ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ވެހިކަލަކަށް އަރުވައިގެން ޖަލަށް ގެންދަނީ. އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމްތައް ވަނީ ބާތިލްކޮށްފައި
11 ޖޫން 2019 - 23:01
ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހާޒިރުކޮށް، ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި އަވާހާރަ ކޮށްލާފައިވާ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރާ މެދު ސުވާލުކޮށްފި އެވެ.
އެ ކޮމިޝަނުން މިރޭ ކުރި ޓްވީޓެއްގައި ބުނީ، އަފްރާޝީމް އަވަހާރަ ކޮށްލުމާއި ރިލްވާން ގެއްލުވައިލުމާ އަދީބާ ގުޅުވައިގެން ކުރާ އެތަކެއް ތުހުމަތުތަކާ ގުޅޭ ގޮތުން އަދީބާ ސުވާލު ކޮށްފައިވާ ކަމަށެވެ. އަދި ކޮމިޝަނަށް އަދީބު ހާޒިރުކޮށް، ބަޔާން ނަގާފައިވާ ކަމަށް ވެސް ކޮމިޝަންގެ ޓުވީޓުގައި ވެ އެވެ.
This is to inform the public that the Commission has summoned Ahmed Adeeb and recorded a statement from him. The Commission has questioned him relating to several allegations against him relating to the disappearance of Ahmed Rilwan Abdulla and the murder of Dr. Afrasheem Ali.
— Commission on Disappearances and Deaths (@DdcomMdv) June 11, 2019
މަރު ކޮމިޝަނުން މިރޭ ކުރި ޓުވީޓު
ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ ކޮމިޝަނުން މިހެން ބުނިއިރު، އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ މިއަދު ދީފަ އެވެ. އެ ހުއްދަ އަދީބަށް ދިނީ މެޑިކަލް ބޯޑުގެ ލަފާގެ މަތިން ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނި ނަމަވެސް އޭނާގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށް، ބައެއް މައްސަލަތަކާ ގުޅިގެން ވަނީ ހުކުމް ވެސް އިއްވައިފަ އެވެ. އެކަމަކު، ބައެއް މައްސަލަތައް ބާތިލްކޮށް، އަދި އަނެއް ބައި މައްސަލަަތައް އަލުން ބަލަން ކްރިމިނަލް ކޯޓުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.
އެގޮތުން، ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފަ އެވެ
ރިލްވާނު ގެއްލުމުގައި އަދީބުގެ އަތެއްވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާއިރު، އަފްރާޝީމް އަވަހާރަކޮށްލި ބައެއް އަދީބަށް އެނގިވަޑައިގަންނަވާނެ ކަމަށް ތުހުމަތު ކުރެ އެވެ. އެކަމަކު މި ތުހުމަތުތަކާ ގުޅޭގޮތުން އެ މަނިކުފާނު މިހާތަނަށް އެއްޗެއް ވިދާޅެއް ނުވެ އެވެ.
މަރުގެ މައްސަލަތައް ބެލުމަށް މި ސަރުކާރުން އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް ގިނަ ބަޔަކު މިހާތަނަށް ވަނީ ހާޒިރުކޮށްފަ އެވެ. އަދި ބަލަމުންދާ މައްސަލަތަކާ ގުޅޭގޮތުން ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އެތަނުން ވަނީ ބުނެފަ އެވެ.
ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު މިދިޔަ އޭޕްރީލް މަހު ވިދާޅުވެފައި ވަނީ އަފްރާޝީމާއި ބްލޮގަރު ޔާމީން ރަޝީދު މަރާލުން އަދި ނޫސްވެރިޔާ ރިލްވާން ގެއްލުވައިލުމުގެ ފަހަތުގައި ތިބި މީހުން ދެނެގަނެވިއްޖެ ކަމަށެވެ.
