މި އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕް އޮންނާނީ ފްރާންސްގައި.
04 ޖޫން 2019 - 06:43
މި މަހު ފަށާ އަންހެނުންގެ ފީފާ ވޯލްޑް ކަޕާ ދިމާކޮށް، އަންހެނުންގެ ބާރުވެރިކަން ދައްކުވައިދޭ އިސްތިހާރެއް މަޝްހޫރު ނައިކީ ކުންފުނިން ދައްކާލައިފި އެވެ.
ވަރުގަދަ ފުޓްބޯޅަ ތަރިއަކަށް ވާން 10 އަހަރުގެ އަންހެން ކުއްޖަކު ދެކޭ ހުވަފެންތައް ދައްކުވައިދޭ ތިން މިނިޓްގެ އިސްތިހާރުގައި ވަނީ ވޯލްޑް ކަޕެއް އޭނާ ތަޖުރިބާކުރާ ގޮތް ކިޔައި ދީފަ އެވެ. މި އިސްތިހާރުގައި ފެންނަ އަންހެން ކުއްޖާއަކީ މަކޭނާ ކުކް އެވެ.
Don’t change your dream. Change the world. #justdoit pic.twitter.com/0cJ1ZTPyVn
— Nike (@Nike) June 1, 2019
އޭނާއާ އެކު އަންހެނުންގެ ފުޓްބޯޅައިގެ ބައެއް ތަރިން ވެސް އިސްތިހާރުން ފެނެ އެވެ. އިސްތިހާރަށް ވަރަށް ގިނަ ބައެއްގެ ތައުރީފު ލިބެމުން އަންނަ މި އިސްތިހާރު ނިންމާލާފައި ވަނީ މި އިބާރާތްކޮޅުންނެވެ؛ "ޑޯންޓް ޗޭންޖް ޔޯ ޑްރީމްސް. ޗޭންޖް ދަ ވޯލްޑް" އަދި "ޖަސްޓް ޑޫ އިޓް" އިންނެވެ.
ފީފާ އިން އިންތިޒާމުކޮށްގެން ބާއްވާ މި އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕް ކުރިއަށް ދާނީ މި މަހުގެ 7 އިން އަންނަ މަހުގެ 7 އަށެވެ. މަސް ދުވަހަށް ދެމިގެންދާ މުބާރާތް އޮންނާނީ ފްރާންސްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy