ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުއޫދު
06 ޖޫން 2019 - 01:39
ހުޅުމާލޭގެ ގެއަކުން ފުލުހުން ހޯދި ތިން ކިލޯގެ ޑްރަގާ އެކު ހައްޔަރު ކުރި ދެމީހުންގެ ބަންދުގެ މުއްދަތު ޖަހައި ނުދިނުމުން އެކަމުގައި ފުލުހުން ހިނގި ދެ ކޯޓުގެ ދެ ފަނޑިޔާރުން ހައްޔަރުކުރަން ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ގޮވާލައްވައިފި އެވެ.
އިއްޔެ ރޭ ހައްޔަރުކުރި 25 އަހަރުގެ ފިރިހެން މީހާ އާއި 52 އަހަރުގެ އަންހެން މީހާ އިއްޔެ ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ދޫކޮށްލީ، ހައްޔަރުކުރަން ހުޅުމާލޭ ކޯޓުން ދިން އަމުރުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތަށް ގާޒީގެ ނަން ނެތުމުން އަމުރު ފުރިހަމަ ނުވާތީ އެވެ. އެހެންވެ ރޭގެ ވަގުތެއްގައި އަލުން މި ދެ މީހުން ހުޅުމާލޭ ކޯޓުގެ އަމުރަކަށް އަނެއްކާވެސް ހައްޔަރުކުރި އެވެ. ނަމަވެސް ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެ ކޯޓަށް މިއަދު ގެންދިއުމުން ވަނީ އިޖުރާއީ މައްސަލައެއް އުޅޭ ކަމަށް ބުނެ އެ ދެ މީހުން އަނެއްކާވެސް ދޫކޮށްލައިފަ އެވެ.
އެކަމުގައި ކޯޓުން އަމަލުކޮށްފައިވާ ގޮތާ ބެހޭ ގޮތުން ފުލުހުން މިއަދު ނެރުނު ބަޔާނުގެ ޚަބަރު ޝެއާ ކުރައްވަން ސުއޫދު ކުރެއްވި ޓްވީޓެއްގައި ފުލުހުންނަށް ގޮވައި ލެއްވީ ދެ ފަނޑިޔާރުން ވަގުތުން ހައްޔަރު ކުރުމަށެވެ. ނަމަވެސް އެއީ ކީއްވެ ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
Urge @PoliceMv to arrest these two judges immediately. https://t.co/2uepaztt7C
— Husnu Al Suood (@hsuood) June 5, 2019
ސުއޫދުގެ ޓްވީޓް
މިއަދު އެ މީހުން ދޫކޮށްލީ، ރޭ އެ މީހުން ހައްޔަރުކުރުމުގެ އަމުރަށް އެދުނު ފުލުސް އޮފިސަރު ނޫން އެހެން ފުލުހަކު ބަންދުގެ އަމުރަށް އެދުމުން، އެއީ ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ އަށް ވަނަ މާއްދާއާ ހިލާފް ކަމެއްގެ ގޮތުގައި ބަލައިފަ އެވެ. އެ މާއްދާގައި ބުނަނީ ބަންދުގެ މުއްދަތު އިތުރުކޮށްދޭން އެދެންވާނީ އެ މައްސަލައެއް ތަހުގީގު ކުރުމާ ހަވާލުވެ ހުރި ފަރާތް ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ އެ ދެ މީހުން ހައްޔަރުކުރުމަށް ރޭ ކޯޓުން އަމުރު ހޯދީ އެ ވަގުތު ޑިއުޓީގައި ހުރި އިންވެސްޓިގޭޓަރު ކަމަށާއި އެކަމަކު ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ކޯޓަށް ވަޑައިގަތީ ހެނދުނު ޝިފްޓުގެ އިންވެސްޓިގޭޓަރު ކަމަށެވެ. އެ ދެ ފުލުހުންނަކީ ވެސް މި މައްސަލަ ތަހުގީގުކުރުމުގެ ހުއްދަ އޮންނަ ދެ އިންވެސްޓިގޭޓަރުން ކަމަށެވެ. ފުލުހުން އަމަލުކުރާ ގޮތަކީ، ކުށުގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރުމަށް ފަހު، ގާނޫނުއަސާސީގައި ބުނާ 24 ގަޑިއިރު ތެރޭ ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންގޮސް ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަހު އެ މީހަކަށް ތަހުގީގު އޮފިސަރަކު ހަމަޖެއްސުމެވެ.
