ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް (ކ) އަދި މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހް މަޖިލިހުގެ އިދާރާގެ ގޯތި ތެރޭގައި. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
26 ފެބުރުއަރީ 2019 - 14:49
ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ޕެންޝަން ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ބޭނުންވާ ގާނޫނީ އަދަދު ހަމަނުވެގެން ވޯޓަށް ނޭހި ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ވެސް ނިންމާލައިފި އެވެ.
މިއީ އެ ދެ ބިލް ފާސް ކުރަން މަޖިލިހުން އެޖެންޑާ ކުރި ތިން ވަނަ ފަހަރެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދެ ބިލް ފާސްކުރުމަށް ބެލި އިރު، ވޯޓު ނުނެގުނީ ހަތަރު މެމްބަރުން މަދުވުމުންނެވެ. މި އަހަރަށް މަޖިލިހުގެ މަސައްކަތް ފެށުމާ އެކު އިއްޔެ އޮތް ޖަލްސާގައި ވޯޓަށް އެހޭ ގޮތް ނުވީ ބޭނުންވާ އަދަދަށް ވުރެ އެންމެ މެމްބަރެއް މަދުވެގެންނެވެ. އަދި މިއަދު ވޯޓަށް އަހަން ބެލި އިރު ހަ މެމްބަރުން މަދެވެ.
އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ހުށަހެޅުއްވި ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ޕެންޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރަން ބޭނުންވާ ނަމަ، މިހާރުގެ މަޖިލީހުގައި ތިއްބެވި 85 މެމްބަރުންގެ ތެރެއިން 43 މެމްބަރުން ތަޅުމުގައި ތިއްބަވަން މަޖުބޫރެވެ.
ދެ ބިލް ފާސްކުރާ ޖަލްސާއެއްގައި 43 މެމްބަރުން ތިބެން ޖެހެނީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކަންކަން ހިމެނޭ ބިލްތައް ފާސްކުރެވޭނީ މަދުވެގެން މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވެ ތިބެގެން ނަގާ ވޯޓަކުންކަން ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތުމުންނެވެ.
މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް މިއަދުގެ ޖަލްސާގައި ވަނީ ދެ ބިލް ފާސްކުރަން ބޭނުންވާ ގާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުން ދެ ބިލަށް ވޯޓަށް އަހަން ދެކޮޅުހައްދަވައިފަ އެވެ. އަދި މާދަމާ މަޖިލިހުގެ ޖަލްސާއެއް އޮންނާނެ ކަން ވެސް އިއުލާން ކުރެއްވި އެވެ. .
ދެ ބިލަށް ވޯޓަށް ނާހައި ޖަލްސާ ނިންމާލިޔަސް، ތިން ގައުމަކަށް ކަނޑައަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ސަފީރުންތަކަކަށް ރުހުން ދިނުމަށް މަޖިލިހުން ވަނީ ފާސްކޮށްފަ އެވެ. އެ ވޯޓު ނެގީ 37 މެމްބަރުން ތިއްބަވައިގެންނެވެ.
ރުހުން ލިބިވަޑައިގެންނެވި ތިން ސަފީރުންނަކީ ތައިލެންޑަށް ކަނޑައެޅުއްވި މުހައްމަދު ޖިނާހު، ސައުދީ އަރަބިއްޔާ އަށް ކަނޑައެޅުއްވި މުހައްމަދު ޚަލީލް އަދި ޗައިނާގެ ސަފީރަކަށް ކަނޑައަޅުއްވާފައިވާ އައިޝަތު އަޒީމާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަދުރު
27 February 2019
ނުވާނެ ތިކަމެއް ޤާސިމް ބަހައްޓައިގެން. ޢެއީ މުޅި ޤައުމުގެ ހަލާކު، މީނަގެ ހީލަތްތެރި ރޭވުމުން އިސްދޫ ދާއިރާއަށް މިނެރެނީ ޔާމީންގެ މީހެއް. ވޯޓުގެ ކުރިބް ދާއިރާގެ ކޮންމެ ރަށެއްގައި ޖިމް އަކާ ޕާކެއް މިއަޅަނީ، ހުސް ކޮރަޕްޝަން.
ޝައިޚް.
27 February 2019
ގާސިމް މަޖިލީހުން ބޭރުކުރަންޖެހޭ، ގައުމު އިސްލާހުކުރަން ބޭނުމިއްޔާ ގާސިމް އަށް ވޯޓު ނުދީ މިފަހަރު ބޭރުކުރޭ، މީ ރައްޔިތުންނަށް ލިބޭ ފުރުސަތު، ބޭނުން ހެޔޮގޮތުގަ ހިފާ، ގައުމު އިސްލާހުކުރަން ބޭނުންވާނަމަ،
އުވާލާލާ
27 February 2019
ތިތަން އުވާލާފަ ސްޕްރީމްކޯޓަށް ފަޑިޔާރުން އިންތިހާބުކުރަންވީ. އިމާރާތް ޔުނިވަސިޓީއަށް ދީފަ މަޖްލިސް އުވާލާ. ޓެކްސްލާރި ބޭކާރުނުކުރޭ.
