12 ޖޫން 2019 - 15:25
ނުވަ ރަށެއްގެ ފެނާއި ނަރުދަމާގެ މަސަައްކަތް ސަަރުކާރުން މިއަދު ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތްތަައް ހަވާލުކުރީ ތިން ކުންފުންޏަކަށެވެ. އެއް ކުންފުންޏަކީ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއެކެވެ. އަނެއްް ކުންފުންޏަކީ އަޒްރޯވާ ޕްރައިވެޓް ލިމިޓެޑާއި ވޯޓާ އިންޖިނިއަރިން ސާވިސަސް އެފް ޒެޑް އީ ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ. އަދި ތިން ވަނަ ކުންފުންޏަކީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ. އެ ތިން މަސައްކަތްތަކުގެ ޖުމްލަ އަގަކީ 212.4 މިލިޔަން ރުފިޔާ އެވެ.
މަސައްކަތް ހަވާލުކުރަން ތިން ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުންތަކުގައި ވެސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
މިއަދު މަސައްކަތް ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން މޯހަން މުތާއެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއާ ހަވާލުކުރީ ބ.ހިތާދޫ، ރ.ރަސްގެތީމް، ށ. ފޯކައިދޫ، ށ. ކަނޑިތީމު އަދި ތ. ވަންދޫގެ ފެނާ ނަރުދަމާ އެޅުމުގެ މަސަައްކަތެވެ. އެ ރަށްތަކުގެ މަސަައްކަތް ހަަވާލުކުރީ އަމިއްލައަށް ޑިޒައިންކޮށް ކުރިއަށް ގެންދާ ގޮތަށް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އެ ކުންފުންޏާ ހަވާލުކުރި ރަށްތަކުގެ ތެރެއިން ބ. ހިތާދޫގެ ޕްރޮޖެކްޓުގެ އަގަކީ 35.3 މިލިޔަން ރުފިޔާ އެވެ. ރ. ރަސްގެތީމު ޕްރޮޖެކްޓުގެ އަގަކީ 24.2 މިލިޔަން ރުފިޔާ އެވެ. ށ.ފޯކައިދޫ ޕްރޮޖެކްޓުގެ އަގަކީ 16.9 މިލިޔަން ރުފިޔާ އެވެ. ށ. ކަނޑިތީމަށް 17.9 މިލިޔަން ރުފިޔާ އަދި ތ. ވަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތްކަތުގެ އަގަކީ 20.8 މިލިޔަން ރުފިޔާ އެވެ. އެ މަސައްކަތްތަކުގެ އެއްބަަސްވުންތަކުގައި ކުންފުނީގެ ފަރާތުުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު ކޭއާރު ސާޖީ އެވެ.
އަޒްރޯވާ ޕްރައިވެޓް ލިމިޓެޑާއި ވޯޓާ އިންޖިނިއަރިން ސާވިސަސް އެފް ޒެޑް އީ ގުޅިގެން އުފައްދާފައިވާ ކުންފުންޏާ ހަވާލުކުރީ ރ. ވާދޫ، ށ.ކޮމަންޑޫ، ށ. ކޮމަންޑޫ އަދި ތ. ކަނޑޫދޫގެ ފެނާއި ނަރުދަމާގެ މަސައްކަތެވެ.
މީގެ ތެރެއިން ރ. ވާދޫގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ އަގަކީ 19.2 މިލިޔަން ރުފިޔާ އެވެ. ށ. ކޮމަންޑޫގެ މަސައްކަތުގެ އަގަކީ 23.5 މިލިއަން ރުފިޔާ އަދި ތ. ކަނޑޫދޫގެ މަސައްކަތުގެ އަގަކީ 19.2 މިލިޔަން ރުފިޔާ އެވެ. އެ މަސައްކަތްތަކުގެ އެއްބަސްވުންތަކުގައި ކުންފުނީގެ ފަރާތުުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރު މަދޫސަންކާ ކަރުނަ އެވެ.
ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ށ. މަރޮށީގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކުރީ 35.3 މިލިޔަން ރުފިޔާ އަށެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި ސްޓެޓިކް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޕްރޮޖެކްޓް އެންޑް އަކުއާރީފް އިބްރާހީމް ޝަހުދެވެ.
