގައި ހަފުތާއެއްހާ ދުވަހު ހުންނެވުމަށް އެމަނިކުފާނު މިއަދު ފުރާވަޑައިގެންނެވިއިރު ބައްދަލުކުރެއްވީ ކޮން ބަޔަކާ ކަމެއް އަދި ހާމައެއް ނުކުރައްވާ.--ފޮޓޯ: އަހްމަދު އާޒިމް (އަންޖު)
05 ސެޕްޓެމްބަރ 2016 - 17:44
ރާއްޖެއާ ގުޅޭ މުހިއްމު ބައްދަލުވުންތަކަކަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ސްރީ ލަންކާ އަށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެ ގައުމުން ފުރާވަޑައިގެންފި އެވެ.
އެނގިފައިވާ ގޮތުގައި ނަޝީދާ އެކު އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވެސް އެނބުރި އިނގިރޭސި ވިލާތަށް ފުރާވަޑައިގެންނެވި އެވެ. ކުރިން އަޑުއަރާފައި އޮތީ ލަންކާ ގައި އޮތް ބައްދަލުވުންތަކުގައި އެ ދެ ބޭފުޅުންނާ އެކު އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެކަމަކު ޖަމީލް ލަންކާ އަށް ވަޑައެއްނުގަންނަވަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުކޮށް އިންތިގާލީ ސަރުކާރަކަށް މަގުފަހިކުރަން އުފައްދާފައިވާ އިއްތިހާދުގެ އިސް ބޭފުޅުން ލަންކާ އަށް ކުރައްވާ ދަތުރާ ބެހޭ ގޮތުން އެ އިއްތިހާދުގެ އިސް ބޭފުޅުން ރަސްމީކޮށް ވާހަކައެއް ނުދައްކަވަ އެވެ. އެހެންވެ ނަޝީދު ބައްދަލުކުރެއްވީ ކޮން ބަޔަކާ ކަމެއް އަދި މަޝްވަރާ ކުރެއްވީ ކޮން ކަމަކާ ގުޅޭގޮތުން ކަމެއް ވެސް ސާފެއް ނުވެ އެވެ. މައުލޫމާތު އެނގިވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ބައްދަލުވުންތަކަށް ފަހު ރާއްޖޭގެ ސިޔާސީ މަސްރަހުން ބޮޑު ބަދަލުތަކެއް ފެންނާނެ އެވެ. އެ ބަދަލުތައް ގެންނަން ލަންކާގެ އެހީތެރިކަން ބޮޑުވާނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޖަމީލްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު، ކެނެޑާގެ ސަފީރު ގޯޑަން ކެމްބްލެއާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.
ނަޝީދުގެ ދަތުރުފުޅާ ގުޅޭގޮތުން ސުވާލު ދެންނެވުމުން، އިދިކޮޅު އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ހާމިދު އަބްދުލްޣަފޫރު ވިދާޅުވެފައި ވަނީ އިންގިތާލީ ސަރުކާރާ ގުޅޭ މަޝްވަރާތައް ލަންކާގައި ވެސް ކުރިއަށް ގެންދާ ކަމަށެވެ. މާ ބޮޑު ތަފްސީލެއް ނުދެއްވައި އޭނާ ވިދާޅުވީ އެކި ދުވަސްވަރު އެކި ބޭފުޅުން ވަޑައިގެން މަޝްވަރާތައް ކުރިއަށް ގެންދަވާ ކަމަށެވެ.
އިދިކޮޅު ލީޑަރުން ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކުރަން މަސައްކަތް ކުރައްވާއިރު މަދު ހަފުތާތަކެއްގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން ވަނީ ރިޕޯޓްކޮށްފަ އެވެ. މި ރިޕޯޓާ އެކު އިދިކޮޅު ފަރާތްތަކުން "ބަޣާވާތަކުން" ގެންނަން އުޅެނީ ކަމަށް ދިވެހި ސަރުކާރުން ދެއްކި ވާހަކަތަކާ ގުޅިގެން ލަންކާ ސަރުކާރުން ވަނީ ރައްދު ދީފަ އެވެ.
