ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއާ ސަލާމް ކުރައްވަނީ.
11 ޖޫން 2019 - 15:40
ރިޔާސީ ކޮމިޝަންތަކުގެ ބިލް އޮތީ ގާނޫނާއަސާސީއާ ހިލާފަށް ކަމަށާއި ކޮމިޝަންތަކަށް ޖިނާއީ ތަހުގީގެއް ނުހިންގޭނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަނަށް ބާރު ލިބޭ ގޮތަށް އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ހުށަހެޅުއްވި ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން އުޝާމް ވިދާޅުވީ ބިލްގައި ހުރި ގިނަ ކަންކަމަކީ މިހާރުން މިހާރަށް ބަލައިގަނެ، އަމަލު ކުރަން ޖެހޭނެ ކަންކަން ކަމަށެވެ.
އެކަމަކު، ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ޖިނާއީ މައްސަލައެއް ބަލަން ޖެހިއްޖެ ނަމަ، ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކުރާ ތަހުގީގީ އިދާރާއެއްގެ ބާރު، އެ ގާނޫނާ އެއްގޮތަށް ބޭނުން ކުރަންވާނެ ކަމަށް ބިލްގައި ބުނެފައިވާތީ އުޝާމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ބިލްގައި އެގޮތަށް އޮތުމަކީ ރައީސަށް ރިޔާސީ ކޮމިޝަންތައް އުފެއްދެވިދާނެ ކަމަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގައި މާއްދާގެ ބޭރުން ދެވޭ ބާރެއް ކަމަށް އުޝާމް ވިދާޅުވި އެވެ. މި މާއްދާގެ ދަށުން އުފައްދާ ކޮމިޝަންތަކަށް ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ދެވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެފަދަ ކޮމިޝަންތަކަށް ހިންގޭނީ އިންކުއަރީޒް ކަމަށް އަޅުގަނޑު ދެކެނީ. އެފަދަ ކޮމިޝަނުންތަކުން ނިންމާ ނިންމުންތަކުގެ މައްޗަށް ބިނާކޮށް ޖިނާއީ ތަހުގީގު ކުރުމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއައްސަސާތަކުން ޖިނާއީ ތަހުގީގު ހިންގަން ޖެހޭނީ،" އުޝާމް ވިދާޅުވި އެވެ.
ގާނޫނުއަސާސީގައި ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ލިބިގެން ވަނީ ފުލުހުންނަށާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ ތަންތަނަށެވެ.
ރިޔާސީ ކޮމިޝަންތަކަށް ތަހުގީގު ކުރުމުގެ ބާރު ދޭ ނަމަ، ގާނޫނުއަސާސީން ޖިނާއީ ތަހުގީގު ކުރުމުގެ ބާރު ލިބިފައި އޮންނަ މުއައްސަސާތައް ބަދަލުވެގެން ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ކޮމިޓީ މަރުހަލާގައި މިކަންކަމަށް ރިއާޔަތްކޮށް ދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނަށްވީ ގޮތަކާއި ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދަން ޖެހޭ ކަމަށެވެ. މިކަން ކަން ކުރަން ގާނޫނުއަސާސީގައި ކުރާނެ މުއައްސަސާތަކެއް ހުއްޓައި، އަލުން އެކަން ތަކުރާރު ކުރަން ކޮމިޝަންތަކެއް އުފައްދައިގެން ނުކުންނާނެ މައްސަލަތަކަށް ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮހޮޑާ
12 June 2019
ކޮންމެބކަމަކަށް ކޮމިޓީއެއް އެކަމަުވެސް...ވާނީ ހަމަ އެއްކަމެއް...އަދީބު ނައްޓާލީ ކޮބާ އޭނަ ނެގި ލާރި....ކޮންމެއެއް ޗަކީވެސް އޭގެ އަގުބކީމަ ގަނެވޭނެ އެއްޗެއް
ކޮބާ އިންސާފު؟
12 June 2019
ޙައްގު ބަސް، ޚާއްސަކޮށް އެކަނި މައި އެކަނި ބުނުމުގެ ހިތްވަރު ހުންނާނީވަރަށް މަދު ބައެއްގެ! އެއީ ބައިމީހުން ކިތަންމެ ކުށަކާ، ޚިޔާނަތަކާ ޖަރީމާ އެއް ހިންގާފައި ހުއްޓަސް، ރައްޔިތުން ގެ ލޮލުގައި އަދުން އަޅުވާލަން ކުޑަދުވަސް ކޮޅަކަށް އަރާމުކޮށްލަން ގޭގައި ބޮޑު މުސާރައާއެކު ބައިތިއްބާފައި މަގާމުތަކަށް ނެރުމަށް ފަހު ހުރިހާ ލަގާއެއް ދެނީ، ބައިނޫން ޝައްކު ކުރެވޭ ފަރާތްތަކަށެވެ. ހައްގު ބަސް ތިޔަ ބުނަނީ މިފަދަ ނާއިންސާފު ބަޔަކާ އިދިކޮޅަށެވެ! ވީމާ، ސާބަސް!