ފެނާއި ނަރުދަމާގެ މަސައްކަތް މިއަދު ހަވާލުކުރި ރަށްތަކުގެ މަސައްކަތްތަކަށް ހަރަދު ކުރަނީ ދައުލަތުގެ ބަޖެޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚާފަ
13 June 2019
އާބާދީ ކުޑަ ރައްރަށުގައި އަގު މާބޮޑު ކަން ފާހަގަ ކުރެވޭތީ ހަމަ ބުނެލީ
ހަސަންބެ.
13 June 2019
މީދެން ވަރުގަދަ ކަމެއް . ރާއްޖޭގައި އޮންނަނީ މީހުން ދިރިއުޅޭ ކިތައްރަށް ތަ؟ މުއުމޫން 76 ރަށުގައި އަންނި ގެ ތިންއަހަރު 32 ރަށުގައި ވަހީދު 26 ރަށުގައި ޔާމީން 88 ރަށުގައި ފެނާއި ނަރުދަމާ އަޅައިފި. ދުވަހަކު ނުނިމުނު ކަމެދޯ ތީ؟
އާމިނަތު މާޒިޔާ
13 June 2019
އައްޑޫ އަސްލަމު.؟؟؟ ގޮވާލީ ހަމަ
ަ ފފފފ
13 June 2019
ކޮބާ ކިނބިދޫ
ޖޖޖޖ
12 June 2019
ސްޓެޓިކް ނުވަން ތަނެއް ނެތް. ރޫހާނީގެ ބޮޑުބޭބެ ވީމަ ތަޖުރިބާއެއްނެތަސް ޕްރޮޖެކްޓް ލިބޭނެ.
އައްދު
12 June 2019
ކޮބާ އަލިފުށީ
އަޑަފި
12 June 2019
ށ ކޮމަންޑޫ ގެ ފެނާ ނރުދަމާ 23 މިލިއަން އެކަމަކު ށ މަރޮށި 35 މިލިއަން މީ ކިހިނެއް ވާ ކަމެއްބާ
ހާމަ333
12 June 2019
ރައްޖޭގެ އެމްޑަބްލިއު އެސްސީ އޮއްވާ ކޮން މޯހަން ތޯތާތޯތާ އެއް? މިއީ 2008 ގެ ވެރިކަމުގަ ބައިވޯޓަރ ކިއާ ކުންފުންޏަކަށްވެސް ދީގެން ވީވަރުވާނި...މުއްދަތަށް ނުނިމި ލާރިގަނޑު ކާލާފަދާނީ....ރައްޔިތުންނަށް އެނގެން އެބަޖެހޭ މިލިއަން ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓް ބަޔަކާ ހަވާކުކުރާއިރު އެއީ ކޮން ބައެއްކަމާއި އެމީހުންގެ ކެޕޭސިޓީއަކީ ކޮބާކަން އެޕްރޮޖެކްޓް ހިންގަން...ހަމަ ތިބެލާފަ ބޭނުން ބަަޔަކަށް ދިނީމަ ގޯސް....ދެރައި ކަންނުވެ ލާރިގނޑުވެސް ގެއްލޭތީ....
މުޖުތަބާ އިބުރާހިމް
12 June 2019
މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑް ނުވަތަ އެމް.އެމް. އެކުސްޕޯޓް މީ ވަރަށް އިވޭ ނަމެއް ކޮރަޕްޝަންގެ ވާހަކަ އާ ވިއްދާފަ. މިހާރު އެއްކޮށް ސާފުވެ ނިމުނީ ކަންނޭންގެ. އެހެން ނޫނަސް އިންޑިއާ ކުންފުންޗެއް ވީމަ ނޯންނާނެ ދެން އެކަހަލަ ކަމެއް.
ޛިހާމް
12 June 2019
ދޮގު
ގުޑުގުޑާ
12 June 2019
ނަރުދަމާއެއްބޭނުމެއްނުވޭ ބަލަމީޖަޒީރާރާއްޖެ
ބްލެޑަރ
13 June 2019
ކަލޭ ދޭބަލަ ހަނޑަސް ބުރި ހިފައިގެން ... ނޫނީ ދަނޑިން ތަޅާ ބަލަ