ލަންކާ ސަރުކާރުން ބުނެފައި ވަނީ ނަޝީދު އެ ގައުމުގައި ހުންނެވިޔަސް އެ ގައުމުން ކަންބޮޑުނުވާ ކަމަށެވެ. އެމަނިކުފާނު ކުރައްވަނީ ޑިމޮކްރެސީގެ މަސައްކަތް ކަމަށް ލަންކާ އިން ވަނީ ބުނެފަ އެވެ. ލަންކާ ސަރުކާރުގެ ކެބިނެޓް ސެކްރެޓަރީ ރަޖިތަ ސެނެރަތުނަ ކޮލަމްބޯ ގެޒެޓު ނޫހަށް ވިދާޅުވެފައިވާ ގޮތުގައި މައުމޫންގެ ވެރިކަމާ ދެކޮޅަށް ނަޝީދު މަސައްކަތްޕުޅު ކުރެއްވީ ވެސް ލަންކާގަ އެވެ. މައުމޫނަށް ފަހު ވެރިކަމަށް ވަޑައިގަތުމާ އެކު ލަންކާ ސަރުކާރަށް ނަޝީދު ޝުކުރު ވެސް އަދާކުރެއްވިކަން ފާހަގަކުރައްވައި ރަޖިތަ ވިދާޅުވީ ނަޝީދު މިހާރު ވެސް ކުރައްވަނީ އޭރު ކުރެއްވި މަސައްކަތްޕުޅު ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަންދީ
06 September 2016
ރައީސް ނަޝީދު ވިދާޅުވެއްޖެ ބަޢާވާތެއް ނުކުރައްވާނެ ވާހަކަ އެފަދަ މުޑުދާރު ޢަމަލެއް މިރާއްޖޭން ދެން ފެންނާކައް ނޭދޭ އެކަމަކު ބަޢާވާތް ނުކޮއް މިހާރު މިއޮތް ވެރިކަން ޤާނޫނީ ހަމަތަކުގެ ތެރެއިން ބަދަލު ކުރަން މިރާއްޖޭގެ ގިނަ ރައްޔިތުން އެދޭކަން ވަރައްސާފު
މުޙައްމަދު
06 September 2016
ނަޝީދާ އެކު އެ ބުނާ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ޖަމީލު ލަންކާ އަށް ވަޑައިނުގަތުމުން ދޭހަ ވަނީ ތިޔަ އިއްތިޙާދު ގައި މިހާރު ވެސް ރެނދު ލައި ރޫޅެން ފަށައިފައި އޮތް ކަމެވެ.
ސާބަހޭ
06 September 2016
ހެއްހެއް. ވެރިކަމާ ހަވާލުވާން އައިސް އެކަން ވާގޮތް ނުވީދޯ!
ވީނަސް
05 September 2016
ޖަމީލުބޭ ބަހަށްޓާފަ އަވަސް އަރުވާލައިގެން މީނާ ލަންކާއަށް އައީ ހިތުން ވެރިކަން ވައްޓާލާ ވެރިކަމާ ހަވާލުވާށޯ. ބަލަގަ ބޮޑު ގައިދީއަކު ރާއްޖެއާ ބެހޭގޮތުން ބަޣާވާތް ކުރުން ފިޔަވާ އޮންނާނީ ކޮން މުހިންމު ބައްދަލުވުމެއްތޯ. ދައުލަތަކުން ނޫޅެޔޭ އިނގޭތޯ ގުޑުގުޑު އަޅާތީއެއް. ޢަދި އަމުދުން މީނާ ހައްޔަރު ކުރާކަށްވެސް. ބޮލެއް ހުރި މީހަކަށްވިއްޔާ މީނާ ހައްޔަރުކޮށްގެން ގެނެސްފިއްޔާ ދެއިރު ދެދަޅައަށް ބޯ ބޭހެއްހެން އަރިކައްޓަށް ތަދު އަރާތީ މާލެ ގެނައީމަ މާލެތެރެ ހައިޖާނު ކުރާނެކަމީ ޝައްކެތް ވަސްވާހެއް އޮތް ކަމެއް ނޫން. ޜައްޔިތުން ބޭނުންވަނީ ކުރިއެރުމާއި ތަރައްޤީ. އިންތިގާލީ މަގަށް ކިޔާ އެއްޗެއް ޤާނޫނުގައި ނެތްއިރު ހުވަފެން ދައްކައިގެން ބަޣާވާތް ކުރަން ރައްޔިތުން ފުރުޞަތެއް ނުދޭނެ.