ކިވެލް
12 June 2019
މިނަ ބުންޏަސް ތެދުވާނީ ތެދަށް
މިންމި
12 June 2019
ތެދަކަށް ނުވާނެ ދޯ އޭނަ ބުންޏަސް.. ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގައި ވަރަށް ސާފުކޮށް އެއޮތީ ބުނެފައި، ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކޮމިޝަންތައް އުފެއްދިދާނެއޭ.. އެކޮމިޝަނުން ބެލޭނީ ނުވަތަ ނުބެލޭނީ ކޮންކޮން މައްސަލައެއް ކަމެއް ބުނެފައި ނެތުމުގެ މާނައަކީ ޖިނާއީ މައްސައެއް ވިޔަށް އަދި އެހެން މައްސަލައެއްވެސް އެ ކޮމިޝަނުން ބެލިދާނެއޭ.. ވަރަށް ސާފު ނޫންތޯ؟ ދެން އުޝާމް މެން މާ މޮޅީ
ކިވެލް
12 June 2019
ބައްލަވާ އޭސީސީ މެންބަރުން ބަދަލުކޮއްލާ ދައުލަތުން ދެ ހަރަދު ކުރަނީ ގާނޫނުއަސާސީގަ ނެތީތޯ ދައުލަތުގެ ފައިސާ އިސްރާފު ނުކުރަން. ޙަމަަ އެއާއެކު ޖިނާއީ ތަހުގީގު ކުރަން ގާނޫނު އަސާސީގާ އެ ބުނަނީ ވަކި ބައެއް. ދެން؟
ލަންބެ
11 June 2019
އޭނަ އެބުނަނި ތެދެކެވެ. އޭނަ ބޭނުންވާ ސަރުކާރެއް އައިދުވަހަކުން ހިންގޭނެއެވެ. މި ރާއްޖޭގައި ތިބޭނީ ޤާނޫނުގެ ދެފޮޅުވަތް ދޭތެރޭން މާނަ ނެރޭ ޤާނޫނީ ވަކީލުންނެވެ. މި މީހުންނަށް ކިޔަނީވެސް ގާ- ނޫނީ ވަކީލެވެ. މަހިތަށް އަރަނީ އަކިރި-ނޫނީ ވަކީލު ނުކިޔަނީ ކީއްވެ ބާވައެވެ.
ދދދދދ
11 June 2019
ހިިންގީމަ ހިންގޭނެނު. މީ ހަމައެއް ލަމައެއް އޮންނަ ބައެއް ނޫނެއްނު
ޙސފަ
11 June 2019
ޤާނޫނު އަސާސީގެ 4 ވަނަ ބާބްގެ 115 ވަނަ މާއްދާ ކިޔާލާތި. ޙޯމް ވޯކް ނަހަދާ ގޮސް މަޖިލީހުގެ ބޮޑު ގޮނޑީގަ އިޝީނަސް ކަމަކު ނުދާނެ
ލަބީބު
11 June 2019
އެއްޗެއްގައި ޖެހިވިފައި އޮތީތަ ތިޔަހާ ބިރުން ތިޔަ އުޅެނީ؟ ތިޔަ ބުނާ މުއައްސަސާތަކުން މަރާލާ ގެއްލުނު މީހުންނާއި ފައިސާގެ ކަންކަން ނުބެލީމަތާ ކޮމިޝަނެއް ހަދަންޖެހިގެން މިއުޅެނީ؟ ރައީސް ހޮވަން ރައްޔިތުން ވޯޓު ދިނީ މިގޮތަށް މިކަން ކުރާނެ ކަމަށް ވައުދު ވެގެން.
ވަހިއްޓޭ
11 June 2019
ކޮމިސަން އޮޅާލާފަ އެންމެ ބޮޑު ކުއް ެެރިޔާ އެއޮއްގެން ބަޗަބީ މިހާރު. އޭނަ އަށް ބެޗުނީމަ ތިޔަ ކޮމިސަނެއް ހިގައިގަންނާނީ.
ބަހިއްޓޭ
12 June 2019
އެންމެ ބޮޑު ކުއްވެރިޔާއަކީ ޔާމީނު. އަދީބު އަކީ ޔާމީނުގެ ބޯއި.
ކާޖާ
11 June 2019
ގާނޫނު އަސާސީގެ ކޮން މާއްދާއެއްގައިތޯ އޮތީ ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ލިބިގެން ވަނީ ފުލުހުންނަށާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ ތަންތަންކަމަށް ލިޔެފައިވަނީ.
ބްރޯ
11 June 2019
ބަޔަކު ބިރުންއުޅޭހެން ހާދަހީވެއޭ