މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖުގައި ދުއްވާ 2 ބަހެއް ދަތުރުގައި. އާންމު ދަތުރުތަކަށް ބްރިޖު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
02 ޖޫން 2019 - 14:11
ފިތުރު އީދާއި ވަޅު އީދު ދުވަހު ފައިމަގުގައި އުޅެން ކަނޑައަޅާފައި ވަގުތުތަކުގައި ސިނަމާލެ ބްރިޖުން މާލެ ދަތުރުކުރާ މީހުންނަށް ހުރަސްތަކެއް ކުރިމަތިވުމުގެ ފުރުސަތު އެބަ އޮތެވެ.
އީދުގެ ފުރަތަމަ ދެ ދުވަހު ހަވީރު 4:00 އިން 6:30 އާ ހަމައަށް މާލެ އާއި ވިލިމާލޭގައި އިންޖީނުލީ އުޅަނދު ބޭނުންނުކުރެވޭ ގޮތަށް މާލެ ސިޓީ ކައުންސިލުން ވަނީ ހަމަޖައްސާފަ އެވެ. ނަމަވެސް އެ ވަގުތުތަކުގައި ހުޅުމާލެ އާއި ސިނަމާލޭ ބްރިޖުގައި އިންޖީނު ލީ އެއްޗެހި ދުއްވުން މަނާކޮށްފައެއް ނުވެ އެވެ.
އެ ވަގުތުތަކުގައި ސިނަމާލެ ބްރިޖުން މާލެއަށް އަމިއްލަ އުޅަނދުފަހަރުގައި އަންނަ މީހުންނަށް ދިމާވާނެ މައްސަލައަކަށް ވާނީ ޕާކްކުރާނެ ތަނެއް ނެތުމެވެ. ބްރިޖުން ފައިބައިގެން ގޮސް ޕާކްކުރާނެ ތަންތަނެއް އެ ސަރަހައްދަކު ނޯވެ އެވެ. އަދި ދުއްވާފައި އެހެން ހިސާބަކަށް ދިއުން އެ ވަގުތު މަނާވާނެ އެވެ. އެހެންކަމުން ސިޓީ ކައުންސިލުގެ އެދުމަކީ ބަހުގައި ސިނަމާލޭ ބްރިޖް ބޭނުންކުރުމެވެ.
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ އެ ވަގުތު އަމިއްލަ އުޅަނދުތައް ބޭނުންކުރުން މަނާ ނަމަވެސް ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ލިބޭނެތީ މާލެ އާއި ހުޅުމާލެއާ ދެމެދު ބަހުގައި ދަތުރުކުރުން ރަނގަޅުވާނެ ކަމަށެވެ.
"ވަރަށް ކުޑަ ވަގުތެއް ކަނޑައަޅާފައި އޮންނާނީ ވެހިކަލްތަކަށް ނުދުއްވޭ ގޮތަށް. އެވަގުތު ހިނގާފައި އުޅެން ނުވަތަ ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ކުރަން އަޅުގަނޑުމެން އިލްތިމާސްކުރަނީ،" ޝަމާއު ވިދާޅުވި އެވެ.
ދެ ދުވަހުގެ ހަވީރު ވަގުތު ފައިމަގުގައި އުޅެން ނިންމީ، ސިޓީ ކައުންސިލުން ބުނި ގޮތުގައި، ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނަށް ފަސޭހަކަމާ އެކު އީދުގެ އުފާ ފާޅުކުރުމަށް ފުރުސަތު ހޯދައިދޭށެވެ. ނަމަވެސް އެމްބިއުލާންސް އާއި ސަލާމަތީ ބާރުތައް ފަދަ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ވެހިކަލްތަކަށް މާލެ އާއި ވިލިމާލޭގައި ވެސް އެ ވަގުތު ދުއްވޭނެ އެވެ.