ފުލުހުންގެ ބަޔާނަށް ކްރިމިނަލް ކޯޓުން މިރޭ ވަނީ ރައްދު ދީފަ އެވެ. ފުލުހުންގެ ވާހަކަޔާ ގުޅިގެން ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަޔާނުގައި ބުނީ ދެ މީހުން ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވީމާ އެމީހުންގެ ބަންދުގެ މުއްދަތު ފުރަތަމަ ޖަހައި ނުދިން މައްްސަލަ ޖެހޭނީ ހައިކޯޓުގައި އިސްތިއުނާފް ކުރަން ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކޮށް އަނެއްކާ ވެސް ހައްޔަރު ކުރުމުގެ އަމުރު ހޯދަން ފުލުހުން އުޅުމުން ޖިނާއީ އަދުލުގެ ނިޒާމުގެ ތަރުތީބު މުގުރިގެންދާ ކަމަށް ވެސް ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
07 June 2019
އަޅެ މިސުއޫދު މީކާކުތަ ސުއޫދާހަވާލުކުރީ ވަކިބަޔެއްގެ ވައްކަމާ ޚިޔާނާތުގެ މައްސަލަބިލަންނޫންތޯ ނޫނީ އަނެއްކާ ހަވާލުކުރީ މުޅިޤައުމުތޯ؟
ނީނނޭ
07 June 2019
މީނަ މީ ދުނިޔެއަށް ހުރި ނުރައްކަލެއް.
ކެޕުޓަން ޖޯހން
07 June 2019
ނީނނޭ އެކަމަކު ކޮމެންޓު ކުރާ ފެންވަރެއް ބެއްޔާގެ ކިބައިގައި ނެތުމުން ލަންޓި ބާނަންދިއުން ރަނަގަޅު
ޑރ.ފަޒުނާ/ހިތަދޫ/ސ.އެފުރިކާ
07 June 2019
ރައްޔަތުންގެ މަޖިލީހުގެ ސުޕީޑު ތަންކޮޅެއް އަވަސް ކުރުމަކީ މިދަނޑިވަޅުކުރަން މުހިއްމުކަމެއް، މަސީހު މަޖިލީހުގެ ހަލުވިކަން އަދި ޕަވަރވަނީ 2018 މަޖިލީހުން ދައްކައިފައި، މިއަދުވެސް އެބާރު އެބައޮތް ތިޔަ މަޖިޅީހުގައި، ޖުޑިޝަލް ސާރްވިސްކޮޟިނަށް ވެއްދީ ކޮންބަޔެއްތޯ އަދި އެބައިމީހުން ސުކުރީންކޮށްފައިވާނަމަ އެކަންތައް އެބަޖެހޭބަލަން.. ބޮޑުޓައި ނޭޅިއަކަސް މުންޑު އަނދެގެންވެސް ތިޔަ މަޖިލީސްކަންތައް ރައްޔަތުންއެދޭގޮތައް ހިންގަދީ. ރައްޔަތުންވަޒީފާދިނީ...