ގައުމު
05 September 2016
މިހާރު ތިޔައުޅެނީ ބަޣާވާތެއްކޮއްގެން އެއިން ނުނެތެވިގެން...
މާހިރު
06 September 2016
ދެން ތިޔަވަރު ވިސްނޭއިރު ކޮން ކޯޓު އަމުރެކޯ އެނެރުނީ؟
ފަނަސް
06 September 2016
މިސާލަކަށް އިންތިގާލީ މަގަށް ކިޔާ އެއްޗެއް ޤާނޫނުގަ ނެތިއްޔޯ...ޤާނޫނުގަ އެބޮތްތަ ހުރިހާ ކަމެއް ރިސްވަތުދީގެން ކުރަން..އެހެންނެއްވެސް ނެތްދޯ..އެކަމުވެސް ކުރަނީދޯ...ދެންއޮތީ ޞަދަޤާތު ފައުންޑޭޝަންއިން ނިކަމެތި ރައްޔިތުންގެ ކަދުރުކޮޅު ބައިމީހުން ރުއްސަން ވަކިބަޔަކަށްބަހާލަން އެބޮތްތަ ޤާނޫނަ...ނެތެއްނު ދޯ..ގުދޯގުދޯ ނުގޮވުން ރަނގަޅުވާނީ...
ޖެނެތޫ
05 September 2016
ދައުލަތެއްގެ އާރާއި ބާރު ނެތްކަމާއި، ބޭރުދުނިޔޭގައި ބަސްނުވިކޭކަން ވަރަށް ސާފުކޮން މިކަމުން ފެނިގެންދޭ؟ ޓެރަރިޒަމްގެ ދައުވާކޮށް، ޓެރަރިސްޓަކަށް ހަދައިގެން ހުކުމްކުރި ބޭފުޅެއް މުޅި ދުނިޔޭގައި އުދުހެނީ ހަމަ ބަތަލެއްގެ ދަރަޖައިގައި! ކީކޭތޯބުނާނީ؟ ހެދޭނުހެދޭއެއް ނޭންގި، ވާއެއްނުވާއެއް ނޭންގި ވެރިކަމުގެ ބާރުތަށް ބޮޑުކުރަން ހަދައިގެން އަމިއްލަ ވެރިކަމުގެ ބާރުތަށް މިދަނީ ބަލިކަށިވަމުން! މިއަދު އެކަނިވެރިކަން އިހުސާސް ނުވޭތޯ؟ ނޫސްވެރީން އަނގަބަންދުކުރަން ގާނޫނު ހެދީމާ، އެވާހަކަ ދިވެހި ނޫސްވެރިންނަށް ދެއްކުމުގެ ފުރުސަތު ނެތީމާ، ދެން އެވާހަކަތަށް ލިޔަން ފަށާނީ ބޭރުގެ ނޫސްތަކުގައި! އޭރުން ވަކިމޮޅުތަކެއް ވާނެތޯ؟ ގާނޫނެއް ހަދާއިރުވެސް ދެކޮޅު ބަލަންޖެހޭ! ހުކުމެއްގައިވެސް ދެކޮޅަށް ބަލަންޖެހޭ! އަތަށްގޮވަނީ!
