ޚަބަރު / ފިތުރު އީދު

އީދު ދުވަހާއި ވަޅު އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ

މާލޭގެ މަގެއް ވެހިކަލް ތަކުން ތޮއްޖެހިފައި. ފައިލް ފޮޓޯ

މި އަހަރުގެ ފިތުރު އީދު ދުވަހާއި ޖެހިގެން އަންނަ ދުވަހު ހަވީރު މާލޭގައި ވެހިކަލް ނުދުއްވާ ގޮތަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކަލަންޑަރުގައި ވާ ގޮތުން އީދު ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ. ވަޅު އީދު ދުވަހަކީ ބުދަ ދުވަހެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ހަ މެމްބަރުންގެ ވޯޓުން ނިންމީ ސަލާމަތީ ބާރުތަކުގެ ވެހިކަލްތަކާއި އެމްބިއުލާންސް ފަދަ ޒަރޫރީ ވެހިކަލްތައް ފިޔަވައި އެހެން ވެހިކަލްތައް އެ ދެ ދުވަހުގެ ހަވީރު ދުއްވުން މަނާ ކުރުމަށެވެ.

އީދު ދުވަސް އަދި ޖެހިގެން އަންނަ ދުވަހު ހަވީރު 4:00 އިން 6:00 އަށް މާލޭގައި ވެހިކަލް ދުއްވުން މަނާކުރަން ނިންމީ މާލޭ ސިޓީ ކައުންސިލުން ބުނިގޮތުގައި، އީދުގެ އުފާފާޅު ކުރުމުގެ ބޭނުމުގައި ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިން މަގުމައްޗަށް ނުކުމެ ކުޅިވަރު ކުޅުމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށެވެ.

ތަފާތު މުނާސަބަތުތަކާ ގުޅިގެން މީގެ ކުރިން ވެސް މާލޭގައި ވަކި ވަގުތުތަކެއް ވަންދެން ވެހިކަލް ދުއްވުން މަނާކުރެ އެވެ. އޭގެ ބޭނުމަކީ ވެހިލަތްކުގެ އެއްވެސް އުނދަގުލެއް ނެތި މާލޭގައި ހިނގައިބިނގާވެ އުޅުމުގެ ފުރުސަތު މީހުންނަށް ދިނުމެވެ.

27 ކޮމެންޓް, 80 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 3%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1828

02 June 2019

އަހަރީ ފީ އަކީ މުޅިއަހަރަށް ދައްކާ ފީއެއް. އެހެންވީމައި މުޅި އަހަރުގައި އެއްގަމު އުޅަނދު ދުއްވެން ޖެހޭނެ.

ހަންސަން

02 June 2019

މަނާވާނީ ޤަވާއިދަށް ތަބާވާމީހުންނަށް އެކަނި ލޮލް

ބިޗޫ ބައި

02 June 2019

ބޭކާރު ކަންކަންކުރަން ފޯރިހުންނަ ސަރުކާރެއްމީ

އަލި

02 June 2019

ފިތުރުއީދަކީ އެއްދުވަސް.. ތިޔަބުނާ ވަޅު އީދަކީ ގިނަމީހުން ރޯދައަށްތިބޭ ދުވަހެއް. މުސްލިމް މުޖުތަމައެއްގަ އެކަން އޮންނަންވީވެސް އެހެން. އެއީ ކުޅޭން އޮތް ދުވަހެއްނޫން.

ޜޮޑް

02 June 2019

އެގޮތައް އުޅެން ދާންވީނު ސައުދި އަރަބިޔާ އައް

ފޫހޖ

02 June 2019

މިތިބަ ދިވެހިން ހީވަނީ އުފަންވީވެސް ވެހިކަލެއްގެ މައްޗަށްހެން. އެހެންޏާފަހެ އެންމެ ދެގަޑިއިރަށް ވެހިކަލުން ފައިބާންޖެހުމުން މިތިބަ ކުދިކިޔާނަގަނީވިއްޔަ.

ހުޅުމާލެމީހާ

02 June 2019

އެ ދުވަހު މާލެެއިން ހުޅުމާލެއަށް ދާންޖެހޭނީވެސް ހިނގާފައިތޯ؟ މިއީ ރަގަޅު ކަމެއް. އެކަމަކު ހިނގާފައި އުޅޭ ދުވަހެއް ހަމަޖައްސާއިރު ކުރިއާއި ވަރަށް ތަފާތު، އެއީ ބުރިޖް ހުރަސްކުރަން ޖެހޭތީ. ރަސްފަންނު ސަރަހައްދު ކަހަލަ ސަރަހައްދެއްގައި ހިނގާފައި އުޅޭގޮތަށް ހެދިނަމަ ރަގަޅުވީސް

ޖިންނި

02 June 2019

ދެގަޑިއިރު ވަންދެން ބްރިޖަށް ނޭރުނީމަ ކައިއަށް ގޮތެއްވަނީތަ

ކަނބިލި

02 June 2019

ކުރާނެ ނުކުރާނެ ކަމެއް ނޭގިގެން ކޮންމެވެސް ކަމެއް ކޮށްލީ.

މިއަދު

02 June 2019

މާފަންނުގައިދިރިއުޅޭމީހުން އެދެދުވަހު ހުޅުމާލެއަށްދިއުންވެސްމަނާވީދޯ

ކަތީބު3

02 June 2019

ފެރީ އޮންނާނެ

ބަބބބބބލާލލލލލއެއއއއއއްނނނނނނނު

02 June 2019

ދެން ހުޅުމާލެއަށް ދަނީ ކިހިނެއް

ޖިންނި

02 June 2019

މަނާވާ ގަޑީގެ ކުރިން ދެވޭނެ ދޯ، ހޭ ދެބައިވެފަތަ ތިތިބެނީ

މަލަސް

01 June 2019

ކިތަންމެރުޅިއަޔަސް ޔާމީންސަރުކާރުހިންގިވަރަކައް މިސަރުކާރެއްނުހިންގޭނެ މީފިނިހަކުސްޕީޑުސަރުކާު ކޮމިޝަންސަރުކާރު

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454