ޚަބަރު / އެމްޑީޕީ

އަމާން ގައުމެއްކަން ދައްކަން ނަޝީދާއެކު އެމްޑީޕީގެ އިސްވެރިން ލަންކާއަށް

މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ބައްދަލުވުމުގެ ތެރެއިން ލަންކާގައި ބޭއްވި ހަރަކާތެއްގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ) އަދި މަޖިލީހުގެ ރައީސް ނަޝީދާއި ރައީސް އޮފީހުގެ މިނިސްޓަރު ނަސީމް ބައިވެރިވެވަޑައިގަންނަވަނީ.- ފޮޓޯ: އެމްޑީޕީ

ސްރީ ލަންކާގައި ދިން ހަމަލާތަކަށް ފަހު އެ ގައުމުގައި އަމާންކަން ގާއިމުވެފައި އޮތްކަންކަން ދައްކައިދީ އެ ގައުމަށް އެއްބާރުލުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު އެމްޑީޕީގެ އިސް ވަދުފެއް އެ ގައުމަށް ދާން ނިންމައިފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ކެބިނެޓުގެ ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއެކު ލަންކާގައި މި މަހުގެ 15 ވަނަ ދުވަހު ހާއްސަ ހަފުލާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

ލަންކާ އަކީ އަބަދު ވެސް ގާތް ގައުމެއް ކަމަށާއި އެކި ގޮތްގޮތުން ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ބުންޏެވެ. ހާއްސަކޮށް އެމްޑީޕީއަށް އެންމެ ބޭނުންވި ވަގުތު ގާތް އެކުވެރިއެއްގެ ގޮތުގައ ލަންކާ އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަން ފާހަގަކުރި އެވެ. އެގޮތުން، ބިރުވެރިކަމެއްގައި ވަނިކޮށް ނަޝީދަށާއި އެމްޑީޕީގެ އިސްވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުން ފާހަގަކުރި އެވެ.

ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ވަޑައިގެން ހިމާޔަތް ހޯއްދެވި ފަހުން، ސިޔާސީ ހަރަކާތްތައް ގިނައިން ހިންގަވާފައިވަނީ ލަންކާގަ އެވެ. އެމްޑީޕީ ސަރުކާރުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ވެސް އަމިއްލަ އަށް އަރުވާލެއްވިގެން އުޅުއްވީ އެ ގައުމުގަ އެވެ.

"ލަންކާ ސަރުކާރުގެ ކާމިޔާބު މަސައްކަތްތަކާއެކު ރާއްޖޭގެ ޑިމޮކްރަސީ އާއި މި ގައުމުގެ ގިނަ ރައްޔިތުން ބޭނުންވާ ގޮތް ވަނީ ރައްކާތެރިކޮށްދެވިފައި. ރާއްޖޭގެ ތާރީހުން އެކަން އެނގިގެންދޭ،" ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީން ބުންޏެވެ.

އެމްޑީޕީން ބުނީ އެ ޕާޓީން އަބަދު ވެސް ތިބޭނީ ލަންކާއާ އެކު ކަމަށެވެ. އަދި ޓެރަރިސްޓް ހަމަލާއަށްފަހު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ބުންޏެވެ.

15 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 54%
icon sad icon sad 0%
icon angry icon angry 46%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕަޕެޓްމާސްޓަރ

03 June 2019

ޙަރަދު ކުރަނީ ކޮންތާކުންތޯ ބަލަން ޖެހޭ. ދައުލަތުން އެންމެ ލޯލާރިއެއްވެސް ޙަރަދު ކޮށްގެން ނުވާނެ ތިކަމަށް.

The name is already taken The name is available. Register?

ޝަފީޢު

03 June 2019

މުސްލިމުންނަށް ކުރާ އަނިޔާ ހުއްޓާލުމަށް ސަރުކާރުގައި އެދެން ވާނެ...

The name is already taken The name is available. Register?

މަރީނާ777

03 June 2019

ލަންކާ އަކީ އަހަރެމެން ދިވެހިންގެ ސެކެންޑް ހޯމް. ވީ ލަވް ލަންކާ އެންޑް އިޓްސް ޕީޕަލް.

The name is already taken The name is available. Register?

މަލަސް

02 June 2019

މިނޫނީނުއުޅޭނެ ދެއްކެންއުޅޭބަޔެއް ހުސްދެއްކުންތެރިން

The name is already taken The name is available. Register?

އަނބިމީހާގެފިރިމީހާގެއަނބިމީހާ

02 June 2019

ފަލަސްތީނަށް ގޮސްބަލަ.

The name is already taken The name is available. Register?

އަނބިމީހާގެފިރިމީހާގެއަނބިމީހާ

02 June 2019

ސއުދީން އިޒުރާއިލަށް ހުރިހާ ޚަރަދެއް ދެމުންދަނީ އެކަން ފާހނގަކޮށްބަލަ... އިޒުރާއިލު އެދޭހަމަލާގެ ފަހަތުގައި ވަނި ސއުދީން

The name is already taken The name is available. Register?

ޝަފީޢު

03 June 2019

އަނބިމީހާގެފިރިމީހާގެއަނބިމީހާއަށް ބުނެލަން އޮތީ، ސަޢުދީއަކީ ސަޢުދީ. އަހަރެމެންނަކީ، ދިވެހިން... އަހަރެމެންނަށް ދެއްކޭނީ އަހަރެމެންގެ ވާހަކަ... އަހަރެމެންގެ ވާހަކަ ދެއްކީމަ، ސަޢުދީ ފަޅޮލޭ ކިޔުމުގެ މާނައެއް ނެތް... ސަޢުދީ ވާހަކަ ދައްކާނީ، ސަޢުދީ ވާހަކަ ދެކެވޭ ތަނެއްގައި...

The name is already taken The name is available. Register?

ހަސަން ނުވަވަނަ

02 June 2019

ދޮންރިހަ ޕާޓީގެ ވެރިކަމުގަ ކުރާނީ މިކަހަލަ އޮށްޓަރު ހުރި ކަންތައް

The name is already taken The name is available. Register?

ރަދީފުއްދީނުލް އަކްބަރު

02 June 2019

އަމާން ގައުމެއްކަން ދައްކަންއުޅޭއިރު ދިވެހިންނަށް ހާދަ ޖެއްސުމެކޭ އެމީހުން އެކުރަނީ. ބުނަން. ދަގަނޑު ކެނޑޭނީ ދަގަނޑުން.

The name is already taken The name is available. Register?

ސަކިނާ

02 June 2019

ރަނގަޅު

The name is already taken The name is available. Register?

އަބުދުﷲ ހުހޫ

02 June 2019

ﷲ އާއި ވަކީލް. ވާން ހުރި ކަމެއް ވެ ނިމޭނެ.

The name is already taken The name is available. Register?

ހަދީ

02 June 2019

ވަރަށް ރަގަޅު ނިންމުމެއް.. ވަރަށް އުފާކިށްފިން... ލަންކާ އަކީ ދިވެހިންގެ ދެވަނަ މާލެ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454