އިބުރާހީމޫ
06 June 2019
ޖޭ އެސް ސީ ގާ ގިނަވާންވީ އާއްމުންގެތެރޭން އިންތިޚަބު ކޮށްގެން ހޮވާ ބަޔެށް، ނޫނީ އެތަނަށްލެވޭނީ އަބަދުވެސް ވަކިފަރާތަކަށް ޖެހެވޭނެ ބަޔެއް..........ރައީސުލްޖުމްހޫރިއްޔާ އަހަރުމެން ހޮވަނީ އާއްމުންގެ ވޯޓުން، ރައްޔެތުންގެމަޖުލީހަށް މެމްބަރުން ހޮވަނީ އާއްމުންގެ ވޯޓުން، މިޑެމުކްރަސީގެ ދެންއޮންނަ ތިންވަނަތަބު އާދެ ޝަރުޢީނިޒާމަށްވެސް މެމްބަރުން ހޮވަންވާނީ އާއްމު
ކަރީމް
06 June 2019
އެއްވެސް މީހަކު ތިމާމީހާކޮށްފަ ހުރި ކަންތަކުގެ ވާހަކަ ނުދައްކާނެ ވިއްޔާ އެނޫން ނަމަ ފުރަތަމަ ތިމާ ރަނގަޅު ވާންވީ މީ ވަރަށް ވާހަކަ. ޝުކުރިއްޔާ.
އެއްވާ
06 June 2019
ކޮންމެޤައުމެއްގައިވެސް ބޮޑެތި މައްސަލަތައްބަލާނީ ޓީމްތަކުން
ރަނގަޅު
07 June 2019
ކޯޓެއް ފުލުސް އޮފީހެއް އަދި ހުރަ ގެ އެއް ދުވަހަކުވެސް އެއްވެސް މައްސަލައެއްގައި ދާންޖެހިފައިނުވާ ނަޒާހަތްތެރި މިކަހަލަ ޓީމްތަކަށް ގާބިލު މީހުން މި ރާއްޖޭގައިވެސް އުޅޭނެ،
ޢަލީ12
06 June 2019
ސުޢޫދު ހައްޔަރު ކުރަން ފެނޭ.. ކޯޓުތާކާއި ގުޅޭގޮތުން ދޮގު ވާހަކ ދައްކާ ކޯޓުތައް ޢަދުލުވެރިކަމާއި އެކު ހިންގަން ހުރަސް އަޅާތީ....
ބޮޑުތަކުރުފާނުގެ
07 June 2019
ސުއޫދުބަރާބަރު
ރޔޒ ރށދ
06 June 2019
ފުލުހުން އެދޭ ގޮތަށް އަމުރު ނުދޭ ފަނޑިޔާރުން ހައްޔަރުކުރުމަށް ގޮވާލުމަކީ ފަނޑިޔާރުގެއަށް ނުފޫޒު ހިންގުން. ކޯޓުތައް އޮންނަނީ ގާނޫނު ދަމަހައްޓަން. ގާނޫނާ އެއްގޮތަށް މީހުން ހައްޔަރުކުރުމުގެ ގާބިލްކަން ނެތުމަކީ އެ އިދާރާގެ ކަސިޔާރުކަން.
އިބުރާހީމޫ
07 June 2019
ތިގޮތަށް ޝަކުވާތައް ނުކޮށް މަޤާމުތަކަށް ކަމުދާމީހުން އާއްމު ވޯޓުލާއިގެންހޮވާތަށް ބާރުލަށްވާ ބައްލަވަ
ދާދޭ
06 June 2019
މި ސުއޫދު މީ ހާދަ އަވަހަށް ލޭމައްޗަށްދާ މީހެކޭދޯ! ގާޟީއަކު ބަންދުކުރެވޭނެ ގޮތް އެބައޮތެއްނުން. ހަމަ ބުނާއިރަށް ބަންދުކުރެވޭތަ؟
ރަންދޯދި
06 June 2019
ތިދެނީ އަނެއް ބަގާވާތަށް ދައުވަތުދޯ. މިހާރުދެން އިދިކޮޅުބަޔަކަށް ހަމައެކަނި ކުރެވޭނީވެސް ބަގާވާތް، އެކަމަށް ފުރުސަތު ނުދީ..