"އިންޖީނުލީ އެއްޗެހި ދުއްވުން އަޅުގަނޑުމެން މި މަނާކުރީ. އެ ވަގުތުތަކުގައި ބައިސްކަލު ދުއްވޭނެ،" ޝަމާއު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަކޫޒީ
02 June 2019
ޙުވާ މިބުނީ ދެއުޅިއެއްނުވާ ކައުންސިލެއްމީ..ކިތައް މީހުން ފުރަން އެއަރޕޯޓަށް ދާންޖެހޭ..ޑިއުޓީތަކަށް ދާމީހުންކޮބާ..އަނެއްކާ އެބުނީ ވިއްސާރަވެ މޫސުން ގޯސްވާނެކަމަށް..އެއްކަލަ ބޮއްކުރާވަރު ދޯނި ދެއަތަށް ތަޅުވަމުން ހުޅުލެއަށް ފުރަން ދާންޖެހޭނީ..މޮޔައިންގެ އަތަށް ކަނޑިލިބިފަ އެއޮތީ.
އެހްވިޔަސް
02 June 2019
ދެން އަހަރަކު އެންމެ ދެ ދުވަހު އެންމެ 2 ގަޑި އިރަށް ފައިމަގުގަ އުޅެލަން ޖެހުމަކީ މައްސަލައެއް ނޫން. ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރާނެ ގޮތް އިންތިޒާމް ކުރެވިފަ ހުރީ. ޑިއުޓީ އަށް ތަންކޮޅެއް ކުރިން ނުކުންނާނީ. ޓެކްސީތައްވެސް ކޮންމެވެސް ވަރަކަށް އުޅޭނެ، ހުއްދަ ދެވިފަ ހުރީ. އެހެން ވީމަ އެއަރ ޕޯޓަށް ވެސް ދެވޭނެ. ބަހުގަވެސް އެއަރ ޕޯޓަށް ދެވޭނެ.
ދެއުޅި
02 June 2019
އަލަކަށް ނޫން ހިގާފައި އުޅޭ ވަގުތެއް މިއައީކީ... ހާއްސަކޮށް ކުޑަކުދިންނަށް މީއުފާވެރި ވަގުތު ކޮޅެއް.
thakuru
02 June 2019
ބައިސްކަލުގައި ބުރިޖު މަތިން ދުއްވޭ ގޮތް ހަދައިދީބަ!
ކަނބިލި
02 June 2019
ކައުންސިލްގައި ތިބޭ މީހުން ހަނދާން ނެތުނީޔޯ މާލެއާއި ހުޅުމާލެ ގުޅުވާލާފައި އޮތްކަން
ހުސޭން
02 June 2019
ދެން އެންމެ އަވަހަށް އޮތް ކައުންސިލް އިންތިޚާބުން މި ދެއްޅިއެންނުވާ ކައުންސިލަރުުން ބޭރުކުރަމާ.
ހުޅުމާލޭ އަހައްމަދު
02 June 2019
ކީއްވެތަ ނުބުނީ ފެރީގަ މާލެ އަންނާށޭ. ތިޔަ ކައުންސިލްގަ ނެތް ސިޓީ އެއް ހިންގަން ކުފޫ ހަމަވާވަރުގެ އެކަކުވެސް. އެއްވެސް ވަރަކަށް ރައްޔިތުންގެ އިހުސާސެއް ދަންނަ ބައެއް ނޫން. އެމްޑީޕީއަށްވެސް މި ނޫން ބަޔަކު ނުފެނުނު ދޯ ސިޓީ ކައުންސިލަށް ލާކަށެއް.
ޝުމޮން
02 June 2019
ސިޓީ ކައުންސިލުން ކުރާނީ މިކަހަލަ ދެެއުޅިއެެއް ނުވާކަންކަން
އަހަންމަދާ
02 June 2019
ކިތައް އުޅިތަ ވާންވީ ކުރާކަންކަމުގަ؟
ކުޑޭ
02 June 2019
ތިނިންމުން ބަލައެއް ނުގަންނަން
މަންނާނު
02 June 2019
ތިދުވަހު ދިވެހިރާއްޖޭގެ އާޓްބެ އާޓް ދައްކާނެ ބައިސްކަލް ދުއްވައިގެން
ވަރަށް ފޫހި ވޭ
02 June 2019
ހުޅުމާލޭގަ މަނާ ނުކުރޭ ތަ.ހުޅުމަލޭ ގަ ވެސް ކުޑަ ކުދިން ނާ ދުވަސް ވީ މީހުން އުޅެޔޭ.