އެމްސް
26 February 2019
ގާސިމް އެހާ ހެވިފަ ހުންނަ ސަބަބެއްވެސް ހަމަ އޮންނާނެ
ރައްޔިތެއް
26 February 2019
ހަމަ ބުއްދީން ވިސްނާލީމަވެސް އިންގޭނެ އަމިއްލަ ސޯޓް ބާލަން ވޯޓްލާން ނުދާނެކަން. އެމީހުންގެ އަދި އެމީހުންގެ އާއިލާގެ މީހުންގެ ބެންކު އެކައުންޓްތަށް ޗެކުކުތުމަށް ގޮވާލަން.
ދަތްނެތްކުއްޖާ
26 February 2019
ރިޔާސަތުގައި އިންނަ މީހަކު ގަންނަ ގަނޑު ރައްޔިތުން ވަރަށް ގާތުން ބަލަމުން ދެއެވެ. މިވެރިންނަށް ރައްޔިތުންގެ ޙަޒާނާ އިން ކެވިފަހުރިވަރު ގިނަ ކަމުން މިވެރިން މިކަން ކުރާކަށް ބޭނުމެއްނުވާނެއެވެ. ރައްޔިތުން ނަށް މާ ހެޔޮ އެދޭ ބަޔަކަށް ވެގެން އުލޭނެ ޗަރުކޭސް ދައްކަން. ނަމަވެސް ﷲގެ ވާގި ފުޅާއި އެކު މިފަދަ މީހުން ރައްޔިތުން މިފަހަރު ބާކީ ކުރާނެކަން ޔަޤީން.
ކާސިމު
26 February 2019
އަދިވެސް ބުނާނެ ތިމަންނަމެނޭ ސަރުކާރު ހިފަހައްޓާނީ.. ރަތް ޕާޓީ ލީޑަރަށް ނޭގޭ 10 މީހުން އެގަނޑީގައި ވަތްތަނެއް. ދެންމިހާވަރަކަށް އިހުލާސްތެރިވާނީ.
އާއިޝަތު ނާޒުލީނު ޝަހީދު/އައްޑޫ ހިތަދޫ
26 February 2019
އަހަރެން މިއަދު މި ނިންމީ އެމްޑީފީ ކެންޑިޑޭޓަށް މަޖިލިސް އިންތިހާބުގަ ވޯޓްދޭން. އަދި އަމިންލަ ޖީބުން ހަރަދުކޮށްގެންވެސް އެމްޑީފީ ކެންޑިޑޭޓް ހޮވޭތޯ މަސައްކަތް ކުރާނަށް. ގާސިމް އަޑީގަ ހުރެގެން ކުރުންވާކަމެއްތީ. ޖޭފީ 10 މެންބަރުން އެ ނުދިޔައީ ހަމަ ގަސްތުގަ. ތިކަމްގެ ހިތި ދާދި އަވަހަށް ދަށްކާލާނަށް.ގާސިމް އަޑީގަ ހުރެގެން ކުރުންވާކަމެއްތީ..!!މަށަކީ މިފަހަރު އަލަށްވޯޓުލެވޭ ކޮލެޖުގައި ކިޔަވާ އަދި ސިޔަސީ އެއްވެސް ކަމެއްގައި ނޫޅޭ ޒުވާނެއް.
ކަދުރު
27 February 2019
ޤާސިމް ތީ މި ޤައުމުގެ ހަލާކު، މަވެސްމީ އޭަގެ ވަރަށް ގާތް މީހެއް، އެކަމު ދެން ސަލާމް
ކާލި
26 February 2019
ދެއުޅިއެއްނުވޭނު! ތިޔަކޯލިޝަނަކު. ދެން އެހެން އުޅިއަކަށް ދިއުޅި ލައިގެން ނަމަވެސް ތި އުޅި ހަރުކުރަން ވެއްޖެއެއްނު.
ސޫތް
26 February 2019
އަހަރެން މިއަދު މި ނިންމީ އެމްޑީފީ ކެންޑިޑޭޓަށް މަޖިލިސް އިންތިހާބުގަ ވޯޓްދޭން. އަދި އަމިންލަ ޖީބުން ހަރަދުކޮށްގެންވެސް އެމްޑީފީ ކެންޑިޑޭޓް ހޮވޭތޯ މަސައްކަތް ކުރާނަށް.