ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް އިއްޔެ، މެމްބަރުންތަކަކާ މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
26 ފެބުރުއަރީ 2019 - 15:59
ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ޕެންޝަން ގާނޫނަށް ހުށަހެޅި އިސްލާހު ފާސް ކުރަން ވޯޓަށް ނޭހީ ސަރުކާރު ކޯލިޝަންގެ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ދިހަ މެމްބަރަކާއި އެމްޑީޕީގެ މެމްބަރަކު ނެތުމުގެ ސަބަބުން ކަން ހާމަވެއްޖެ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވަނީ ޖަލްސާ އަށް ވަޑައިނުގަންނަވާ ކޯލިޝަން މެމްބަރުންގެ ނަންތައް ހާމަ ކުރައްވައިފަ އެވެ. ވޯޓު ގަޑީގައި ޕީޕީއެމް އަދި އެމްޑީއޭގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
Miadhu commission thakuge bill ge vote nunegunee thireegai mivaa membarun haaziru nuvumun. Raiy kulain mark kurevifai evanee haaziru vee membarun.
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) February 26, 2019
Coalition in haaziru nuvanee MDP in Muhamma adhi JP ge 10 membarun. pic.twitter.com/drad68rcRa
ރޮޒެއިނާ އާދަމް ކުރެއްވި ޓުވީޓު.
ޖުމްހޫރީ ޕާޓީގެ 10 މެމްބަރުންގެ ތެރެއިން ވޯޓު ގަޑީގައި މަޖިލިހުގެ ތަޅުމުގައި ނެތީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮން މަނިކާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަނަތާއި ދިއްދޫ ދާޢިރާގެ މެމްބަރު އަބްދުއް ލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސެއިނާއި މަނަދޫ ދާއިރާގެ މެމްބަރު އުމަރު ހުސެއިނާއި މާވަށު ދާއިރާގެ މެމްބަރު އަހުމަދު އަޒްހާން ފަހުމީ އެވެ.
އެމްޑީޕީގެ މެމްބަރުންގެ ތެރެއިން، ވޯޓު ގަޑިއަށް މަޖިލިހަށް ވަޑައިނުގަންނަވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެވެ.
މިއަދުގެ ޖަލްސާ އަށް ވަޑައިގެންނެވީ 37 މެމްބަރުންނެވެ.
ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ޕެންޝަން ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ތިން ފަހަރެއްގެ މަތިން އެޖެންޑާ ކުރި ނަމަވެސް، އެ ދެ ބިލް ފާސް ކުރަން ބޭނުންވާ ގާނޫނީ އަދަދު ހަމަވެފައި ނުވުމުން، ބިލްތަކަށް ވޯޓު އަހައިފައެއް ނުވެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދެ ބިލް ފާސްކުރުމަށް ބެލި އިރު، ވޯޓު ނުނެގުނީ ހަތަރު މެމްބަރުން މަދުވުމުންނެވެ. މި އަހަރަށް މަޖިލިހުގެ މަސައްކަތް ފެށުމާ އެކު އިއްޔެ އޮތް ޖަލްސާގައި ވޯޓަށް އެހޭ ގޮތް ނުވީ ބޭނުންވާ އަދަދަށް ވުރެ އެންމެ މެމްބަރެއް މަދުވެގެންނެވެ. އަދި މިއަދު ވޯޓަށް އަހަން ބެލި އިރު ހަ މެމްބަރުން މަދެވެ.
އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ހުށަހެޅުއްވި ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ޕެންޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރަން ބޭނުންވާ ނަމަ، މިހާރުގެ މަޖިލީހުގައި ތިއްބެވި 85 މެމްބަރުންގެ ތެރެއިން 43 މެމްބަރުން ތަޅުމުގައި ތިއްބަވަން މަޖުބޫރެވެ.
ދެ ބިލް ފާސްކުރާ ޖަލްސާއެއްގައި 43 މެމްބަރުން ތިބެން ޖެހެނީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކަންކަން ހިމެނޭ ބިލްތައް ފާސްކުރެވޭނީ މަދުވެގެން މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވެ ތިބެގެން ނަގާ ވޯޓަކުންކަން ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝައިޚް.