މިޝާއީލް
06 September 2016
އޭގެންވެސް އިނގެނީ އެމީހުންގެ ހުންނަ ޔަހޫދީކަން.. ހަމަ ތިގޮތަށް އިޒްރޭލުއޭ ކިޔައިގެން އުޅޭ ޔަހުދީ ބައިގަނޑެއްވެސް ގައުމެއް އަޅުވެތިކޮށް އެގައުމުގެ ރައީތުން މަރާ ގެދޮރު ތަޅާ ގެދޮރުން ނެރެ ހަދާ އިރުވެސް ތިބުނާ ބޭރުގެ ފަރާތްތައްތިބެނީ އެމީހުންނަށް ހިތްވަރުދީ އެހީތެރިވެދޭން ވެވުނު ގޮތަކުން. އަދި އދ އިން ފާސްކުރި އެއްވެސް ގަރާރެއް އެމީހުން ބޯ ނުލަބާއިރު އދ އަށް ކުރެވުނުކަމެއްވެސް ނެތް..
ކައްޓި
05 September 2016
ރައީސް ނަޝީދު ލަންކާ އިން އަވަހަށް ފުރުމާއި ޖަމީލު ލަންކާޔަށް ވަޑައި ނުގަތުން ގޮސް ގުޅެނީ ދިވެހި ފުލުހުން މައްޗަށް އައި އަމުރާއެވެ. ސިރިސޭނާޔަކީ ލަންކާގެ ވެރިކަމުގައި އަބަދު ހުންނަވާނެ ބޭފުޅެއްނޫނެވެ. ދިވެހިފުލުހުން މިއަމުރާއިގެން ލަންކާ ފުލުހުންނަށް ހުށަހެޅުމުން ރައީސް ސިރިސޭނާޔަށް ނުހަނުބޮޑު ޕްރެޝަރެއް އަންނާނެއެވެ. މާދަމާ ލަންކާއިން ހޯދަން ބޭނުންމީހަކު ރާއްޖޭގައި ހުރެފާނެ ކަން ލަންކާ ފުލުހުންނަށް އެނގޭނެއެވެ. ރައީސްނަޝީދު ހައްޔަރުކުރަން އަމުރުނެެރުނީ އެމަނިކުފާނު ލަންކާގައި ހުންނަވަނިކޮށެވެ. އެހެންވިޔަސް ރައީސްނަޝީދު ފަދަ ހައިޕްރޮފައިލް ބޭފުޅަކު ބޭރުގައުމަކުން ހައްޔަރުނުކުރާނެއެވެ. ޢެކަމަކު ޢެމަނިކުފާނު ލަންކާޔަށް ވަޑައިގަތުމުގެ ކުރިން މިއަމުރު ނެރުނުނަމަ ލަންކާއަށް ވަޑައި ނުގަތީހެވެ.
ޢަލީ
05 September 2016
އަލްޙަމްދު ލިއްލާހި
އަންގާދީ
05 September 2016
ނަޝީދު ލަންކާއިން ފުރުން އެއީ ވަރަށް ބޮޑު މައްސަލަ އެކެވެ. މީގެއިން މިއެގިގެން ދަނީ ލަންކާގައި މިހާރު އޮތް ސަރުކާރަކީ އެއީ އެއްގޮތަކަށް ވެސް ދިވެހި ރާއްޖޭގައި މިހާރު އޮތް ޕިންކް ސަރުކާރާއި ދޯޅުވާ ސަރުކާރެއް ނޫން ކަމަށެވެ. މަމެންގެ ސަރުކާރުން ހުރިހާ މަސައްކަތެއް ދިވެހި