ރިންގްރޯޑުގައި ޓެކްސީތަކެއް ދުއްވަނީ: ފައިމަގުގައި އުޅެން ޖެހެނީ އީދު ދުވަހު އެކަނި -- ފޮޓޯ: ނިޝާން އަލީ/މިހާރު
03 ޖޫން 2019 - 11:52
މި އަހަރުގެ ފިތުރު އީދު ދުވަހުގެ އިތުރުން ވަޅު އީދު ދުވަހުގެ ހަވީރު ވެސް މާލެ އާއި ވިލިމާލޭގައި ވެހިކަލް ނުދުއްވޭ ގޮތަށް ކުރިން ނިންމި ނަމަވެސް މިހާރު އެ ނިންމުން ބަދަލުކޮށް، ވެހިކަލް ދުއްވުން މަނާވާނީ އީދު ދުވަހު އެކަނި ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
އެ ކައުންސިލުން ކުރިން ނިންމާފައިވާ ގޮތުން ނަމަ އީދު ދުވަހުގެ އިތުރުން ވަޅު އީދު ދުވަހުގެ ހަވީރު 4-6 އަށް ވެސް ވެހިކަލް ނުދުއްވޭނެ އެވެ. އެކަމަކު، ވެހިކަލް ނުދުއްވޭނެ ހަމައެކަނި ދުވަހަކީ އީދު ދުވަހުގެ ހަވީރު ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން އިއްޔެ ކަނޑައެޅުމާ ގުޅިގެން ސިޓީ ކައުންސިލުން ވަނީ އެ އަށް ތަބާވެފަ އެވެ.
Following the announcement by @TransportMV, Motorized vehicles will be restricted in Hulhumalé for 4th June 2019, 16:00-18:00 hrs.
— HDC (@hdcmaldives) June 3, 2019
Please follow the announcement below for further details.@TrafficPoliceMv https://t.co/2bU6jcnqmH
އެޗްޑީސީން މިއަދު ކުރި ޓްވީޓެއް
މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު މިއަދު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ ނިންމުން ބަދަލުކުރީ ޓްރާންސްޕޯޓު އޮތޯރިޓީގެ ނިންމުމާ އެއްގޮތް ކުރުމަށް ކަމަށެވެ.
އެހެން ކަމުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް އުޅެންޖެހޭނީ ފައިމަގުގަ އެވެ. އެ ވަގުތު އިންޖީނުލީ އުޅނަދުތަކަށް ދުއްވުން މަނާ އިރު ޒަރޫރީ ހިދުމަތް ފޯރުކޮށްދޭ އުޅަނދުތަކާއި ޕަބްލިކް ޓްރާންސްޕޯޓް ފޯރުކޮށްދޭ އުޅަނދުތައް އަދި ސިޓީ ކައުންސިލުން ހުއްދަ ހޯދާފައިވާ އުޅަނދުތަކަށް އެ ސަރަހައްދުތަކުގައި ދުއްވޭނެ އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ބުނި ގޮތުގައި ސިޓީ ކައުންސިލުން ހާއްސަ ހުއްދަ ނަގާ އުޅަނދުތައް ދުއްވަން ވާނީ އާންމުންނަށް ފެންނަ ގޮތަށް އެ އުޅަނދުގައި ހުއްދަ ހަރުކޮށްގެނެވެ.
ކަލަންޑަރުގައި ވާ ގޮތުން އީދު ދުވަހަކީ މާދަމާ އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީގެ އެންގުމާ ޚިލާފަށް އީދު ދުވަހުގެ ހަވީރު މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ވެހިކަލް ދުއްވާ މީހުން 750ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
އީދު ދުވަހު މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ކުރިއަށް ގެންދާ ކުޅިވަރުތަކުގައި އާންމުންނަށް ފަސޭހަކަމާއި އެކު ބައިވެރިވުމުގެ ފުރުސަތު ފަހި ކުރުމަށް ފައިމަގުގައި އުޅޭ ގޮތަށް ހަމަޖެއްސި އިރު، ތަފާތު މުނާސަބާތަކާ ގުޅިގެން ވެހިކަލް ނުދުއްވޭ ގޮތަށް މީގެ ކުރިން ވެސް ހަދާފައި ވެ އެވެ. އެއީ ވެހިލަތްކުގެ އެއްވެސް އުނދަގުލެއް ނެތި މާލޭގައި ހިނގައިބިނގާވެ އުޅުމުގެ ފުރުސަތު މީހުންނަށް ދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިންތޮ
04 June 2019
މިއީ މެގަ ޕްރޮޖެކްޓެއް
ހަންސަން
03 June 2019
ފައިމަގުދުވަސް މާލޭ އާބާދީގެ މެޖޯރިޓީ އެންޖޯއި ކުރޭ. ނަމަވެސް ބައެއްޒުވާނުން ފައިމަގުދުވަހުވެސް ސައިކަލުދުއްވާތީ އިތުރަށް ނުރައްކާވޭ ބައްފަހަރު. އެއީ ދުއްވާއްޗެއް މަގުމަތީގައި ނޫޅޭނެކަމަށްހީކޮށް ގިނަނަޔަކު މަގުމައްޗަށްނުކުންނާތީ.