27 February 2019
އަދުލު އިންސާފު ގާއިމުކޮށް، ގައުމުގައި ހިނގާ ބޮޑެތި މައްސަލަތަށް ހައްލުކޮށް އިންސާފުވެރި، ހަމަ ހަމަ ކަމާއެކު ކަންކުރަން ލާހިކެއްނޫން ގާސިމާ، ޔާމީނުގެ ބާރެއް މަޖިލީހުގަ އޮތްހާދުވަހަކު، ގާސިމް ވެސް ބޭނުމެއްނުވޭ އޭނަގެ ބާރު ކުޑަވާގޮތަކަށް، ޔާމީނުވެސް ބޭނުމެއްނުވޭ، އެފަދަ މައްސަލަތަށް ބަލައިފިއްޔާ ފުރަތަމަ ފަހާދުވަންޖެހެނީ މި 2 މީހުންގެ ފަހަތުން، މި 2 މީހުން ތާއީދުކުރާ މެމްބަރުންނަށް ވޯޓު ނުދޭންވީ.
ކަޓޭ
27 February 2019
ދެ ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތަހުގީގަށް ހާޒިރުކުރަން ޖެހޭ މީހުން ތިތިބީ ހުނިޖެހިފަ.
ސަލީމް
27 February 2019
ކޮން ސަރުކާރު ކޯލިޝަނެއްގެ ވާހަކަތަ މި ދައްކަނީ. ކޯލިޝަން އެގްރިމެންޓާ އިބޫ އާއި އެމްޑީޕީ އިން ވަނީ ހިލާފްވެފައި. މީގަ އޮތް ހަތްލަކީ އިބޫ އިސްތިއުފާދީ އާ އިންތިހާބަކަށް ދިއުން
ކޮބާ
26 February 2019
ެމެޑީޕީ ކާރިން އެހެން ޕާޓީތައްވެސް ވޯޑުލާ ގަޑީގައި ނުކުންނަން ދަސްކުރީތީ, ފިލާވަޅު ނަގާދިނީ އެމްޑީޕީއިން.
އީވާ
26 February 2019
ތިވާހަކަ ދައްކާކަށް އެމްޑީޕީއެއް ރީއްޗެއްނޫން. ކުރީ ސަރުކާރުގައި އެމްޑީޕީ ވޯޓުލާ ގަޑިއަށް ޙާޒިރެއް ނުވާނެ. ތިކަން އެހެން ޕާޓީތަކުގެ މެމްބަރުންނަށް ދަސްކޮށްދިނީ އެމްޑީޕީއިން.
ރޮޒޭ
26 February 2019
މިއަދު ތިވާހަކަ ދައްކާކަށް އެމްޑީޕީއަކަށް ނުޖެހޭނެ, ފެށުނީއްސުރެ އެމްޑީޕީ މެމްބަރުންނަކީ އެހެން ސަރުކާރުތަކުގައި ވޯޓުލާ ގަޑިއަށް މަޖިލީހުން ނުކުންނަ ބައެއް, ތިކަން އެހެން ޕާޓީތަކަށް ދަސްކޮށްދިނީ އެމްޑީޕީގެ މެމްބަރުން.
.ވޯޓުނުދިން
26 February 2019
.މިއަދު ވޯޓު ނުދިން މީހުނަށް މަޖިލިސް ވޯޓު ނުދޭން ގޮވާއިރު ނިމި ދިއެ ސަރުކާގާ 5 އަހަރު ވަންދެން ބަޖެޓަށް ވޯޓު ނުދީ އެމްޑީޕީ މީހުން ތިބީ ހަމަ ގައުމާ ރައިއްޔަތުން ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ތޯއޭ؟
ކޮލަމާ
26 February 2019
ވޯޓު ހޯދަން ރައްޔިތުން ކައިރިއަށް ނާންނާތި
ގައިނި
26 February 2019
މީ ޕީއެންޖުމް ކޯލިޝަނަށް މަޖިލިސް ދޭން ނުވާނެ ސަބަބު. ޕެންޝަނުން ހައްޖަށް ދެވޭ އިބޫގެ ވައުދު ފުއްދަން ހުރަސްއެޅީ، މައްސަލަތައް ބަލަން ފުރުސަތު ބަންދުކުރީ.. ރައްޔިތުން ވިސްނާނެ
ޚަރުދާ
26 February 2019
މިއަދު ހައްޖު ބިލަށް ވޯޓު ނުދިން އެއްވެސް މެމްބަރަކަށް އަންނަ މަޖިލީހށް ވޯޓު ނުދިނުމަށް ރައްޔިތުންނަށް ގޮވާލަން. މިއީ ފައިސާގެ އަޅުންތަކެއް.. ރައްޔިތުންގެ ޚާދިމުންނެއް ނޫން.