ކުންފުނި ތަކަށް ނުދީ ތިމާވެށި މިނިސްޓްރީން ލަންކާ ކުންފުނި ތަކަށް ބިލިއަނުން ދޭއިރު އެކަން ލަންކާގެ ސަަރުކާރަށް ނޭގޭނަމަ ލަންކާ ކުންފުނި ތަކަށް ސީދާ ސީދަލަށް އެއްވެސް ހުރަހެއް ނެތި އެގޮތަށް އައިސް ރާއްޖޭގެ ސަަރުކާރުގެ މަސައްކަތް ތަކާއި އަދި ރާއްޖޭގެ ރިސޯރޓް ތަކުގެ މަސައްކަތް ނެގިގެން ނުވާނެއެވެ. އޭގެ ހިތި ނަތީޖާ މިފެނިގެން ދަނީ އެވެ. ލަންކާ ވެސް އަދި އިންޑިއާ ވެސް ދުވަހަކު ވެސް ދިވެހި ރާއްޖެ ތަރައްގީ ވާކަށް ނޭދޭނެއެވެ. އެކަމަކު ދިވެހި އިގްތިސާދުގެ ތެރޭން އެންމެ ބޮޑު ފައިދާ ކުރަނީ އެމީހުންނަށް. ދިވެހިން ތިބެނީ ބިކަ ވެފައި. ސަަރުކާރުގެ އިކޮނޮމިކް ކައުންސިލުން މިކަން ޖެހޭނެ ވަރަށް ވަރަށް ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ނަގާ ލަންކާ އަށް މިކަން ސައިލެންޓް ސެންކްޝަން އެއްގެ ގޮތުގައި އަންގާ ދޭން.
ގަބުޅިކަތީބު
05 September 2016
ގައުމެއްގަ ވާވެފަ އޮތް ސަރުކާރެއް އޮންނަންޏާ ތިޔަ ހުރިހާ ކަމެއްވެސް ވާނެއެވެ. ޒަމާނުއްސުރެ އެންމެ އަވަށްޓެރި ގައުމުގެ ގޮތުގައި އޮތް ސިރީ ލަންކާ ގެ ސަރުކާރަށް "ބޮޑު ކުށްވެރިއަކަށް" ވުރެ ރާއްޖޭގެ ސަރުކާރުގެ އަގު ދަށްވުމަކީ ހަގީގަތުގައިވެސް ވަރަށްބޮޑު މައްސަލައެކެވެ. އެއްގޮތަކުންބަލާއިރު އެއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ފެއިލްވުމެވެ. އެހެންކަމުން މިވަގުތު "ރާއްޖެ ސިންގަޕޫރަކަށް" ހެދުން ހުއްޓާލާފަ ނަމަވެސް ދޭދޭ ގައުމުތަކާ ޒަމާނުއްސުރެ އޮތް ރަނގަޅު ގުޅުން އަލުން އުފެއްދޭތޯ ކޮންމެހެންވެސް ބަލަން އެބަޖެހެއެވެ. އެހެންނޫނީ ރާއްޖެ ހާލެއްގައި ޖެހޭދުވަހަކުން ދިއްކޮށްލާ ނާށިގަނޑަށް އެއްޗެއްލާނެ ގައުމެއްވެސް ނުވާނެއެވެ. ރާއްޖެއަށް ބޭރުގެ އެހީއާނުލާ ފުއްޕާފަ އުޅުވޭނެ ދުވަހެއް އަދި ލަފާކޮށްލާކަށްވެސް ނޭނގެއެވެ.