03 June 2019
ކުރާކަމެއް ނިކަން ކެރިގެން ކުރައްވާ! ވަރަށް ދެރަ ތިހެން ހެއްދެވީމަ
ޙިނި
03 June 2019
ކަންޑު ގައި ދުއްވާ އުންޅަންދު ތަކާ ފުުލައިޓު ތައް ވެސް ހުއްޓުވަން ޖަހޭ
އައިސްނަހޫ
03 June 2019
ކުރާކަމެއް ނިކަން ކެރިގެން ކޮށްބަލަ. ދެއިރު ދެދަޅައަށް ބަދަލުނުކޮށް.
ވަށަފަރު މީހާ
03 June 2019
ހުރިހާ ކަމަކާ ނުބެހި ތިބެބަލަ އިމުގެތެރޭގަ ވަކިކަމަކައް މިނިސްޓްރީ ހަދަނީ ކަމަކު ވާނުވާ އެގިބަލަ...
ޢަނީ
03 June 2019
ލާހޫރޭ ކައުންސިލެއްތަ މީއަޅެ. މިމީހުން ނިންމާ ހުރިހާ ކަމެއްވެސް މިވަރެއްގަ މިދަނީ. އެއްވެސް ޕްލޭންއެއް ނެތް. ޕެލެޓުތައްވެސް ވަރަށް ފޯރީގަނެގި. ދުވާރަށް އަރަން ހަދަންކީ އެތި ހެދުނީ މަދު ތާކު. ޕެލެޓުތައް އެނބުރި ހުރިތަނަށް އައިއްސި. މިިހެން ހުރިހާކަމެއްވެސް. މޮޅަތި ނިންމުން ނިންމެނިކޮށް ނިމުނީ.
ހާސަރު
03 June 2019
ޓްރެފިކާ ބެހޭ ކަމެއް ނިންމާ އިރު ޓްރާންސްޕޯޓް އޮތޯރިޓީގެ ބަހެއް ނެތިދޯ ނިންމީ!؟ އަނެއްކަ ކުރިން ނިންމި މަގުމަތީގައި ސިގިރޭޓް ބުއިން މަނާ ކުރަން ނިންމީ ހެލްތް މިނިސްޓްރީ އާއި ވާހަކަ ދެކެވިގެންތޯ؟ ނިންމާ ނިންމުން ތަންފީޒް ކުރެވޭނެ ގޮތަކަށް ނިންމާބަލަ.
ސަމްސު
03 June 2019
މިއަދުވެސް ހިނގާފައިދަނީ ދުންތައްބުރުވާލީ މޫނަށް.
ލކއވ
03 June 2019
އަޅެ މިސެލްފީ ސަރުކާރުގެ މުއައްސަސާތަކުގަ މިތިބީ ބޮލަކަށް މީދާކޭ އުބުތަކެއް ހުރި ބަޔަކުތަށް. އެހެންޏާފަހެ ކުރިންވެސް މިގޮތްއޮތެއްނުން. ކަންދެއްކުމުގެ ގޮތުން ކަންކަން ކުރާތީ ވާނުވާނޭންގެނީ ކަމަށްވެސް ވެދާނެދޯ. ޝުކުރިއްޔާ ސެލްފީ ސަރުކާރުން ތިޔަނިންމެވި ހަރުދަނާ ނިންމެވުމަށް.
ޑަބްލް ޓޭޕް
03 June 2019
މިހާރު މިވީ ކޯޗަކަށް