ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަމާލް މިއަދު ސަލާމް ކުރައްވަނީ.---ފޮޓޯ: ޓުވިޓާ
10 ޖޫން 2019 - 12:10
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ރާޖަޕަކްސާއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ރައީސާ ބައްދަލުކުރެއްވުމަށް ފަހު، ނަމާލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އޮތީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމެއް ކަމަށެވެ. އެ ގުޅުން ކުރިމަގުގައި ވެސް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Pleasure meeting President @ibusolih #SriLanka & #Maldives have always enjoyed strong, people-centric ties & this is what we will continue to build upon. pic.twitter.com/R6YBozMoen
— Namal Rajapaksa (@RajapaksaNamal) June 10, 2019
ރައީސާ ބައްދަލުކުރެއްވުމަށް ފަހު ނަމާލް ކުރެއްވި ޓްވީޓް--
ސްރީ ލަންކާގެ އިދިކޮޅު ޕާޓީގެ މަޖިލިސް މެމްބަރު، ނަމާލް މިއަދު ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ އަށް މަރުހަބާ ދެންނެވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނަމާލްއާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ޓުވިޓާ
ނަމާލް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދަތްނެތްކުއްޖާ
10 June 2019
ޓޮމް މި ބައްދަލު ކުރުމާއި މެދު ދެކޭ ގޮތަކީ ކޮބާ! އަދި މިކަމުގައި އަދުރޭ ނިހާނު މެންގެ އެކްޝަނަކީ ކޮބާ! ޕީ ޕީ އެމުން އާއި ޕީ އެން ސީ އިން ބަޔާނެއް ނުނެރުނީ އެވެރިން މި ޤައުމު ތަކަށް ދާންޖެހިދާނެތީ ބިރުންބާ! މީގެ ކުރިންވެސް މަޖުލިހު މެމްބަރަކު ފާޑު ފާޑަށް އިންޑިއާ އާއި ދިމާލަށް ތިމާގެ ހަރުބަސް ބުނެގެން އެޤައުމަށް ނޭރުވި ވާހަކަވެސް އަޑު އެހީމު! މިހެންވެ ތޯއްޗެއް މައިތިރިވެގެން މިވެރިން މިތިބީ ދޮތަ!
ބަބުރަންޖީ ހާޖީ
10 June 2019
ލަނޑަޔާ ވާނީ ހަމަ ލަނޑަޔާ.
ދޫވެހި
10 June 2019
ހާދަ ރުޅިއެއް ތިއައީ ހަޖަމްކޮށްލާ
މައިޝަލް މޫސާ
10 June 2019
ކިހާ ފަސޭހައިން އޭނައާއި ބައްދަލުވެއްޖެ، މީނަޔަކީ ރައީސް ޔާމީނުގެ ދުވަސްވަރު ލަންކާގެ ވެރިކަމުގައި ފިލަން ރާއްޖެއަށް އައި މީހެއް، މީނާ ފިލުވައިދިނީ އެއިރުގެ އިމިގްރޭޝަން ކޮމިޝަނަރު
ޝިޔާނާ/ލަންކާ
10 June 2019
ލަންކާ މީހުން ދިވެހިންނާއި ދޭތެރޭ ކަންތައްކުރަނީ ވަރަށް "ރޭސިސްޓް" ކޮށް. މިހާރު ވިސާ ވެސް ވަރަށް އުނދަގޫ ކޮށްފި.
ފޮނިޓައްޕު ހަސަނު
10 June 2019
ވިސާ އުނދަގު ނުކުރިއްޔާ ދެރަ. ދިވެހިން އެއްވެސް ބޭނުމެއް ނެތި ހަމަ އުޅެން ފަސޭހައަށް ވެސް ލަންކާގައި އުޅެމުންދޭ، އަގައުމުން މިއޮތް ހުރިހައިދުވަހު އެމީހުންނަށް ވެސް ވިސާ ދެމުން ދިޔައީ. ނިކަން ލަންކާ ބަޔަކު ރައްޖޭގައި އުޅެން ފަސޭހައަށް ވިސާ ހޯދަން އުޅެބަލަ ދޭތޯ.
މަރިޔަމް ޝިޔާނާ
10 June 2019
ނުދީތަ އޮތީ ؟ ގިނަ ރިސޯރޓް ތަކުގަ މަތީ މަގާމު ތަކުގަ ތިބީ ލަންކާ މީހުން. ލަންކާ ގެ ހޮޓަލެއްގެ މަތީ މަގާމަކަށް ދިވެއްސަކު ލާ ފާނެ ބާ ؟ ރާއްޖޭގެ ޖޮބް މާރކެޓް އޮތީ ލަންކާ މީހުންނަށް "އޯޕަން" ކޮށް. މިކަމެއް ނުދަނޭ ލަންކާ ސަރުކާރަކުން. ތަންކޮޅެއް ޑީޓެއިލް ހޯއްދަވާފައި ކޮމެންޓް ކޮށްލާ !
ނަމްޔާ
10 June 2019
މަޣްރިބު ނަމާދު ކޮށްގެންތަ ރައީސް ބައްދަލުކުރީ
ވަދީން
10 June 2019
މީނަ އަޅުކަން ކުރާ އެއްޗެއް ޕީޕީ ކުދިން ނުބަލާތަ؟