ފަޑުއްކަ
05 September 2016
"ގަބުޅިކަތީބު" ސޮވެރިންގް ގައުމު ތަކަށް ކިޔަނީ އެއީ އޭގައި ވަރަށް ފުން މާނަ އެއް އެކުލެވޭތީއެވެ. މިފަހަރު އަންގާ ދޭނަން ލަންކާ އަށް މީގެ މާނަ ވަރަށް ރަނގަޅަށް. ތިގޮތަށް އުޅުނު މަމެން ޕިންކް ކުދިންގެ ވެރިކަމުގެ އިންފެންޓް ސްޓޭޖް ގައި އިންޑިއާ ވެސް ފުއްޕާފައި ތިމަންނާ މެން މީ މިސަރަހައްދުގެ ކިންގް ކަމަށް ހެދިގެން. އެމީހުންގެ ބޮޑު ވަޒީރު ގެންނަން މަމެންގެ ސަރުކާރުން ނޫޅުމުން މިހާރު އެތިބީ ސައިޒުން ކެނޑިފައި އެމީހުން. އެ ކީއްކުރާ ބަޔެއްތަ. ކޯސްޓް ގާރޑް ބިލްޑިންގް އަޅަން ބުނިތާ 4 އަހަރު ވަނީ އެވެ. އެވެސް ކުޑަ ކުޑަ އިމާރާތެއް 10 ބުރިއަށް އަޅަން ޖެހޭ. ބިންގާ އެޅި ފަހުން 3 އަހަރު ވަނީ. އަދިވެސް ކުރެހުން ވެސް ނުނިމޭ. މީ ދެން ކީއްކުރާ ބަޔެއްތަ އޭން. ހަމަ ލަންކާ ވެސް ސޭމް ޕޭޖް. މަމެން ނުދާ އެއްގައުމެއް ވެސް ތިތާކު ނެތް އަދި އެގައުމު ތަކުގެ ގިނަ ސިޓީ ތަކަށް މަމެން މިތިބީ ގޮސް ފައެވެ. ހަމަ ފަޑުއްކަ ތީ.
ފާހި
06 September 2016
ކޮން ސައިލެންޓް ސެންކްޝަނެކޭ ކިޔާކަށް؟ ކާން ގެންގުޅޭ ކާޑު އެތެރެކުރަނީ ތިޔަ ކިޔާ ދެޤައުމުން، ކިރިޔާ ބަލިވިޔަސް ދާންޖެހެނީ އެދެޤައުމަށް، ސެންކްޝަނުގެ ރަހަ ލިއެއްނު ޖީ.އެމް.އާރ ކޮންޓްރެކްޓް އުވާލި ދުވަސްވަރުވެސް.
ކައުންސެލަރު
05 September 2016
ދެސަބަބެވެ! 1. ސަރުކާރު ވައްޓާލަންވާގޮތް ކިޔާދީފައި ފުރައިގެން ދިޔައީއެވެ. ނޫނީ ޔަގީންވަނީ 2. ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭނެކަން ޔަގީންވުމުން ދެބޯދޫނި ދުނިޔެއަޅާ ދިޔަހެން އަނެއްކާވެސް، ބޯވާހަދާހެން ހަރަށް ވަނީއެވެ. ޖެހޭނީ ހަމަ އަމިއްލައަށް ހުޅުނބު ފައިބާށެވެ. ވާނެ އެއްކަމެއްވެސް ނޯންނާނެއެވެ.
އެއްލާލާނަން
05 September 2016
"ކައުންސެލަރު" ތަމެންގެ ރަސްގެފާނަށް ލަންކާ އިން ފުރުނީ ލަންކާ ސަރުކާރުން ފުރުވާލަން ހުއްދަ ދިނީމާ ނޫންތޯއެވެ. މަމެން ޕިންކް ކުދިންގެ ސަރުކާރުން ތިކަމުގެ އަހުވަ ފިލުވާނަން ލަންކާ ސަރުކާރަށް އިގްތިސާދީ ގޮތުން ވަރަށް ގިނަ ދަތި ކުރުމުގެ ފިޔަވަޅު އަޅައިގެން. ނަތީޖާ އަކީ މިހާރު ލަންކާގައި އޮތް ސިރިސޭނާ ގެ ސަރުކާރު ވެއްޓުމެވެ. މީގައި މިނޫން އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް އޮވެގެން ނުވާނެ އަދި އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް އޮވެގެން ނުވާނެއެވެ. މިކަން މިމަގުން ހިނގަން ޖެހޭނެއެވެ. އެއޮތީ ކެމެރޫން ވެސް ނަގާ އެއްލާލާފައި.
ޭއެމްޑީޕީ
05 September 2016
ރައީސް ވީ މިސްޔޫ އެލޮޓް. ޕްލީޒް ކަމް ބެކްސޫން.