ސުއޫދު ވިދާޅުވެފައި ވަނީ، އެ ތިން މައްސަލައިގެ މޯޓިވް ވެސް ރިޔާސީ ކޮމިޝަނަށް މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. މިއީ މިހާތަނަށް ފުލުހުންނަށް ވެސް ހޯދިފައި ނެތް ކަމެއް ކަން ފާހަގަކުރައްވަމުން ސުއޫދު ސިފަކުރެއްވި ގޮތުގައި އެއީ ރިޔާސީ ކޮމިޝަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްސީމޯ
12 June 2019
މި ފަސްއަހަރު މަރުތަކުގެ ހަގީގަތް އެގިއްޖޭ ކިޔައިގެން ހިފާއްޓާލާ، ރައްޔިތުންގެ ތިބޭނެ ގަބޫލުކޮއްލައިގެން
ދޮންމަނިކުބެ
12 June 2019
ފޫނެތްފަޔަށް ފެންފުރުމަކީ، ފައިދާއެއްނެތް މަސްކަތް ކުރުންތޯ؟
ހުސޭނު
12 June 2019
ކާކުތަ އެމީހާ ކުއްވެރިވާ ގޮތަށް ބަޔާންދޭނީ. ދޭބަޔާނުގަ މީ އަދީބެއްނޫނޭ ބުނެފިއްޔާ ކިހިނެއްބާ ހަދާނީ ތިޔަ ކޮމިސަނުން.. ނޫސްކޮންފަރެންސް ބާއްވާފަ ބަޔާން ދޭން ދިޔަ އަދީބު މީއަދީބެއްނޫނޭ ބުނެފިކަމަށާއި. އެހެއްވީމާ އޭނާ އަކީ މިނިވަނެއް ކަމަށް ނިންމާ. ހުރިހާ ކަމެއް ކުރީ ޔާމީން އޭ ބުނާނެ މީހަކު އަދި ނުލިބޭ ކަމަށް ތިޔަ ކޮމިސަނުން ބުނާނެ.
4258
12 June 2019
ދެން މީނަގެ ބަޔާން ނެގިއަސް އެކަމަށް އެއްބަސްވިޔަސް ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެ. އެ އުޅެނީ ފިލައިގެން ދާން. މިއީ މި ސަރުކާރުން ކުޅޭ ގޭމެއް. ދެން ބޭރުގަ ހުރެގެން އޭނަ ކުރާނެކަމެއް ކުރާނީ
ޑިމޮކްރަސީ
12 June 2019
ރިޔާސީ ކޮމިޝަނަށް އެގުނުކަމެއްވެސް ނޭގޭކަމެއްވެސް ނެތް ހުސް ރޯނު އެދުރުން
އަފާ
12 June 2019
ރަގަޅަށް ބައްލަވާދެއްވާ.
ބަނީ
12 June 2019
އަހަރުން ނަށް ތި ޑްރާމާ ތަކެށް ދަށްކާނެ ކަމެށް ނެށް. ހަމަަ އަދިވެސް ރިހާކުރު ފުޅި ނެގި މީހާ އަށް ބޮޑު އަދަބު ލިބޭނީ. މަ ވޯޓު ލުން މި ނިމުނީ، ހަމަ ހުވާ!
ފެންވަރު
12 June 2019
ބަޔާނެއް ނެގުނީމަ ނިމުނީތޯ. ދެން ވަރިހަމަ ދޯ އޭނަ ފިލިޔަސް. ތި ބަޔާން ކޯޓެއްގަ ބޭނުންކުރެވޭނީކީވެސް ނޫން. ކުރިއަސް ވާނެ ކަމެއް ނޯންނާނެ. އަދި ކޮބާ ކޮރަޕްޝަން ކޮމިޝަން؟ އެމީހުންވެސް ބަޔާން ނެގީ؟
ހުސް އޮޅުވާލުން
12 June 2019
މަށަށް ވަރަށް އެބަހީވޭ ތިޔަމައްސަލަތައް ނިމޭއިރު އަދީބު ނުވަތަ ޔާމީނުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެހެން. 2 މަރާ ރިޟްވާންގެ މައްސަލައަކީ އެމްޑީޕީން ޔާމީންގެ ވެރިކަން ބަލިކުރަން ބޭނުންކުރި 3 ޙާދިޘާ. ރާއްޖެ ޓީވީ އަކީ އެ މައްސަލަތައް އެމީހުންގެ ބޮލުގައި އަޅުވައިގެން ޚަބަރު ފެތުރި މީހުން.
އެޓޮމް
12 June 2019
ރައީސް ނަޝިދު ، އަދި ރައީސް ސާލިޚް ، ޝޭހު އިމްރާނަށް މިގޮވާލަނީ އަދީބު ދޫނުކުރުމަށް. ދޫކޮށްލާފަ އެއްވެސް ކެމްޕޭނަށް ރައްރަށަށް އަރާތަނުން ރައްޔިތުން ނުކުމެ މިމީހުންނާ ސީދާ ސުވާލު ކުރާށޭ ވީވަޢުދުތައްކޮބައިތޯ މަގުމަތިން ފެނުނަސް މިސްކިތުން ފެނުނަސް ގެއަކުން ފެނުނަސް މިމީހުން ޖަވާބު ދާރީ ކުރުވާށޭ.